އަޝްފާ – ފޮޓޯ : އިންސްޓަގްރާމް

މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު ފެތުރިގެން ދިޔަ ޚަބަރަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ބުރުގާ ނެގި ޚަބަރެވެ. ފެޝަން ބުރުގާ އަޅަމުން ދިޔަ އަޝްފާ ބުރުގާ ނެގިތާ ދެތިން ދުވަސް ވެފައި ވާއިރު ވެސް އެކަމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ނިމުމެއް ނާދެއެވެ.

ނޫސްތަކުގައި ކޮމެންޓް ކުރާ މީހުން ކޮމެންޓް ކުރަނީއެވެ. ފޭސްބުކްގައި ކޮމެންޓް ކުރާ މީހުން ކޮމެންޓް ކުރަނީއެވެ. ސްޓޭޓަސް ލިޔާ މީހުން ސްޓޭޓަސް ލިޔަނީއެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަޝްފާ އަށް އަމާޒުވެއްޖެއެވެ.

ކޮންމެ މީހަކީ ވެސް އެހެން މީހުންނަށް ރަނގަޅު ނަމޫނާ ދައްކަން ޖެހޭ ބައެކެވެ. ހާއްސަކޮށް މަޝްހޫރު މީހުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަން ޖެހޭ މީހުންނެވެ. ސަބަބަކީ އެމީހުން މިސާލެއްގެ ގޮތުގައި ބަލާ އެތައް ބަޔަކު އުޅޭތީއެވެ.

ނަމަވެސް ރާއްޖޭގެ މަޝްހޫރު މީހުންގެ ފަރާތުން މިއަދާއި ހަމައަށް ވެސް އެހެން ގައުމުތަކުގެ އެފަދަ މަޝްހޫރު މީހުންގެ ފަރާތުން ފެންނަ ފަދަ ސިފަތަކެއް ނުފެނެއެވެ.

އަޝްފާ ބުރުގާ ނެގުމާއި މެދު ކުރެވޭ ބަހުސްގައި އަޅުގަނޑު ބައިވެރިވާއިރު ފުރަތަމަ ބުނަން ބޭނުން ވަނީ އަޝްފާ ކޮށްފައި އެވަނީ ރަނގަޅު ކަމެއް ނޫނެވެ. އަޝްފާގެ އަމަލު އަޅުގަނޑު ދިފާޢެއް ނުކުރަމެވެ. ހަމައެއާއި އެކު މިކަމުގައި ބައެއް ދިވެހިން ދައްކާ ވާހަކަ ވެސް އަޅުގަނޑަކަށް ކަމަކު ނުދެއެވެ.

އަޝްފާ ބުރުގާ ނެގި ޚަބަރު "ވަގުތު" ގައި ޝާޢިއު ކުރުމުން އަޅުގަނޑަށް ޒުވާން އަންހެން ކުއްޖަކު ގުޅިއެވެ. އެފޯނަށް ޖަވާބު ދެވޭވަރު އަޅުގަނޑަށްވީ ރޭ ގެ ވަގުތެއްގައެވެ. އެއަންހެން ކުއްޖާ ބުނީ އަޝްފާ ބުރުގާ ނެގުމަކީ ވަރަށް ގޯސްކޮށް ކުރި ކަމެއް ކަމަށާއި އެފެންވަރުގެ މަޝްހޫރު މީހަކު ބުރުގާ ނަގާ އެންމެން ކުރިމަތީގައި "އޮރިޔާން" ވެގެން ނުވާނެ ކަމަށެވެ.

މިފަދަ ވާހަކަތައް ވަރަށް ގިނަ މީހުން ދަނީ އަޝްފާ އާއި ބެހޭ ގޮތުން ދައްކަމުންނެވެ. ނަމަވެސް އެފަދަ ވާހަކަތަައް ދައްކާ މީހުން އެމީހުންގެ އަމިއްލަ ހާލަތާއި މެދު ވެސް ވިސްނާލަން އެބަޖެހެއެވެ. ދިވެހިންގެ ދީނަކީ އިސްލާމްދީން ކަމަށް ލިޔެފައި އޮތީ ފޮތުގައެވެ. އަމަލުން ފެންނަމުން ދަނީ ދިވެހިން ދުވަހަކަށް ވުރެ ދުވަހަކު އިސްލާމްދީނާއި ބީރައްޓެހިވަމުންދާ މަންޒަރެވެ.

އިސްލާމްދީނުގައި އަންގަވާފައިވާ ގޮތައް ބުރުގާ އަޅަނީ ދިވެހިންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ މަގުމައްޗަށް ނިކުމެ ބަލާލުމުން ކިތައް ދިވެހިން ހެދުން ލައިގެން ބަރަހަނާ ވެފައި ތިބޭ މަންޒަރު ފެނޭ ހެއްޔެވެ؟ ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުގައި ބުރުގާ ނާޅާ ފޮޓޯތައް އާންމު ކުރަނީ ކިތައް މީހުން ހެއްޔެވެ؟

އެހެން މީހުންނަށް ފާޑުކިޔާ ހަޖޫ ޖަހަމުން ދާއިރު ތިމާ، ނުވަތަ ތިމާގެ ދައްތަ އާއި ކޮއްކޮ ބުރުގާ އަޅައިގެން ނުވަތަ ބުރުގާ ނާޅާ ނަމަވެސް ބަރަހަނާ ކޮށް އުޅެމުން ދާއިރު އެއިން މީހެއްގެ އުޅުމާއި އަޙްލާޤު އިސްލާހް ކުރަން ތިމާ އަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

ގޯސްކޮށް ކަމެއް ކުރާ މީހެއްގެ އަމަލުތައް ކުއްވެރިކޮށް އެފަދަ އަމަލުތަކާއި ދެކޮޅަށް އަޑުއުފުލުން އެއީ ކޮންމެ މީހަކުމެ ކުރަން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް މިލިޔުން ކިޔާލަން ތިހޭދަކުރި ދެތިން މިނެޓާއި އެފަދަ ދެތިން މިނެޓް ތިމާގެ ދައްތަ، ކޮއްކޮ ނުވަތަ އަނބިމީހާ އިސްލާހް ކުރަން ހޭދަކޮށްލުން ކިހިނެއް ހެއްޔެވެ؟ ކޮމެންޓް ކުރަން ވަގުތުތަކެއް ހޭދަކުރުމުގެ އިތުރުން އާއިލާ މެންބަރުންގެ އުޅުމާއި އަޙްލާޤު ރަނގަޅު ކުރަން ވެސް ވަގުތުކޮޅެއް ހޭދަކޮށްލާނަމަ ކިހައި ރަނގަޅު ހެއްޔެވެ؟

އޭރުން އަޝްފާ ފަދަ މީހުން މުޖުތަމަޢުގައި ނޫޅޭނެއެވެ. ފެޝަން ބުރުގާ އަޅާ މީހުން މުޖުތަމަޢުން މަދުވާނެއެވެ. އިސްލާމީ އާދަތައް މިމުޖުތަމަޢުގައި އިޢާދަވެގެން ދާނެއެވެ.

 

ADS BY ASTERS

73 ކޮމެންޓް

  1. ބުރުޣާ ކިޔަންވާނީ ތަޖްވީދު މަގުން

  2. ކެރޭ އަންހެން ދަރިއެއް. އަޝްފާ ކުރިޔަށް .

  3. ތި މީހުން އުޅޭނީ ތިގޮތަށް، ތީއަދި މަދުމިންވަރެއް ތިއެގެނީ ތިއަށްވުރެ މާވަރުގަދާ މީހުންތީ

  4. ޢަރަބިބަހުން ކިޔަންނީ ހިޖާބު

  5. ލާ ދީނީ

  6. އެހެންވިއްޔާ އޭނަ ބުރުގާ ނެގި ވާހަކަ ތިލިޔުނިއްޔޯ

  7. މީނާ ހާދަ ރީތިވާނެއޭ ޖުރިހާ އެއްޗެއް ބާލާފަހުންނަ އިރު. މާގިނަ ކޮމެންޓް ކުރާނެ އޭރުން.

  8. މި ލިޔުން ނުލިޔެ ކަލޭވެސް ގޭ މީހުންނާ އާއިލާ މީހުން އުޅޭގޮތްބަލާ އެ މީހުން ރަގަޅު ކުރަންއުޅެބަލަ.

  9. އަސްފާ އުޅޭނެ ގޮތަކައް އުޅެން ދޫކޮއްލަބަލަ ކޮންކަމެއްތަ
    މާދަމާވެސް މަރުވީމަ އެކަމުގެ ހައްގު ފެސަން ބިމުގެ އަޑިން ފެންނާނެ

  10. އަސްޕާ ބުރުގާ އެޅީ ދީނީކަމަކަށް ހަދައިގެންނެއް ނޫން ބޭލީބެސް ދީނީ ކަމަކަށް ހަދައިގެންނެއް ނޫން ބުރުގާއަކީ ވެސް ހެދުން އެޅުމުގެ ސްޓައިލެއް ބޭނުމިއްޔާ ދޭތެރެއަކުން ބުރުގާ އަޅާހެދުމެއް ލާފައި ބުރުގާ އެޅިދާނެ ވަކި މުނާސަބަތަކަށް ބުރުގާ އަޅާފާނެ މިގޮތައް ބުރުގާ އަޅާ އަންހެން ކުރިން މާލޭގައި ވެސް އަދި ރައްރަށުގައި ވެސް އުޅޭ

  11. މިލިޔުން ލިޔުނު "ގަސްކަރަ" އަށް ނުކެރުނު އަމިއްލަ ނަންވެސް ޖަހާލާފަ ލިޔެލާކަށް. ކޮން ނޫސްވެރިކަމެއް ކުރެވޭނީ.

    • މިކޮމެންޓް ކުރި 123 އަށްވެސް އަމިއްލަ ނަމުގަ ކޮމެންޓް ކޮށްލާކަށް ނުކެރުނު. ﷲ އަކުބަރު ކިޔާފަ ބޯކަނޑާ މީހުންގެ ކުރިމައްޗަށް އަސްލު ނަމުގަ އައުމަކީ މޮޔަކަމެއް.

    • އެބައުޅޭ ބަޔަކު ޖާނުން ފިދާވާން އުޅުނު މައްސަލައެއްވެސް. އަނެއްކާ މިކަމާހެދިތަ؟

  12. މީނަ ހީވަނީ ބުދެއް ހެން.ލަދު ހަޔާތުގެ ކަންފުޅެއް ވެސް މި އަންހެނާ ކިބަޔަކުނެއް.

  13. މިއީ މުޖުތަމަައަށް ހުރި ބޮޑޮ ހުތުރެއް.މީނަހިތުން މީނަ ނިކަން ރީތި.ކީކޭ ބުނާ ނީ

  14. މާގިނަ ވާހަކައެއް ދައްކާނެ ކަމެއްނެތް އަންހެނާގެ އައުރަޔަކީ ކައިވެނި ހެޔޮނުވާމީހުންގެ ކުރިމަތީ މޫނާ ދެ އަތްތިލަ ނޫންހާ ތަނެއް އަދި ކައިވެނި ހެޔޮވާމީހުންގެ ކުރިމަތީ މުޅިހަށިގަނޑު ވަﷲ ޢަޢުލަމް.!

  15. ތިންމިނިޓް ހަމަވުމުގެ ކުރިން މަގޭ ދެތިންބަސް ބުނެލިޔަ ދެއްވާ. މިއާޓިކަލް އަކީ ވަގުތުގެ ފަރާތުން ގައުމަށް ކޮށްދިން ޚިދުމަތެއް ކަމަށް ދެކެން. ގައުމުގައި މިއޮތް ޖަހާލަތުގައި އަޅާ ވިހެލެވުނު އެތިފަހަރަކަށް ވެގެން ދިޔަ. ހަރުކަށި މީހުންނަށް ގޮންޖަހާލުމަށް އަޝްފާ އެކު ހިތްވަރުގަދަ އަމަލަށް ތާރީފު ހައްގު. މިތާ ކޮމެންޓު ޖަހައި ޖާހިލުންގެ އަސްލު ހަގީގަތް ހާމަކޮށްދިން ކަމީ އެހެނިހެން މީހުންނަށްވެސް ލިބިގެން ދިޔަ އިބްރަތަކާ ފިލާވަޅެއް ކަމުގައި ހިމެނިއްޖެ. ކުރިއަށް އޮތްތާގައިވެސް ތިޔ ހެޔޮ މަސަކަތްކަތުގައި ކެރިގެން ކުރިޔަށް ދާނެ ކަމަށް އުންމީދު ކުރަން. ވަތަވައްފާކުމް.

  16. timAyA nubehE kanqkamA nubehi bala، wajaibewqnu.

  17. މި ލިޔުނުމީހާއަށް ކީއްތަ؟ މައިންޑް ޔޯ އޯން ބިޒްނަސް

  18. ވަރަށް ތާއީދު!

  19. އަންހެނުން ހެދުން އަޅާ ގޮތުގެ ވާހަކަ ދައްކާ އިރު، ދިވެހިންގެ ތެރެއިން ކިތަށް ފިރިހެނުން ތޯ ފޫޅާ ކަކުލާ ދޭތެރޭ ނިވާކުރަނީ؟ ނޫސްވެރިން ވެސް މިކަހަލަ ބޭކާރު ވާހަކަ ނުލިޔެ ރަނގަޅުވީސް އިސްލާމްދީނުގައި ދެޖިންސްގެ މީހުން ހެދުން އަޅަން ޖެހޭ ގޮތުގެ ލިޔުމެއް ލިޔުނަސް.

    • ޕަރީއަށް ވަކި އެނގޭތަ އިސްލާން ދީނުގައި (މިބަހީ: އަރަބިން ހެދުންއަޅާގޮތުގެ ވާހަކައެއް ނޫން) އެދުން އަޅަން އޮންނަ ގޮތް. އެކަން ދައްކާދޭން ބޮޑު ސިންގާ މަރުކަޒެއް އަޅާފަ އެބަހުއްޓެއް ނު؟ އަދި އޭގެ ކުރީން ދިވެހިންގެ ތެރޭގައި އެތައް އިލްމުވެރިންނެއް އުޅެފިއެއްނު. ސައުދީން މަދީނާއިން ކިޔަވައިގެން އައި މީހުންވެސް ތިއްބެއްނު؟ . އަދިވެސް އިސްލާމީ މިނިސްޓަރ އެއްޗެއް ވިދާޅެެއް ނުވެއެއްނު؟ މިހުރިހާ ބާރެއް މިކުރަނީ މިތިބަ އަފްގާނު ތުނބުޅި މީހުންނަކަށްނު

  20. އަޝްފާ، އަޝްފާ ،އަޝްފާ ،އަޝްފާ ،އަޝްފާ!!!!!!މިމުން ހަބަރެ،އް ނެތީތަ

  21. މަޝްހޫރު މީހަކު ގޯސްކަމެއް ކުރުމުން އޭގެ އަސަރު މުޖުތަމައު ތެރެއަށް ފެތުރޭލެއް ބޮޑުވާނެ. އެއީ އޭނަ އެކުރި ކަންތައް އޭނާގެ ފޭނުންނާއި އޭނާއަށް ލޯބިކުރާމީހުން ކޮޕީ ކުރުމުގެ ފުރުސަތު ބޮޑުވީމަ.

    • މަޝްހޫރު ކިތައް މީހުންތަ ބުރުގާ ނާޅާ އެތިބީ؟ އެމީހުންގެ އަސަރު މީހުންގެތެރެއަށް ނުފެތުރެނީ ކީއްވެ؟ ފެތުރެން ލަސްވެސް ވެއްޖެ ނު.

  22. ދެން މަޝަށް ކީ ބުރުގާ އެޅިޔަސް އަދި ބޭލިޔަކަސް. މަ މިހިރީ ބުރުގާ އަޅައިގެން ވީޔާ.

  23. 100% މުސްލިމުންގެ ބޯޑް އަޅުވައިގެން ބަލަންވީ ހަވާާނަފްސު އެދޭ ގޮތާާއި ދުނިޔެ ބަދަލް ކުރަމުންދާާ ސަގާފަތަކަށްނޫން އިސްލާމީ ސަގާފަތާއި އާދަކާދަތަކަށް. ނޫންތޯ.؟

  24. މަށަށް އެގިފަވާގޮތް

    ގައިގެ ހަންގަޑާ ކުލަ ފޮރުވޭ ވަރަށް ފޮތި އޮޅުމަކުން އައުރަ ނިވައެއް ނުވޭ. ހަމަ އެގޮތަށް އިސްތަގަޑު ފޮރުވުމަކުން ބުރުގާާ ފުރިހަމައެއްނުވޭ. ތި އަންތަރީސް ވާންޖެހޭ ކަމެއް ނޫން.

  25. މިތާ މީހުން ލައްވާ ކޮމެންޓް ތިޔަ ކުރުވަނީ ކޮމެންޓް ކުރުވި މީހުންގެ ދޫ ހަނާ ކުރުވަންދޯ؟ ހައްދުފަހަނެޅީންގެ ލޭ ބޮއިލިން ޕޮއިންޓަށް އަރާނެ މިހާރު

  26. ނުހާ / ސ.މަރަދޫ

    ދެންފަހެ.. މީނައަށް ހަމަ ނޭވާލާން ފުރުސަތެއް ދީބާދޯ.. ހަމަ އޭނާގެ ވާހަކަ ނުލިޔެވެސް މިލިޔުން ލިޔެވިދާނެ ކަންނޭންގެދޯ

  27. (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) މިހެން އަރަބި ބަހުން އެބައޮތްތަ؟

  28. އަޝްފާގެ ޕަބްލިސިޓީ ސްޓަންޓް .... ހީ ހީ ހީ ....

  29. ޖަހާލަތު ރާއްޖޭގައި އޮތްހާ ހިނދަކު ރާއްޖެ ތަރައްގީ ކުރާށޭ ޑިމޮކްރަސީ ގެންނާށޭ ކިޔައިގެން މިކުރާ ހުރިހާ މަސައްކަތެއް ދާނީ ބޭކާރުވެގެން. ދުނިޔެއާ ގުޅި ލާމެހިގެން ނޫނީ ރާއްޖެއަކަށް ކުރިއެރުމެއްނެތް. ތެޔޮވަޅުގެ އެހީގަ ގަދަފައި ތިއްބައިގެން ތިބި ސައޫދީވެސް އެދަނީ ހުލިވަމުން. އަޝްފާއަށް ބުރުގާނަގަން ހިތްވަރު ދެއްވި ކަމަށްޓަކާ ކަލާގެއަށް ހަމްދު ހުރި. އެއީ ރާއްޖެއަށް ކުރިއެރުން އަތުވެދާނެ ކަމުގެ އުންމީދީ ހުޅުކޮޅެއް.

  30. ލިޔުންތެރިޔާގެ ޚިޔަލު ވަރަށް ކަމުދޭ. އަޅުގަނޑަށްވެސް ފާހަގަކުރެވޭ، ދުނިޔޭގެ އެހެން

    ޤައުމުތަކުގެ އެފަދަ މަޝްހޫރު މީހުން އެމީހުންގެ ދީނަށް ވަރަށް ލޯބިކުރާނެ، އަޅުކަން

    ކުރާތަންވެސް ވަރަށްބޮޑަށް ދަށްކާނެ. ނަމަވެސް ރާއްޖޭގަ އެފަދަ މީހުންގެ ފަރާތުން

    އިސްލާމްދީނަށް ލޯބިކޮށް، ދީނީ އަޅުކަންތައް ކުރުމުގައި އެއްވެސް ގޮތަކަށް

    ނުފެންނާނެ. އަދި މީހުން ތިބޭނީވެސް ހާއްޞަކޮށް (ފިރިހެނުން) ތިބޭނީ ވަރަށް

    މުޑުދާރުކޮށް. ވެދާނެ އެގޮތް އަޝްފާއަށްވެސް ކަމުދަނީކަމަށް.

    • އެހެންދީންތަކުގެ މީހުން އެމީހުން ހެދުންލާގޮތައް އަނެއްބަޔަކު ހެދުން އަޅުވަން މަޖްބޫރު ކުރޭތަ؟ ރާއްޖޭގައި އެކަން މަޖްބޫރު ކުރާ ބަޔަކީ މިތިބަ ތުނބުޅި މުއްލާތައް

    • ތުނބުޅި މުއްލާތަކޭ ބުނާ އިރު 100% މުސްލިމް ޤައުމެއް މަށަކީ މުސްލިމެކޭ ބުނެފަ މަރުވާނެ ކަމާއި ހިސާބު ބެއްލެވޭނެ ކަމާއި ސުވަރުގޭ އަރާމާއި ނަރަކައިގެ އަޒާބުގެ މަތިން ހަނދާން ނެތުނީތަ؟ ދީނަ ކޮބައިކަން ދަސްކުރަން މަސައްކަތް ނުކޮށް ޖާހިލުކަންމަތީ ކާފަރުންގެ "ފެޝަން" ސްޓައިލް ކޮޕީ ކުރީމަ އަޚިރަތް ބާއްޖަވެރިވޭތަ؟

    • ދީނަކީ ތުބުޅިތަ ބުރުގާތަ، ނަމާދު ތާކިހާތަ؟

    • ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. [2]أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ މާނައީ: ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ، އެހެންޢަމަލުތައްވެސް ރަނގަޅުވެ ޞާލިޙު ވެދާހުއްޓެވެ. އެކަންފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ.

  31. ޙަޤީޤަތުގައި އަޝްފާގެ އަގު ވައްޓާލީ އޭނާ އަމިއްލައަށް، އަދި ވަގުތު ނޫހުން

  32. ދެންހުރި އެއްޗެއްވެސް ބާލާ އޭރުން މީހަކަށްވާނީ .ފަހުން ދެން އަލިފާނުގާ އުޅޭނީ

  33. ހެޔޮގޮތާ ރަގަޅު ގޮތް ހަމަ ވިސްނޭ ކޮންމެ މީހަކައްވެސް އެގޭނެއެވެ. އަޝްފާ ބުރުގާނެގުން އޭ އެނަގެ ނިންމުމެވެ. އެއަށް ފާޑު ކިޔުމުގެ އިޙްތިޔާރެއް އެވެސް މީހަކަށް ނޯންނާނެ.

    • ނުހާ / ސ.މަރަދޫ

      ހެޔޮގޮތް ކަމަށް ކަލެއަށް ކަމެއް ހީވެއްޖެއްޔާ އެއީ ޔުނިވާސަލް ހެޔޮގޮތް ކަމުގައިވާނެތަ؟

  34. ވަރައްދެރަކަމެއް އަޝްފާއައް ހެޔޮވިންނުން ދެއްވާންދޭ.

  35. ބަލަގަ ބުރުގާ ނެގީމަ އެއްޗެތި ކިޔާއިރު އެމަންޖެ މަޝްހޫރު ވެފަ އެވަނީ މުސްލިމެއްގެ ގޮތުގައި ހުރެ ކުރުން އެންމެ ރަގަޅު މަސައްކަތުގަތޯ ބަލައި އެމަންޖެއަށް ހެޔޮނަސޭހަތެއް ދިން މީހަކު އުޅޭބާއެވެ. ގައިގަ "ދަވާދު އުނގުޅައިގެން" ހުންނަ ފަދަ ފެޝަނަށް ހެދުން އަޅާ ފެޝަން ބުރުގާ އަޅަމުން ދިޔައިރު އިޞްލާޙު ކުރަން މަސައްކަތް ނުކުރެވުނު އިރު އެ ޙާލަތުގަ ހުރި އަންހެނަކު ބުރުގާބޭލީމަ އިތުަރަށް މަޝްހޫރު ކުރުމުގެ ބަދަލުގަ އެމަންޖެއަށް ޙިދާޔަތް ދައްކަވާތޯ ދުއާކުރުންވެސް ހެޔޮކަން ބޮޑެވެ.

  36. ބުރުގާ އަޅައިގެން ތުނބުޅިލައިގެން ތިބެ ރާއްޖެ ތަރައްގީއއެއް ނުކުރެވޭނެ

  37. ލިއުނު ބޭފުޅާ ކިހިނެއްތޯ

  38. ކަލެއް މާ އިނގެނީ

  39. ޢަސްފާ އަށް ހިތްވަރު ދީފަ ލިއުމެއް ލިޔެލީ ދޯ

  40. ތިނޫން ހަބަރެެއްެެ ނެތީތަ

  41. ތިމަންނަ ގަބޫލުކުރާ ގޮތް އެހެން މީހަކު ގަބޫލު ނުކުރުމަކީ އަނެކާގެ މައްސަލައެއް ނޫނެވެ. ތިމަން ގަބޫލު ކުރާ ގޮތް އެއީ އެންމެ ރަގަޅު ގޮތް ކަމަށް ތިމަންނަ އަށް ހީވިއަސް އެހެން މީހަކަށް އެއީ ކަމުނު ދާ ގޮތެއްކަމަށް ފެނިދާނެއެވެ. އެމީހެއް ވިސްނަންވީ ގޮތް އެނގޭނީ އެމީހަކަށެވެ. އެމީހަކު ވިސްނާ ގޮތަށް އެމީހަކު އަމަލު ކުރާއިރު އެމީހަކު ދިރިއުޅޭ މުޖްތަމައު އަކުން އެމީހަކު ބަލައިނުގަންނަ ނަމަ އެމީހަކު ކަން ކުރަންވީ ގޮތް ވެސް އެނގެނީ އެމީހަކަށެވެ. ރައްޓެހިންނާއި ގާތް މީހުންގެ ލަަފާ އެހުމަކީ ރީވެތިގޮތެކެވެ. އެކަމަކު އެލަފައަކީ އެމީހަކަށް ކަމުނުދާ ގޮތެއް ކަމަށް ވާނަމަ އެމީހަކު އެލަފައާ އެއް ގޮތަށް އަމަލު ކުރާކަށް ނުޖެހެއެވެ. މީގެ 20 އަހަރު ކުރިން ދިވެހިންގެ ތެރޭން ގިނަ ބަޔަކު ގަބޫލު ކުރިގޮތްތައް މިއަދު މިވަނީ ބަދަލުވެފައެވެ. އިއްޔެގެ ގޮތް މިއަދު ކަމު ނުގޮސްފާނެއެވެ. ހަމަ އެފަދައިން މިއަދުގެ ގޮތް މާދަން ކަމު ނުގޮސްފާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

  42. ޢަޝްފާ. ޢަޝްފާ ރީއްޗެއްނުނެވެ. ޢަޝްފާ ރީތީވެސް ބުރުގާ އެޅިމާއެވެ.

  43. ކަލޭ އަޝްފާ ބޭލި ބުރުގާތައް ހިފައިގެން މަހަށް ދޭބަލަ. ތިޔަ މީހަކު ބުރުގާ އެޅިޔަސް ބޭލިޔަސް އަހަރުންނަށް ކޮން ކަމެއް. ލިޔާނެ ޚަބަރެއް ނެތިއްޔާ މިސްކިތަށް އަރާ އިނދެ ކޮންމެސް އަޅުކަމެއް ކުރެވޭތޯ ބަލާބަލަ

  44. އަސްލު ބުރުގާ އަޅާއިގެން ހުރިއިރު މާރީތި ، މިހާރު ކަމަކު ނުދޭ ، މާ މުސްކުޅިހެން ހީވަނީ ، މިހާރު ހީވަނީ ކުރިން ފެންޓަސީގަ ސޭލްސްގާލްއަކަށް އުޅުނު ޒަމާނުގަ ނަގާފަ ހުރި ފޮޓޮއެއްހެން .

  45. ކިހާދެރަކަމެށް ތިވާހަކަ ނުދައްކަބަލަ ދެން

  46. ހުސް އަޝްފާ ހަމަ. އިހަށް ދުވަހު ޕާޓީ ޑްރަގް ނަގައިގެން އޯވަރޑޯޒް ވެގެން މަރުވީ ވެސް ބުރުގާ އަޅާ ކުއްޖެއް. ސޯޝަލް މީޑިއާގަ ކުއްތާއެއް ހިފައިގެން ފޮޓޯ ޝެއަރކޮށްފަ ހުރީވެސް ބުރުގާ އަޅައިގެން ހުރި ކުއްޖެއް. ނަމެއްގަ އަޅާ ބުރުގަލެއް ތީ މިހާރުގެ އަންހެން ކުދިން.

  47. ދަންވަރު އައި ފޯން ކޯލް

  48. ވަރަށް ރަނގަޅު ވާހަކައެއް

  49. ވަރަށް އުފާ ވެއްޖެ!
    ކުރު ކޮށް، ފޮނި ކޮށް މިފަދަ ލިޔުމެއް ފެނުމުން.
    ޝުކުރިއްޔާ!

  50. ކިހާ ބޮޑު ކަމެއް. ކޮންއިރަކުތަ އަޝްފާ ބުރުގާ އަޅައިގެން އުޅުނީ؟؟
    މިހާރަކު ނޫޅޭ އެއްވެސް ކަމެއް ކުރަން އޮންނަގޮތައް ކުރާ މީހެއް.
    މިކަމުގައި "ވަގުތު" ނޫހުންވެސް އެހާ ބޭކާރު ވާހަކަ ދައްކައިފި..
    ޒިންމާދާރު ނޫސްވެރިކަންބާ މިއީ؟؟؟
    #މަގޭޙިޔާލު

  51. ކިޔުންތެރިއެއް

    އަޝްފާ ބުރުގާ ނެގުމަކީ ރަނގަޅުކަމެއް ނޫނޭ ބުނަން މަނިކުފާނު ތީ ކާކުތޯއެވެ؟
    އެއީ އޭނާގެ އަމިއްލަ ކަމެއް ނޫންތޯއެވެ؟ އެކަމާ ބެހުމުގެ ހައްގެއް މަނިކުފާނަށް އެބައޮތްތޯއެވެ؟ ބޮލުގައި ފޮތި އަޅަން ޖެހޭނެ ކަމަށް މަޖްބޫރުވެފަ އޮތީ ކޮން ފޮތެއްގަ ތޯއެވެ؟ ނިކަން ރަނގަޅަށް އަންގަވާފަ އޮތް އެއްޗެއްގެ އަސްލަށް ރުޖޫއަވެ ބައްލަވާށެވެ. ނިވާ ކުރަން އަންގަވާފައިވާ އައުރައަކީ އިސްތަށިގަނޑުތޯއެވެ؟ ނުވަތަ އުރަމަތި ތޯއެވެ؟