އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގައި ރޭ ފަތިހު އަލިފާން ރޯވެ، ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހިތަދޫގައި ހުންނަ "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައެއްގައި ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ފަތިހު 04:47 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ފިހާރައިގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 05:25 ގައެވެ.

މިހާދިސާގައި އެ ފިހާރައިގެ 90 އިންސައްތަ ވަނީ އެއްކޮށް އަނދައިގެން ގޮސްފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަރީފާ

    ތިޔައީ ޕީޕީއެމް އަށް ތާއީދުކުރާ މީހެއްގެ ފިހާރައެއް! މުދަލުގައި ހުޅުޖަހަން ފަރިތަމީހުން ކުރިކަމަކަށް ވާނީ!

    • ސައިނީ

      އަސްލުވެސް ތަ ޕޕއެމްއިން އެކަން ރަސްމީކޮށް ބުނީތަ!

  2. ބްރަވާޑޯ

    ޢެމްޑީޕީ ގަ ތިބޭނީ ހަޖަމްކުރަން ނުދަންނަ އަދި އަސްލު އަނިޔާވެރިން

  3. ޙަލީމއ

    މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ. ޢަބަދު ެސް