ވެރިކަން ކުރާ ޕީޕީއެމް އިން "މަގެ ގައުމާ މަގެ ދީނާ" މިނަމުގައި ހާއްސަ ހަރަކާތެއް ގއ. ވިލިނގިލީގައި ކުރިއަށް ގެންގޮސްފިއެވެ.

"ވަގުތު" އާއި ވާހަކަ ދައްކަވަމުން ވިލިނގިލީގައި މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުނު ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހީމު ރަޝީދު ވިދާޅުވީ މި ހަރަކާތަކީ " މަގެ ގައުމާއި މަގެ ދީނާ" މި ނަމުގައި ރައީސް ޔާމީން އަށް ތާއީދު ކޮށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

" މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ޖުޑީޝަރީ ތެރެއިން ބޮޑު އަދަދުން ލާރި ނަގައިގެން ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ވުމައީ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށާއި އަދި ވިލިނގިލީގެ މެޖޯރިޓީ ރައްޔިތުން ތިބީ ރައީސް ޔާމީން އާއި އަދި ސަރުކާރާއި އެކު ކަން ދައްކާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއް އަދި މިހަރަކާތުގައި 900 އަށް ވުރެން ގިނަ ވިލިނގިލީގެ ރައްޔިތުން ވަނީ ބައިވެރިވެފަ " އިބްރާހީމު ރަޝީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ހަރަކާތުގައި އެއްވެސް މީހެއް މަޖުބޫރުކޮށްގެން ބައިވެރިވެފައި ނުވާނެކަމަށެވެ.

" އަޅުގަނޑުމެން ދަންމަވާލީމާ ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ހަރަކާތަށް ތަރުހީބް ދީފައި. ހަރަކާތުގައި އެއްވެސް މީހެއް މަޖުބޫރުކޮށްގެން ބައިވެރިވެފައި ނުވާނެ" އިބްރާހީމު ރަޝީދު ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަނުން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހާއްސަ ޖަލްސާ " މަގޭ ގައުމާއި މަގެ ދީނާއި " މި ނަމުގައި ކާނިވާ ސަރަހައްދުގައި ބާއްވާފައެވެ. މި ޖަލްސާގައި ސަރުކާރަށް ތާއީދު ކުރާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ްްެަގަމާރ

    ހުސް ގަމާރ މީހުން

    • ލެޭކޮކާ

      އަސްލުވެސް

  2. ނަާލީ

    މަޖުބޫރުނުކޮއްގެންތަ ތި ލޮރީ ބުރަށް ނުދިޔަ މީހުންނަށް މެމޯދިނީ...ލަދުން ބޯހަލާކު.....

  3. ޔާމީން

    ސާބަހޭ ވިލިނގިލީ ރައްޔިތުން. ސަރުކާރަށް ތާއީދުކޮށް ތަރައްގީ ރަށާ ހަމައަށް ގެންނަން މަސައްކަތްކުރޭ!