އިދިކޮޅު ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށް ދެރަގޮތެއް ނުހަދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ ބޭފުޅުންވެސް ބިރުފަހަނައަޅައި ނުކުމެވަޑައި ގަތުމަށާއި، އިދިކޮޅު ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ.

"ދިވެހި ދައުލަތް ދަރުވަމުންދާ ދަރަނިތަކުންނާއި، ދުނިޔޭގެ ކުރިމަތީގައި އެކަހެރިވަމުންދާ ދިއުންތަކުން ސަލާމަތްވާންޖެހޭ ، ދައުލަތުގެ މުއައްސަސާތަލުގެ ވެރިންވެސް ފަސްބައި ހަޑި ބަޔަކަށް ވެގެން ނުވާނެ , އިދިކޮޅު ޕާޓީތަކުގެ ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށްވެސް ދެރަގޮތެއް ނުހަދާނެ" ގާސިމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ ގިނަ ރައްޔިތުން ވޯޓްލާނީ އިދިކޮޅު ކެންޑިޑޭޓަށް ކަމަށާއި، ކާނިވާ ސަރަހައްދުން ފެށިގެންދިޔަ މަންޒަރުންވެސް އެކަން ވަރަށް ސާފުވެއްޖެ ކަމަަށެވެ.

" ފަސާދައާއި ,އަނިޔާވެރިކަމާއި، ފިތުނައާއި، ، ބޭ އިންސާފުން ހުރިހާ ރައްޔިތުން ސަލާމަތްވަންޖެހޭ ، އިންސާފު ލިބިގަންނަންޖެހޭ ، އިންސާފުގެ މަގަށް މިކުރާ ދަތުރުގައި ހުރިހާ ރައްޔިތުންވެސް އިދިކޮޅު އޮޑިއަށް އަރަން ޖެހޭ " ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި، ދީން ސަލާމަތް ކުރުމަށްޓަކައި، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތް ކުރުމަށް ނުކުންނަން އެބަޖެހޭ ކަމަށާއި ވޯޓްލައި މިކަން ނިންމަންޖެހޭ ކަމަށެވެ.

" ކާމިޔާބު ލިބިގެންދާނީ ހައްގުގެ މަގަށް,ހުރިހާ ކަންކޮޅުތަކުންވެސް މިއަދު ފެންނަމުންދަނީ، އެކަންކަމުން ގައުމު ސަލާމަތްކުރުމަށް ރައްޔިތުން ވަރަށް ފޯރިއާއެކު ކުރަމުންގެންދާތަން " ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރި ހުރިހާ އެންމެން އެތިބީ ޖަލުގައި ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ މުޅި ގައުމު ފުނޑުފުނޑުވެ، ގައުމާއި ރައްޔިތުން މިހާރަށްވުރެ ނިކަމެތިވެ އެކަހެރިވެގެންދާނެ ކަމަށެވެ.

" ރައީސް ޔާމީންގެ ސަަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ދެގުނަ ތިންގުނަ ބޮޑު އަގުގައި ، މިއީ ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ ބޮޑެތި ދަރަނިތަކެއް ,ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ، އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ، މިހާރު މިއަންނަނީ އެވަގުތު " ގާސިމް ވިދާަޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދޮންބެ

    ކަލޭ މެންނައް ވެރިކަން ހޯދާދޭން މޮޔަވީތަ ގާސިމު

  2. މޫސާމަނިކު

    ދައުލަތުގެ ދަރަނީގެ ވާހަކަ ދައްކަންދޯ؟ އެކަމަކުވާ ޕިސްޕިސްޕިސް! ޚުދު ކަލޭ ދައުލަތަށް ދަރާފަ އޮތް ފައިސާތައް ދައްކާ ނިންމަބަލަ! އެ ނުދައްކަންވެގެން ފިލާ ތިއުޅެނީ! ލަދުކުޑަ މީހެއް އިނގޭމީ!

  3. ޔާމިން

    ތިޔައީމުއުމިނެއްގާގައިދެފަރަކުކަށިނުޖަހާނޭބުނިކަލޭގެއެއްނޫންހޭ ކަލޭބުނާވާހަކަކާކުގަބޫލްކުރާނީ މިހެރަބޮޑުމޯޔައާ އެއްލަކިންރައީސްޔާމިން2018އިންޝާﷲ

  4. މާރިޔާ

    ސޮރީގާސިމް ތިކަމެއްވާކައްނެއް ޔާމިން އަހަރުމެންގެރޫހަކީ

  5. ނިޔާޒް

    ހަދާންނައްތާލާގާސިމް ޔާމިންއިސްބެސްޓް

  6. ސައިނީ

    ދެން ކީކޭ ތިކިޔަނީ ކޮރަޕްސަނޭވެސް މިވެރިން ގޮވާ އެކަމު ވެރިންނަށް އަނިޔާއެއްވެސް ނުދޭނެ މިކިޔޭއެއްޗެއް އިގޭބާ ބޯހަލާކު

  7. މާމިގިލީ މީހާ

    ގާސިމް ކަލޭ އަކަށް ވޯޓެއް ނޫދޭނަން... ކަލޭ ތީ ގައުމަށް ގައްދާރު ވެފަ ހުރި މޮޔައެއް...

  8. ޔާމިން

    ކޮބާމޮޕުލާވާހަކަބުނީމެއްނޫން އަހަރެންކާރީގައި

  9. 3ނިރު

    ފެންނަ މަންޒަރަކުން ނޭގޭނެ އަހަރެމެން ހީކުރީ އޭރު ފެނުނު މަންޒަރުން 2013 ވެސް ކާމިޔާ ބުކުރާނީ ރީދޫ ކުދިން ކަމަށް ﷲ އިރާދަފުޅުން ވީ އެހެނެއްނޫން

  10. ބޮޑު މައްކާރު

    އޭ މައްކާރާ ހޭބުއްދިނުފިލާ މަޑުންހުރޭ.. މުޅިދައުލަތުގެ މާލިއްޔާ ދަވާލާ ދިވެހިންގެ މިލްކުތައް އަމިއްލަކޮއްގެންހުރެ މުޅިގައުމު ފަނާކުރާ މަކަރުވެރި މައްކާރެތީ.. ހީނުކުރޭ ވެރިކަމަކީ ތިމަންނަގެ ބާރުގެދަށުގަވާކަމެއްކަމަށް.. ގާރޫނު ނެތިވެދިޔަގޮތަށް ލަހެނުވެ ހިދުކޮޅެއްގެތެރޭގަ ކަލޭނެތިވެދިޔުމުގެ ބާރުލިބިވާފަރާތަށް ބިރުވެތިވޭ.. ތިޔައީ ހަމަ ބޮޑު ފިތުނަވެރި މުސީބާތެ މިގައުމަށްޖެހިފަހުރި.. ތިބުރުމާގެ ކަށިބިދޭނެ ދުވަހެއްފެންނާނެނަމަ.. މިއީ ރައްޔިތުންނަ މިބަލާވެރިކަންޖައްސާ މުސީބާތެ..

  11. ޙަސަން

    ކަލެއެއްނުބުނީ ކަށްވަޅުގައިވެސް ރައީސް ނަޝީދާ ދެމީހުން އަޑު އުފުލާނަމޭ. ތިޔައީ މުރުތައްދުވެފައިހުރި ޖާހިލެެއް.

  12. ބިސް

    އާނ ދެރަގޮތެއް ހަނެގޮތެއް ނުވެސް އެނގޭނެ

    ބަލަންހުންނަށްޗޭ އެނމެފުރަތަމަވެސް ބޭރުކޮށް

    ލާނީ ބުރުމާގާސިމް.އެދުހުކުން މަހީލާނަން

    ވަރަކަށް.

  13. ދަންޑަހެލު

    ތީއާނަްް އެންމެރީތިމީހާ މިކަހަލަ ވާހަކަދައްކަން ތީމުޅި ދިވެހިރާއްޖޭގެ ނަމުގަ ވޯޑްބޭންކުން ލޯނުނަގައިގެންހުރިމީހާ. މުޅި ގައުމު ދަރުވާލައިގެއް. ތިގާރޫނު ގާސިމް ތީދެ ފުއްކެހެއި. ގާސިން. ތިބޭ ހެވިފަ އެމްޑީޕީ ވެރިކަމައް އަރާފަ ތިބައިގަނޑު ބޭރުކުރާނެ. ދެން ލަލަލާ

  14. ނުރަބޯ

    ބަލަ ގާސިމް ނޫންތޯ އަންނިޔާ ދިމާލަށް ބުނީ “ބަލަ މީނާގެ ހުރި ލަދުޙަޔާތް ކުޑަކަން ދެކިބަލާށޭ ތިމަންނަ މީނާއަށް ވެރިކަން ހޯދާދިނީމާ ތިމަންނައޭ ގެންގޮސް ޖަލަށްގަޅާލީ....؟” މިފަހަރުވެސް ގާސިމު ޖަލަށް ގަޅާނުލާނެކަމުގެ ކޮން ގެރެންޓީއެއްތޯ އޮތީ.....؟؟؟

  15. ޙަމޭ

    ދެން އެހެންވީމަ ކަލޭމެން ވެރިކަމައް އަޔަސް ކޮންމެ އިދާރަައެއްގަ ދެ މިނިސްޓަރުން ތިބޭނެތާ.އެ އީ ޕޕމ މިނިސްޓަރ އަކަ އިދިކޮޅު މިނިސްޓަރ އަކ އަޖައިބެއްނު. މިވަރުން ކަލޭމެން ދައްކާ ވާހަަކަ ގަބޫލް ކިރެޥެނެތަ

  16. ކަޅި ރަވަ

    މީދެން ވަރަށް ސީރިއެސް މައްސަލައެއް ހުއްޓުވެންޖެހޭ މައްސަލައެއް ސިޔާސީމީހެއް އެހެންމީހެއްވިއަސް ، ޖަލުހުކުމް ތަންފީޒު ކުރަމުނަދާ މީހުން ނެރޭ ބަޔާނެއް އިންޓަވިއު ނޫސްތަކުގަ ޖެހިގެން ނުވާނެ ސިޔާސީ ބަޢްދަލުވުންތަކުގަ އެފަރާތަކުގެ އަޑު ގެނެސްދެވިގެން ނުވާނެ މީ އަދަބު ކަނޑައެޅެންޖެހޭ ކަންކަން ކަމުގައި ހަދަން ޖެހޭ.

  17. ކާމިލް

    މީދެން ވަރަށް ސީރިއެސް މައްސަލައެއް ހުއްޓުވެންޖެހޭ މައްސަލައެއް ސިޔާސީމީހެއް އެހެންމީހެއްވިއަސް ، ޖަލުހުކުމް ތަންފީޒު ކުރަމުނަދާ މީހުން ނެރޭ ބަޔާނެއް އިންޓަވިއު ނޫސްތަކުގަ ޖެހިގެން ނުވާނެ ސިޔާސީ ބަޢްދަލުވުންތަކުގަ އެފަރާތަކުގެ އަޑު ގެނެސްދެވިގެން ނުވާނެ މީ އަދަބު ކަނޑައެޅެންޖެހޭ ކަންކަން ކަމުގައި ހަދަން ޖެހޭ.

  18. އާދަމް މުޙައްމަދު

    ގާސިމްގެ ބަހެއް މިގައުމުގައި އަޑުއަހާނެ ބަޔަކު ނެތޭ

  19. މުއައްޒަފުން

    އަނގަކޮފގަތުމުގެ ކުރިން............. ސާވިސް ޗާރޖު ޕްލީޒް ސޭޓާ!

  20. އާދަނު

    ކޮންމެ މީހަކު ވެރިކަމަށް އެރިޔަސް ނުދައްކާ ހުރި ޓެކްސެއް ކަނޑައެނުދޭނެ

  21. އަންނި

    ފައިބައި އެންމެ ހަޑިބަޔަކީ ޤައުމާއި އިދިކޮޅުވެގެން ތިއުޅޭ ބުރުމާމެން
    " ފަސާދައާއި ,އަނިޔާވެރިކަމާއި، ފިތުނައާއި، ، ބޭ އިންސާފުން ހުރިހާ ރައްޔިތުން ސަލާމަތްވަންޖެހޭ ، އިންސާފު ލިބިގަންނަންޖެހޭ ، އިންސާފުގެ މަގަށް މިކުރާ ދަތުރުގައި ހުރިހާ ރައްޔިތުންވެސް ވޯޓް ދެއްވަންޖެހެނީ ރައީސް ޔާމީނަށް، ބުރުމާމެންނަށް ބާރެއް ލިބިއްޖެއްޔާ މިޤައުމު ދޮވެލާނެ، އަހަރުމެންނަކީވެސް ދިވެހި ރައްޔިތުން އަހަރުމެން ވޯޓް ދޭނީ ރައީސް ޔާމީނަށް އިންޝާﷲ