ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް ހިއްލާލި ބޮޑު ރާޅުތަކާއި، ނަގޫރޯޅިތަކާއި، ތޫފާންތައް ވަރަށް ގިނައެވެ. ކައިރިންނާއި، ދުރުން، އެތެރެއިންނާއި، ބޭރުން ރައީސް ޔާމީންގެ ވެރިކަން މުލުން ލުހެލަން ދިން ހަމަލާތަކުން އެމަނިކުފާނު މިހާތަނަށް ސަލާމަތްވެ ވަޑައިގެންނެވީ ނިކަން ހުޝިޔާރު ކަމާއި އެކުއެވެ.

ހަމަލާއަކަށް ފަހު ހަމަލާއެއް ވަރުގަދަ ވަމުން އައިސް އެންމެ ފަހުން ރައީސް ޔާމީންގެ ސަރުކާރާއި މިހާރު ކުރިމަތިވެފައި މިވަނީ އާދައިގެ ހަމަލާއެއް ނޫނެވެ. ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ނެރުނު އަމުރަކީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ކުރިމަތިވި ވަރުގަދަ ސިޔާސީ ތޫފާނެކެވެ. މިތޫންފާންގައި ރައީސް ޔާމީންގެ ވެރިކަން މިފަހަރު ވެއްޓޭނެ ކަމަށް ހީކުރެވުނު ނަމަވެސް އެހެނެއް ނުވިއެވެ.

ފެބްރުއަރީ 01 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 05 ވަނަ ދުވަހާއި ހަމައަށް ދިޔަ އުނދަގޫ، ގޮތް ނޭނގޭ ވަގުތުތަކަށް ފަހު ރައީސް ޔާމީންގެ ސަރުކާރު ވަނީ ހަމަނޭވާ ލާފައެވެ. ހަޤީޤަތުގައި ބޮޑު ތޫފާނުގެ ބާރު މިހާރު ވަރަށް ބޮޑަށް ދައްވެއްޖެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ރައީސް ޔާމީންގެ ސަރުކާރު "މިހާރު މިދަނީ ވެއްޓެންށެވެ."

މީސް މީޑިއާގެ ތަފާތު ފޯރަމްތަކުގައި އިދިކޮޅު ލީޑަރުންނާއި އަދި އެލީޑަރުންނަށް ތަބާވާ ސަޕޯޓަރުން ގޮވަމުން ދަނީ "ވެއްޓެނީ! ވެއްޓެނީ! ވެއްޓެނީއެވެ." މިހެން ގޮވަމުން ދާތީ ކޮށްލަން ޖެހޭ ސުވާލެއް އެބައޮތެވެ. ރައީސް ޔާމީންގެ ވެރިކަން ހަމަ ހަޤީޤަތުގައި ވެސް މިއުޅެނީ ވެއްޓެން ހެއްޔެވެ؟ މިސުވާލުގެ ކުރު ޖަވާބަކީ ނޫނެކެވެ. ރައީސް ޔާމީންގެ ސަރުކާރު ބަލިކަށިވެ، ސަރުކާރު ބަނޑު ބިންމަތީގައި ޖެހޭ މަންޒަރެއް ނުފެނެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ވެއްޓެނީ ކަމަށް ގޮވާލާ ދެތިން ސަބަބެއް އެބައޮތެވެ.

ފުރަތަމަ ސަބަބަކީ ސަޕޯޓަރުންގެ ލޭ ކެއްކުމަށްޓަކައި އިދިކޮޅު ލީޑަރުން މިވާހަކަ ދެއްކުމެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބަވައިގެން ސަޕޯޓަރުން ހިފެހެއްޓުމަށްޓަކައި އިދިކޮޅު ލީޑަރުން ކަންތައްތަކެއް ކުރަން އެބަޖެހެއެވެ. ސަރުކާރަށް ޕްރެޝަރުތަކެއް ކުރަން އެބަޖެހެއެވެ. "އަތައް ގޮވި ބަޣާވާތްފުޅު" ގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި ކަންތައްތަކެއް ކުރަން އެބަޖެހެއެވެ.

މިހާރު އިދިކޮޅު ފަރާތްތަކަށް އެންމެ މުހިންމުވެފައި ވަނީ އެމީހުންގެ ސަޕޯޓަރުން ހިފެހެއްޓުމެވެ.

ސިޔާސީ ދާއިރާގައި ކަންކަން ކުރަން ޖެހޭނެ ގޮތް ލިޔެފައިވާ މަޝްހޫރު ފޮތްތަކުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގެ ސަޕޯޓަރުން ހިފެހެއްޓުމަށްޓަކައި އެމީހުންގެ މެދުގައި އަބަދުވެސް ކޮންމެވެސް ކަމެއްގެ ޖޯޝް އުފައްދާފައި ބޭއްވުން ކޮންމެހެން ބޭނުމެވެ.

މިއަދު އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަށް ނަޒަރު ހިންގާލުމުން އެފެންނަނީ ވެރިކަން ވެއްޓެނީ ކަމަށް ބުނެ އިދިކޮޅު ސަޕޯޓަރުންގެ މެދުގައި ޖޯޝް އުފެއްދުމަށް އިދިކޮޅު ލީޑަރުން މަސައްކަތްކުރާ މަންޒަރެވެ. "ވެއްޓެނީ، ވެއްޓެނީ،" އޭ ގޮވާ ދެވަނަ ސަބަބަކީ މިއީ އެވެ.

ތިން ވަނަ ސަބަބަކީ އިދިކޮޅުގެ އިތުރު ސިޔާސީ އެޖެންޑާ އެއް ނެތުމެވެ. ޑިމޮކްރަޓިކް ނިޒާމަކީ ވެރިކަމަށް އަންނަ މީހަކަށް ދައުރު ފުރިހަމަ ކުރަން ފުރުސަތު ދީފައި ދެން އަންނަ ދައުރަކު ވެރިކަން ހޯދުމަށް މަސައްކަތް ކުރުމެވެ. ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ވަނަ ދުވަހު ވެއްޓުމާއި އެކު އެމަނިކުފާނަށް ޔަގީންވި އެއްކަމަކީ އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލައިގައި އެމަނިކުފާނު ޖަލަށް ލާނެ ކަމެވެ.

ނަމަވެސް 2013 ގެ ރިޔާސީ އިންތިޚާބުން ބަލިވެ، ޖަލުގެ ގޮޅި ލޮލަށް ފެންނަން ފެށުމުން ވެސް އެމްޑީޕީގެ ލީޑާޝިޕް އެހެން ބޭފުޅަކާއި ހަވާލު ކުރުމުގެ ވިސްނުމެއް ރައީސް ނަޝީދުގެ ނެތެވެ. ނަތީޖާއަކަށް ވެފައި މިވަނީ އެމްޑީޕީގެ މިސްރާބު ގެއްލި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރެވި އެމްޑީޕީ އޮޔާ ދާން ފެށުމެވެ.

މިއަދު އެމްޑީޕީގެ މިސްރާބެއް ނެތެވެ. އެހެންކަމުން މިއަދު އެމްޑީޕީ އިން އެއްވެސް ވާހަކައެއް ދައްކާނަމަ ދެއްކެން އޮތް ވާހަކައަކީ "ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ވީއެވެ." ދައްކާނެ އިތުރު ވާހަކައެއް، ކުރާނެ އިތުރު ކަމެއް އެމްޑީޕީ އަކަށް ނެތެވެ.

މަގުމަތިންނާއި، އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާއި ލިބޭ މައުލޫމާތައް ބަލާއިރު އެމްޑީޕީގެ 200 ވަރަކަށް މީހުން މަގުމައްޗަށް ނިކުމެގެން ވެރިކަން ވައްޓާލެވޭ ވަރަށް ވުރެ ސަރުކާރު އޮތީ ވަރުގަދަ ކޮށެވެ. މިއަށް ވުރެ މާބޮޑެތި ހަމަލާތަކުން ރައީސް ޔާމީން ފަސޭހަކަމާއި އެކު ސަލާމަތްވެ ވަޑައިގެންނެވި ފަދައިން މިހާރު ކުރިމަތިވެފައިވާ ހަމަލާ އިން ވެސް ސަލާމަތްވެ ވަޑައިގަންނަވާނެ ކަމާއި އެކު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން އިތުރު ސުވާލެއް ނުއުފައްދައެވެ.

ފެންނަނީ "ވެއްޓޭ!" މަންޒަރެއް ނޫނެވެ. ފެންނަނީ "ކުރިއަށް! ކުރިއަށް! ބާރަށް ކުރިއަށް!" ރައީސް ޔާމީން ވަޑައިގަންނަވާ މަންޒަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދަވޭ

  ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާ އޮންނަނަމަ ރާއްޖޭގެ ހާލަތު މާ ބޮޑަށް ރަނގަޅު ވާނެއޭ އަދި ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ސަބަބުން މާ ބޮޑަށް ކުރިއެރުން ލިބިގެން ދާނެއޭ. ރާއްޖޭގެ ޓޫރިޒަމް ވެސް ކުރިއަރައިގެން ދާނީ އެއިރުންންނޭ ރާއްޖޭގައި އެބަޖެހޭ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާން ކޮށްފައިވާ ވުން އަދި އިތުރަށް އެެކްސްޓެންޑް ކޮށްލަން އަންނަ ޖުލައި މަހުގެ ނިޔަލަށް. ސަބަބަކީ ރިޝްވަތުގެ ފައިސާ ސިފައިންގެ ތެރޭގައި ތިބި ބަޔެއް ސިފައިންގެ އޮފިސަރުންނާއި އަދި ފުލުހުންގެ ތެރޭގައި ތިބި ބަޔެއް އޮފިސަރުން ހިފައިގެން ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން އެމެން މަސައްކަތް ކުރަމުން ދާތީވެ އެމެސް އަޕް ކްލީން ކުރެވޭނީ އެއިރުންނޭ. އަދި އޭގެ އިތުރުން އެމްޑީޕީން މާލޭގެ މަގުމަތީގައި މުޒާހަރާ ކޮށް މާލޭގެ އިގްތިސާދު ފުނޑާލަމުން ދާތީވެ އެމެސް އަޕް ވެސް ކްލީން ކުރެވޭނީ އެއިރުންނޭ.

 2. ކޮމްޕެނީ

  މިދިޔަ މަހު ޓޫރިސްޓުން އިތުރުވުމަކީ ކާމިޔާބީއެއް ކަމަށް ވާނަމަ ދެން ދާނީ އެކަން އިތުރަށް ކާމިޔާބު ވަމުންނޭ ކަން މިހެން ހުރުމުން ނުޖެހެއޭ ރާއްޖޭގައި އެޕްލައި ކޮށް ފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އަދި ވެސް އެ ސްޓްރެޗް ކޮށްލަންވީއޭ ލާރޖް ކޮށް އެއިރުންނޭ މާލޭގެ މަލަމަތި އަމާން ވެގެން ދާނީ. ކެނެރީގެ ނަޝީދު ޖެހޭނީ އިގްތިސާދީ ކަންކަމުގައި މަމެން ގާތު މަހަށް ދާން އޭނާ އަށް ކުޑަ ވެސް ކުރިއެރުމެއް ނުލިބޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ. ކަން މިހެން ހުރުމުން ދެން ވެސް ރާއްޖެ ދެކެ ލޯބިވާ ކޮންމެ ދިވެއްސަކު ވެސް ބަލަންވީ ގައުމަަށް ޓަކައި ކަންކަން ކޮށްދެއްވަނީ މަމެން ޕިންކީންގެ ވެެރިކަމުން ކަން އެހެންވުމުން މަމެން ޕިންކީން އަތުގައި ހިފަންވީއޭ ލާރޖް ކޮށް އެމްޑީޕީން މުޒާހަރާ އަށް ނިކުންނަ ހުރިހާ ކުދިން ވެސް. ކޭން ވީ ބީ އީޗް އަދަރސް ކޮމްޕެނީ ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް އީޗް އަދަރސް ކޮމްޕެނީ އޯއޯއޯއޯ މޭބީ ވީކޭން ޓެލް މީ ވަޓް ޔޫ ވޮނާ ފުލްފިލް އޭޒް އަ ޑްރީމް އޯއް އައި ޑޯން ނޯ ޔުއަރ ނޭމް ބޭބީ..

 3. އާއާއާއާ

  ޓޫރިސްޓުންގެ އަދަދުވެސް އިތުރުވާނެއޭ މަމެން ދަންނަމޭ ޓޫރިސްޓުންގެ އަދަދު ލާރޖް ކޮށް އިތުރު ކުރަން ސަބަބަކީ މަމެން ޕިންކީން ނަކީ މީ ޓޫރިސްޓުން އިތުރު ކުރުމުގައި ވަރަށް ބޮޑެތި މީހުންނޭ ސަބަބަކީ މަމެން ޕިންކީން ނަށް ވަނީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ކީއްތޭ ކުރާނީ ލަންކާގައި ހުންނަ ތަމެންގެ ބޮޑޭ ފެލުނަސް ރާއްޖެ އަށް އަންނަ ޓޫރިސްޓުން އަންނާނެ ޓްރެވެލް އެޖެންޓުން މެދުވެރިކޮށް އެއީ ޓްރެވެލް އެޖެންޓުން ކުރާ ވިޔަފާރި އަކަށްވާތީވެ އެކަން ނުހުއްޓުވޭނެ އެކަކަށް ވެސް. ރަންރީނދޫ ޓްވިޓަރޭ އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާއާ...

 4. ޔަގީނޭ

  ރާއްޖޭގެ ޓޫރިޒަމް ވެސް ދާނީ ކުރިއަރައިގެން އަދި ރާއްޖޭގެ އިގްތިސާދު ވެސް ދާނީ ކުރިއަރައިގެން. އެއީ ޔަގީން ކަމެކެވެ. އެކަން ކުރިއަށް ނުދާނެ ކަމަށް ހީކޮށް ކެނެރީގެ ނަޝީދު މަމެންގެ ގައުމުގެ އިގްތިސާދު ފުނޑާލަން ވެގެން އިންޑިއާ އިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބާނުވައިގެން އިންޑިއާ އިން ރާއްޖެ އަށް ސިފައިން އަރުވައިގެން ރާއްޖޭގެ ރައްޔިތުން ހޮވާފައިވާ ވެރިކަމެއް ބަދަލު ކުރަން އެމެން އުޅުނަސް އެކަން ނުވާނެ ކަން ކެނެރީގެ ނަޝީދަށް ޔަގީން ވެގެން ދިޔައީ އެވެ. އިންޑިއާ އަކީ އިންޓަރނޭޝަނަލް ކޮމިއުނިޓީ ގައި އެއްވެސް އުސޫލަކުން ބާރު ގަދަ ބަޔެއް ނޫނޭ އެމެން އަޑޭ އަރުވަނީ އެމެންނަކީ ކަމެއް ވާ ބަޔެއް ނޫނޭ ޗައިނާ އިން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓްސް ތައް އިތުރުވި މިންވަރަކަށް ރާއްޖޭގެ ސިޔާސީ މައިދާނަށް ރާއްޖޭން ބޭރުގެ ފަރާތް ތަކަށް ވަދެވޭނެ ޖާގަ ދާނީ ކުޑަ ވަމުންނެވެ. ލީބިޔާ އަށް ހެދި ގޮތަށް ރާއްޖެ އަށް ނެހެދޭނެ އެމެރިކާ އަށް ޗައިނާގެ އިންވެސްޓްމެންޓްސް ތައް ގިނަނަމަ ރާއްޖޭގައި. ޔަގީން.

 5. ދަތުރު

  މި އާޓިކަލް ވަރައް ފުރިހަމަ ޝުކުރިއްޔާ

 6. ޖައްސާތި

  ފުލުހުންގެ ޔުނިފޯމްގައި ތިބި ބައެއްގެ އިންޒާރުގެ ވީޑިއޯއެއް އަނެއްކާވެސް ނެރުނު ނަމަވެސް ތިޔާއީ ފުލުހުންގެ ތެރޭން ގައުމަށް ގައްދާރުވެގެން ކަނޑާލާފައިވާ ބަޔެކޭ. ފުލުހުންގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫން ފުލުހުންގެ މުވައްސަސާ އަކީ. ފުލުހުންނަށް އެކަން އެެނގެން ޖެހޭނެއެވެ. ފުލުހުން ބޭނުން ވެރިއަކު ނޫން ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ އަދި މަމެން ނުވެސް ކުރާނަން ފުލުހުން ބުނާ ގޮތަށް ރާއްޖޭގެ ވެރިކަން އަދި މަމެން ޕިންކީން ފުލުހުންނަށް ޔަގީން ކަން ދެން ތަމެން ނިކުމެގެން މަމެންގެ ވެރިކަން ވައްޓާލަން ހިތު ނިޔަތް ގަންނައިރަށް ތަމެން ފުލުހުންގެ ވަޒީފާ އިން ވަކި ކުރާނަމޭ މައްސަލަ އެއް ނެތޭ އެއްފަހަރާ އެއް ހާސް ނިކުތަސް ވަޒީފާ އިން ވަކި އަރުވާލާނަން. ފުލުހުންނަށް މަމެން ޕިންކީންގެ ވެރިކަން ނުވެއްޓޭނެއޭ ފުލުހުންގެ ތެރޭގައި ތިބި ކަނޑުކޮސް ކޮމާންޑޯ އިން ތަކެއް އެސްއޯގެ ބޮޑުންނަށް ތިބީމާ އެމެންނަށް ހީވީ އެމެން ބުނާ ގޮތަށް މަމެން ހަދާނެ ކަމަށްތޭ ނުވާނެ އެކަމެއް ހަމަ މަހަށް ދާން ޖެހޭނީ ވީޑިއޯ ތައް ރާއްޖެ ޓީވީ އާއި ގުޅިގެން ތައްޔާރުކޮށްލަ ކޮށްލާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކާޅު ހެދުންލާ މެން ހަމަ ތިބެން ޖެހޭނީ ފުލުހުން ވެސް ތިބެން ޖެހޭނީ އެމެންގެ ސައިޒު ގައި ކަން މިހާރު ހުރިހާ ފުލުހުންނަށް ވެސް އިނގެންވާނެއޭ. މަމެންގެ ވެރިކަމާއި ރަށްޓެހި ވާން ބޭނުން ނޫން ފުލުހުން އެހެރީ ވަންދޮރު ނިކުމެ ގެއަށް ކަނޑާލަންވީއޭ ނޯ ވޮރީސް ފުލުހުންގެ އެލެވަންސް ބޮޑު ކޮށް ހަދާ އަދި ހުރިހާ ފުލުހުންނަށް މާލެ ސަރަހައްދުން ބޯހިޔާ ވަހިކަން ދިނުމުން ޕޮލިހަށް ވަންނާނެ މީހުން މުޅި ރާއްޖެތެރޭގައި އެތިބީ. ނޯ ވޮރީސް.

 7. މަހަށްދޭބަލަ

  ފުލުހުންގެ ޔުނިފޯމްގައި ތިބި ބައެއްގެ އިންޒާރުގެ ވީޑިއޯއެއް އަނެއްކާވެސް ނެރެފި ނަމަ ތިޔާ ކަމަކީ ތިޔާ ރަންރީނދޫ ޓްވިޓަރޭ މެން ސްޓީލިންގް ފެރެޑައިސް ކިޔާ ފޭކް ވީޑިއޯސް ތައް ނެރުނު ގޮތަށް އެމެން ރަނޑު ފަންކާ ހިންގާ ޓީވީ އާއި ގުޅިގެން ކުރާ ކަމެކޭ ތިޔާއީ މަމެން ނުދަންނަ ކުޅި އެއް ނޫނޭ ތިޔާ އީ މުޅިން ވެސް ރަންރީނދޫ މީހުންނޭ ފުލުހުންގެ ޔުނިފޯރމް ލައިިގެން ތިބި. ފުލުހުންނަށް ނޫން އިނގޭނީ ގާނޫނު އާއި ޚިލާފު އަދި ގާނޫނާއި ޚިލާފު ނޫން އެކަން ބަލާނީ ސަރުކާރުން. ފުލުހުންގެ ވަޒީފާ އަށް ވަންނަން ޖެހޭނީ ފުލުހުންގެ ކޮމާރންޑަރ އިން ޗީފް ކަމުގައިވާ ރައީސުލް ޖުމްހޫރިއްޔާ އަންގާ އެންގުން ތަަކަށް ބޯލެނބޭނެ މީހުން އެނުލަނބާ މީހުން ޖެހޭނީ ގެއަށް ކަނޑާލަން. މަމެން މީ ދަ ހާކިމާ އަކީ. އެއް ގޮތެއް ވެސް ނެހެދޭނެއޭ. ފުލުހުންގެ ތެރޭގައި މަދު ކޮރަޕްޓް ބަޔަކު ވެރިކަން ކޫ އަކުން ބަދަލު ކުރަން އުޅުނު އެކަން މަމެން އެއޮތީ އެމެން އަަތަށް ގޮއްވާލާފައޭ ދެން މަހަށް ދާން ޖެހޭނީ ހަމަ. މަހަށް މަހަށް މަހަށް ދޭބަލަ ދެން.

 8. އދ

  ރައީސް ޔާމީންގެ ސަރުކާރު ވެއްޓޭކަމަށް އަޑު
  އަރުވަނީ ހަމައެކަނި ސަޕޯޓަރުން ހިފެހެއްޓުމަށެވެ އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން
  ދެން ދުވަހަކުވެސް ނުލިބޭއެވެ ޓެރަރިސްޓް
  ނަޝީދުގެ ސިޔާސީހަޔާތް 2018 ގެ އިންތިޚާބާއިއެކު ނިމިގެންދާނެއެވެ ރާއްޖޭ ހަލަބޮލި ކުރަން ދެން އޭނައަށްކުރެވޭނެ އިތުކަމެއް ނެތެވެ

 9. އެވްރީ

  އޭޑީކޭ ވެސް ދާނީ ކުރިއަށް އަދި ރާއްޖޭގައި އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިވެރިން ވެސް ދާނީ ކުރިއަށް އަދި ރާއްޖެ ވެސް ދާނީ ކުރިއަށް އަދި ރާއްޖޭގެ މެޑިކަލް ދާއިރާ އަކީ އެއީ ސާރކް ގައި ހުރި ބެސްޓް ޑެސްޓިނޭޝަން ގެ ގޮތުގައި ވެސް ހަދާނީ މަމެން ޕިންކީން. މީ ޔަގީން ކަމެއް އިންޑިއާ މަހަށް ދާން ޖެހޭނީ މިކަމުގައި ލަންކާ ވެސް މަހަށް ދާން ޖެހޭނީ މިކަމުގައި. މަމެން ޕިންކީން ކުޑަ ވެސް ދުލެއް ނުދޭނަން އެއްވެސް ކަމެއް ގައި ކުޑަ ވެސް ދުލެއް ނުދޭނަން އިދިކޮޅު ފަރާތް ތަކަށް ވެސް އަދި އަވަށްޓެރި ގައުމު ތަކަށް ވެސް އަދި އިނގިރޭސިންނަށް ވެސް އަދި އެމެރިކާ އަށް ވެސް. އެވްރީ ސްޓެޕް ޔޫ ޓޭކް އެވްރީ ބްރެތް ޔޫ ޓޭކް އެވްރީ މޫވް ޔޫ މޭކް އެވްރީ ބޮންޑް ޔޫ ބްރޭކް އެވްރީ ވެލިއު ޔޫ ބްރޭކް އެވްރީ ގޭމް ޔޫ ޕްލޭ އައި ވިލްބީ ވޮޗިންގް ޔޫ އޯއް ކާންޓް ޔޫ ސީ ހައު ސްމާރޓް ވީއާރ ބޭބީ އައި ކީޕް ވޮޗިންގް ޔޫ ބޭބީ ބޭބީ ޕްލީޒް ހޭވް އަ ލުކް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ އިޓް.

 10. ތިބޭތި

  ފުލުހުންގެ ޔުނިފޯމްގައި ތިބި ބައެއްގެ އިންޒާރުގެ ވީޑިއޯއެއް އަނެއްކާވެސް ނެރެފި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. އަދި ތަމެންނަށް ފެންނާނެ ފުލުހުން ގެ ޔުނިފޯރމް ގައި ތިބޭ ބަޔަކު އިދިކޮޅު ފަރާތް ތަަކަށް އިންޒާރު ދޭ ވީޑިއޯ ފީނި ފީންނަށް ވެސް ނެރޭ ތަން. ވީޑިއޯސް ތައް ނެރުމަކީ އެއީ ދެ ފަރާތުގައި ތިބި ސިޔާސީ ޕާރޓީ ތަކަށް ވެސް ކުރެވޭނެ ކަމެއް ފޭކް ގޭމް ޖައްސައިގެން. އެއީ ނުވާނެ ކަމެއް ނޫނޭ ދެ ފަރާތުގެ އަތުގައި ވެސް ބްރޯޑް ކާސްޓިންގް މީޑިއާ ތައް އެބަހުއްޓޭ. ފޭކް ގޭމް ޖައްސައިގެން ދަ ހޯކްސް ސްޓޯރީ ފަތުރައިގެން ވެރިކަން ވައްޓާލެވޭނީ އެމެރިކާ އަށް ލީބިޔާ އަދި ޔަމަން ފަދަ ކަނޑުކޮހުން ވެރިކަން ކުރާ ގައުމު ތަކުގައި. މަމެން ޕިންކީންގެ ވެރިކަމުގައި އެކަން އެގޮތަށް ނުވާނެއެވެ. ވިޔަ ނުދޭނަމެވެ. ތަމެން އެމްޑީޕީ އަދި ޖޭޕީ ޖެހޭނީ ސައިޒުން ކަނޑާ ތިރި ވާން މިއަދު މާލޭގައި މުޒާހަރާ ކޮށްފިނަމަ އިލެކްޝަންސް ކަމިޝަން މެދުވެރިކޮށް އިންޒާރު ތައް ދެން އަންނާނެ ފުލު ފުލުން އަައުމުން ތަމެން ތިބޭތި.

 11. ދަވޭ

  ފުލުހުންގެ ޔުނިފޯރމް ގައި ތިބި ބަޔަކު ފޭކް ވީޑިއޯ އެއް ނެރެގެން ރާއްޖޭގެ ސިޔާސީ މައިދާން މީޑިއާ މެދުވެރިކޮށް ކައްކަން އުޅޭނަމަ އެކަމަށް ނިމުން ގެނައުމަށް ޓަކައި ސަރުކާރުން ހައްދަވަންވީ ގޮތަކީ އެއީ މާލެ ސަރހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށް ހަދާ އަދި އެެއެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަންވީއޭ އެއިރުން ރާއްޖޭގެ ހުރިހާ މީޑިއާ ތަކުގައި ދައްކާނީ މިވާހަކަ ނޫންތޭ 15 ހާސް މީހުންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކޮށް ނިމެން ދެން. ކުއްޔަކީ ވެސް މަހަކު 2000 ރުފިޔާ ކަމަށް އިއުލާން ކޮށްލާނީއޭ އެއިރުން ދެން ޔަގީނޭ އެމްޑީޕީ އަދި ޖޭޕީ އާއި އެކު މުޒާހަރާ އަށް ނިކުންނާނެ ބަޔަކު ނުވާނެއޭ މިކަން ޖައްސާށޭ ސަރުކާރުން ލާރޖް ކޮށް ޖައްސާތި ޖައްސާތި. މަމެން ވެރިކަމުގައި ބާރުގައި ތިއްބާ ބާރުގެ ބޭނުން ކުރަން ޖެހޭނެ މެކްސިމެމް ކެޕޭސިޓީ ގައި އެނުކުރެވޭނަމަ ރައްޔިތުންގެ ހިތް ތަކުން މޮޅު ނުވެވޭނެއެވެ. މާލެ ސަރަަހައްދުގެ ވިއުސް..

 12. ރޮކްސްޓަރ

  ރާއްޖޭގެ ޖަލު ތަކަށް ނުޖެހެއޭ ޓެކްސް ޕޭޔަރ މަނީން މިލިއަނުން ޚަރަދު ކުރަން ޖަލުގައި މީރުކޮށް ކާން ބޭނުންވާ މީހުން އަމިއްލަ އަށް ގެއިން ކާއެއްޗެހި ގެނެސްގެން އަމިއްލަ އަށް ކައްކައި ކާ ނަގާ. ޖަަލަކީ އެއީ ގެއެއް ނޫނޭ ޖަލަކީ ހަމަ ވާނީ ޖަލަށޭ ތަމެން ޖަލަށް ލުމުގެ ކުރިން ތަމެން ގައުމަށް ވި ގައްދާރު އެވާހަކަ ނުދައްކަނީ ކީއްވެތޭ ކުރީގެ ޕޮލިސް ކަމިޝަނަރު ދޯ. ތަމެން އުޅުނީ ބަގާވާތެއް ފުލުހުންގެ ތެރޭން ގެންނާނެ ކަމަށް ހީކޮށްތޭ އެކަން ނުވާނެއޭ މަމެން ޕިންކީންގެ ވެރިކަމުގައި ތަމެން ޖެހޭނީ މަހަށް ދާން އޭ. މަމެން މީ ދަ ހާކިމާއޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. އައި ހޭވް ބީން ހިއަރ އޮން ދަ ޝީޓް އޮފް ލީޑަރޝިޕް އައި އޭމް ފީލިންގް ލައިކް އަ ރޮކް ސްޓަރ އައި އޭމް ފީލިންގް ލައިކް އަ ރޮކް ސްޓާރ. ލިވިންގް ލައިކް އަ ރޮކް ސްޓަރ ޔޫ ނޯ ޔޫއާރ ފެއިލްޑް.

 13. ބަލާތި

  ގާނޫނު ހަދާ މަޖްލީހުގެ މެމްބަރަކަށް ވުން އެއީ މަލްޓި މިލިއަނަރަކަށް ވުމުގެ ޓިކެޓް ލިބޭ ގޮތަށް އިންޑިއާގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުވެފައި ވުމުގެ ސަބަބުން ޑަބަލް ސްޓޭންޑަރޑް އިންޑިއާގައި އެހާ މައްޗަށް އުފުލި ފަގީރުން ދުވަހަކު ވެސް މުއްސަނދި ނުވާނެ ގޮތް އެއީ ހަގީގަތް ކަމަށް ވެފައި އެވަނީ. ކަން މިހެން ހުރުމުން އިންޑިއާ އަޑީގައި އޮވެގެން ކެނެރީގެ ނަޝީދު ފަދަ ގަމާރަކު ކުރިއަށް ނެރެގެން ރާއްޖޭގެ މަޖްލީސް ވެސް އުޅުނީ އެފަދަ ކޮރަޕްޓް ތަނަކަށް ބަދަލު ކޮށްލަންއޭ އެކަމަކު އިންޑިއާގެ ނުފޫޒު މިގައުމުން ކުޑަ ކޮށް ޗައިނާގެ ނުފޫޒު މިގައުމުގައި ވަރުގަދަ ކޮށް ޗައިނާގެ އިންވެސްޓްމެންޓްސް ތައް މިގައުމުގައި ގިނަ ވެއްޖެނަމަ މިރާއްޖޭގެ މަޖްލީހުގެ ބާރު ކުޑަވާނެއެވެ. ނަތީޖާ އަކީ މަޖްލީހުގެ މެމްބަރުންނަކީ އެއީ ވެރިކަން ވައްޓާލަން އުޅޭ ބަޔަކަށް ނުވެ އެމެން އުޅޭނީ ގާނޫނު ހެދުމުގެ ކަންކަމުގައި އެކަނި އެވެ. އެކަން އެގޮތަށް ކުރަންވީއެވެ.

 14. އަހަރެން

  ސިޔާސީ ހާއިނުން ގޮވާލާ ގޮވާލުންތަކަށް ޤައުމަށް ގައްދާރުވާން މާލެ ދާނީ ކާކު؟ އެހެންނޫނަސް އަހަރުމެން ދިރިއުޅުމުގައި ކުރަންޖެހޭ ވަރައް މުޙިއްމު ކަންކަން އެބަހުރި. ކަލޭމެން ސިޔާސީވެގެން މުއްސަދިވިޔަކަސް އަހަރުމެންނަށް ތިން އިރު ކާއެތިކޮޅުވެސް ލިބެނީ ގަދައަޅާ ކުރާ މިންނެއް މަސައްކަތުން. ﷲ ގަންދީ ބުނަން ސަރުކާރު ގޯސްވެގެން ނިކުމެ އުޅެނީކީ އަހަރުމެން ނިކަމެތިންގެ އިހުސާސްތައް ދަނެ އަހަރުމެންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން.

 15. ޗޭޗޭ

  ވެއްޓޭނީ ބޮއެގެން ފައި ހަރުނުލާ ޕާޓޭއިން{ ޝަރާބީ ނަޝީދު މެންކަހަލުގަ ޕާޓޭއިން)