އައިޝަތު ނަހްލާ އަށް މިނިސްޓަރު ކަން ދެއްވަން އުޅުއްވާ ޚަބަރު އާންމުވުމާއި އެކު އެންމެ ބޮޑަށް ކަންބޮޑުވީ ވެރިކަން ކުރާ އެމްޑީޕީގެ އާންމު މެންބަރުންނެވެ. އެއީ އައިޝާ އާއި ހަވާލުކުރާ މިނިސްޓްރީއެއް ބޮއްސުންލައިގެން ހިނގައިދާނެތީއެވެ. ސަރުކާރުގެ ސިޔާސަތުތައް ނިންމާ ލެވެލްގައި އައިޝާގެ އެއްވެސް ތަޖުރިބާއެއް ނެތުމުން އެކަމަނާ އަށް މާރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަކަށް ހާއްސަކޮށް އެމްޑީޕީ މެންބަރުން އުއްމީދެއް ނުކުރެއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެން އައިޝާއަށް ވަޒީރުކަން ދެއްވިތާ އަންނަ ހޯމަ ދުވަހު އެއްމަސް ދުވަސް ފުރިހަމަ ވާއިރު މިހާތަނަށް އެންމެ ގިނަ މަސައްކަތްޕުޅުތައް ކުރެއްވި ވަޒީރުގެ ގޮތުގައި އައިޝާ ވަނީ ގިނަ ބައެއްގެ މަގުބޫލް ކަން ހޯއްދަވާފައެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ - ފޮޓޯ: ރައީސް އޮފީސް

މާލޭގެ މަގުތަކުގެ ހާލަތު ބައްލަވަން އަމިއްލަފުޅަށް ނިކުންނަވާ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންނަށް ދިމާވާ ދަތިތައް އައިޝާ ވަނީ ސާފު ކުރައްވާފައެވެ. މިއީ މިސަރުކާރުންގެ ވަޒީރުންގެ ތެެރެއިން އަދި މިހާތަނަށް ހަމައެކަނި އައިޝާގެ ފަރާތުން ފެނުނު މަންޒަރެކެވެ. ހުރިހާ ވަޒީރުންނަކީ ވެސް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ ކަންތައްތައް ކުރައްވާ ވަޒީރުން ކަމަށް ވާއިރު ރައްޔިތުންގެ ޚިޔާލު ހޯދަން އެހެން ވަޒީރުންނަށް އަދި ވަގުތެއް ނުވެއެވެ.

ދަތުރުފަތުރަށް ބަލާއިރު މާލޭގައި ދަތުރުފަތުރު ކުރަން އޮތް ޖާގަ ކިތަންމެ ކުޑަ ނަމަވެސް އުފުލަން ޖެހޭ ތަކުލީފްތައް ނިކަން ބޮޑެވެ. މާލޭގެ ޓްރެފިކް މައްސަލަތައް ހައްލު ކުރެވޭނެ އެންމެ ފުރިހަމަ ސިޔާސަތެއް ތަންފީޒު ކުރުމުގައި ފާއިތުވި ސަރުކާރުތަކުގެ ވެރިންނަށް ނިންމަވަން ކެރިވަޑައި ނުގެންނެވި ކިތަންމެ ނިންމެވުމެއް ނިންމަވަަން އައިޝާ މިހާރު ގެންދަވަނީ ތައްޔާރުވަމުންނެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާ ބުނާ ގޮތުން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ، އިންޖީނު އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އެފަދަ އުޅަނދެއް ރާއްޖެ އަށް އެތެރެ ކުރެވޭނީ ވެސް އެ އުޅަނދެއް ބާއްވާނެ ގަރާޖެއް ހުރި ނަމަ އެވެ. އަދި އެއީ ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ ގަރާޖަކަށް ވާން ޖެހެ އެވެ. ޤަވައިދުގައި މިގޮތައް އޮތް ނަމަވެސް އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރަޖިސްޓްރީކޮށް ޤަވައިދުގެ ބޭނުން ވަނީ ކެނޑިގެން ގޮސްފައެވެ.

ޓްރާންޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ- ވަގުތު އިމޭޖްސް
ޓްރާންޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ- ވަގުތު އިމޭޖްސް

އައިޝާ ވަޒީރުކަމަށް ވަޑައިގެން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ޤަވައިދާއި ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރުމެވެ. އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރަޖިސްޓްރީ ކޮށްފައި ވުމަކީ މާލޭގެ ޕާކިން މައްސަލަ ބޮއްސުންލައިގެން ގޮސްފައިވާ އެންމެ ބޮޑު އެއް ސަބަބެވެ. މިކަން މީގެ ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް ހަޤީޤަތުގައި ގަރާޖެއްގެ ހިޔާވަހިކަން ނެތް ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލް ކުރަން ކެރިވަޑައިގެންނެވި އެއްވެސް ވަޒީރަކު އަދި ވަޑައެއް ނުގަންނަވައެވެ.

މާލޭގައި ދުއްވާ ކޮންމެ ވެހިކަލަކީ ވެސް އެވެހިކަލަށް ހާއްސަ ގަރާޖެއް ލިބިފައިވާ ވެހިކަލަކަށް ވެއްޖެނަމަ ތޮއްޖެހިފައި މިއޮތް މާލެ އަށް "ނޭވައެއް ލެވޭނެއެވެ."

މީގެ އިތުރުން ޓެކްސީތަކުގެ ފެންވަރު ބެލުމަށާއި ގިނަ ދުވަސްވީ ވެހިކަލްތައް ނައްތާލުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީ އިން މިހާރު ވަނީ ނިންމަވާފައެވެ. ޓެކްސީތަކުގެ ފެންވަރު ދަށްވުމާއި ޓެކްސީތައް އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ކުރެވެމުން ނުދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. އަބަދުވެސް ހުރިހާ ކަމެއް ޓެކްސީ ޑްރައިވަރުން ބޭނުންވާ ގޮތައް ނިންމުން ނޫން ގޮތެއް ސަރުކާރުތަކަކަށް މީގެ ކުރިން ގިނަ ފަހަރު ނޯވެއެވެ. ނަމަވެސް މިނިސްޓަރ އައިޝާ ހުންނެވީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

އައިޝާ ގާސިމްގެ އަރިހުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އައިޝާ ގާސިމްގެ އަރިހުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މާލޭގެ މަގުތަކުގައި ދަތުރު ކުރާ ގޮތައް ގެނެސްފައިވާ ބައެއް ބަދަލުތަކަކީ ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނާއި، ކަމާބެހޭ މުއައްސަސާތަކާއި އެކު މަޝްވަރާ ކުރެވިގެން ގެނެވުނު ބަދަލުތަކެއް ނޫނެވެ. އެކަން ގަބޫލު ކުރައްވާ މިނިސްޓަރ އައިޝާ މިހާރު ވަނީ މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެންނާނެ ބަދަލުތަކާއި ބެހޭ ގޮތުން ގުޅުން ހުރި މުއައްސަސާތަކާއި މަޝްވަރާ ކުރައްވާ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ.

ސިޔާސީ މަސައްކަތްޕުޅު ކުރައްވަން ވަޑައިގަންނަވަން ވާނީ ސިޔާސީ ބޭފުޅުންނެވެ. ހަޤީޤީ ސިޔާސީ ބޭފުޅުންނަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރެއްވުމަށް ކުރިމަތިވާ ސިޔާސީ ހުރަސްތައް ނައްތަވާލައްވާ ރައްޔިތުން ބޭނުންވި ކަމެއް ފުރިހަމަ ކުރައްވާ ބޭފުޅުންނެވެ. އައިޝާ ވަޒީރު ކަމުގައި ހޭދަ ކުރެއްވި ކުރު މުއްދަތުގައި ވެސް ފެނިގެން މިދިޔައީ ވަޒީރުންގެ ތެރެއިން ސިޔާސީ ދާއިރާގައި މާގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި ވަޒީރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅުންގެ މައްޗަށް އެކަމަނާ ކުރި ހޯއްދެވި މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޕްރެޑިކްޝަންސް

    ޔާމީންގެ ދިފާއުގައި ޕީޕީއެމުން މަގުމައްޗަށް ނިކުތުން އެއީ މަމެން އުފާ ކުރާ ކަމެކޭ އަޕްސް އެން ޑައުންސް އަންނާނެ ކޮންމެ ކަމެއް ގައި ވެސް ވިޔަފާރީގައި ވެސް ނޭޗަރ އަކީ އެއީ އޭ ހަމަ އެގޮތޭ ޕޮލިޓިކްސް ގައި މިވަނީ މި މޫސުމުގައި ޑައުންސް އަންނާނީ ޕިންކީން ނަށް އެކަމަކު ހިތްވަރާއި އެކު މަސައްކަތް ކޮށްފިނަމަ އެމެންގެ ވެރިކަމަށް 12 މަސްދުވަސްވާއިރު ރަންރީނދޫ ބޮޑޭ އާއި އެމެންގެ ރައީސް އާއި ލެޑި ދެން އެމެންގެ ރައީސް ގުޅޭނީ މަމެން ޕިންކީންނާއި ޕްރެޑިކްޝަން

    • ދަވޭއޭ

      ތަމެންނަކަށް ނޭނގޭނެއޭ. ގުޅިފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކޮށް އެތަނުގެ ހިއްކި ބިމުން އާއްމު ވިޔަފާރި ގުދަންތަކަށް އަކަފޫޓަކަށް އެއް ރުފިޔާގެ މަގުން ކުލި ނަގާ ގޮތަށް ހަމަޖައްސައި މުދަލުގެ އަގު ބޮޑުތަނުން ތިރިވާނެއޭ. ބޮޑެތި ވެހިކަލް ޕިކަޕުގެ ދަތުރު މަދުވީމާ އޭރުން މާލޭގެ ޓްރެފިކަށް ވެސް ލުއި ލިބޭނެއޭ. ތިޔާ ވެރިކަމުގަ މިކަން ނުވީ ކީއްވެހޭ. ރަންރީނދޫ އެކުވެރި ގުޅުމުގެ ސަރުކާރުން މިކަން ނިންމާނެއޭ. ތަމެން މަހަށް ދޭބަލަ. މަހަށް މަހަށް ޔާނު ގޮވައިގެން.

  2. އެގްޒިސްޓިންގް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ މަމެން ހީކުރިން ތަމެން ނަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކަން ލިބުމުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާއި ހަވާލު ކުރާނެ ޕޮލިސީ އެއް ރައީސް އޮފީހުން ފޯރމް ކުރާނެ ކަމަށް އެކަމަކު ތަމެން ގެ ކަމަކީ ވެސް ވަގަށް ބަންގާޅުން އެތެރެ ކުރުން ދޯ އެހެލާން ތެހެލާން ފިނޭންސް މިނިސްޓަރު ކަނޑުކޮހާއި ގުޅިގެން ދެން ތަމެން ވާނީ ހަމަ ތަމެންނަށް ނޫންތޭ އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ސައުތު ސައުތު ވިންގް ގައި ތިބޭނީ ހުސްވަގުންނޭ އެއީ ހަމަ ޔަގީން ކަމެކޭ އެކަންއޭ ފެނިގެން މިދަނީ...

  3. ޝިޔާން

    އައިޝާ އަކީދިމާވި ކޮންމެކަމަކުން ކުރިހޯއްދަވާ ބޭފުޅެއް.އެންމެ ފުރަތަމަ ޒުވާން އުމުރުގަ ރާއްޖޭގެހުރި އެއްމެ މުއްސަދި އައިޝާގެ ބައްޕައަށް ވުރެ ދޮށީ ބޭފުޅަކާ ކައިވެނި ބައްލަވައިގަތް.ފިރިކަލުންގެ ދޮށީ އަނބިންނަށް ގޮންޖައްސަވާ ގިނަ ދަރިންހޯއްދަވައިގެން ފިރިކަލުންގެ މިލްކިއްޔާތުން ބޮޑުބައެއް ކަށަވަރު ކުރެއްވި.

  4. ޝަމްސުއްދީން

    އާދަމް ނަވާޒު ....... ވެފައިހުރިކަމަށްބެލެވޭ. ކިތަންމެގިނަކަމެއްވެސް ކުރަން ބުނެވިދާނެ. އެބުނުމުން އެކަމެއްކުރެވުނީކަމަށް ނުވާނެ. ކުރެވުނުކަމަކީ އެކަމުގެ ގޮތުން ބަލާއިރު ކަމަކަށްނުވާކަންތައް. ވެމްކޯކައިރިން ނައްޓާލާބަސް ސްޓެލްކޯ ކައިރިއަށް މަޑުކުރުން. މީކަމެއްތަ؟ ތަނެއްގާ އަޅާފާ އޮތް ތަޅުންގަނޑެއް ނެގުން. މީކަމެއްތަ؟ ތިބުނާ ގިނަދުވަސްވީ އުޅަނދުތައް ނެގޭތަނެއް ނުފެނޭ. މަސްދެމަސްވެގެން ޓައިރުން ވައިގޮސްފާހުރި އެތައް އުޅަނދެއް އެހުރީ މަގުތަކުގައި. ކޮބާނެގިފާ. ނަވާޒުދޭބަލަ މަގުތަށްބަލައިލަން . ދެންތިބުނާ ގަރާޖްނެތް ޓެކްސީތައް ބާތިލްކުރަން ހަމަހިލާ އެކަމެއްނުވާނެ. އަނގައޮތިއްޔާ ކާޅެއްނުކާނޭ ކިޔާއުޅެނީ މިކަހަލަ ކަންތަކަށް. ކަމަކަށްވާކަހަލަ ކަމެއް އަދި ނުކުރޭ. ހަމަހުސްއަނގައަރުވަނީ. ދެން މަޝްހޫރުވާންވެގެން އަވަސްއަވަހަށް ނޫސްކޮންފަރެންސް ބާއްވަނީ .މީކުރާކަމަކީ.

  5. Aneesa

    Kamanaa thi kurah vaa massakai varah ves furihama, dhn taxi thaku ge dhilla board ge massala ah ves halleh gennaane kamah ummdhukuran.meehun aruvaign dhaa taxi thakuga ves fehi kula dhillaafa hurun mee varah undhagu vaakameh, mikamah halleh libeyne kamah ummdhu kuran. Shukuriyyaa

  6. ލަޠީފު

    ކުރިއަށް އޮތްތާނގަވެސް 1 ވަނައިގައި އިންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރ.. މިނިސްޓަރ ޢައިޝާ އަކީ ހީވާގި ރައްޔިތުންދެކެ ލޯބިވާ، އަދި ޤައުމުދެކެ ލޯބިވާ، ހެޔޮއެދިވަޑައިގަންނަވާ ކަނބަލެއްކަން ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ.. ޤައުމައިގެން ކުރިއަށް މެޑަމް ޢާއިޝާ..

  7. ޢަބްދުﷲ

    ވެހިކަލްތައް ރަޖިސްޓްރީވީ އަމިއްލައަކަށްނޫން. ތިޔަމިނިސްޓްރީ އިން ކޮށްދިނީމަ. އެހެންވީމަ ތިޔަ ޖަރީމާގެ ޒިންމާ ނަގަންވާނީވެސް މިނިސްޓްރީއިން.

  8. ނޭނގޭ

    މާލޭގައި ސައިކަލް ގިނަކަން ފާހަގަ ނުވަނީބާ! ކޮންމެ މަގަކަށް ބަލާލިޔަސް ފެންނަނީ ތޮއް ޖެހެންދެން މަގަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ ސައިކަލްތައް. ކާރެކޭ އެއްގޮތަށް ސައިކްލްތައްވެސް ހުންނަން ވާނީ ގޭތެރޭގައި ނޫނީ ގަރާޖްގައި. ސައިކަލް ވެސް ރަޖިސްޓްރީ ކުރެވެން ޖެހޭނީ ވައްދާނެ ތަނެއް ހޯދައިގެން.

  9. ދެފުއްކެހެރި ވަގުތު

    ކުރިން ޔާމީން ސަރުކާރައް ތާޢީދު ކުރއްވާ ވަގުތު މިހާރު ދެފުއްކެހެރި ވީތޯ...؟؟

  10. މީހާ

    އިއިޝާ މޮޔަވީތަ؟؟ ގަރާޖް ނެތަސް ރެޖިސްޓްރީ ބާތިލްކުރާކަށް ނުކެރޭނެ. ތިޔަ ހަތަރު ފުރޮޅުލީ ވެހިކަލްތައް ހުންނާނީ ނުފޫޒް ގަދަ މީހުންގެ. އަހަރުމެންކަހަލަ ނިކަމެތި ރައްޔިތުންގެ އެއްނޫން.

    • ހުމާ

      ޔެސް! ގުޑް ޕޮއިންޓް!

  11. އާދޭސް

    ޢަބްދުﷲ އޮޅުވާލި އޮޅުވާލުމެއްގެ ޒިންމާއެއީ ދައުލަތުގެ މިނިސްޓްރީއަކުން އުފުލަންޖެހޭ ޒިންމާއެއް ކަމުގަނުދެކެން. ނަމަވެސް ތަކުރާރުކޮށް އެއްގަރާޖެއްގަ ދިހަބާރަ ވެހިކަލް ރަޖިސްޓްރީ ކޮށްދޭއިރު މިނިސްޓްރީއަށް އެކަން ނޭންގިއޮވެގެންވާނެކަމައްގަބޫލެއްޏުކުރަން . އެހެންކަމާއެކު އަބްދުﷲ ގެބުނުމައް ކޮންމެވެސްވަރެއްގެ ބާރެއްލިބިގެންދޭ. މާނައި ކޮންމެފަރާތަކުންވެސްވިޔަސް ކުރާކޮންމެކަމެއްގާނަމަވެސް ތެދުވެރިވެ އިޚްލާސްތެރިވެއްޖެނަމަ އުނދަގުލަކާ ކުރިމަތިލާންނުޖެހި އެއްގޮތައްތުރެގިނަގޮތުން ނަތީޖާ ރަންގަޅުވާނެ.

  12. ނާބެ

    ނިންމާފައި ހުންނަ ޕާކިންޒޯނު ހުޅުވުމާއި މަގެއްގައި ލައިން އަޅާލުން އެއީ ކަންކަން ކަމަށް ނަވާޒަށް ހީވިއަސް އަހަރުމެންނަން އެއީ ކަންކަމެއްނޫން. އެކަން ނަވާޒަށް މިނިސްޓަރުކަން ދިނަސް މާ ފުރިހަމައަށް ކުރާނެ. ތަރައްގީއަކީ ކޮބާކަން އަހަރުމެންނަށް ދަސްކޮށްދިނީ ޔާމީނު. ކަމަކަށް ވާކަހަލަ ކަމެއް ކޮޕީ ކުރެވެންދެން ވަގުތުންވެސް ކެއްކޮއްލައިގެން ތިބޭ ރިޕޯޓް ނުހަދާ.

  13. އައިޝާ

    އެންމެ ރީތި މިނިސްޓަރ. މަ ހާދަ ބަލާ ހިތްވޭ ކަމަނަ

    ބާއްވާ ނޫސް ކޮންފަރެންސް.

    • ހަމީދު

      ފޮށޭ މިނިސްޓަރު

    • ނާއިބު ރައީސް

      މަށަށް ވެސް ހާދަ ރީޗޭ އައިޝާ .......

  14. ކުންފުނިބެ

    ގައުމެއްގެ މިނިސްޓަރުންވެސް ކުރަން މިހުންނަނީ ކ.މާލެތެރޭ ހުންނަ މިކަހަލަ ކުދިކުދި ކަންތައްތައް. ދޮޅުކިލޯމީޓަރުގެ ސަރަހައްދެއް ބަލަހައްޓަން ކޮންމެހެން ވަޒީރެއް ބޭނުންވޭތަ.

  15. ޢައިބާ

    މިސޮރު މިހާރު ހާދަވަރަކަށެ އައިޝަ އަށް ސަޕޯޓް ކުރަނީ

  16. ޑިމޮކްރަޓިސްޓް

    ކޮން ނަތީޖާއެއް ނެރެވޭނީ.. އެވަރު ގާބިލުމީހެއްނޫންތީ.. ކައިރީގަ ތިބިބަޔަކު ތިހިންގަނީ.. އޮޅުވާލަން ނޫޅޭ..

  17. މަނާސް

    ޚިދުމަތް ކުރެވެނީ ފޮޓޯނަގައިގެން ވިއްޔާ ނަހުލާ އައް ޚިދުމަތް އެބަކުރެވޭ.. ސިކުނޑިއާއި ބުއްދި ބޭނުންކޮއްގެން އެތަކެއް އަހަރުގެ ތަޖުރިބާއާއި އެތަކެއް އަހަރުގެ މަތީތައުލީމު ހޯދާފައި ތިބޭ މީހުން މިސަރުކާރުގައި ޖެހެނީ ނަހުލާ ކަހަލަ ފޮޓޯއިން ޚިދުމަތް ކޮއްދޭމީހުންގެ ދަށުގައި ތިބެން. މިއީ ވަކި މިސަރުކާރައް ޚާއްސަ ސިފައެއް ނޫން. މިއީ ރާއްޖޭގައި އުފެދިފައޮތް ނުބައި ފަނާކުރުވަނިވި ސަގާފަތެއް އަދި އާދައެއް.. މިކަން ނިމިގެން ނޫނީ ރާއްޖޭގެ ހަގީގީ ޕޮޓެންޝަލްގައި ކުރިއެރުމެއް ނުލިބޭނެ.

  18. މިއަދު

    އައިޝާއަކީ ކުރިންވެސް ޤާސިމުގެވެސް ފާޑުކިއުންތަކަށް ބަލައިގެން އުޅުނުމީހެއްނޫން ވީއިރު މިހާރު އިތުރަށް ބަލަންޖެހޭ ކަމެއްނޯންނާނެނު

  19. ކޮންމެވެސް މީހެއް

    އަޞްލު މީވަރަށް އަވަހަށް ޢަމަލީ ސިފަ ގެންނަވާ މިނިސްޓަރެއް ! މީހުންގެ ފާޑު ކިޔުންތައް ޙަޤީޤަތަކަށް ވިޔަ ނުދެއްވާ ތަޖުރިބާ ޙަޤީޤތަކަށް ހައްދަވާ މިނިސްޓަރެއް ކީޕް އިޓް އަޕް ޢައިޝާ