ޖީއެމްއާރު އަތުން އެއާ ޕޯޓް ނެގުމާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވާ ހެއްދެއްވީ މާސިންގާ ބޮޑު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ގާސިމް އަށް ރައްދު ދެއްވައި އިބްރާހިމް މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޖީއެމްއާރުއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ނިކުމެވަޑައިގަތުމުން ރައީސް ޔާމީނަށް ތާއީދު ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޑރ. ހަސަން ސައީދު ކަމަށާއި މިކަމަށް ގާސިމް އިބްރާހިމް ތެދުވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ރޭ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން "ބްރިޖް ސަޅި " ނަމުގައި ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން ހުޅުލެ އެއާޕޯޓް ނެގުމަށް ބޮޑު އަދަދެއް ދައްކަން ޖެހޭނަމަ އެކަން ކުރަން ނުފެންނަ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި ކަމަށެވެ.

ރައީސް ޔާމީން ގެ މި ވާހަކަތަށް ރައްދު ދެއްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ބޮޑު އަގެއް ދައްކަން ޖެހޭ ނަމަ ގާސިމް އަށް އަތުލަން ނުފެންނަ ކަމަށް ވިދާޅުވެ ރައީސް ޔާމީން ހެއްދެއްވީ ބޮޑު ދޮގެއް ކަމަށެވެ.

"ޖީއެމްއާރާއި ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ޖަލްސާ ނުފެށެނީސް ޔާމީން ނިކުމެގެން ދިޔައީ. އަދާލަތު ޕާޓީ އިމްރާން ކުޑަ ލަހެއްވީމަ ގާސިމް އާއި އިމްރާން އާއި ރައީސް ވަހީދު އާއި ތަސްމީން ތިބެގެން ނަގަން ނިންމީ،" ރައީސް ޔާމީނުގެ ވާހަކަފުޅަށް ރައްދު ދެއްވާ ގާސިމް ޓްވީޓްގައި ވިދާޅުވިއެވެ.

ގާސިމް އަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމް އެ ހެއްދެވީ މާސިންގާ ބޮޑު ދޮގެއް ކަމަށާއި ރައްޔިތުންނަށް ތެދުވެރިވެ ވަޑައިގަންނަން ޖެހޭ ކަމަށެވެ.

"ޖީއެމްއާރު އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުން ރައީސް ޔާމީން ނުކުމެވަޑައިގަތީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލާށޭ ވިދާޅުވެ. އެ ނޫން އެއްވެސް ގޮތެއް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެ." މުއާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް ނެގީ ޕީޕީއެމްގެ ފިކުރުގައި ތިއްބެވި ބޭފުޅުން ކަމަށާއި އެކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީޕީން ތާއީދު ނުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ޤާސިމގެ ބަހުންނަނަ ޤާސިމު މިހާރު އެއީ މުސްލިމެއްނޫންތާ؟ އެއްމޑީޕީއަށް ވެރިކަންހޯދާދިނުމަށް ދެން ޤާސިމު މަސައްކަތް ނުކުރާނޭކަމަށް ވަޢުދުވަމުން "މުސްލިމެއްގެ ގައިގައި އެއްހަރަކުން ދެފަހަރަކު ކައްށްޓެއް ނުޖަހާނެ". މިއީ ޤާސިމުގެ ދުލުން ބޭރުކުރި ގަދަބަހެއް!

  2. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. މާމިގިލީ މަހަމޫދު

    ތިޔަ ގާސިމު މިހާތަނައް ދުވަހަކުވެސް ތެދެއް ހެދިތަ ތީ ދުނިޔެ ބަނޑުދޮށު ނުލެވިގެން އުޅޭ މީހެއް އެއްޗިއްސާ ވެރިކަމައް ބޫތުކައިފަ ހުރި މީހެއް