ކ.ކާށިދޫއިން ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ އެރަށު ނޫރާނީގެ 64ގެ އަދްހަމް ދާވޫދެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިމީހާއަކީ މީގެ ފަސް މަސް ކުރިން ތަނަކުން ވެއްޓި އަނިޔާވެ އުކުޅުވަޅުގައި ބޯލްޓެއް އަޅުވައިފައި ހުރި މީހެއް ކަމަށެވެ. އަދި މިހާރު މިމީހާއަށް ކުޑަކޮށް ހިނގޭ ކަމަށާއި ދަޑިގަޑެއް ޖަހައިގެން ރަށުތެރޭގައި އުޅޭކަމަށެ މައުލޫމާތު ދިން މީހާ ބުންޏެވެ.

މީޑިޔާއަކަށް މައުލޫމާތު ދެމުން ކާށިދޫ ކައުންސިލްގެ ރައީސް، އަލީ ސުލްތާން ވިދާޅުވީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ އެ ރަށުގެ މަގުމަތިން މެންދުރު 12:45 ހާއިރު ކަމަށާއި ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ހަވީރު 4:33 ގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަބޭޝް

    ޚާެއްޞަ އެހީ އަށް ބޭނުން ނުވަނީ ކަަކު ގެއްލިގެން ހޯދަމުންދަނީ ކ ކާށިދޫ ނޫރާނީގެ އާދަމް ދާއުދު 63 އަހަރު މީނާ އަކީ މީގެ 2 މަހެއްހާ ދުވަދުވަސްކުރިން ފަިބިނފަިގެނގޮސްގެން ހިނގާ އުޅުން މްނާ ކޮަށްފައިވަަ މީހެހް މީނށގެ ޙާލަތަށް ބަލާއިތު ޚއްޞަ އެހީ ބޭނުނަވާ މީހެއް

  2. ައާދަމް

    ގެންލިގެން ހޯދަމުން ދަނީ އާދަމް ދާއޫދު

  3. ކަކުނި

    ބިލެތު އާދަނު

  4. ޙާބު

    ޠިޔަވާނީ ގާސިމު ކަމަކަން

  5. ޑަންޑަނާޑަން

    ބަލާބަލަ އަނެއްކާ އެސް އޯ އީ ބެލުމުގެ ދަށަށް ދިޔައީތޯ

  6. ޙަބޭޝް

    މަގޭ ޓުއިޓް. ޏުކެޖީމަ ދެން ނުލިޔާނަން

  7. ހަބޭސް

    މިޒަމާނުގައި ގޫގަލް މެޕުން ކޮންމެ ރަށެއްގެ ފޮޓޯވެސް ވަރަށް ފަސޭހައިން ޑައުންލޯޑު ކޮށްލެވޭނެ އެހެންކަމުން ރަށްރަށުގެ ޚަބަރުތަކަށް ފޮޓޯ އަޕްލޯޑު ކުރައްވާނަމަ އެއިރެއްގެ ނުވަތަ ކައިރި މުސްތަގުބަލެއްގެ ފޮޓޯއެއް އަޕްލޯޑު ކުރުން މުހިއްމު ކާށިދޫގެ މިފޮޓޯ ބަލާލުމުން އެއީ މިއަދުގެ ކާށިދޫކަންވެސް ބައެއް މީހުނަށް ނޭންގުން އެކަށީގެންވޭ ނަމަވެސް އެއީ މީގެ ދުވަސްތަކެއް ކުރީގެ ، ކާށިދޫގެ ފޮޓޯއެއް އެފޮޓޯއިން ފެންނަނީ ކާސިދޫގެ ބައިކުޅަބައެއް