ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/ ދަނޑިމަގު، ވަޑިގެ، އިބްރާހިމް މުޙައްމަދު ދީދީ (64އ) އެވެ.

އިބްރާހިމް މުޙައްމަދު ދީދީ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ފުލުހުން ވަނީ އިބްރާހިމް މުޙައްމަދު ދީދީ އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސާބަސް

    ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޟިރުކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރޭއިރަށް އެމީހެއްގެ ފޮޓޮއާ ވަނަވަރު ލިޔެ ފަލީހަތްކުރާއިރު ބޮޑެތި ކުށްކުރާ މުޖުރިމުންގެ ފޮޓޯޖަހައި ވަނަވަރު ހާމަ ނުކުރާތީ ތިޔަ މައުލޫމާތު ފަތުރަނީ ހަމަހަމަ ކަމާއެކީކަމަކަށް ޤަބޫލެއްނުކުރެވޭ

  2. ކައްޓޮޅި

    ވަގު އާލެތުން..

  3. ލެ

    avashuge nan nubai koshennu e iny

  4. ިަިޒާލިމު

    ފުވައްމުލަކު ދަނޑިމަގުގައި ވަޑިގެ ކިޔާ ގެއެއް ނުހުރޭ! މައުލޫމާތަށްޓަކައި ދަންނަވާލީ!