މުހައްމަދު މުސްތަފާ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 14:00 ޖަހާއިރު އެވެ.

މުސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މިމައްސަލާގައި މީގެ ކުރިންވެސް މުސްތަފާ ފުލުހުންގެ އިދާރައަށް ހާޒިރުވާން އަންގާފައިވެއެވެ.

ފުލުހުން އިދާރާ އަށް ހާޒިރުވާން އެންގިއިރު މުސްތަފާ ވިދާޅުވީ މި މައްސަލައަކީ ތަހުގީގު ނުކުރަން ނިންމާފައިވާ މައްސަލައެއް ކަމަށް ރައީސް ޔާމީން އަންގާފައިވާ މައްސަލައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޫކޮށްލާނީ