ރާއްޖެއަށް ބޭރުގެ ސިފައިން ގެނައުމާއި ފުލުހުންގެ ތެރޭގައި ނިރުބަވެރިން (ޓެރަރިސްޓުން) ތިބި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް ކުށްވެރި ކުރައްވާ، ދެން އެބާވަތުގެ ވާހަކަ ނުދެއްކުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަޝީދަށް އިންޒާރު ދެއްވައިފިއެވެ.

ޖަރުމަނުވިލާތުގައި ހުންނަވާގެން މިރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ތެރޭގައި ނިރުބަވެރިން ނުތިބޭނެކަމެށެވެ.

"ދިވެހި ސިފައިންނާއި ފުލުހުންގެ ތެރޭގައި ނިރުބަވެރިން ތިބިކަމަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެއީ ހަގީގަތެއް ނޫން. ފުލުހުންނާއި ސިފައިންގެ ތެރޭގައި ނިރުބަވެތިން ނުތިބޭނެ،" ގާސިމް ވިދާޅުވިއެވެ.

އަދި އެބާވަތުގެ ވާހަކަތަކަކީ ޤައުމުގެ މުއައްސަސާތަކުގެ އިތުބާރުގެއްލި މުއައްސަސާތަކުގެ ޤަދަރު ކެނޑިގެންދާނެ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުން ޤާނޫނާއި ހިލާފު އަމަލު ކުރާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ފުލުހުންނާއި ސިފައިން މިއަދު އަމަލު ކުރަމުން އެގެންދަނީ އަންނަ ކޮމާންޑަށް ކަމުގައެވެ.

އަަދި އިންޑިއާ އަސްކަރިއްޔާ ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ހެޔޮ ނިޔަތެއްގައި ކަމުގައި ވީނަމަވެސް، އެއީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫންކަމަށާއި އެވާހަކަތައްވެސް ކުށްވެރި ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ، "ދަ ޓައިމްސް އޮފް އިންޑިއާ"އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިރާގާއި ސީރިއާއިން އައިއެސްގެ ހަނގުރާމަވެރިން ފަހާލުމުން، އޭގެ ތެރޭގައި ތިބި ބައެއް ދިވެހިން އެނބުރި ރާއްޖެ އައިސް، ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އަދި އިމިގްރޭޝަންގެ ތެރޭގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވެ، ދިވެހި ދައުލަތުގެ ތެރޭގައި މިހާރު އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޢަލީ

    ބޮޑުވަރު

  2. Anonymous

    ގައުމު އޮތިއްޔާ އަހަރެމެންގެ އަމިއްލަ ވަޒަނެއް އޮންނާނީ. މިވަރު ނޭނގިގެން އުޅޭ ކުދިންވެސް އުޅޭ

  3. މާސ

    އާދޭސް ކޮއްފަ ބުނަން އެނުލަފާ ކަލޭގެ ގެނެސް ހަތްޔަރު ކުރޭ

  4. ޔާސީން

    މިކަލޭގެ ނަޝީދު މިހާރު އެހުރީ ވެރިކަމައިގެން ބުއދި ފިލާގޮސްފަ ބުއްދިފިލައި ދިޔަސް މިއީ ދެން ބޮޑުވަރު އަޅެ ރީދޫހުންޖެހިފަ ތިބި ކުދިން ހަމަ ސަޕޯރޓްކުރާނެ ދޮއްތަ ރާއްޖޭގެ މިނިވަން ކަމާ އިސްތިޤކާލަް ނެތިވެގޮސް ބަޔަކު މީހުންގެ އަޅުވެތިކަމަށް ވެއްޓުނަސް ނޮވެމްބަރ3 ގެވާހަކަ ދައްކާ އިރު އެއިރު އެހީއަށް އެދުނީ ގައުމުގެ ރައީސްމީހާކަން މި ބުރާންޗަށް ފަހެ ރޭކާ ނުލަނީތަ އިންޑިއާއިން ސިފައިން ފޮނުވަން އަންގާއިރު ހިތަށް އަރަނީ ތޯއްޗެ ގައުމުގެ ރައީސްމީހާއަކީ ތިމަންނާއޭ ހޭބަލވެދާނެ

  5. ހަޖަމު

    ޙަމައިގަ ނުހުންނަ މީހަކު ކިޔާކަށް ވަކިއެއްޗެއް އޮވޭތަ؟؟

  6. މާސް

    އާދޭސްކޮއްފަ ބުނަންް އެކަލޭގެ ހިފާހަތްޔަރުކުރޭ އަވަސްކުރޭ

  7. ާހަމަ

    ޙަމައިގަ ނުހުންނަ މީހަކު ކިޔާކައް ވަކިއެއްޗެއް އޮޭވޭތަ؟؟؟؟

  8. ހުސޭނުބެ

    ދެއިރު ދެއަނގައިން ވާހަކަދައްކާ މީހެއް. ރޭގަ ޖަރުމަނުވިލާތު ހުރެގެން ރައީސަށް ވަރަށް ބަދުބަސް ބުނި، ސަރުކާރަށް ދައްކަންހުރިފައިސާ ދައްކަންވީމަ ހޮޅިވާހަކަދައްކަނީ. ކޮންމެކަމަކަށް އަމިއްލަ އެދުން އިސްކުރަނީ.

  9. ޖޮއްބެ

    މީކޮންތާކު ކޮސްވާހަކަ ދައްކާމީހެއް؟ އިންޑިއާ ސިފައިން ރާއްޖެއަންނަން ކެރަފާނަޝީދު އެންގީ ހެޔޮނިޔަތެއްގަޔޯ؟ އެކަމަކު އެއީ ރަނގަޅުކަމެއް ނޫނޯ....؟ ހެޔޮ ނިޔަތެއްގައި ނުބައިކަންތައް ކުރެވޭތަ؟ ☹️

  10. އަހައްމާ

    ކީކޭ ދެންބުނާނީ. ވެރިކަން ބޭނުން ވިޔަސް މިހިރީ ފިސާރި މޮޔައެއް ވެފަ.

  11. ނުރަބޯ

    މިވާހަކަތަކުން އެނގިގެންދަނީ، ކެރަފާ ނަޝީދު ހިންގަން އުޅުނު ބަޣާވާތުގައި ގާސިމްގެވެސް އަތެއް ވާ ކަމެވެ. އަދި އެއީ އޭނާއަށްވެސް ފުރިހަމަ އަށް އެގިގެން އޭނާގެ ލަފަޔާ ވެސް އެކުގައި ހިންގާފައިވާ ޖަރީމާއެއް ކަމެވެ.

  12. Anonymous

    ހެޔޮ ނިޔަތެއްގައޭ!! سبحان الله. ކަލޭ ތީ ހަމަ އަންނި.

  13. މަރި

    ތިފަދަބަޔަކު އައިނަމަ ތިބޭނީ ތިޔަ ރީދޫ ބައިގަޑުތެރޭ

  14. އެޑަމް

    ބޭރު ބަޔަކު އައިސް މިތަން އަޅުވެތި ކުރާކަށް މީހަކު ނުގޮވާ، މިތަން އިސްލާޙުކުރަން ފިޔަވަޅު އެޅުމަށް ގޮވަނީ، މިހާރުވެސް މިތިބީ އަޅުވެރިކަމެއްގަ ނޫންތޯ؟ ދިވެހިންނަށް ކޮން މިނިވަންކަމެއްތޯ އޮތީ، ރައްޔިތުންގެ މަޖިލީސް ބަންދުކޮށް ސްޕްރީމްކޯޓްގެ ފަނޑިޔާރުން ހައްޔަރުކޮށް، ހައްޤު ހޯދަން މަގުމައްޗަށް ނިކުމެ އުޅޭ އެންމެން ހައްޔަރުކޮށް ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ވެރިއަކަށް ހުންނަ މީހާ ބޭނުންވީމަ ބޭނުންވާ ކޮންމެ ކަމެއް ކުރަމުން ދާއިރު

  15. އަޙްމަދު

    ޤާސިމަށް ހެޔޮވިސްނުން ދެއްވިކަމަށްޓަކައި ޝުކުރުވެރިވަން

  16. ސީނު

    ގާސިމަށް ނޭނގޭ ގާސިމްފަހަތަށް މީހުން ވަންނަނީ ގާސިމްގަޔަށް ފައިން އަރާފަ ކުރިއަށް ދެވޭނެ ކަމުގެ ވިސްނުމެއް އޮންނާނެތީމަކަން..... ރޭގަ ތިޕާރޓީއާ ގުޅުނު އެކަކުވެސް ތިއީ ގައުމުގެ ރައީސްކަންކުރެވޭފަދަ ގާބިލް މީހެއްކަމަކަށް ނުދެކޭނެ. ކޮންމެ މީހަކުވެސް އަމިއްލަ ފައިދާއަށް އެއުޅެނީ.......ގާސިމް ހޭލަންވެއްޖެ...އެއްފުޅަން މަތިން ފުންމާލި ބަކަރި އަނެއްފުޅަންމަތިންވެސް ފުންމަާލާނެ.

  17. އަބްދުއްލާ

    ނަސީދު މިއީ ވަރަށް ބޮޑަށް ދޮގުހަދާ މީހެއް.

  18. ޒެޑް

    މިހާރު ހާދަ ބާރަށޭ ދޯ ގާސިމް އާއި އަންނި މިއޮށް ކަރާޓޭ ވަނީ. ޔާމީނު ހާދަ ބަރާބަރޭ.

  19. ބުމަރު

    ހެޔޮނިޔަތުގަ ދައުލަތަށް ދަރާއޮތް ލާރިތަ ދައްކާ ހަލާސްކޮއްބަލަ. ހެޔޮނިޔަތުގަ ހުކުމްތަންފީޒުކުރަން އަންނަންވީ ޖަލަށް. ގާނޫނު ނެގެހެއްޓުމައްޓަކާ ޖަލަށްވަންނަންވީ. ކުއްވެރިން މިހާރު ކޮއްމެއެއްޗެ ބުންޏަސް ގަބޫލުކުރާނީ ތިޕާޓީގެމީހުން.. ޑރކާ ދެނަރުހުން އަނެއްކާވެސް މޮބައިލް ކޭމްޕެޖެހީދޯ.. މިއީވާކަމެއް.. މިވަރުގެ ތާއިދުއޮތް ގާބިލް ބަޔަކު ނެތިގެން ދުނިޔެ ކުޑަކުރަނީ. ޖޕ ވެސް ފަށްކަޑާދޭން ދިޔައީދޯ. މިއިން އެލަކަށްވެސް އެބައިގޭތަ މިހެދޭއެއްޗެ ނުހެދޭއެއްޗެ.. ބުމަރުތަކެއްހެން އެބުރިސެބުރިތިއްބާ މިކަންނިމޭނެ ﷲެިރާދަ ކުރެއްވިއްޔާ ރޔާމީން2018ކާމިޔާބުކޮއްގެން. އިންޝާﷲ އާމީން..

  20. ރޮންދާ ރިޔާޒް

    ތިއުޅެނީ ސިފައިނާއި ފުލުހުން ހައްދަން ދޯ، ހަނނނ ހާާ ރޮކެޓެއް