ފުލުސް
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ގެ ކުރީގެ ކޮމަންޑަރަކު މިއަދު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އަބްދުﷲ އިބްރާހިމް(ޑީޑީ) އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

އެސްއޯގެ ކުރީގެ ކޮމާންޑަރަކު ހައްޔަރުކުރިއިރު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

އަރީފް ހައްޔަރުކޮށްފައިވަނީ މިއަދު އޭނާ ދިރިއުޅުއްވާ މ.ސްނޯރޯސްއަށް ވަދެ އެގެ ބަލާ ފާސް ކުރުމަށްފަހުއެވެ. އަރީފް ހައްޔަރުކޮށްފައި ވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ ދެ ހަފްތާ ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވަނީ އެކި ފަހަރު މަތިން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ އެސްއޯ ކޮމާންޑާރ ސައިފްވެސް ހިމެނެއެވެ. ސައިފް މިހާރު ވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ވެފައިވާ ކަމަށް ބުނެ ވަޒީފާއިން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަސްވެއްޖެ ތިކަން ކުރަން ޕޮލިސްގައި 14 އަހަރު ވީއިރު މިލިޔަން ރުފިޔާގެ ދޯނި ފަހަރާ ހުޅުމާލެއިން އެޕާޓްމަންޓް މިކަމުން ވެސް ވަރަށް ސާފު ތި ސޮރުގެ ހާލަތު

  2. އެއްކޮއް އުވާލަބަލަ ޕޮލިސް އާއި ސިފައިން .

  3. ތިޔަ ހުރިހާ ފުލުހުންގެ ހަލާކުގެ އަސްލަކީ ކުރީގެ ސީޕީ ރިޔާޒުގެ ނުފޫޒުކަން ކަށަވަރު!