އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފާޅުގައި ހިންގެވި ދީނާއި ޚިލާފް އަމަލުތަކާއި، ކަންތައްތައް އެންމެބޮޑަށް ދިފާޢުކުރައްވައި ވަކާލާތު ކުރެއްވި ބޭފުޅުންނަކީ މިއަދު ސަރުކާރު ބަދަލު ކޮށްލުމަށް ނުވަތު ވެރިމީހާ އަޒުލުކުރުމަށް އެންމެ ކުރީ ސަފުގައި ތިއްބެވި މަދު ޝެއިހުންނެވެ.

މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުންދާ ނަޝީދުގެ ވެރިކަމުގެ އިސްލާމިކް މިނިސްޓަރ އަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ މި ވެރިކަން ނިންމަން ޖެހޭކަމަށް ވިދާޅުވެފައެވެ. ނަޝީދުގެ ވެރިކަމުގައި ދީނާ ޚިލާފަށް ހިންގެވި ކޮންމެ ކަމަކަށް ދީނީ އެކި ވާހަކަފުޅު ދައްކަވައި ދީނީ ގޮތުން އިސްލާމީ ވެރިއަކާއި ދެކޮޅަށް ނިކުތުމުގެ ނުރައްކާތެރި ކަމާއި ގުޅޭގޮތުން އެންމެ ތަފްސީލު ގޮތަކަށް ވާހަކަފުޅު ދެއްކެވީވެސް މަޖީދެވެ.

" އިސްލާމީ ޝަރީއަތުގަ މިކަން އޮންނަ ގޮތުން ކަމުގައި ވާނަމަ ވެރިމީހާ ދީނުން ބޭރުނުވާހާ ހިނދެއްގަ އެމީހާއާއި ދެކޮޅަށް ނިކުމެއްޖެ ކޮންމެ މީހަކީ ބަޢާވާތް ކުރި މީހެއް ކަމަށް ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޚަދީޘްފުޅުގަ ފެންނަން އޮތީ. އެހެންވީމަ މީގަ އެހެން އެއްޗެކޭ ބުނެވޭނެ ޖާގައެއް ނެތް." ޑރ.މަޖީދު ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ބޭރުގެ ދީނާ ޚިލާފް ފަރާތްތަކާއި ގުޅިގެން ފާޅުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ލިބިދޭހެން ނިންމާ ނިންމުންތަކާއިމެދު މިއަދު މަޖީދުމެންފަދަ ބޭފުޅުން އެއްޗެއް ވިދާޅުނުވާކަމީ އެފަދަ ބޭފުޅުންގެ އިޚުލާސްތެރިކަމާއިމެދު ރައްޔިތުން ސުވާލު އުފައްދާ ކަމެކެވެ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނަން ޖެހޭކަމަށާއި، މަރަށް މަރު ހިފުމާއި ދެކޮޅަށް ބޮޑެތި ނިންމުންތައް މިއަދު ނިންމަމުން ދާއިރު މަޖީދަށް ވެރިކަން ބަދަލުކުރުން ނޫންކަމެއް ނުފެންނަކަމީ އެބޭފުޅުން ދައްކަވާ ދީނީ ވާހަކަތަކާއިމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭ ކަމެކެވެ.

ސިޔާސީ މަސައްކަތަށް ނިކުންނަވަމުން ބޮލުގައި ސިޔާސީ ތޮފި އަޅުއްވައި ދީނީ މަސައްކަތައް ނިކުންނަންވުމުން ދީނީ ތޮފި އަޅުއްވައިގެން ވާހަކަ ދައްކަވާ މިފަދަ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޝައިޚު ހުސެއިން ރަޝީދަކީވެސް މިފަދަ އާދަޔާއި ޚިލާފް ވާހަކަފުޅުތައް ދައްކަވާފައިވާ ބޭފުޅެކެވެ. ޝައިޚު ވިދާޅުވެފައިވަނީ "ވެރިޔަކަށް ހުންނަމީހާ ކަލޭމެންގެ މުދާ ފޭރިގަތް ކަމުގައި ވީނަމަވެސް، ކަލޭމެންނަށް ކިތަންމެ އަނިޔާއެއް ކުރި ކަމުގައި ވީނަމަވެސް، އަދި ކަލޭމެންގެ ދީނީ ކަންތައްތަކާއި ކިތަންމެ އިހުމާލު ވީކަމުގައި ވީނަމަވެސް، ކަލޭމެންނަށް ކުފުރަށް ދައުވަތު ނުދޭހާ ހިނދަކު، ނުވަތަ އޭނަ ކުފުރަށް އިއުލާން ނުކުރާހާ ހިނދަކު، އޭނަގެ ވެރިކަމާއި އިކޮޅު ނަހަދާށޭ، އޭނަ ނުވައްޓާށޭ. މިކަހަލަ އެތައް ހަދީޘްފުޅު ތަކުން ރަސޫލުއްﷲ ސައްލައްﷲ ޢަލައިހި ވަސައްލަމް އެބައޮތް ހަދީޘް ކުރައްވާފަ." ޝައިޚު ހުސެއިން ރަޝީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް މިއަދު ދީނީ ތޮފި އެއްލާލައި މާލޭގެ ހުޅަނގުފަރާތު ކޮޅުގައި ބޮޑު މައިކު ނަންގަވައިގެން ރައީސުލް ޖުމްހޫރިއްޔާ ޢަޒުލު ކުރެއްވުމަށް ގޮވާލައި ވެރިކަން ދުރުކުރުމަށް ހަރު އަޑުން ވާހަކަ ދައްކަވާއިރު، ދީނީ ގޮތުން އެގިވަޑައިގެން ހުންނެވި ކަންކަން ހަދުމަ ނެތުނީތޯ ގިނަބަޔަކު ސުވާލު ކުރައްވައެވެ.

ރާއްޖޭގައި ޒަމާނުއްސުރެ މިއޮތް ދީނީ އެއްބައިވަންތަކަމާއި އިސްލާމީ ވަހުދަތު ނަގާލުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ތާއީދު ކުރާނެ ކަމެއް ނޫނެވެ. އަދި މިފަދަ މަދު ދީނީ އިލްމުވެރިންކަމަށް ވަކާލާތު ކުރައްވާ އަމިއްލަ އެދުމަށް ވާހަކަފުޅު ދައްކަވާ ބޭފުޅުންނަކީ މިއަދު ރޯނު އެދުރުން ކަމުގައި ދިވެހި ރައްޔިތުންގެ ޤަބޫލުކުރެއެވެ.

ދީނީ ޢިލްމު ވެރިންނަކީ އަބަދުވެސް ހައްގުބަސް ވިދާޅުވާ ބޭފުޅުންނެވެ. ދީނީ ގޮތުން އޮޅުން އަރާ ކަންކަން އޭގެ ހައްގު ގޮތުގައި ރައްތުންނާއި ހަމަޔަށް ގެނެސްދެއްވާ ބޭފުޅުންނެވެ. އެއީ ކޮންމެ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމުގައިވީނަމަވެސް ޙައްޤު ބަސް ބުނަން ފަސްޖެހޭ ދީނީ ޢިލުމުވެރިންނަކީ މިއަދު މިފަސް ގަނޑުގައި ބަލައިގަންނަ ބައެއް ނޫނެވެ.

ރާއްޖޭގައި މިއޮތް އިސްލާމީ ވަހުދަތު ނަގާލައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ލިބިދޭނެހެން އީޔޫގެ ޕާލިމަންޓުން ނެރުނު ބަޔާނާއިމެދު އިސްލާމްދީން ދެކެ ލޯބިވާ ދީނީ ޢިލްމު އެގިވަޑައިގަންނަވާ ބައެއް ޢިލްމުވެރިން ދަނީ ހައްގު ބަސް ވިދާޅުވަމުންނެވެ.

އެގޮތުން ޝައިޚު އަލީ ޒާހިރު ވިދާޅުވަނީ "ދިވެހި ރާއްޖޭގެ ދީނަކީ ހަމަ އެކަނި އިސްލާމްދީން ކަމަށް އޮންނަ އޮތުމާއިމެދު ހަސަދަ ވެރިވާ ކާފިރުންނާއި، އެމީހުންގެ އެކުވެރިން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ނުވާނެ" ކަމަށެވެ.

މިފަދަ އެތައް އިލްމުވެރިން އެބޭފުޅުންގެ ބަސް ނެރުއްވަމުންދާއިރު މިއިން ކަމަކާއި ގުޅޭގޮތުން ސިޔާސީ ތޮފި އަޅުއްވައިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރައްވާ ޢިލްމުވެރިންގެ ބަހެއް ނުނެރުއްވާކަމީ އެބޭފުޅުންގެ ހިތްޕުޅުގައި ދީނާއިމެދު އޮތް ލޯތްބާއިމެދުވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮބާތޭ

    ރައްޔިތުންގެ އަޑު ރައީސް ޔާމީނަށް މިރޭ އިއްވާނެ ކަމަށް ރަންރީނދޫ ޓްވިޓަރޭ މެން ބުނެ ފޭކް ގޭމް ޖެއްސި ނަމަވެސް މިރެއަށް މުޒާހަރާ އަށް ނިކުންނާނެ ކަމަށް ލަފާ ކުރެވޭ މީހުން ވެސް މަމެންނަށް އުފުރާލެވިދާނެއޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން. މިހާރު މިވީ ގޮތުން އިދިކޮޅު ސިޔާސީ ޕާރޓީ ތައް ޑްރައިވް ކުރަނީ އެއީ ދިވެހި ގައުމަށް ހެވާއި ލާބަ އާއި މަންފާ އަށް ޓަކައި ނޫން ކަން މިއޮތް ދަނީ އެނގި ސާބިތު ވަމުން ނޫންތޭ އެމެން ބޭނުމަކީ އީޔޫ އިން މިގައުމާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ހީކޮށް ހިޔަންޏަށް މުޑި ނެގުމޭ އެކަން ހަމަ ހިލާ ނުވާނެއޭ ޕޮލިހުންގެ ތެރޭން ޕޮލިހުންގެ ހުވައާއި ޚިލާފަށް ދަ ހާކިމާ ގެ އަމުރު ތައް ތަންފީޒު ކުރަން ފަސް ޖެހޭ މީހަކު ވަގުތުން ވަޒީފާއިން ކަނޑާ އެއްލާލާނަމޭ އަދި ސިފައިންނަށް ވެސް އޮންނާނީ މިހުކުމޭ ސޯ ރަންރީނދޫ ޓްވިޓަރޭ ބޭބީ ނޯ ނީޑް ޓު ވޮރީ ބޭބީ ޔޫއާރ ގޮއިންގް ޑައުން ޑައުން ޑައުން ޑާއުން ޑާއުން ޑާއުން ލައިކް އަ ވޯޓަރ ޑްރޮޕް ޕްރޮބަބްލީ އެން އޮނެސްޓްލީ އެން ޝުއަރލީ ހަހަހަހަހާހާ

  2. ވެރިމީހާ

    ވެރިމީހާ ވައްކަން ކުރިޔަސް އޯކޭ ދީނުން ބޭރުނުވާހާ ހިނދެއްގައި. ވެރިމީހާ އަނިޔާ ކުރިޔަސް އޯކޭ ދީނުން ބޭރުނުވާހާ ހިނދެއްގައި. ވެރިމީހާ ޒިނޭ ކުރިޔަސް އޯކޭ ދީނުން ބޭރުނުވާހާ ހިނދެއްގައި.

    • އަލީ

      ވަގުންނަށް ހީވާނީ އެހެންމީހުންވެސް ވައްކަން ކުރާނެހެން. ހިސާބުކިތާބު ނޭގޭނަމަ އެގޭމީހެއްގެ ގާތުން އަހައި އޮޅުން ފިލުވައިގެން ނަމަވެސް 2009 ން 2012އާ ހަމަޔަށް ދަވްލަތަަށް ލިބުނު އާމްދަނީއާ 186 ރަށުގެ ރކއ/އތމ އަދި 20 އަތޮޅުގެ އަތޮޅު ކޮމިޓީތަކުގެ އެކައުންޓްތަކުގައި ހުރިފައިސާއާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދަރަންޏަށް ނެގި 24.785

  3. ނިބޫ

    އިސްލާމީ ޝަރީއަތާ ހިލާފައް ހުކުަމް ކުރުމާއި
    އަމިއްލަ ގާނޫނު ހެދހުމަކީ ކުފުރެއް..

  4. ހަސަން

    މީ ކޮން ދީނެކޭ ކިޔާ ބައެއްތަ. ދިވެހިން ތިބެންވީ ދީނުގައި އަދިވެސް ދިވެހިން ތިބީ. ކާކު ދީނުން ބޭރުވެގެން އުޅެނީ. ވެރިކަމާ ޖެހުނީމަ މާ ވަރަކަށް ދީނޭ ނުކިޔާތި. ވައްކަން ކުރާތީ މިދީނުގައިތިބެގެން އެކަން ހުއްޓުވަން ނިކުންނަނީ. އޮޅުވާ ނުލާ ރަހީމު.

  5. އަހްމަދް

    މުސްލިމުވެރިޔާ އާއި ދެކޮޅުވެރިވެ އެވެރިޔާ ހަނގުރާމަ ކުރުމުކީ ޙަވާރިޖުންގެ އާދައެކެވެ.
    ޙަވާރިޖުން ނަކީ ބިދްޢަވެރި ޖަމާޢަތް ތަކުގެތެރެއިން އެއްމެނުރައްކާތެރި އެއްޖަމާޢަތެވެ.
    3 ވަނަ ޙަލީފާވެސް ޤަތުލުކުރީ ޙަވާރިޖުންނެވެ.