އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވަމުން ދަނީ ތާކުންތާކު ނުޖެހޭ ވައުދު ކަމަށް ވިދާޅުވެ އެންވާރްމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް އިބޫ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިގު އިބޫ އަށް ފާޑުވިދާޅުވީ ލ.އަތޮޅު ފޮނަދޫ ފެނުގެ ނިޒާމް އިފްތިތާހް ކުރުމަށާއި އެއަތޮޅުގެ ބޮޑު މަގު އިފްތިތާހް ކުރުން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޠާރިގު ވިދާޅުވީ "ތަންކޮޅެއް ބޮޑަށް ވިސްނާވަޑައިގެން ވައުދު ވުމަށް އިބްރާހިމް މުހައްމަދު ޞާލިހަށް" ދަންނަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދަތުރު ފަތުރުގެ ނިޒާމް ގާއިމް ކުރާނެ ކަމަށް އިބޫ ވިދާޅުވާ ކަމަށާއި އެމްޑީޕީ އިން ކުރިން ވެސް ދަތުރު ފަތުރުގެ ނިޒާމެއް ގާއިމް ކުރި ކަމަށެވެ. "އޭރު ފެނުނީ ރިސޯޓް ހަދަން ރަށްރަށް ދޫކޮށް ރިސޯޓް ހުޅުވުނު ތަން. ރިސޯޓް ހުޅުވުނުއިރު ދަތުރުފަތުރުގެ ނިޒާމެއް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިގު ވިދާޅުވީ ކުރާ މަސައްކަތުގެ ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވާ ކަމަށާއި ނަމަވެސް އެމްޑީޕީ ސަރުކާރުގައި ފެނުނީ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެގެން ދިޔަ މަންޒަރު ކަމަށެވެ. އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ އަދިވެސް ޑޮލަރުގެ އަގު ބޮޑުވެ، ތަކެތީގެ އަގު ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންނަށް މަތީ ތައުލީމް ހާސިލް ކޮށްދޭނެ ކަމަށް ވެސް އެބަ ވިދާޅުވޭ. އިބޫ އާއި ފައިސަލް މަތީ ތައުލީމް ހާސިލް ކުރައްވަންވީ. ރައީސް ޔާމީން މިހާރު ވެސް މަތީތައުލީމް ހާސިލް ކުރައްވަން ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ހޯއްދަވައި ދެއްވާ. ރައީސް ޔާމީންގެ ވެރިކަމެއްގައި އެބޭފުޅުންނަށް ވެސް މަތީ ތައުލީމް ހާސިލް ކުރަން ސްކޮލަޝިޕް ހޯދައިދޭނަން." މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 18 މަސް ދުވަހު ވެރިކަން ކުރައްވަން ހުންނެވި ކެންޑިޑޭޓް ވަރަށް ގިނަ ވައުދުތައް ވަމުން އެބަދާ ކަމަށާއި ނަމަވެސް ޖަޒީރާ ކޮންސެޕްޓްގައި އޮންނަ ގޮތަކީ ތިލަކޮށް ވައުދު ވުމާއި ދޮގު ހެދުން ކަމަށެވެ.

ކަރަންޓްގެ ހެޔޮ އަގު ކުރަން ވައުދު އިބޫ ވައުދުވި ނަމަވެސް އެބޭފުޅުންނަކަށް ކަރަންޓްގެ އަގު ހެވެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް އެކަން ކުރެވިފައި ނެތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދަކީ ފޮނަދޫ ތަރައްޤީއަށް އާބޮޅެއް އިތުރުވި ދުވަހެއް ކަމަށާއި ފޮނަދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމަކީ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރި މަޝްރޫޢުއެއް ކަމަށެވެ. ދައުލަތުގެ ބަޖެޓަށް ވޯޓް ދެއްވީ ޕީޕީއެމްގެ މެންބަރުން އެކަނި ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ޕީޕީއެމް މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ވެސް 45 ރަށެއްގައި ފެން ހޮޅި ވަޅުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އެކަމަށް 1.3 ބިލިއަން ރުފިޔާ ޚަރަދު ކުރަމުން ގެންދަވާ ކަމަށެވެ. ކުރީ ސަރުކާރުތަކަށް އަޅާނުލެވި އޮތުމުން ރައީސް ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސާފުބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ވަނީ 30 ދާއިރާ އަކުން 2800 މަޝްރޫޢު އަކަށް 88 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައި. މިއަތޮޅުގައި 170 މަޝްރޫޢުއެއް ހިންގާ 1.99 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައި." މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭއިންސާފު

    ވަގުތު ކުދިންނަށް ނުކެރުނު ގުޅިފައިވާ ޕާޓީ ބާއްވާކަން ވެސް ބުނަންނުކެރިފަ. ފޮޓޮއެއް ހިމަނާކަށް ނުކެރުނު.. ހާހާހާ.. ސައިޒު މިރޭ ފެނިއްޖެދޯ މަހުލޫފު ބުނާހެން.

  2. ވަގުތު

    ވަގުތު ކުދިން ހަޖަމް ކޮށްލާ.. ބޮޑުމަންޒަރު ފެނޭތަ؟؟؟؟؟؟؟ ކެކެޖެކކ

  3. ނިއުމާގެ އަމާ

    ތެދުވާހަކައެއް. ވަޢުދުތަކާ މެދު ވިސްނާލުމުން ޢިބާރާތްތަކުން ކުރެވޭ މާނަތައް، ދޭހަތައް ވަރަށް ދެކޮޅު ނުޖެހޭ