ޕީޕީއެމް އިން މިރޭ މާލޭގައި ބާއްވާ ހާއްސަ ޖަލްސާ އަށް ސިނަމާލެ ބްރިޖު ހުރަސްކޮށް އެތައް ސަތޭކަ ބަޔަކު މާލެ އަތުވެއްޖެއެވެ. އަދި އިތުރު މީހުން މިހާރު ވެސް ހުޅުމާލެ އިން ޖަލްސާއަށް އަންނަމުން އެބަދެއެވެ.

މީގެ އިރުކޮޅެއް ކުރިން އެތައް ސަތޭކަ ބަޔަކު ހުޅުމާލެ އިން މާލެ އަށް އައިސްފައި ވަނީ ބަސްތަކާއި ޕިކަޕްތަކުގައެވެ. ވިއްސަކަށް ޕިކަޕްގައި މީހުން އައިސްފައި ވާއިރު އަދިވެސް ބަސްތަކުގައި މީހުން މާލެ އަންނަމުން އެބަދެއެވެ.

ކާނިވާ ސަރަހައްދުގައި ޖަހާފައި ހުރި އެތައް ހާސް ގޮނޑިއެއް މިހާރު ވަނީ ފުރިފައެވެ. ޖަލްސާ ބާއްވާ ސަރަހައްދު ފުރިއްޖެ ކަން މިހާރު އިއުލާންކޮށް މީހުން ވެއްދުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް އަދިވެސް ކާނިވާ ސަރަހައްދުގެ މަގުތަކުގައި އެތައް ސަތޭކަ ބަޔަކު ކިއު ހަދައިގެން އެބަތިއްބެވެ.

"ބްރިޖް ސަޅި" ނަމުގައި ބާއްވާ ޖަލްސާ އަށް އަތޮޅުތެރެއިން މީހުން ގެނެސްފައެއް ނުވެއެވެ. ޕީޕީއެމް އިން ބުނެފައިވާ ގޮތުގައި މިރޭގެ ޖަލްސާ އަކީ ވަރަށް ހާއްސަ ޖަލްސާ އެކެވެ. މިރޭގެ ޖަލްސާގައި ރައީސް ޔާމީންގެ މެނިފެސްޓޯ އާންމު ކުރާނެކަމަށް ކުރިން އިއުލާންކޮށްފައި ވީނަމަވެސް މެނިފެސްޓޯ އިއުލާން ކުރުން މިހާރު ފަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތީޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރައީސް ޔާމީންގެ ސަރުކާރުން ފުރިހަމަ ކޮށްދެއްވާނެ ބައެއް ވައުދުތައް މިރޭ އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ޖަލްސާ ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ޖަލްސާ ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއިޒް

    އެތައް 100 އެއް ނޫން... އެތައް ލައްކަ...

    • ޑޮންޑޮން

      ލޮލް. ހުޅުމާލެއާ ފުރަމާލޭގެ ޖުމްލަ އާބާދީވެސް ނާރާނެ 2 ލައްކައަށް

  2. ހުސޭނުބޭ

    ޖަލްސާއަށް ހުޅުމާލެއިން މީހުން ގެނައީ ބިރުދައްކައިގެން ބަނދެގެން ލޯރިލޯރިއަށް އަޅައިގެން......... ކެކެކެކެކކެކެކެ ދެން ކިޔާ މިހެން.

  3. ޑާންސް

    ހުރިހާ ކުދިން ވެސް މަމެން ޕިންކީން ނަށް ވޯޓް ދޭންވީއޭ މަމެން ޕިންކީން މާލެ ސަރަހައްދުގައި ތިބި ވިޔަފާރިވެރިން ފެލާލައިގެން އިންކަމް ޓެކްސް ނަގަން ނޫޅޭނަމޭ މަމެން ޕިންކީން ނަށް ހުރިހާ ކުދިން ވޯޓް ދޭން ޖެހޭ ސަބަބަކީ ވިލިމާލެ ހިޔާ އެކޮމްޕްލިޝްޑް ޕްރޮޖެކްޓްގެ ދަށުން މާލެ ސަރަހައްދުން ކޮންމެ ދިވެހިރައްޔިތަކަށް 3 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަސް ވަން ދެން ދައްކާ ގޮތަށް ކުއްޔަށް ދޭނަމޭ އަދި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ވިޔަފާރި ކުންފުނި ތަކަށް އެއްވެސް ރިސްޓްރިކްޝަނެއް ނެތި ތިލަފުށިން ފްލެޓްސް ތައް ދޭނަމޭ ބޭބީ އައި ތިންކް އައި ރިމެމްބަރ ދޯސް އައިޒް އައިޒް އައިޒް ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާންސް ޑާންސް ޑާންސް...

  4. އަންތަރީސް

    އެމްޑީޕީ އެއްލަކިން ބަލި ގަބޫލުކޮއްފިން މިހާރު ޔަގީން ވެއްޖެ ޔާމީން ހޮވޭނެކަން މިއީ ގެރަންޓީ ކަމެއް .

  5. މަރިޔަމް

    ހަހަހަ .....ތީގެ ދެބައި ކޮށްފަ އެއްބަޔަކީ ސަރުކާރު މުއައްޒަފުން ... އެމީހުން ގޮސް ތިތާގަ ތިބޭން އެކަމަކު ވޯޓު ލާނީ ނަންބަރު 02 ކަށް