ފިހާރަތަކާއި ރެސްޓޯރެންޓްތައް ވަރަށް އާދައިގެ ޝަރުތުތަކެއް ފުރިހަމަ ކުރާނަމަ 24 ގަޑިއިރު ޚިދުމަތް ދިނުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ. އަދި މިހާރު ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިއަށް އިތުރު އެއް ގަޑިއިރު މިވަނީ އިތުރު ކޮށްފައެވެ.

ދިވެހިންނާއި ބިދޭސީން އަދާކުރާ ވަޒީފާތަކަށް ބަލާއިރު އެންމެ ކުޑަ އުޖޫރައެއް ލިބޭ އެއް ވަޒީފާއަކަށް ވަނީ ފިހާރަތަކުގެ ސޭޓުންގެ ވަޒީފާ އާއި ރެސްޓޯރެންޓް ނުވަތަ ހޮޓާތަކުގެ ވޭޓަރުންގެ ވަޒީފާ އާއި ކައުންޓަރުގައި ސޭޓެއްގެ ވަޒީފާ އަދާކުރުމެވެ. މަދު ހާލަތެއްގައި ބޮސްގެ ހެޔޮފުޅު ކަމުން މަދު ފިހާރައަކުން ފަސް ވަރަކަށް ހާސް ރުފިޔާގެ އުޖޫރައެއް ލިބިދާނެއެވެ. ނަމަވެސް ގިނަ ފިހާރަތަކުގައި ދިހަ ވަރަކަށް ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނަ އިރު މަސައްކަތް ކޮށްގެން 3000 ރުފިޔާ ނުލިބެއެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނުގައި ކޮންމެ މުވައްޒަފަކު މަސައްކަތް ކުރަން ޖެހޭނީ އަށް ގަޑިއިރު ކަމާއި ކޮންމެ ހަފްތާއަކު އޮފް ދުވަހެއް ދޭން ޖެހޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް އަމަލީ ގޮތުން އެކަން ތަންފީޒު ކުރެވެމުން ދަނީ މަދު ފަހަރަކު އެވެ. ވަޒީފާ އާއި ބެހޭ ޤާނޫނަށް ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަމުން ދޭތޯ ބަލާނެ އިދާރާއެއް ނެތެވެ. ޙައްޤު ނުލިބިގެން ޝަކުވާ ކުރާ މުވައްޒަފަށް ދެން އަންނަ ފޯނު ކޯލަކަށް ވަނީ ވަޒީފާ އިން ވަކިކުރި ކަމުގެ ޚަބަރު ދޭން ކުރާ ފޯނު ކޯލެވެ. އެހެންކަމުން ޙައްޤެއް ނުލިބުނު ނަމަވެސް އެކަމުގެ ޝަކުވާ ރަސްމީ އިދާރާއެއްގައި ކުރުން އެއީ އަމިއްލަ އަށް ވަޒީފާ އިން ވަކިވުން ފަދަ ކަމަކަށް މިއޮތީ ވެފައެވެ.

ފިހާރަތައް ބަންދުކުރާ ގަޑިއަކީ ރޭގަނޑު 22:00 ކަމަށާއި ހޮޓާތައް ބަންދުކުރާ ގަޑިއަކީ ރޭގަނޑު 00:00 ކަމަށް ކަނޑައެޅުމުން އެންމެ ބޮޑު ފަސޭހައެއް ލިބުނު ބަޔަކީ އެތަންތަނުގައި ކުޑަ އުޖޫރައެއްގައި، އެކަށީގެންވާ ވަރަށް ވުރެ ގިނައިރު މަސައްކަތް ކުރަން ޖެހިފައިވާ މުވައްޒަފުންނަށެވެ. ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނާއި، މާކުޑަ އާމްދަނީއެއް ލިބޭ ބިދޭސީ މުވައްޒަފުންނަށް ރޭގަނޑު ތަން ބަންދުކޮށްފައި ނިކުމެވޭއިރު ދޭއް ޖަހާ ބޮޑުވެއެވެ.

މިހާރަށް ވުރެ ގިނައިރު ފިހާރަތަކާއި ހޮޓާތައް އަދި ރެސްޓޯރެންޓްތައް ހުޅުވާފައި ހުންނަ ގަޑި އިތުރު ކުރަން ސަރުކާރުން ޤަވައިދުތަކަށް ގެނެސްފައިވާ އިސްލާހުތަކުގައި އެއްވެސް މުވައްޒަފެއްގެ ޙައްޤަތަކަށް އިސްކަމެއް ދީފައެއް ނުވެއެވެ. މިއީ ކުޑަ އުޖޫރައެއް ލިބޭ މުވައްޒަފުންގެ ޙައްޤު ސަރުކާރަށް މުހިންމު ނޫންކަމުގެ ހެއްކެކެވެ.

ޤަވައިދެއް އެކުލަވާލައިގެން މުވައްޒަފުންނަށް އިތުރު ހިމާޔަތާއި، އިތުރު އުޖޫރައެއް ދިނުން ޝަރުތުކޮށް 24 ގަޑިއިރަށް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރަށް ނުކެރުނީ ކީއްވެ ހެއްޔެވެ؟ އެންމެންގެ ޙައްޤު އެންމެ ފުރިހަމައަށް ދޭނެކަމަށް ހަމައެކަނި ވައުދު ވުމަކުން ނުފުދެއެވެ. އެއަށްވުރެ ބޮޑަށް އަމަލީ މައިދާނުގައި ކަންކަން ސާބިތުކޮށްދޭ ސަރުކާރަކަށް ސަރުކާރު ވާން އެބަޖެހެވެ.

އިއްޔެ ވިޔަފާރިވެރިންނަށް ފަހިވާ ގޮތައް، އަދި ރޭގަނޑު ހޭލައި ތިބެފައި ދުވާލު ނިދަން ބޭނުންވާ މީހުންނަށް ފަހިވާ ގޮތައް ސަރުކާރުން ގެނައި ބަދަލަކީ ކުޑަ އުޖޫރައެއްގައި، ޤާނޫނާއި ހިލާފަށް އެތައް އިރަކު މަސައްކަތް ކުރަން މަޖުބޫރުވެފައިވާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް ސަރުކާރުން ދިން ވަރަށް ބޮޑު ދެރައެކެވެ.

އެއްވެސް މުވައްޒަފެއް ތަފާތުކުރުމެއް ނެތި ވަޒީފާ އާއި ބެހޭ ޤާނޫނުން ކަށަވަރު ކޮށްދޭ ޙައްޤުތައް އެމުވައްޒަފުންނަށް ލިބޭތޯ ބެލުން އެއީ ސަރުކާރުގެ ޒިންމާއެކެވެ. އެޒިންމާ އަދާކުރުމުގެ ހިތްވަރު ސަރުކާރުގެ ކިބައިގައި ހުންނަން އެބަޖެހެއެވެ. ވިޔަފާރިވެރިޔާ ބޭނުން ގޮތަކަށް ހުރިހާ ކަމެއް ފަހިކޮށްދޭއިރު އޭނާގެ ކައިރީގައި ހުރި ނިކަމެތި މުވައްޒަފާއި ކަންކުރާ ގޮތް ބަލަން އެބަޖެހެއެވެ.

ފިހާރަތަކާއި ރެސްޓޯރެންޓްތައް ގިނައިރުތަކެއް ވަންދެން ހުޅުވާފައި ބެހެއްޓުން ބައެއް މީހުންނަށް ވަރަށް ސަޅި ކަމަކަށް ވެދާނެއެވެ. ގިނަ މީހުންނަކީ ގިނަ އިރުތަކެއް ވަންދެން އެތަންތަނުގައި މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ނުވާތީ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިހްސާސްތައް ނޭނގެނީ ކަމަށް ވެދާނެއެވެ. ނުވަތަ އެމުވައްޒަފުންނާއި މެދު ވިސްނައި ނުލެވެނީ ކަމަށް ވެދާނެއެވެ.

ނަމަވެސް ސަރުކާރުން ކަމެއް ނިންމާއިރު ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލަން ޖެހޭނެއެވެ. އެހެން ނޫންނަމަ އެންމެ ފުރިހަމަ ނިންމުންމެއް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙ

    ތަރައްޤީވެފައިވާ ގިނަ ގައުމުތަކިގައި ފިހާރަތައް ހަވީރު ނުވަތަ އިރުއޮއްސުމުން ބަންދުކުރޭ.

    • އަސްލުހާލަތު

      ތިޔަ ފެނުނީ ތަރައްޤީ ޤައުމުތަކުގެ ތަންފުކެއް..24 ގަޑިއިރު ހުޅުވާފަ ހުނއނަ ފިހާރަތައް ހުންނާނެ ހުރިހާ ޤައުމެއްގަވެސް.. އަނެއްކާ 5 ޖަހާއިރު ބަންދުކުރާ ފިހާރަތަށް ވެސް ފަތިހު ހުޅުވާ ގޮތަށް ހުންނާނެ 5 ޖަހަންދެން.. ލަންޗު ބުރޭކަށް 2 ގަޑިއިރު ކޮންމެ ނަމާދަކަށް 1 ގަޑިއިރު ބަންދެއް ނުކުރާނެ..

  2. ޢަސާ

    ބޯހަމަނުޖެހެ ލިއުމެއް. މިހަރު 3000 ރުފިޔާ އަށް ބޮދެއްވެސް މަސައްކަތް ނުކުރާނެ. ކުރިއާ ހިލާފަށް މިހާރު ހިކުރު ދުވަސް ވެސް ޥަރައްގިނަ ފިހާރަ ބަންެދުކުރޭ.

  3. ނަފާ

    ވަޒީފާއާ ބެހޭ ޤާނޫނުގަ އޮންނާނެ މުވައްޒަފުންގެ ހައްޤުތައް.. ސަރުކާރުން އެވާހަކަ އިތުރަށް ލިޔާކަށް ނުޖެހޭ..އެއާ ހިލާފަށް މަސައްކަތް ކުރާނަމަ ފިޔަވަޅުއެޅޭނެ. ޓްރައިބިއުނަލްއާ ލޭބަރިލޭޝަންއާ އުފައްދާފަ މައްސަލަ ހުށަހެޅުމުގެ ޗާންސްވެސް އޮންނާނެ.. 80ގެ ވިސްނުން ދޫކޮށް 21 ވަނަ ޤަރުނަށް އައުމަށް ގޮވާލަން

  4. ކެރޭ އަބްދުﷲ

    24 ގަޑި އިރު ފިހާރަތައް ހުޅުވަން ވިޔަފާރި ވެރިނަން ހުދަދިނަމަ މުއަޒަފުންގެ މުސާރަ ބޮޑު ކޮއްދޭ ގޮތައް. މިހާރު ޤާނޫނެން ފާސް ކުރަން ވެއްޖެ ސޭލްސް މަނެއް، ސޭލްސް ގާލެއް ގެ މުސާރަ އަކީ މަދުވެގެން 6000 ރ (ހަހާސް ރުފިޔާ) ކަމުގަ. އަލައް އައްނަ ޤާނޫން ހަދާ މެންބަރުން މިފަދަ ޤާނޫނެއް ހަދާނެ ކަމައް އުމީދު ކުރަން. މިކޮމެންޓު ޖަހާލަ ދޭތި. މަފޮނު ވާ ކޮމެންޓު ނުޖަހާކަން ފާހަގަ ވޭ.

  5. މުހައްމަދު

    ތިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް މިކަން މިހެންވާނެކަން ކުރިންވެސް އެންމެންނަށް އިނގޭ ނަމަވެސް ގަބޫލުނުކޮށް އެމީހުންގެ ބަހަށް ހެއްލިގެން ވަގުންތަށް އިއްޒަތްތެރިންގެ ލަގަބް ދީގެން ވައްކަންކުރަން ފުރުސަތުދިނީ ވީމާގުންގެ މަސައްކަތް ހުންނާނީ ވަށްކަންކުރާއުސޫނުން ވީމާ ނިކަމެތިން އިތުރަށް ނިކަމެތި ކޮށްގެން ހުރިހާވަގުންގެ ޖީބުތައް ފުރާލަން ކުރާމަސައްކަތުގައި ރައްޔިތުން މަސްލަހަތަކަާްބެލުމެއް ނޯންނާނެކަން މިދަނީ ސާބިތުވަމުން ދެންވެސް އާއަރަށް ވިސްނާ ހާލަތު އިސްލާހުކުރެވެން އޮތްގޮތަކަށް އިސްލާހުކުރަންވީ އަތްޖަހަންތިބެގެން ނެތްވާކަށް އަވަސް ފިޔަވަޅެއް އަޅަންވީ ވަރަށް ސަލާމް

  6. މޫސާ

    ދުނިޔޭގެ ކިތަށްޤަވްމުގައިތޯ 24 ގަޑި އިރު ފިހާރަ ތަކާއި ކާބޯ ހޮޓާ ރެސްޓޯރެންޓް ތައް ހުޅުވާފަ ހުންނަނީ؟

  7. މޫސާ

    ދުނިޔޭގެ ކިތަށްޤަވްމުގައިތޯ 24 ގަޑި އިރު ފިހާރަ ތަކާއި ކާބޯ ހޮޓާ ރެސްޓޯރެންޓް ތައް ހުޅުވާފަ ހުންނަނީ؟ ރޭގަނޑު ލައްވާފައި ވަނީ ހޭބޯނާރާ މަސައްކަތް ކުރާކަށްނޫން!

  8. ސަލްމާން

    ފަސޭހަ ވާނެކަމަށް މި ސަރުކާރުގެނައީ.. ހަރާން ނުފުރުއްޕާނެއް ނޫނީ ނުޖައްސާނެ..!! ހަމަ މިހާރު ކުރީގެ ގޮތަށް ބަދަލުކުރޭ.. ސަރުކާރު އޮފީސްތައް ވެސް 24 ގަޑި އިރަށް ހުޅުވަންވީނު ދޯ.. ހަމަ ހަމަ ވާންޖެހޭނެ..!!

  9. ޝަރީ

    މީ ސަރުކާރަށް އެކަނި ހައްލު ކުރެވޭނެކަންކަމެއްނޫން. ފިހާރައިގެ ވެރިފަރާތުގެ އަތްމަތީގައި އޮންނާނީ އޭނާގެ މުވައްޒަފުންނަށް ލުއިފަސޭހަަ ލިބޭނެގޮތް ހެދުން

  10. ސޭޓު

    ޗަންޕާ ބޭނުން ގޮތަތް ސަރުކާރުން ތީކަންތަތްތައް ކުރަނީ.. އާންމުންނަ ފަސޭހަ ކުރުމުގެ ނަމުގަ.. މުސަދީންގެ ޖީބު ބަރުކުރަން ކުރާކަމެއްތީ.. ލާރީޔާ ހެދީ ބޫތުކާފަ..ބޮޑުވަރުތީ.

  11. ޕަބުޖީ ނަޓްވަރުލާލް

    ނާތަހުޒީބު ކެބިނެޓުގެ ވެރިޔާ ކިނބޫ އަބަދުވެސް ފާހަގަވަނީ ކެހިވެރިއެއްގެ ގޮތަށް އަމަލާބަސް ދިމާނުވާ ކާމްޗޯރު ކިބުލެއްގޮތަށް

  12. ޕަބުޖީ ނަޓްވަރުލާލް

    ނާތަހުޒީބު ކެބިނެޓުގެ ވެރިޔާ ކިނބޫ އަބަދުވެސް ފާހަގަވަނީ ކެހިވެރިއެއްގެ ގޮތަށް އަމަލާބަސް ދިމާނުވާ ކާމްޗޯރު ކިބުލެއްގޮތަށް.....

  13. ސަޓޯ

    މީކީ ހެޔޮފުޅު ސަރުކާރެއް ނޫން... މިއީ މަތިއޮމާން ސަރުކާރު... ރައްޔުތުން އަންނި އާއި އެމްޑީޕީ ކެއްކި ހިޔާލީ ފޮލާތައް ކައިގެން ތިބޭ ދެން

  14. ލައިލާ

    މިގައުމުގަ އުޅެންވީ ކެރަފާއާއިލާ އެކަނި

  15. ފާތުން

    ސަރުކާރު އޮފީސްތައް ވެސް 24 ގަޑި އިރަށް ހުޅުވަންވީނު ދޯ.. ހަމަ ހަމަ ވާންޖެހޭނެ..!!

  16. އަނިޔާ އަކީ ކޮބާ؟

    މި ގޮތަށް ކަންތައް ކުރުމުން އަނިޔާ ލިބެނީ ހިތްވަރާއެކު މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަަކަށް. އެމީހުން މިތިބެން ޖެހެނީ ބަސްނާހާ އުޅެން ބޭނުންވާ ކުދިންނަށް ކޮންމެ އިރަކު ދިޔަޔަސް ޚިދުމަތް ދޭން. އެއްފަހަރަށް ވުރެ ގިނަ ފަހަރު މި ގޮތަށް 24 ގަޑިއރު ޚިދުމަތް ދިން، ދެން ކޮންމެ ފަހަރަކު އެކަން ހުއްޓެނީ. (މިހުއްޓޭ ސަބަބު ބުނެދެވޭނެ ފަދަ ދިރާސާ އެއް ބޭނުން)