އިނގިރޭސި ބަހުން ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް "ވަގުތު" އިން "އައިލެންޑް ނިއުސް" ގެ ނަމުގައި މިރޭ ވެބްސައިޓެއް ލޯންޗް ކޮށްފިއެވެ.

ދިވެހިރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޚަބަރުތަކާއި މައުލޫމާތުތައް އެންމެ އަވަހަށް އިނގިރޭސި ބަހުން ގެނެސްދިނުމުގެ މަޤުޞަދުގައި ލޯންޗް ކުރި ވެބްސައިޓް ވެގެން ދާނީ "ވަގުތު" ކުޑައިގެ ދަށަށް އިތުރުވި "ބައިވެރިޔަކަށެވެ."

އިނގިރޭސި ބަހުން ޚަބަރު ގެނެސްދިނުމަށް ލޯންޗް ކުރި ވެބްސައިޓާއި ބެހޭ ގޮތުން "ވަގުތު" ގެ ސީއީއޯ އަހްމަދު އިމްރާން ވިދާޅުވީ "އައިލެންޑް ނިއުސް" އާއި އެކު އަނެއްކާވެސް "ވަގުތު" އިން ތަފާތު ދައްކާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާން "ވަގުތު" ޓީމް ވާނީ މިހާތަނަށް ވެސް ތަފާތު ދައްކާފައި. އެންމެ އަވަހަށް ޚަބަރު ގެނެސްދިނުމުގައި "ވަގުތު" އިން ހޯދާފައިވާ ޖާގަ "އައިލެންޑް ނިއުސް" އިން ވެސް ތަކުރާރު ކުރާނަން. އެއިތުބާރު އަޅުގަނޑުމެން ހޯދާނަން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ "އައިލެންޑް ނިއުސް" ގެ އެންމެ ބޮޑު އެއް މަޤުޞަދަކަށް ވެގެން ދާނީ ރާއްޖެ އާއި ބެހޭ ތެދު މައުލޫމާތު ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

"ރާއްޖޭގެ ހާލަތު ބަލަން ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިބި. އެފަރާތްތަކަށް މިވެބްސައިޓް މެދުވެރިކޮށް، ތެދު ޚަބަރުތައް ތާޒާކަމާއި އެކު ގެނެސްދޭނަން." އިމްރާން ވިދާޅުވިއެވެ.

"ވަގުތު" އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލް އޮންލައިން ނޫހުގެ މަގާމު ހޯދާފައިވާ ވެބްސައިޓެވެ. ދެވަނަ އަށް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓްގެ މަގާމު ދަމަހައްޓަމުން އަންނަ "ވަގުތު" އަށް ކޮންމެ ދުވަހަކު ވެސް ދޮޅު ލައްކަ އާއި ގާތް ކުރާ އަދަދެއްގެ މީހުން ޒިއާރަތް ކުރެއެވެ.

"ވަގުތު" އަކީ ރާއްޖެ އާއި ދުނިޔޭގެ ޚަބަރުތައް އެންމެ އަވަހަށް އެންމެ ތާޒާކަމާއި އެކު ގެނެސްދޭ ދިވެހިރާއްޖޭގެ ވެބްސައިޓެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަމެ

    ސާބަހެ ކުދިންނޭ

  2. ޢައިންތު

    މަރުހަބާ ވަގުތު ކުދިންތިކުރާ ހިތްވަރަޢް

  3. ސަލީމު

    ތިނޫސްނެރެންފެށީމަ ހީކަރުވާ ބައެއް އުޅޭނެ

  4. މޫސާ

    އިދިކޮޅަށް ބޮޅެއް އިތުރުވީބާ؟

  5. انارا

    ބަޔަކު މީހުން ބޯގޮވާނެ އިނގިރޭސި ބަހުން ހަގީގަތާ އެކު ނިއުސް ނޭރޭ އެއިރަށް ޔަހޫދީން ނަށް ވެސް އެގޭނޭ ދޮގުހަދަނީ އިދިކޮޅު ސިޔާސީ ފަރާތް ތަކުން ކަންކަން

  6. އަހްމަދު

    ސާބަހޭ ވަގުތުޓީމު ތިކުރާ އަގުބޮޑު ބުރަ މަސައްކަތައް

  7. ޖަމލ

    ސޮޑު ހަބަރު