ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް އާއިިލާ އާއި ވެސް އަދި ޤާނޫނީ ވަކީލުންނާއި ވެސް ބައްދަލު ނުކުރެވޭނެ ކަން ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށާއި އަދި އެމަނިކުފާނަށް އަންނައުނު ވެސް ނުފޮނުވޭ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫންގެ އާއިލާ އަށް އެމަނިކުފާނު ހެދުން ބަދަލުކުރެއްވުމަށް އަންނައުނު ވެސް ފޮނުވަން ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅާފައިވާ ކަމަށެވެ.

މައުމޫން ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ހައްޔަރު ކުރުމަށް ފަހު ފުރަތަމަ ބެހެއްޓެވީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައެވެ. ނަމަވެސް މިހާރު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން މިހާރު ހުންނެވީ ރައީސް ނަޝީދަށް ހާއްސަކޮށްގެން މާފުށީ ޖަލުގައި ތައްޔާރުކުރި އެޕާޓްމަންޓްގައެވެ. އެއީ ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ ތަނެކެވެ.

ރައީސް މައުމޫނަށް އާއިލާ އާއި ޤާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގި ނަމަވެސް ރައީސް މައުމޫން ހައްޔަރު ކުރިފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނިކޮށް އާއިލާގެ ބޭފުޅުންނާއި ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނާއި ބައްދަލުކުރައްވާފައެވެ.

މިމަހުގެ ފަސްވަނަ ދުވަހު ރައީސް މައުމޫން ހައްޔަރު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަންވަރު

    އެމީހަކު ފޭހުނު އިލޮށި އެމީހަކަށް

  2. ތިމަންނަ

    "ކުއްލި ނުރައްކާ" މިއީ ވަރަށް ނުރައްކާ ތެރި އެއްޗެކެވެ. އައިޖީއެމް ހޮސްޕިޓލުގެ ސިސްޓަމްތަކަށް މިކަންޖެހި ، ހޮސްޕިޓަލުގެ އެތަށް ޚިދުމަތް ތަކަކަށް މިހާރު އޮތީ ބުރުއަރާފަ. ހީވަނީ ހަމަ މިކަމުގެ ސަބަބުން ހެން

  3. އައިއެފް

    ދުންޔާ. މިވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވެގެން ކަރެކްޝަނުން ނިންމެވި ނިންމެވުންތަ؟! ދުންޔާ ޤައްސާނު އެހުންނެވީ ކޮންމެވެސް ކަމެއްގައި ތާށިވެފައި.

  4. ޙަފްޞާ / މާލެ

    ސުބުޙާނަﷲ! އެމަނިކުފާނު ހުންނެވީ އޮރިޔާން ޙާލުކޮޅުގަތޯ؟

    • ބަނާ

      އެ ލާފަ ހުރި ހެދުން ލައިގެނެއްނު ހުނަނާނީ. އޮރިޔާމަކާ ނޫނެއްނު ދިޔައިކީ ....މޮޔަ މީހާ

  5. ޑިމޮކްރަޓިސްޓް

    މައިތިރިވެގެން ޝަރަފުވެރިކަމާ، ނަޒާހާތްތެރިކަމާއެކު މަޑުންހުރިނަމަ ތިހާލެއްނުޖެހުނީސް؛؛؛؛؛؛؛؛؛؛ މީހުން ފިތުނަކުރުމާ، ސިމްޕަތީހޯދަން ކޮންހެން މޮޅުވާހަކަ ދައްކާނެކަމެއްނެތް؛؛؛؛؛؛؛؛؛؛ އަޑުއަހާކަށް ބޭނުމެއްނޫން؛؛؛؛؛؛؛؛؛؛؛

  6. ޢަސްލު

    ފެހި ހެދުން ކަޑަތަ؟

  7. ފާއިޒް

    ހަމަ ވަަށް ރަނގަޅަށް އެހަދަނީ ހިމޭނުން މައިތިރިވެގެން ހިރިނަމަ ރައްޔިތުން ބަލާގަނެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް މަޢުމޫންގެ ކޮންމެވެސް ދަރިއަކު ކާމިޔާބް ކުރީސް... މިހާރު ފުރުސަތު ގެއްލިއްޖެ.

  8. ކާފަ

    ވަކީލު ސާހިބު. މާފުށީ ޖަލުގެ ބައެއް އެއީ ރިމާންޑް ސެންޓަރެއް ކަމަށް ހަމަޖެއްސިކަން ހަމަ ނޭނގެނީތަ

  9. ވަތަން

    ކެއްތެރިވެލާތި އެއްގޮތަކައްވެސް ދެރަނުވާތި އެތްމެ ހުދު ފޮތިކޮޅަކައިގެން އޮތުން އަދި އޮތީ ކުޑަ ވަޅެއްގަ އެއްމެހާ މީސްތަކުންމެ.

  10. އަލީ

    އެމީހަކު ކަންތައް ކުރި ގޮތަށް އެމީހަކަށް ކަންތައް ކުރެވޭނެ. އެހެން ވީމާ މިއަދު ދެރަވާނެކަމެއް ނެތް. ގުއި 30 އަހަރު މައުމޫނު ވެސް ދިވެހިރަތްޔިތުން ނަށް ކަންތައް ކުރީ ތިހެން. އޭރުވެސް ކިތައް އާއިަލާ ބިކަވި ދެެރަވި. އޭގެ ސަޒާ މިއަދު ކަލޭ ވެސް ޖެހޭނީ އުފަލުން ހުރެ ބަލައިގަންނަން. ދައްކަން ހުރި އެއްޗެއް ދައްކަވާފަ ގެންދަވާނީ. އަހަރެމެން ކަލެއަށް މިހާރު ލައިނަތް ދެނ.ް އުންމީދަކީ ދައްޖާލުގެ ފިތުނަވެސް ދެއްކެވުން މައުމޫނަށް. ޔާ ﷲ މި މައުމޫނުގެ ނުބައި ނުލަފާ ރޭވުމުން މި ދިވެހިރާއްޖެ ރައްކާތެރިކުރައްވާންދޭ. އާމީން،،،،،

  11. އަދުރޭ

    މިރައީސް ރަނގަޅަށްވެސް މޮޔަވެއްޖެ! އަނހާ އޭރުން އެ ބީވީ ވެރިކަން.

  12. ހަބޭޝް

    މައުމޫނަށް ހެޔޮއެދޭ ޕީ ޕީ އެމްގެ އެއްމެހާ މެމްބަރުން ތަކުރާރުކޮށް ގޮވާއާދޭސް ކުރި އަންނިގެ ދަލުގަ ޖެހިނުލައްވާށޭ މަނިކުފާނަށް ހެޔޮއެދޭ އެއްމެން މިތިބީ ޕީޕީ އެމްގައޭ ޕީޕީ އެމް ދޫކޮށް ނުދާށޭ އަޑު ނާއްސަވާ އަންނިގެ ފަހަތަށް ޖެހިލާ ކުރިއަށް ވަޑައިގަތްއިރު ކުރިމަތީގަ އަންނި ކޮނެފަހުރި އަދަވަޅު މައުމޫނަށް ނުފެނުނު ދެންވާންވިގޮތް ވެނިމުނީ
    އެމްޑީޕީން އަބަދުވެސް ގޮވަމުން ދިޔައީ ފަޑިޔާރުން ގޯހޭ ގޯހޭ އެކަން ދުނިޔެއަށް ސާބިތު ކޮށްދިނުމަށް އެބައިމީހުން ރޭވި ދަލުގަ އެއޮށް ވަރުގަދަ އިލްމުވެރި ދެފަޑިޔާރުން ޖެހި މުޅި ދުނިޔެއަށް ބެޒާރުވީ ދެންވެސް ތިއްބެވި ފަޑިޔާރުން މިކަމުން ޢިބުރަތް ލިބިގަތުމަށް ނަސޭހަތްތެރިވަން

  13. މާސްޓަރ

    އާދައިގެ ރައްޔިތެއްނަމަ ލާންޖެހެނީ ޖަލުގެ ފެހިކުލައިގެ ގައިދީންގެ ޔުނީފޯމް. ސިޔާސީ މީހެއްނަމަ ކޯޓްފަޓުލޫނު. އެކަމަކުވެސް އަނެއްހެން ގާނޫނު ކުރިމަތީ އެންމެން ހަމަހަމަ ވާނެ. މިއޮތީވާ ގައުމެއް.

  14. ރިޠާޟު ޢަލީ

    ޤަވްމު ދުށް ނިޞާންޣާޛީގެ ޢިއްޒަތްތެރި ޚާއިނު!