ފުލުހުންގެ ކުރީގެ އެސްއޯ ކޮމާންޑަރ އިންސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް(އެސްއޯ ޑީޑީ) ހައްޔަރުކުރި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.

މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ ޑީޑީ ހައްޔަރުކޮށްފައިވަނީ އޭނާގެ އުފަން ރަށް، ގއ.ގެމަނަފުއްޓަށް ފޮނުވާލާފައި ހުއްޓާ އަންނަން އެންގުމުން މާލެ އައިސް ފޭބިތަނުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ނަމަވެސް ފުލުހުންވަނީ މިކަން ދޮގުކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ  އިންސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ކުރަމުންދާ ތަޙްޤީޤަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ނުވާކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމީހުންގެ ކަމަކީ ހުރިހައި ކަމެއް ޗޮކުންދިޔާމަ ދޮގު ވާހަކަ ފެތުރުން.