މިއަދު މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ އެކެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވީ މިއަދު ހަވީރު 17:40 ހާއިރުއެވެ.

މިއަދު އަލިފާން ރޯވި ގޭގެ މަތީ ބައިގައި ނިދަނީ ބިދޭސީންނެވެ. އަލިފާން ރޯވިއިރު އެގޭގައި ތިބި އެންމެންވެސް ވަނީ ނެރެފައެވެ.

މިއަދު ހަވީރު އަލިފާން ރޯވެފައިވަނީ މ. ސިތާރާގޭގެ ތިންވަނަ ފަންގިފިލާގައެވެ.

އެގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ވަނީ ހަރަކާތްތެރިވެފައެވެ.