ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިރޭ ދަންވަރު ގަޑިޔެއްގައި މާާލެގެނައީ މޫދުކުޅިވަރު ކުޅެންތޯ މަހްލޫފްގެ އަނބިކަބަލުން ސުވާލު ކުރައްވާފިއެވެ.

ނަޒޫ ރޭކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ  މަހްލޫފްވީތަނެއް އާއިލާއަށް އަންގާލަދިނުމަށް އެދޭކަމަށާއި ރަހީނުކޮށްފައި ހުރި މީހެއް ދަންވަރު ގަޑީގައި މާލެ ގެންނަން ޖެހޭ ސަބަބެއް އެގިވަޑައިނުގަންނަވާކަމަށެވެ.

ފުލުހުން ވަނީ ޤާނޫނުލް އުޤޫބާތުގެ ދަށުން ތިން ކުށެއްގެ ތުހުމަތު މަހްލޫފްގެ މައްޗަށް ކޮށްފައެވެ.

ފުލުހުން މަހްލޫފްގެ މައްޗަށް ތިން ކުށެއްގެ ތުހުމަތު ކުރީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ ސިފައިންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މަހްލޫފްގެ މައްޗަށް ކޮށްފައިވާ އެއް ތުހުމަތަކީ ޤާނޫނުލްއުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (01) ގެ ދަށުން މީހެއްގެ ރުހުމަކާއި ނުލާ އޭނާ ގައިގައި އަތްލުމުގެ ކުށުގެ ތުހުމަތެވެ.

ދެން އޭނާގެ މައްޗަށް ކުރަނީ ޤާނޫނުލްއުޤޫބާތުގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން އޭނާއަށް އެނގިހުރެ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސް އެޅުން ނުވަތަ އެކަމެއް ކުރިޔަ ނުދިނުމުގެ ކުށުގެ ތުހުމަތެވެ.

މީގެ އިތުރުން  ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތިކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާއި ހިލާފުވެގެން ނުވަތަ އެނޫންވެސް ހުއްދަނޫން އަމަލެއް ކޮށްގެން ތިމާއަށް އެނގިހުރެ ޤާނޫނުގެ ބާރުހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް ހުރަސްއެޅުމާއި އެކަމަށް ދަތިކުރުމާއި އެކަމުގެ މަޤުޞަދު ހާސިލުވިޔަ ނުދިނުމުގެ ކުށުގެ ތުހުމަތު ވެސް މަހްލޫފްގެ މައްޗަށް ކުރެއެވެ.

މަހްލޫފްގެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރު މީގެ ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ މިމައްސަލައިގައި މަހްލޫފް ހުންނެވީ ހަނު ކަމަށެވެ. އެއީ މިމައްސަލަ އާއި މަހްލޫފް މިހާރު ހައްޔަރުކޮށްފައިވާ މައްސަލަ އާއި ގުޅުމެއް ނެތުމުންނާއި، މައްސަލައެއްގެ ތަޙްޤީޤު ކުރިއަށް ގެންދަން ލިބޭ 30 ދުވަހުގެ މުހުލަތު މިހާރު ހަމަވެފައި ވާތީ އާއި މިމައްސަލަ ތަޙްޤީޤު ކުރީ ޖެނެރަލް ޝިޔާމް ކަމަށްވާތީ ކަމަށެވެ.

މަހްލޫފް މިހާރު ހައްޔަރުކޮށްފައި ހުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަދި ރޭ މަޙްލޫފް މާލެގެނައި ކަމެެއް ނުވަތަ ގެނައި ސަބަބެއްވަނީ ސާފުވާގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަންޖެ ސައިޖަގަހަތަކުން ގުރޫޕް ހަދާފަ ހީނ ހީނފަ ސައިބޯންދޭބަލަ.

    • ސިއާސީ ވެބަލަ އެކަން އޮންނަ ގޮއް ދަސްކޮށްގެން، ސިޔާސީ ފޮތް ލިބޭނެ ބުކްސޮޕް ތަކުން ގަންނަން އެކިޔާބަލަ

  2. ބަލަ ފުލުހުން މުޒާ ހަރާ ތެރޭ ގައި މީހުން ގެ ގައިގާ އަތް ލަނީ ެމީހާގެ ރުހުނ ޮވެގެން ތަ؟

  3. ރައްޔިތުންގެ މަޖްލީހަށް ސިޔާސީ ޕާރޓީ ތަކުގެ ނަމުގައި ސިޔާސީ ޕާރޓީ ތަކުގެ މެމްބަރުން ހޮވާ މެމްބަރުންނަކީ އެއީ ޕާރޓީ ގެ ނޯކަރުންނެވެ. އެއީ އެމެން އަމިއްލަ އަށް ފެންނަ ޕާރޓީ އަކަށް ސޮއި ކުރަމުން ކަޓް ކަމުން ދުވަން ތިބެން ޖެހޭނެ ބަޔެއް ނޫނެވެ. ޖެނެރަލް ޕްރެކްޓިސް އަށް ބަލާއިރު އެއް ކުންފުންނެއް ގައި ވަޒީފާ އަދާ ކުރާ މީހަކު އެކުންފުނީގެ ސިއްރު ތައް ގޮސް ވާދަވެރި އެހެން ކުންފުންނަކަށް ދީގެން ކަޓް ކާ ކަން ކުންފުންނަށް ފަޅާ އަރާ ތަނުން ޖެހޭނެ އެފަދަ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްލަން. މީގައި ނޯންނާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އެކްސްކިއުޒެއް ވެސް. ހަމަ މިގޮތްވާނީ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ޕާރޓީ ނަމުގައި ހޮވޭ މެމްބަރުން. އަދި ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 17 ވަނަ ގަޒިއްޔާ އިން ވެސް އެންޓިޑިފެކްޝަން ގާނޫނެއް ފާސް ކުރެވޭނެ ކަން ރީއްޗަށް އެ ގަޒިއްޔާގެ ހުކުމް ގައި ބަޔާން ކޮށްފައި ވެއެވެ. އެގަޒިއްޔާ ގައި ފްލޯރ ކްރޮސް ނުކުރެވޭނެ ކަން ރީއްޗަށް ބަޔާން ކޮށްފައިވެއެވެ. ނުވާނެއޭ.

  4. މައްސަލައަކީ ކިރިޔާކަމެއްލިބޭއިރަށް ސައިޒު އޮޅޭތި މަޖިލިސް ގޮޑިއެއްލިބުނީމަ ހަމަރީތިކޮން އުޅެންވީނު ،، ތިމާގެ ނުލަފާކަން ދައްކަން ޖެހޭތަ ؟؟؟؟؟؟؟؟

  5. ހުދު ޖަގިޔާ

    ތީނަ ލަންކާގަ ހުރެފަ ބުއްޅަބޭ ބުނެގެން އައީ ހަވާލުވާން! މީނަޔަށް ދޭން ހަމަޖައްސާފަ އޮތީ ލަންކާގެ ހައި ކަމިޝަނަރުކަން! ޖަލުގަ މިހާރު އެމްބެސެޑަރުކަމަށް ޓްރައިނިން ހަދަނީ ކަމަށްވަނީ!

  6. ވ. ޔާމީން އިސްތިއުފައި

  7. މީނަ ގައްޑާވެފައި ވެރިކަން ވައްޓާލާފައި ގޭގަ އެއް އެއޮތީ!!

  8. ތިޔަ މަހުލޫފަަކީ އިރެއްގާމވަރަށް އެނގޭ ވިސްނުން ތޫނު އާދެޔާ ޚިލާފަށް މޮޅު މީހެއްކަމަށް ހީކުރެވުނު ވަގުތެއް ވެސް ތިޔަ. އެކަމަކު މިހާރު ޔަގީންވި ކަމަކީ، ތިޔަމީހާ އަކީވެސް އޮޅުވާލައިގެން ގެންގުޅެވިދާނެ މީހެއްކްމެވެ. އެހެންވީމާ ގަބޫލުކުރެވިގެން މިދިޔައީ މަޚުލޫފަކީވެސް ހީކުރިހާ ދުރުފެނުނު ވަރުގެ ވިސްނުންތެރިއެއް ނޫންކަމެވެ. ހެވާނުބާވެސް ވަކިކުރާކަށް ކޮންމެހެނެއް ނެއެނގޭ. އެވަގުތަކު ހެޔޮގޮތެއްކަމަށް ފެންނަން އިންކަމެއްގާ ހިފައިގެން އުޅޭ މީހެއް. އެހެންވީމަ މްޚުލޫފު ނަމޫނާ މީހަކަށް ބަލައިގެން އުޅެން ކަމަކު ނުދޭ.

  9. ކަލެއަކަށް ނޭގުނެއްނު؟! އޭނަ ގެނައީ ކިޔެވި ކޮލެޖު (އިސްލާޙިއްޔާ) ދައްކާލަން...!

  10. ހުރިތަނެއް ނޭގޭ އެކަމަކު ދާތަން އެނގޭ ހަމަހީހީ ހަލާކު ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި ދޭތެރޭ އަމަލު ކުރާނެ ގޮތެއް އެނގޭނީ ހަމަ އެމުވައްސަސާތަކަށް

  11. މައްސަލަތައް ބަލާ. ﷲ ގެ ވާގިފުޅާއި އެކު މި އަނިޔާވެރިކަން ނިމުން ވަރަށް ގާތްވެއްޖެ. ރައްޔިތުން ހިތްވަރުކުރޭ!

  12. ލައިލާ ކޮބާ

    މަންޖެ އަކީ ކޮން މީޑިއާއެއްގައި އުޅުއްވާ ކަނބަލެއްތޯ؟

  13. މަޖިލިސް ގޮޑި ލިބުނިމަ އެކަނިތަ ސައިޒުއޮޅެނި ރައީސްކަންލިބުނަސް ހަމައެހާވަރު