ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ގއ.ގެމަނަފުށި، އޯކިޑުމާގެ އިލްހާމް އަޙްމަދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
އިލްހާމް އަޙްމަދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ސިނާން އާއި އިލްހާމް ހޯދަން ފުލުހުން ފުރަތަމަ އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެއިއުލާން ކުރުމުން ސިނާން ވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައެވެ.
މޫދާ ކަނޑު ހޯދާ
ކުށުގެ ބޮޑުކަމުން ފިލައިގެން އުޅެނީ ބާ؟
ކޮބާކޯޓު އަމުރު؟
ހަހަހަހަ... މީނާ ހޯދުމަކީ މިހާރު ޕަބްލޯ އެސްކޮބާ ހޯދަން ކުރި މަސައްކަތާއި އެއްވަރުގެ މަސައްކަތަކަށް ނޫނީ ނުވާނެ. ކިތައްމެ ރަޑުކޮށް ހުއްޓަސް ވަރަށް ބޯ ބޮޑުވާނެ .....
ނާކާމިޔާބުވީމާ ދުމަށްއެރީތަ؟
އިލްހާމް އެއޮތީ ފިލާ. ހީވަނީ ކުއްލި ނުރައްކަލުގެ ވަގުތުން ސަލާމަތްވާން އުޅެނީހެން. އޭނާ ހުރިތަނެއް ބުނެދޭންޖެހޭ. އެކަން އނގޭ ކޮންމެ މީހަކު.
ތީމާބޮޑު ކަމެއް ނޫން ދެއްތޯ ޕީޕީ އާގުލުމުން ދެން ހޯދުން ހުއްޓާ ލަފާނެ
މީދޯ ތިމަންނަ ނުފިލަމޭ ރާއްޖެއައިސް ފުލުހުންނަށް ޖަވާބްދާރީ ވާނަމޭބުނެ މާގަޓްވެގެން އުޅުނު މީހާއަށް ވީވަރަކީ. ޙާދަބިރެކޭ ތިގަންނަނީ އެއްވެސް ގަޓެއްނެތް. ސިނާން ކިހާގަޓް ދޯ. އެއީ ފިރިހެނުންނަކީ. އަމިއްލައަށް ހަވާލްވީ. ޢިލްހާމް ތިސާބިތުކޮށްދިނީ ތީ މާ ރަނޑެއްކަން. ސާބަހޭ އެމްޕީ ސިނާން. ށިނާންއަށް ނަސްރު ލިބޭނެ. އިންޝާ ﷲ.
މި ބޮންދު ހޯދާ ޑީޕޯޓުކުރޭ
ތީނަވަނީ ރަޓު ދޯންޏަކުން މަހައް ގޮސް...
ހަމަގައިމުވެސް އަހަރެންނަށް ތިމީހަކު އުޅޭތަނެއް އެނގުނަސް އެމައުލޫމާތު ނުދޭނަން. ތިޔަމީހުން ކުރާ މަސައްކަތަކަށް އަހަރެންގެ އެއްބާރުލުމެއް ނުލިބޭނެ. އިތުބާރު ހިފޭ ފަދަ ގޮތަކަށް އެމީހުންގެ މަސައްކަތް ރާވައި ކުރަން ފެށި ދުވަހަކުން އެއްބާރުލުން ލިބިދާނެ. މިހާރަކު ނެތް އެއްވެސް އިތުބާރެއް.
ބުނި ތިމާ މާލެ ގޮސް ހުރިހާ ކަމެއް ސާފު ކޮށްދޭނަމޭ ފިލަނީ ކީއްވެ ތަ ؟
އަހަރުމެން އެންމެން އުޅުނީ ކުޅެން. އޭނާ ބެހެއްޓީ އަހަރުމެން ގެނައި ސާމާނުތައް ބަލަން އެއެއްޗެހި ކައިރީގަ! އެހެން ހުއްޓާ ވަލުކުއްތާ އައިސް އޭނާ ކާލީ!