ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުން (ސިޔާސީ ކަންކަމުގައި ލަފާދޭ މީހުން) ގެ މަޤާމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަން ކޮއްފިއެވެ.

ޖަރުމަނުގައި ހުންނަވައިގެން ރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ޖަމީލާއި އުމަރު މިހާރު ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޖަމީލާއި އުމަރު ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ކަމަށް އައްޔަން ކުރިއިރު، އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ މިދިޔަ އަހަރު ފަހުކޮޅު އެވެ. ޖަމީލާއި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ޖޭޕީއަށް ސޮއިކުރެއްވީ ޖަމީލް ވިދާޅުވިގޮތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރައްޔިތުން ގޮވައިގެން އިންސާނިއްޔަތުކަމާއި އަދުލުގެ ތެރެއިން ފުރިހަމަ ވެރިކަމެއް ކޮށްދެއްވާނެ ލީޑަރެއްކަމަށް ގަބޫލުކުރެވޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެމްޑީޕީގެ ފިއުޗަރ ނެތްކަން އެނގިގެން ދެމިގަތީ. ހަހަހަހަ. މަކަރުވެރިކަން

  2. ހަލީމާ

    އުމަރު އެއީ ޤާސިމްގެ ހަލާކު. ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް އުމަރަކީ.

  3. ރަނާ މާލިކު / މާލެ

    ޤާސިމު މިހާރަށްވުރެބޮޑަށް ހަލާކުވެ ޤާސިމަށްލިބޭ މާލީގެއްލުންތައް އިތުރަށް ބޮޑުވާނީ! އެހެން އާކަމެއް ނުވާނެ ތިމީސްމީހުންގެ ފަރާތަކުން!

  4. ހުސޭނުބޭ

    ލަފާ ދޭ މީހުތަ؟ ނޫނީ ލަފާ ވިއްކާ މީހުންތަ؟