އަދާލަތު ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން ފޮޓޯ: ވީމީޑިއާ
އަދާލަތު ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން ފޮޓޯ: ވީމީޑިއާ

ލިއުނީ:ނަވާޒް

ADS BY SHEESHA

އިސްލާމް ދީނަކީ ދިވެހިންގެ ލެއެވެ. އިސްލާމް ދީނަށް ބަދު ބަސްބުނެ އިސްލާމީ އުސޫލު ތަކުން ދިވެހި ގައުމު އެއްފަރާތް ކުރަން އުޅުމަކީ ކޮންމެ މީހަކު ކުރިޔަސް ކުރާ ވަރަށް ގޯސް ކަމެއްގެ ގޮތުގައި ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާނެއެވެ.

އިސްލާމީ ފޭރާމުން ފޭރާން ލައިގެން އަމިއްލަ ސިޔާސީ ހުވަފެންތަކުގައި ކުލަ ޖައްސަން ދިވެހި ބައެއް ސިޔާސީ ބޭފުޅުން އެކުޅުއްވަވާ ކުޅިވަރެއްގެ ސަބަބުން އިސްލާމް ދީން އޮޅޭ ވަރަށް ދިވެހިންގެ ތެރޭގައި ކަންތައްތައް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރާއި ކަންބޮޑު ވުން މިދަނީ އުފެދެމުންނެވެ.

ރާއްޖެ ސިޔާސީ ކަނޑެއްގެ ތެރޭގައި ޣަރަގު ވެގެން ހިނގައިދާނެ ހެން ހީވާ ވަރަށް ސިޔާސީ މަސްރަހުގެ މޫސުން ގޯސްވެފައި ވާއިރު ރާއްޖޭގައި ދީނީ އިލްމުވެރިންގެ ނަމުގައި ތިބި ބަޔަކު މިގައުމު ހަލަނބޮލި ކުރަން މަސައްކަތް ކުރާކަމީ ހަގީގަތެކެވެ.

ހާއްސަކޮށް ދީން ހިމާޔަތް ކުރަން އުފެދުނު އަދާލަތު ޕާޓީގެ ފަރާތުން ސިޔާސީ މަގުޞަދުތަކެއް ހާސިލް ކުރުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ދާކަމީ އަދާލަތު ޕާޓީގެ ކޮންމެ ނިންމުމަކާއި އެކު އެނގިގެންދާ ކަމެކެވެ.

އަދާލަތު ޕާޓީން ރައީސް ވަޙީދުއަށް ބައިއަތު ހިފައިގެން މަސައްކަތް ކުރުމުގެ ބޭނުމަކީ ދީން ހިމަޔާތް ކުރުމެއް ނޫނެވެ. އަދާލަތު ޕާޓީން ރައީސް ވަޙީދުއަށް ބައިއަތު ހިފައިގެން މަސައްކަތް ކުރުމުގެ ބޭނުމަކީ ރައީސް ވަޙީދުއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެވެރިކަމުގެ ތެރެއިން ގިނަ މަގާމުތަކާއި ވަރުގަދަ ނުފޫޒެއް ހޯދުމެވެ. މިއީ މިހާތަނަށް ވެސް އަދަލާތުން ކަން ކުރަމުން އައި ގޮތެވެ.

ދީން ހިމާޔަތް ކުރަން ރައީސް ވަޙީދުއަށް ބައިއަތު ހިފަން ޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. ރައީސް ވަޙީދު މިހާތަނަށް ކުރައްވާފައިވާ ދީނާއި ކަސިޔާރު ބައެއް ކަންކަމަށް އަދާލަތު ޕާޓީން ހަނުއޮތް އޮތުމުގެ މާނައަކީ އަދާލަތު ޕާޓީއަށް ނުފޫޒާއި ބާރު ދޭކަމަށް ވާނަމަ ސަރުކާރު ކޮންމެ ގޮތަކަށް ހިންގި ނަމަވެސް އަދާލަތު ޕާޓީއަށް ވަރިހަމަ ކަމެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ ފެންވަރާއި މެދުވެސް ވިސްނާލަން އެބަޖެހެއެވެ. އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެޕާޓީގެ އިސް ދީނީ އިލްމުވެރިއަކު ވަނީ މީގެ ކުރިން ރާއްޖޭގައި އުފެދިފައިނުވާ ވަރުގެ މޮޅު އިލްމީ ގޮތުން އެބޭފުޅާއަށް ވުރެ މަތީ ފާސް ނަންގަވައިގެން ހުރި ބޭފުޅަކު އިނބިލީހުގެ ގޮތުގައި ސިފަކޮށްފައެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ބައެއް ކަންކަމުގައި ހިޔާލުތަފާތު ވުންތައް ހުއްޓަސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވަން ޖެހޭނީ އިލްމީ ނަޒަރަކުންނެވެ. މީހަކު ނުރުހޭ ނަންނަމުން އެމީހާއަށް ގޮވުމަކީ ހުއްދަ ކަމެއް ނޫންކަން ދީނީ މާބޮޑު އިލްމެއް ލިބިފަ ނެތަސް އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެނގެއެވެ. އެހެންމަނަވެސް އަދާލަތުގެ އެންމެ އިސް ދީނީ އިލްމްވެރިޔާއަށް އެކަން އެނގިވަޑައި ނުގަތުމުން އެއިލްމުވެރިޔާގެ އިލްމީ ގާބިލްކަމާއި މެދު ސުވާލު އުފެދެއެވެ.

މީގެ އިތުރުން އަދާލަތު ޕާޓީއަށް ސޮއި ކުރުމަކީ ދީނީ ގޮތުން ވެސް ކުރަން ޖެހޭނެ ކަމެއްކަން ދޭހަވާފަދަ އިބާރާތަކުން މިދެންނެވި އަދާލަތު ޕާޓީގެ އިލްމުވެރިޔާ ވަނީ ވަހަކަފުޅު ދައްކަވާފައެވެ. މިއީ ވެސް ދީން ސިޔާސީ ކުރަން އަދާލަތު ޕާޓީން މަސައްކަތް ކުރާ ކަމުގެ ލާމަސީލް މިސާލެކެވެ.

ދަންނަވަން އެނގޭ ހާވެސް އެއްޗަކީ ދީން ދެކެ ލޯބިވާ ދީން ހިމާޔަތް ކުރަން މަސައްކަތް ކުރާ ބަޔަކު ކަންނުކުރާނެ ކިތަންމެ ގޮތަކަށް އަދާލަތު ޕާޓީން ކަންކޮށްފިއެވެ. އަދި ދަނީ ވެސް ކުރަމުންނެވެ. ތިމަންނަމެންނަކީ ދީން އެނގޭ ދީނީ އިލްމުވެރިންނޭ ބުނެ އަދާލަތުގެ އިލްމުވެރިން ދައްކަވާ ވާހަކަފުޅު ތަކުގެ ސަބަބުން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަގުޞަދަކީ ކޮބައި ކަމާއި މެދު ވެސް ސުވާލު އުފޭދޭ މިންވަރަށް ކަންތައްތައް މިދަނީ ގޯސްވަމުންނެވެ.

ADS BY SHEESHA

އަދާލަތު ޕާޓީ އުފެދިގެން އައީ އެތައް ދިވެހިންނަކަށް އުއްމީދުގެ އަލިކަމެއް ގެނެސްދެމުންނެވެ. އަދާލަތު ޕާޓީގެ ސަބަބުން ދިވެހި ޖައްވު އިތުރަށް އިސްލާމީ ނޫރުން އަލިވެގެން ދާނެ ކަމަށް އެތައް ދިވެހި ރައްޔިތުންނެތް އުންމީދު ކުރިއެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރަކީ އެއުންމީދަށް ފަސްއެޅި ފޮރުވެމުން ދާތެނެވެ. މިއަދު ފެންނަ މަންޒަރަކީ އަދާލަތު ޕާޓީގެ ނަމުގައި ދިވެހި ޖައްވަށް އެރި ދީނީ ތަރި މެދު އުޑުގައި ފިޔަޖަހަން ނުފަށާ ދުމައްއަރައިގެން ދާމަންޒަރެވެ.

19 ކޮމެންޓް

 1. ރާއްޖޭގެ އެއްވެސް ނޫހަކުން ކުރަން ނުކެރުނުކަމެއް، އާދެ އަދާލަތު ޕާޓީގެ އަސްލު ސިފަ ރައްޔިތުންނަށް ގެނެސް ދިނުން. އެމްވީޔޫތްގެ އެޑިޓަރަށް ސާބަސް!!! ލިޔުންތެރިޔާ އެ އިޝާރާތް ކުރެއްވި "އިބިލީހަށް ގިވި ދީނީ އިލްމްވެރިޔާ" އަކީ އިލްޔާސް ހުސައިން، އިބިލީހެއްކަމަށް ލޭބަލްކުރީ ރާއްޖޭގައި ނެތްވަރު ދީނީ އިލްމވެރިޔަކަށް، އިސްލާމްދީނުގެ މެދުމިނުގެ އަދި މަޑުމައިތިރި ބޭފުޅަކަށް، އާދެ ޑރ.އަފްރާޝީމްއަށް،

 2. ސިޔާސީ ގޮތުން ކަމެއް ހާސިލް ކުރުމުގެ ބޭނުމުގަ ލިއުނު ލިއުމެއް ކަމަށް ބެލެވޭ.! ދީނާ ސިޔާސަތު ވަކިކުރަން މަސައްކަތްނުކުރުމަށް މިލިއުން ލިއުނު ފަރާތަށް ގޮވާލަން.....

 3. ނަވާޒުއަށް ޑރ ވަހީދުގެ ސިޔާސީ މިންވަރާ އަދާލަތު ޕާޓީގެ ވިސްނުމާ އަދާލަތުޕާޓީ އަކީ ސިޔާސީ ޕާޓީއެއްކަން ނޭގެންޔާ ނުވަތަ ހަނދުމަ ނުވަންޔާ އަދާލަތު ޕާޓީގެ ހިންގާގަވައިދާ އަސާސީގަވައިދާ ދިވެހި ރައްޖޭގެ ގާނޫނު އަސާސީގެ ޕާޓީތަކާ ބެހޭ ޤާނޫނު ކިޔާލާ އޭރުން ތިޔަ ހުންނެވި ވާނުވާއިން ސަލާމަތް ވެވިދާނެ

 4. އަދާލަތުޕާޓީގެ ވިސްނުމާ އަދާލަތުޕާޓީން ކުރަމުންގެންދާ ނަސައްކަތުގެ ތަފްސީލު ލިޔަންނޭގިތިބެ ލިޔުމުން ދިވެހިނޫސް ވެރިޔަކު ލިޔުނު މިލިޔުމަކީ ތާކުންތާކުނުޖެހޭ އަޅުގަނޑު މެންކަހަލަ ގަމާރުންވެސް ބަލައި ނުގަންނަ ވަރުގެ ލިޔުމެއްކަމަށް ފާހަގަވޭ މިއީ ކޮންމެވެސް މީހަކު ކަމަކާ ހިންހަމަ ނުޖެހިގެން ގޭތެރޭގެ ރުޅި ބޭލުން ކަހަލަ ކަމެއް މިއޮތީ ކޮށްފައި ނަވާޒުގެ ވިސްނުން ރަނގަޅުނަމަ ބުނެބަލަ ޑރ ވަހީދު ދީނާ ހިލާފު ކޮންކަމެއްބާ ކުރީ ހޭވެރިކަންވެބަލަ ނަވާޒުގެ އަނބިދަރިން ދެކެ ރުޅި އައީމަ އެހެން ކަމާ ނުބެހޭ ބަޔަކަށް ރޯޅި ނުބާލާ ނަފްސާނީ ޑރ،ދައްކަވާ އޯކޭ ވާނެ ޑރ ވަހީދުއަށް ދެއްކިޔަސް

 5. ޢަދާލަތަކީ ތިޔަހާ ގަދަ ބައެއްނަމަ، އެމީހުން ތިބޭނީ ވެރިކަމުގައިތާ. ނަމަވެސް ޙަޤީޤަތަކީ ރަނިންގ މޭޓް ކަން ކޮށްލެވޭނެ ފެންވަރުގެ މީހަކުވެސް އެމީހުންގެ ތެރޭގައިނެތްކަން. ދީނުގެ ފޭރާމެއްގައި ފިލާ ތިބެގެން ދުނިޔެ ހޯދަންއުޅޭ ބައެއް ޢަދާލަތަކީ. އަންނި ދީނަށް ފުރައްސާރަކޮށް، ޤައުމު ހަލާކު ކުރިއިރުވެސް އޭނައަށް ބައިޢަތު ހިފައިގެން ޢަދާލަތު 03 އަހަރު ތިބި. އެންމެފަހުން އަންނިގެ ދުވަސްދާން ކައިރިވެއްޖެކަން ޔަޤީވީމާ، ދެންއަންނަ ސަރުކާރަކުން މަޤާމްތައް ކަށަވަރު ކުރުމަށްޓަކައި އަވަހަށް އަންނިގެ އޮޑިން ފުންމާލީ. މަޤާމުގެ ފަހަތުން ދުވާ ބައެއް ޢަދާލަތަކީ.

 6. bagheee nasheed aky yahoodhyn fahathuga thibegen migaumah falhi dheen fathuran fonuvaafa huri laadheeny meeheh imran men neh nama eyna mihaaru mikan kaamiyabu kohfeemu

 7. އަދާލަތުގެ ތެދުވެިކަންވަނީ 2008 ގަ ފެނިފަ ކޮންމެގޮތެއްވިޔަސްހެވޭ ކިޔާފަ ކެނެރީގޭ ކކ ވޯޓްލީ އޭރުވެސް އެގޭނެ އެއީ އިނގިރޭސިންގެ އަޅެއްކަން މިހާރު ކީކޭކިޔާކައް... މުޅިންވެސްފައިސާއާއި އަމިއްލައެދުމުގެ މީހުން ... ސަލަފު އެއީ 3 އަނބިން ނާއި ޖާރިޔާހޯދުމުގެ ބައެއް އަނބިމީހާލައްވާ އަންހެނަކުހޯދައިފިނަމަ އަނބި މީހާ ސީދާ ސުވަރުގެއައް .. ފަރީދު މިލިޔަންރުފިޔާފަހަތުންދުވަނީ.... ތަންދޮރުއޮޅުންފިލިމީހާގެ ބޮލާ ހަށިގަނޑުވަނީ ޔަހޫދީންގެ ރޭވުމުން ވަކިކޮއްފަ މިއީ މިގައުމުގެ ހާލަކީ...ސަހީމުމެންމީގެކުރިން ކީއެއްޗި ހި ހާދާންއެބަހުރި މި ގައމުގަ އިސްލާންދީން ނެތިގެން ..މިހާރު ޔޯ،،

 8. މޯޑުއިއްބެ - ނައިފަރު

  ސާބަހޭ ނަވާ.. މިއީ ބެސްޓް ރިޕޯޓެއް. އަދާލަތުގައި އުޅޭ ދީނީ އިލްމުވެރިންނޭ މިކިޔާ މުނާފިޤު ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތްކުރަން އެބަޖެހޭ

 9. މިހާރުވެސް އަދާލަތު ޕީޕީއެމް އާ އެކު ވި ނަމަ މި ލުޔުމުގެ ރާގު މުޅިންވެސް ތަފާތުވީސް.

 10. އާމިނަތް ނައީ

  ނަވާޒް އައް ހަމަ ސާބަސް.. ތިކަހަލަ ހަޤީގީ ލިޔުންތައް ގިނައިން ލިޔާތި.. ބަޔަކު ލަވާ ހަޅޭކައް ނުގުޑާތި.. އެބައިމީހުންނައް ހަޖަމް ނުކުރެވެނީ...

 11. މި ހީވަނީ ޑރ. ޖަމީލްގެ އަރޓިކަލްއެހެން..

 12. ޕީޕީއެމް އިން ވަރަށް އުއްމީދުކުރި ޢަދާލަތު ޕީޕީއެމް އާގުޅޭނެ ކަމަށް. ނުގުޅުނީމަ ރުޅިގަދަވެގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ޢަބުރު ކަތިލުން ނޫންކަމެއް ނުކުރޭ. ޢަދާލަތު ރައީސް ވަޙީދު އާ ގުޅުނީ ރައީސް ވަޙީދު ވީމައެއްނޫނޭ ރަންކޮޅާ. އެމްޑީޕީއާ ދެކޮޅަށް ބޮޑު ކޯލިޝަނެއް ހެދޭނީ ރައީސްވަޙީދުގެ ފަހަތުން ކަމަށްވީމަ ގުޅުނީ. ޕިޕީއެމް އަށް ވެސް ޢަދާލަތު ދަޢުވަތުދިން ކޯލިޝަނަށް އައުމަށް. ވެރިކަމަށް ދަހިވެތިވެގެންގޮސް ޕީޕީއެމް މަރުދަންޖެހެނީ

 13. 2008 ގައި މައުމޫނުގެ ވެރިކަން ވެއްޓުނީ އަދާލަތާ ހުރެ. 2012 ގައި އަންނިގެ ވެރިކަން ވެއްޓުނީ ވެސް އަދާލަތާ ހުރެ. ހަމަ މިއާއި އެކު މިއަހަރު ޕީޕީއެމް އަށް ވެރިކަމަށް ނާދެވޭނީ ވެސް އަދާލަތާ ހުރެ. މިއިން ދޭހަ ވަނީ ކޯއްޗެއްތޯ؟ ދިވެހި ސިޔާސީ މަޝްރަޙުގައި އެންމެ ނުފޫޒު ގަދަ ޕާޓީ އަކީ ޢަދާލަތު ކަން. ކިތަންމެ ވަރަކަށް ދީނާއި ޢިލްމުވެރިންގެ އަގު ވައްޓާލަން ޔާމީނާ އަންނި ގުޅިގެން މަސައްކަތް ކުރިޔަސް އެކަމެއް ނުވާނެ. އިންސީންނާއި ޖިންނީން އެކުވެގެން ޤުރުއާނުގެ އެންމެ އާޔަތަކާއި އެއްފެންވަރުގެ ޖުމްލަ އެއްވެސް ނުގެނެވޭނެ.

 14. ސީ ދި ބިޑާ- އައްޑޫ

  މީއީވަރަވަށް ރަގަޅު ހަގީގަތެއް ! މިވަރުގެ ތެދުހަބަރެއް މިއަހަރުތެރޭ އަދި އަހަރެން ނުދެކެން ..
  އެކަމަކު މައްސަލަޔަކީ މިއީ ގިނަމީހުނަށް އިގޭ އެކަމަކުވެސް ގަބޫލްކުރަން ބޭނުންނުވާ ހަގީގަތެއް ..
  އެމްވީޔޫތުން މިޒާތުގެ ހަގީގީ ވާހަކަ ގިނަގިނައިއިން ގެނެސްދޭނެކަމަށް އުއްމީދުކުރަން!!!

 15. ކަލޯ ހާދަ ޖޭ އެއް ތިވަނީ. ޕީޕީއެމް އަށް ވެރިކަމަށް ނާދެވުމުގެ ސަބަބަކަށް ވާނީ އަދާލަތު. އަދި 2008 ގައި މައުމޫނު ފެއިލްވީ ސަބަބަކީވެސް އަދާލަތު... 2012 ގައި އަންނި ދާން ޖެހުނީ ވެސް އަދާލަތާހެދި. ދެން ހަމަ ބުނެވޭނީ... ލަލަލާ އޭ.

 16. އަދާލަތު ހަލާކު ކުރީ އިމްރާން އާއި ޝަހީމް.

 17. ސާބަހޭ ނަވާ.. މިއީ ސަޅި ރިޕޯޓެއް. އަދާލަތުގައި އުޅޭ ދީނީ އިލްމުވެރިންނޭ މިކިޔާ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތްކުރަން އެބަޖެހޭ

 18. ވަރައްމޮޅު ވާހަކަ ކޮޅެއް ނަވާޒަށް މަރުހަބާ.

 19. މިއީ ފޭރާން ދެރަ ނިކަމެތި ލިޔުމެއް. ދީނާއި ސިޔާސަތަކީ އެކައްޗެއް. މިލިޔުމުގެ ބޭނުމަކީ ދީނީ އިލްމުވެރިންގެ އަބުރު ކަތިލުން. ތިމާމެންގެ ފިކުރާއި ދެކޮޅު ހެދުމުން ދީނީ އިލްމުވެރިން ކަމުނުދިޔައީ.. މިއީ ހަގީގަތް.