ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވާ މައްސަލައެއް، ހަމަ އެފަނޑިޔާރުންނަށް އަލުން ނުބެއްލެވޭނެކަމަށް ވިދާޅުވެ ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރާއި ނުސީދާކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވެސް ދެކޮޅު ހައްދަވައިފިއެވެ.

ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވާ މައްސަލައެއް، ހަމަ އެފަނޑިޔާރުންނަށް އަލުން ނުބެއްލެވޭނެކަމަށް މާރިޔާ މިއަދު ވިދާޅުވިއިރު ފެބްރުއަރީ 01 ގައި ބައެއް ބޭފުޅުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނިފައިވާ ބައެއް ބޭފުޅުންގެ މައްސަލަތައް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އޭގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްސަލަ ހިމެނެއެވެ. މާރިޔާގެ ޓްވީޓަށް ބަލާއިރު އެބޭފުޅުންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އަލުން އަނެއްކާ އެބޭފުޅުންގެ މައްސަލައިގައި ގޮތެއް ނިންމިދާނެ ކަމަށް މާރިޔާ ގަބޫލު ނުކުރައްވާކަން ހާމަވެއެވެ.

މާރިޔާގެ ޓްވީޓްގައި ވިދާޅުވީ "އެއްވެސް ފަނޑިޔާރަކު، އެފަނޑިޔާރަކު ބެންޗްގައި އިނދެ ނިންމާފައިވާ މައްސަލައެއް، އިސްތިއުނާފުގެ މަރުޙަލާއެއްގައި ވިޔަސް، ރިވިއު މަރުޙަލާއެއްގައި ވިޔަސް، އެމައްސަލައަކާއި އެއްބަސްވިޔަސް، އޯވަރ ރޫލް ކުރެއްވިޔަސް، އަލުން ނުބެލޭނެ" ކަމަށެވެ.

އެކަން އެގޮތަށް ކުރެއްވުން އެއީ އަދުލު އިންސާފުގެ އަސްލު، ނުވަތަ ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސް އާއި ޚިލާފުކަމެއް ކަމަށް ވެސް ރާއްޖޭގެ ފުރަތަމަ އަންހެން ޤާނޫނީ ވަކީލް މާރިޔާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގުރާފުޅު

    މިިގަ ކޮބާމައްސަލައަކީ މާރިޔާ އެބުނީ 1 ފެބް ނެރުނު އަމުރު ހަމައޭގެތެރޭން ބައެއް ފަނޑިޔަރުން އެހެނގޮތަކަށް ބަދަލުކުރި ވާހަކަ

    • މަގޭ

      ބަލަ އެފަހަރުވެސް މިފަހަރުވެސް ވާނީ ހަމަ އެއްގޮތްދޯ

  2. އިބޫ

    ކީކޭ ތިކިޔަނީ މާރިޔައްތަ؟ އެބައިނގޭތަ ތިކިޔޭ އެއްޗެއް ކޮޔާ؟ ހަމަތަ؟

  3. ރީތި މޫސަ

    ރާގު ބަދަލުވެއްޖެ، ގޮޅިޔަށް ގެންގޮސްފާނެއެތީބައި؟؟؟؟؟؟؟؟؟؟؟

  4. ޖޮއްބެ

    ދެންކޮންމެހެން އަނެއް އަތަށް ފިރާލާނެ ކަމެއްނެތް ތިޔައީވެސް ބާޣީ އެއް.

  5. ސަދުން

    މާރިޔަށްތަވެސް ރިލޯޑުކޮށްލީބާ.

  6. Anonymous

    ތެދުމަގާ ހައްގުގޮތަކީ އަބަދުވެސް ހުޅުވިފައިވާ ހެޔޮގިތް. ﷲ ތައާލާ މިންވަރު ކުރެއްވި އަޅަކަށް އެމަގު ދައްކަވާ. އަހަރެމެން އުފާކުރަން ހައްގުގޮތް އިހްތިޔާރު ކޮށް ހައްގުބަސް ބުނީމަ.

  7. ހަޖާމު

    މިކަހަލަ ކޮންމެ އިވެންޓަކަށް ފަހު ވެލެޒިނީ އެއް އުފެދެއެވެ.2012އުފެދުނީ އަސްލު ވެލެޒީއެވެ.މިހާރު އީވާ އަކީ އަނެއް ވެލެޒިނީ އެވެ.މާރިޔާ މިހެން ނުވިއްޔާ ރަނގަޅު. މިމީހުން އަސްލު އެދައްކައި ދެނީ އެމްޑޕީ މީހެއްގެ ގައިގާ ހުންނަންޖެހޭ ސިފައެވެ.ދެން ކިހިނެއް މިމީހުންނާ ވެރިކަން ހަވާލު ކުރެވޭނީ.

  8. ވަރަށް މަޖާ

    10 ދުވަސް ފަހުންތަ އެކަން ތިއެނގުނީ؟

  9. އިނސާފު

    މާރިޔާވިދާޅުވިފަދަ އިންސާފުވެރި ގޮތަކައް ވިދާޅުނުވެވިގެން އުޅުއަވަނީކީއްވެބާ ހުކުމްކުރެއްވި ބޭފުޅުން އަލުން އެހެންގޮތަކައް އަމުރެއް ނެރުއްވީމާ އެވީގޯސް......

  10. ވަހީދު

    އެއެންމެން ދޫކޮށްފައި، އެމްޑީޕީއަށް ވެރިކަން ލިބިގެން ދޫކުރި މީހުންގެ ތެރެއިން އަލުން ހައްޔަރު ކުރަން ނިންމާފައި ތިބި އަދީބާއި ނާޒިމު ހައްޔަރު ކުރެވޭނެ ގޮތެއް އެއިރުން ނޯންނާނެދޯ؟ އެހިސާބުން މައްސަލަ ނުކުންނާނެ.