ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ އިން އިންތިޒާމުކޮށްގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔޫއެންޑީޕީއާއި ގުޅިގެން ރާއްޖޭގައި އޮތް ފިކުރީ ހައްދު ފަހަނައަޅައި ދިޔުމާއި ޓެރަރިޒަމްގެ ނުރައްކަލަށް ތައުލީމީ ދާއިރާ އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ.

އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މަސައްކަތު ބައްދަލުވުން ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ އެންމެ ބޮޑު ބޭނުމަކީ މިހާރަށް ވުރެ ބޮޑަށް ލާދީނީ ފިކުރު އަދި ދީނީ ގޮތުން ހައްދު ފަހަނަ އަޅައި ދިޔުމުގެ ފިކުރު ކުޑަކުރުން ކަމަށެވެ.

"މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ މިހާރަށް ވުރެ ބޮޑަށް ހާއްސަކޮށް ލާދީނީ ފިކުރާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅައި ދިޔުމުގެ ފިކުރު ރާއްޖެއިން މަދު ކުރުން. އަދި އެކަން ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެވޭނެ އެއްބަޔަކީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

މުސްތަގުބަލުގައި ދީނީ ގޮތުން ހައްދު ފަހަނަ އަޅައި ދިޔުމުގެ ފިކުރު ކުޑަކުރުމަށް ހާއްސަ މަސައްކަތެއް ކުރެވޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެެވެ. އަދި މީގެ ކުރިން ޓެރަރިޒަމް އާއި ލާދީނީ ފިކުރާއި ބެހޭ ދެ ދިރާސާއެއް ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ މެދުވެރިކޮށް ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެން ވާނެ ދެ ދިރާސާއެއް މިކަމާއި ބެހޭ ގޮތުން ކޮށްފަ. އެގޮތުން ރާއްޖޭގައި ކިހާވަރަކަށް ލާދީނީ ފިކުރު އޮޮތްތޯ ބެލުމަށް ކުރެވުނު ދިރާސާއަކާއި ލާދީނީ ފިކުރަށް ބޯލެބެނީ ކީއްވެތޯ ދެނެގަތުމަށް ކުރެވުނު ދިރާސާއެއް ވަނީ ކުރެވިފަ" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން އެފަދަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ނިންމީ ތައުލީމީ ދާއިރާއަކީ ކުއްޖާ މުޖުތަމައަށް ލޯހުޅުވެމުން އަންނައިރު ކުއްޖާގެ ކަންކަން އެންމެ ރަނގަޅަށް ދެނެގަނެވޭނެ ދާއިރާ ކަމަށް ވާތީ ކަމުގައެވެ.

"އަޅުގަނޑުމެން ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން މިފަދަ ބައްދަލުވުމެއް ބާއްވަން ޖެހުނީ އެދާއިރާއަކީ ކުއްޖާ މުޖުތަމައަށް ލޯހުޅުވެމުން އަންނަ އިރު ކުއްޖާގެ ކަންކަން ދެނެގަނެވޭނެ އެންމެ މުހިންމު ދާއިރާއަށް އެދާއިރާ ވީމަ. އަދި އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށްވެސް ލާދީނީ ފިކުރާއި މެދު ހޭލުންތެރިވާން ޖެހޭ. އަދި ދަރިވަރުން އެފިކުރުން ދުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ" މަންސޫރު ވިދާޅުވިއެވެ.

މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މާލެއާއި މާލެ ހިމެނޭ ސުކޫލުތަކުގެ އިސްވެރިންނާއި ބައެއް ވުޒާރާތަކުގެ އިސްވެރިންނެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ދީނީ ގޮތުން ލާދީނީ ފިކުރުގެ ނުބައިކަމާއި ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޮގު ޙަބަރު

    ތިޔަބުނީ މިހާރު އެއްކަލަ ޔޫއެންޑިޕީ ވެސް ލާދީނީ ފިކުރާ ދެކޮޅޭ؟ ރައީސް ގެ ތަރައްޤީ ފެނިފަ އދ. ވެސް އެއޮތީ އެއްބައިވާން ބޭނުންވެފަ..

    • އާންމު އާދުމީ

      ނޫނޭ.. އ.ދ އާއި އެމެރިކާ އާންމުކޮށް ކަންކަމުގެ ތެރެއަށް ވަންނާނެ އޮބްޒާރވުކޮށް ކަންކަން ކޮންޓްރޯލުކުރުމުގެ ނިޔަތުގަ. އޭހެންނޫނިއްޔާ އެމީހުންގެ ނެރޭޓިވް/ޕްރޮޕެގެންޑާ ބަލިކަށިވެ ކަންކަމުގެ ޙައްލަށް ވާސިލުވެދާނެތީ. އެމެރިކާއަށް ބަދުނާމުވެދާނެތީ އެވެރިންގެ ބަދަލުގައި އ.ދ. ގެ ނަމުގަވެސް ކަންކަމުގެ ތެރެއަށް ވަދެ އުޅޭ. މިހާރުވެސް ދުނިޔޭގެ ސުލްޙައިގެ ސަމިޓެއް ދޭދޭ ޤައުމެއްގެ ދެމެދުގައި ބާއްވައިފިނަމަ އޭތި ފަނިކުރަން މިވެރިން ވަންނާނެ. ރަސްމީކޮށް ނުވަދެވެންޏާ 'އޮބްޒާރވަރުން'ގެ ގޮތުގަ ވަންނާނެ. ދެރައީ މިކަމަށް ދިވެހީން އަދި ހޭޅުންތެރިނުވާތީ.

  2. އަލީ

    ވަރަށް ރަނގަޅު. އަސްލު ދީނީގޮތުން ހައްދުފަހަނައަޅައި ދިއުން އެކަންޏެއް ނޫން ނުރައްކަލަކީ. ލާދީނީ ފިކުރަކީވެސް ގައުމަށް އޮތް ވަރަށްބޮޑު ނުރައްކަލެއް. އެހެންވީމަ ލާދީނީ ފިކުރާއިބެހޭގޮތަުންވެސް ދިރާސާތައްކޮށް ގާތުން ކަންކަން ބަލަންޖެހޭ. އަސްލު ތިސެންޓަރަށް ކިޔަންވީވެސް ނެޝަނަލް ކައުންޓަރ އެކްސްޓްރީމިޒަމް.

    • Anonymous

      ގިނަ ފަހަރަށް ދީނީގޮތުން ހައްދުފަހަނަ އަޅައިދަނީވެސް ލާދީނީ ކަންކަމުގެ އޮޕޮސިޓް ރިއެކްޝަނަކަށްވީމަ. ޒަމާނުއްސުރެ ހުޅަނގުގެ ޕްރޮޕަގަންޑާގެ ދަށުން އެކްސްޓްރީމިސްޓުންގެ ގޮތުގަ ބަޔަކު ލޭބަލް ކުރުމަށްފަހު ހިއުމަން ރައިޓްސް އާއި ފްރީޑަމް އޮފް އެކްސްޕްރެޝަން ގެ ނަމުގަ ހުރިހާ ލާދީނީ ކަންކަމަށް ސޭންކްޗުއަރީ ދެވުނީ.

  3. ޢަބްދުއްﷲ

    ދެން މިކަންކުރަން މާލަސްވެސް ވެއްޖެ. އެންމެ ފުރަތަމަވެސް ތަޢުލީމީ މިންގަނޑުތައް އިސްލާޙުކުރޭ. ޓެކްސްޓް ފޮތްތަކުގަ ހުރި ބަޔަކު ރޭވުންތެރިކަމާ މަކަރާ ހީލަތުން ލާފައިވާ ދީނާއި ދިވެހި ސަޤާފަތާ ފުށޫއަރާ ބައިތައް އުނިކޮށް.. އެބައިތައް ފޮތްތަކުގަ ހިމެނި އަސްލު މީހުންނާއި މަޤްސަދު އިންވެސްޓިގޭޓުކުރަން އެބަޖެހޭ.. އެހެންނޫނީ ފޫ ނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއް ކުރެވޭނީ.. އެއީ ޅަޖީލުގެ ތަރުބިއްޔަތު ސަލާމަތް ނުކުރެވިއްޖެއްޔާ ޤައުމުގެ މުސްތަޤްބަލު އެގެއްލެނީ. ދެން މާބޮޑަށްވެސް މިކަންކުރަން ލަސްވެއްޖެ. އެކަމަކު ބެޓަރ ލޭޓް ދެން ނެވާރ.

    • ގަމާރުމޯލްޑިވިއަންމ

      މި މުގައްރަރު އެކުލަވާލީ މި ދީނީ ސަރުކާރުން ތޯ

      • އާންމެއް

        އާންމު ގޮތެއްގަ ހުރިހާ ސަރުކާރަކުންވެސް ވަނީ އެޑިޔުކޭޝަން ދާއިރާގެ ކަންކަމާ އިހުމާލުވެފަ. އެއީ މައުމޫނަކަސް، ނަޝީދަކަސް، ވަހީދަކަސް އަދި ޔާމީނަސް ހަމަ އެއްގޮތް. އެއްގޮތަކަށް ބަލާނަމަ ހައިރާންވާ ކަމެއް. އެހެން ހުރިހާ މިނސްޓްރީއަކާ ދާއިރާއެއް ބަދަލުވޭ ސަރުކާރު ބަދަލުވާއިރަށް އެކަމަކު މުގައްރަރާ ކުޅެން ތިބޭ މައިގަނޑު ކޯރ އޮވޭ ހަމަ އޮތް ތާނގަ. އަޖައިބެއް. އޭގެ ތެރޭގަ އުޅޭ ރާއްޖޭގެ ނަން މަޝްހޫރު ބައެއް ކަމަނާއިންނާއި ބޭފުޅުންވެސް. އެހެންވެކަންނޭނގެ އެމީހުންގެ ބާރު އެހާގަދައީ.

      • ދެން ލަލަލާކިޔާ

        ކަޑަ ކަންކަން ފައްޓާނީ ނަޝީދު. ދެން އެކަންކަން ކުރިއަރުވާނީ ޔާމީނު. ބޯ ހަލާކު.