ފެނަކަ ކޯޕަރޭޝަނަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރެވެންދެން އެކުންފުނި ހިންގުމަށް އެމްޕީއެލްގެ ސީއީއޯ ހަމަޖައްސައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެމްޑީއަކު ހަމަޖެހެންދެން އެކުންފުނި ހިންގުން އެމްޕީއެލްގޭ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާޤު ހަލީމުއާއި ހަވާލު ކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ސުލައިމާން މިދިޔަ މަހު އިސްތިއުފާ ދެއްވުމުން މިއަދު އިލެސްޝަން ކޮމިޝަންގެ ރައީސްކަމަށް ފެނަކައިގެ އެމްޑީވަނީ އައްޔަން ކުރައްވާފައެވެ.

އިބްރާހިމް އަބްދުލްރައްޒާގު ހަލީމަކީ މީގެ ކުރިން އެމްޓީސީސީގެ ސީއީއޯކަމާއި އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު