ކުއްލިއަކަށް ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ފަހުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚަބަރެއް ނުވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލް އަލްއުސްތާޛް މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ އަދީބުގެ ޚަބަރެއް ނުވެގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ނެރުއްވި ބަޔާނެއްގައެވެ. އަދީބުގެ ވަކީލްގެ ބަޔާނުގައި ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުމުން އަދީބު ދޫނިދޫ އިން މާފުށީ ޖަލަށް ބަދަލުކުރިިކަން އޭނާ އަށް އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެ ފަހުން އަދީބުގެ ޚަބަރެއް ނުވާ ކަމަށެވެ.
"އާއިލާއަށް ވެސް އަދި ވަކީލުންނަށް އަދީބުގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. ވަކީލުންނާއި އޭގެ ފަހުން ބައްދަލުވެވޭ ގޮތް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ތަކުރާރުކޮށް އެދުނުނަމަވެސް މިއަދާ ހަމައަށްވެސް އެކަން ހަމަޖައްސާފައެއް ނުވެއެވެ. އަދި ބައްދަލުވުން ހަމަޖައްސައި ނުދޭ ސަބަބެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ." ސިރާޖުގެ ބަޔާނުގައި ވިދާޅުވިއެވެ.
އަދީބާމެދު އަމަލުކޮށްފައިވަނީ ކިހިނެތްކަން ނޭނގޭއިރު، އެކަން ބަލައި ހަގީގަތް ހޯދުމަށް މުއައްސަސާތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބާރުއަޅުއްވައި އެހީތެރިވުމަށް ވެސް ސިރާޖު ވަނީ ގޮވާލައްވާފައެވެ.
ސުޕްރީމް ކޯޓުން ކުއްލިއަކަށް ކުރި އަމުރެއްގައި އަދީބާއި އޭނާގެ ބޮޑުބޭބެ ހާމިދު އިސްމާއިލް އިތުރުން އިތުރުން ހަތް މީހަކު ދޫކޮށްލަން އަމުރު ކުރިއިރު އެކި މައްސަލަތަކުގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ. އަދި އަދީބުގެ މައްޗަށް ދައުވާ ކުރެވިފައިވާ އެތައް މައްސަލައެއްގެ ޝަރީޢަތް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
މަރުވީ ބާ؟
އަދީބް މަރާލީތަ؟ ސުވާލު އުފެދިއްޖެ.
ތިޔާނީ ޖިމުގަ ވީކަމަށް. ކާވަރު ގިނަކަމުން އަދިވެސް ނުހިކެނީ.
އަދީބު ވަނީ ވަކީލުމެން ގެއަައް ލާފޮރުވާފާ ދެން ކިހިނެއް ހަދާނީ ވަކީލްބޭނުންވާނީ މަސްހޫރު ވާން