ޑރ.މުހައްމަދު ޖަމީލު އަހުމަދަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބް ރައީސްއެވެ. 2008 އިން ފެށިގެން ވެރިކަމުގެ ޖާހަތާއި ލައްޒަތު ހޯދުމަށް ކުރަމުންދިޔަ އުންމީދުތަކުގެ ހުޅެއްކަމުގައި ރައީސް ޔާމީންގެ ނައިބް ރައީސްކަން ޖަމީލު ދެކުނެވެ. ދައުރުގެ ކުރީކޮޅު ވަކި ކެބިނެޓެއް ހައްދަވައި، ވަކި މެމްބަރުންނާއި ވަކި ވަޒީރު ބޭފުޅުންނާއިއެކު މަސް ބާނަން މާކަނޑަށް ވަޑައިގެންނެވުމާއި، ކުޅިސަމާގެ ނިވާފަތް ގަނޑަކަށްވީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލުމެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ހުރިހާ ޕްލޭނެއް ފުލޮޕްވެ މުޅި ގައުމަށް ފަލީހަތްވުމުން މިއަދު ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމާއި ރައްޔިތުންގެ ހިޔަނިވެސް ނޭޅޭހާ ދުރު ހިސާބެއްގައެވެ.

ޑރ.ޖަމީލު ސިޔާސީ މަސްރަހުގައި ފާހަގަ ކުރެވިފައިވަނީ ވަރަށް ރުންކުރު ސިޔާސީ ގަދަބަސް ވިދާޅުވާ ބޭފުޅެެއްގެ ގޮތުގައެވެ. ވެރިކަމުގެ 3 އަހަރާއި ބައި ހަމަނުވަނީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގައިދިޔަ ޤާނޫނާއި ޚިލާފް އެތައްކަމަކަށް ފާޅުގައި ފާޑުވިދާޅުވެ އެންމެ އަޑުހަރުކޮށް އުޅުއްވި އެއްބޭފުޅަކީ ވެސް ޑރ.ޖަމީލެވެ.

ރާއްޖޭގެ ރައްޔިތުންނަކީ ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަތަކުގެ ބުރަދަން މިނެކިރަންޖެހޭ ބަޔަކަށް ވާން އެބަޖެހެއެވެ. އިސްތިއުފާދެއްވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޤާނޫނާއި ޚިލާފަށް އެކި ފަރާތްތައް ހައްޔަރު ކުރުމާއި ފަޑިޔާރުގޭގައި ބޮޑު ތަޅު އެޅުވުމާއި، ފަޑިޔާރުން ހިފާ ހައްޔަރު ކުރައްވައި ހިންގެވި އަމަލުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅު ވެފައިވަނީ މިއަދު ނަޝީދާއި އެއް އޮޑިއެއްގައި ހުންނެވި ޑރ.ޖަމީލެވެ. އަދި މިމައްސަލަތަކަކީ ބައިނަލްއަގުވާމީ މައިދާނުގައި ބަަލަންޖެހޭ މައްސަލަތައްކަމަށް ބުނެ އެންމެ ބޮޑަށް ވަކާލާތު ކުރެއްވީވެސް ޑރ.ޖަމީލެވެ.

"ނަޝީދުގެ ސަރުކާރަކީ ހަގީގަތުގައިވެސް ސީމެގުގައި އެޖެންޑާ ކުރަންޖެހޭ ސަރުކާރެއް. އެއީ ކަނޑައެޅިގެން ފަޑިޔާރަކު ރަހީނު ކޮށްގެން އުޅުމާއި މީހުން ޤާނޫނީ އިމުން ބޭރުން ހިފާހައްޔަރު ކުރުމާއި މިނިވަން މުވައްސަސާތަކަށް ހުރަސް އަޅަމުން ދިއުމާއި، އިންތިޚާބަކާއި ނުލައި މީހުން ތަންތާގަ އައްްޔަން ކޮށްގެން ދިއުމާއި މިހެން ގޮސް މިލިސްޓު ވަރަށް ދިގުކޮށް ކިޔައިދެވިދާނެ" ޑރ.ޖަމީލް ވިދާޅުވެފައިވެއެވެ.

ނަޝީދު ހިންގެވި ޤާނޫނާ ޚިލާފް މިއަމަލުތަކަކީ ޑރ.ޖަމީލުމެން ފަދަ ނަޝީދުގެ އަރިހުގައި މިއަދު ތިއްބެވި ބޭފުޅުން ފޮތްތަކުގައި ލިޔެ، ހަރުއަޑުން ކުއްވެރިކޮށް އެކި މީޑިޔާތަކުގައި އެކި ރާގުރާގަށް ދައްކަވާފައިވާ ވާހަަކަތަކެވެ. މަޖިލިސް މެމްބަރުންނަކީ ކަރާމާތްތެރި އަބުރުވެރި ބަޔަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ނަޝީދުގެ ވެރިކަމުގައި އެންމެބޮޑަށް ވަކާލާތު ކުރެއްވި އެއްބޭފުޅަކީވެސް ނަޝީދުގެ ދިގު މުއްދަތަކަށް ޖަލަށް ލާނެކަމަށް ހަރުއަޑު ވިދާޅުވި ޑރ.ޖަމީލެވެ.

އަދި މިއަދު އެމަނިކުފާނާއި އެންމެ އަރިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން އޭރު މެމްބަރުންގެ ގޮތުގައި ތިއްބަވައި އަމަލުކުރެއްވި ގޮތްތަކާއި ކުރެއްވި ހޭދަތަކުގެ ވާހަކަ ހިސާބު އަދަދާއިއެކު ވިދާޅުވީވެސް ޑރ.ޖަމީލެވެ.

"ބަޔަކު ކަރާވިއްކައިގެން ނޫނިއްޔާމު ދަތުރުކުރަން އުޅޭބަޔަކު އައިސް މާލެއިން 7.9 މިލިޔަނަށް ގޯއްޗެއް ގަތޭ ބުނީމަ ދުނިޔޭގެ އެއްވެސްތާކު މިކަން ޤަބޫލެއް ނުކުރޭ. ދެންހަމަ ކުއްލިއަކަށް ހުޅުމާލެއިން ގޯތިތަކެއް ގަތީ. ދަންނަވަން މިއުޅޭ ވާހަކައަކީ ސީރިއަސް ގޮތެއްގައި ޤައުމާއިދޭތެރޭ ވިސްނާ ފަރާތްތަކުން ކޯޓުތެރެއިން ނުވާކަންކަން މަޖިލިސް ތެރެއިން ވާނެއޭ ބުނީމާ ވިސްނަންޖެހޭ." ޑރ.ޖަމީލް ވިދާޅުވެފައިވެއެވެ.

މި ހުރިހާ ވާހަކަފުޅަކީވެސް އޭނާ ވިދާޅުވި ގޮތަށް ބަހުން ބަހަށް، އަކުރުން އަކުރަށް ލިޔެވިފައިވާ ވާހަކަތަަކެވެ. އޭނާގެ މިފަދަ ވާހަކަފުޅުތަކުން އޭނާއަކީ ކޮން ބޭފުޅެއްކަން އޮޅިވަޑައިގަންނަވާނެ ރައްޔިތަކު މިފަސްގަނޑުގައި ނުހުންނާނެއެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ އެއްޗެއްކަމަށް ތަކުރާރުކޮށް އޭރު ވިދާޅުވި ނަމަވެސް މިއަދު އެކަންކަން ވަނީ މުޅި ބަދަލުވެފައެވެ. ރާގުވަނީ މުޅި ބަދަލުވެފައެވެ.

ވެރިކަން ލިބެން އޮތް ގޮތަކަށް ވެރިކަން ހޯއްދެވުމަށް މިއަދު އަވަށްޓެރި ޤައުމުތަކުން އެހީތެރިކަމަށް ގޮވާލައި، މިގައުމަށް އަރައިގަންނަން މިއަދު ގޮވާލައްވަމުންދާއިރު މިގައުމުގެ ރައްޔިތުންނާއި މިނިވަންކަމާއި އިސްތިޤުލާލާއިމެދު ޑރ.ޖަމީލުގެ ހިތްޕުޅުގައި އޮތް ލޯބި ކޮބައިކަމާއިމެދު ބައެއް ފަރާތްތަކުން މިއަދު ސުވާލު އުފައްދައެވެ. އަދި އޭރު އެމަނިކުފާނު ދިވެހި ބަހުން ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތަކާއި އަޅާކިޔާލުމަކީ ދިވެހި ފަރިތަކޮށް ދަންނަ ބޭފުޅަކަށްވެސް މާނަކުރަން ފަސޭހަ ވާހަކަފުޅުތަކެެއް ނޫނެވެ.

"ޖީއެމްއާރު ވިޔަސް އަދި އެހެން ކިތަންމެ ބާރުގަދަ ފަރާތެއްވިޔަސް އައިސް އަޅުގަނޑުމެންގެ ފަސްގަނޑުގަ އަޅުގަނޑުމެން ނިކަމެތިކޮށް އަޅުގަނޑުމެންގެ ގައިގަ ކޮޅުފައިން ޖަހާތަން ބަލާކަށް އަޅުގަނޑުމެން ނުތިބޭނެ." ޑރ.ޖަމީލް ވިދާޅުވެފައިވެއެވެ.

ޤައުމާއިމެދު މިވަރަށް ވިސްނަވާ ބޭފުޅުން މިއަދު ޤައުމުން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ތިއްބަވައިގެން ރާއްޖެއަށް ފިޔަވަޅު އަޅަން ގޮވާލުމާއި، ރާއްޖޭގެ ވެރިކަމުގެ ތެރެއަށް ވެންނެވުމަށް އެކި މާނަ ދޭހަވާގޮތަށް ގޮވާލަމުންދާ ގޮވާލުންތަކީ ޤައުމާއިމެދު ވިސްނަވާ ބޭފުޅަކު ގޮވާލާނެ ގޮވާލުންތަކެއް ނޫންކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

ވެރިކަން ފޮރޮޅާލުމަށް ޤާނޫނީ އިމެއް، ރައްޔިތުންގެ ރައްކަލެެއް، ގައުމުގެ މިނިވަންކަމަށް އެއްވެސް ބެލުމެއްނެތި މިއަދު އެންމެ ހަރުއަޑުން ގޮވާލައްވާ އެއްބޭފުޅަކީވެސް ޑރ.ޖަމީލެވެ. ނަޝީދުގެ ވެރިކަމުގައި ފުލުހުންނަށް ކުރި އަނިޔާތަކާއި ދެމުންދިޔަ ގެއްލުން ދުވަހަކުވެސް އަގުނުކުރެވޭ ކަމަށް ވިދާޅުވި ބޭފުުޅާއަށް މިއަދު ފުލުހުންނާއި ސިފައިންނަކީ އެއްވެސް އަގެއްނެތް ބަޔަކަށް ވެއްޖެއެވެ.

ޤާނޫނީ އިމުން ބޭރުން ހިންގާ އަމަލުތައް ހުއްޓުވުމަށް މިއަދު ޤައުމުގެ ސަލާމަތީ ބާރުތަކުން ކުރައްވާ މަސައްކަތްތަކަކީ ޢައިރު ޤާނޫނީ އަމަލުތަކަކަށް ވަނީ ވެފައެވެ. އަދި މިއަދުު ފުލުހުންނަށް ކޮންމެ އަނިޔާއެއްވިޔަސް އަދި ކިތަންމެ ބޮޑު ގެއްލުމެއް ދިނަސް އެއިންކަމެއް މިއިން ބޭފުޅަކަށް ހަމަ ރޭކާ ނުލާކަމީވެސް ޑރ.ޖަމީލް ފަދަ ބޭފުޅުންގެ އިޚްލާސްތެރިކަމާއިމެދު ސުވާލު އުފެދޭ ކަމެކެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ނަޝީދު އިސްވެެ ހުންނަވައި އެމްޑީޕީން ޤައުމުގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ހިންގި އަމަލުތަކާއި މެެދު ޑރ.ޖަމީލު ވިދާޅުވެފައިވަނީ "އަޅުގަނޑު ދަންނަވާނީ ދިވެހި ފުލުހުންނަށް އަނިޔާކޮށް ދުއްތުރާކޮށް އަބުރަށް އަރައިގަނެ ރާއްޖޭގެ ފުލުހުންގެ މުވައްސަސާ ކޮށާލައި ރާއްޖޭގެ ސިފައިންގެ އަބުރަށް އަރައިގަނެ އިއްޒަތާއި ގަދަރާއި ހުރުމަތް ކަޑާލައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލާ އެމްޑީޕީއަކަށް އަދި ރައީސް ނަޝީދަކަށް މިރާއްޖޭގެ ފަސްގަނޑުން ޖާގަ ނުދޭނެކަމީ ކަށަވަރު ޔަގީންކަމެއް ﷲގެ ރަހުމަތާއިއެކީގައި."

މި ރިޕޯޓްގައި "ކޯޓް" ކޮށް ގެނެސް ދެވިފައިވާ ކޮންމެ ވާހަކަފުޅަކީ ޑރ.މުހައްމަދު ޖަމީލް އަހުމަދު ދިވެހި ރައްޔިތުންނަށް ދޫކޮށްލެއްވި ވާހަކަފުޅުތަކެވެ. އެމަނިކުފާނުގެ މިވާހަކަފުޅުތަކުން އެމަނިކުފާނު މިއަދު ބައިއަތު ހިއްޕަވައިގެން އުޅުއްވާ ބޭފުޅުންނާއި ބައިއަތު ހިއްޕަވައިގެން އުޅުއްވާ އިޚުލާސްތެރިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އަދި ޚުދު ޑރ.ޖަމީލް ޤައުމާއިމެދު އޮތް އިޚުލާސްތެރިކަމާއި، ގައުމާއިމެދު އޮތް ލޯތްބަކީ ވެރިކަމުގެ ލޯބިކަން ދިވެހި ކޮންމެ ރައްޔިތަކުވެސް ހެކިވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަފްޞާ / މާލެ

    މީ އެއްއިރެއްގަވެސް މީހެއްނޫނެވެ. މަޤާމެއް ލިބުނަސް މީހާގެ ޢިލްމުހުއްޓަސް ހުނަރާއި ޤާބިލްކަމެއް ނެތިގެން ފެއްިލް ވަނީއެވެ. މައުމޫނުވެރިކަމުގަވެސް ވީ ފެއިލް! އަންނިގެ ވެރިކަމުގަވެސް ވީ ފެއިލް! ޔާމީންގެ ވެރިކަމުގައިވެސް ވީ ފެއިލް! ދެންވެސް އެދަނީ ފެއިލްވަމުންނެވެ. ދެންވެސް ވާނީ ފެއިލް! ހައްދާފަ ބޮޑުކޮށްފަ ބަހައްޓަން މީނަ ރަގަޅެވެ.

  2. ބިންގޯ

    ތިކިޔާ ޖަމީލަކީ މިނިސްޓަރު ކަމަުގަ ހުރެގެން މާލޭގެ ބޮޑުކުންފުންޏެއް އޭނާގެ އަންހެނުންނަށް ފައިދާވާގޮތަށް ނުހައްގުން ބެހި ޖަމީލި... މިކަންކުރީ ކުދަރިކިލުގައި އޭރު ހުރި މެޖިސްޓްރޭތަކު ގެނެސްގެން ދަންވަރު ސައްލާކޮށް އަންހެނުންގެ ފެމިލީ އަށްބޮދުމައި ލިބޭނޭހެން..... މިފެންވަރު މީހުން ގައުމަކަށް އެހެން ކަމަކަށް ނުބަލާނެ....
    މިހީ ބޯން ގައްދާރުން... ސަލާމް

  3. ދިވެހިން

    ޖަމީލަކީ ނުރައްކާތެރި ޣައްދާރެކެވެ ރާއްޖެއަށް
    ބޭރުގެ ސިފައިން އައުމަށް އޭނާ ގޮވާލި މައްސަލަ ތަހްޤީޤް ކޮށް ހަރުކަށި އަދަބު އޭނާ
    އަށް ދޭންޖެހެއެވެ.

  4. ނޫމާރާ

    ޖަމީލް އިހުލާސް ތެރިކަމެއް ނުހުންނާނެތާ އެނާއެއީ އިގިރޭސިވިލާތައް އުފަން މީހެއް؟ ރާނީއަށް އަމާ ކިޔާ............................... ގައްދާރު

  5. ހުސޭނުބޭ

    ކޮން އިރަކުތަ މުނާފިޤު ކަލޭގެ ކިބާގައި އިޚްލާޞްތެރިކަން ހުރީ!

  6. ހައްވަ

    އަމިއްލަ ދިރިއުޅުމުގައިވެސް، ދުވަހަކުވެސް އެއްވެސް މީހަކަށް ވަފާތެރިކަމެއް ނެތް ބޮޑު ކެހިވެރިއެއް..! ބޮޑާކަމާ ކިބުރުވެރި ކަމުގެވެސް ލާމަސީލެއް..!

  7. މުނާ

    ކޯޗެއްކިޔަވައިގެން ތިޔަމީހާ ޕީ އެޗް ޑީ ހެދީ ހަސަން ސައީދު ޕޭޕަރުތައް ކޮޕީކުރީ