ސަރުކާރު ވައްޓާލަން މުޅި ރާއްޖެ އިން މީހުން ގެނެސްގެން އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގެ ތެރެއިން އިދިކޮޅު ލީޑަރުން ނުފެނި، އެބޭފުޅުންނަށް ވީގޮތެއް ނޭނގި ގެއްލިއްޖެއެވެ.

ގެއަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ފެނިގެންދިޔައީ މިސްރާބެއް ނެތި މުޒާހަރާގެ ބައިވެރިން މަގުމަތިވެގެން ދިޔަ މަންޒަރެވެ. މުޒާހަރާ ފަށާނެ ގޮތެއް ވެސް ނޭނގި މުޒާހަރާގެ ބައިވެރިން ލީޑް ކުރާނެ ބޭފުޅަކު ވެސް ނެތި މުޒާހަރާ އޮތީ ފެށި އިރުވެސް "ރޫޅިފައެވެ."

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ އެއްވުންތަކުގެ ކުރީ ސަފުން ރައްޔިތުން މަޖިލީހުގެ މެންބަރުން ފެނުނު ނަމަވެސް ރޭގެ މުޒާހަރާގެ ތެރެއިން އެއިން ބޭފުޅަކު ނުފެނެއެވެ. ރޭ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހައްޔަރު ކުރިއެވެ. ނަމަވެސް އެބޭފުޅުން ހައްޔަރު ކުރީ މުޒާހަރާ އެންމެ ވަރުގަދަ އަށް ކުރިއަށް ދިޔަ ސަރަހައްދުތަކަކުން ނޫނެވެ.

"ހުއްޓުވާ" މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބޫ ހައްޔަރުކުރީ ޖުމްހޫރީ މައިދާނުންނެވެ. އެއީ އެސަރަހައްދަށް ދިއުމުގެ މަސައްކަތް މުޒާހަރާގެ ބައިވެރިން ނުވެސް ފަށަނީސް ގިނިކަންޏާ ޖުމްހޫރީ މައިދާނަށް ވަޑައިގެން ހުންނަވަނިކޮށެވެ. އެހެންކަމުން ބެލެވެނީ ލީޑަރުން މުޒާހަރާ އިން ނުފެންނާތީ ކުރިމަތިވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށް އިބޫ ޖުމްހޫރީ މައިދާނަށް ވަޑައިގެން އަމިއްލަފުޅަށް ހައްޔަރުވީ ކަމަށެވެ.

މުޒާހަރާ އަށް އެތައް ހާސް ބަޔަކު އަތޮޅުތެރެއިން އަތުވެއްޖެ ކަމަށާއި ގެއަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށް ވިދާޅުވި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވެސް ވަނީ ރޭ ވަކި ހިސާބަކުން "ގެއްލިފައެވެ." މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ވަކި ހިސާބަކުން އަމީތު ވަނީ ގެއަށް ވަޑައިގެންފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވެސް މުޒާހަރާގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އޭނާ އިންނެވީ "ރާއްޖެ ޓީވީ" ގައި ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެ ކަން އިއުލާން ކުރައްވާށެވެ. އިންތި ތަކުރާރުކޮށް ރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެ ކަމަށެވެ. ނަމަވެސް އޭނާ އިންނެވީ މުޒާހަރާ އަށް ފިއްލަވައިގެންނެވެ.

މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނަށް އެއްވުމަށް މަސައްކަތް ކުރިއިރު ވެސް އެމީހުންގެ ލީޑަރަކު ނުފެނުނެވެ. އެވަގުތު ވެސް މުޒާހަރާ ލީޑް ކުރަމުން ގެންދިޔައީ އަތޮޅުތެރެއިން މުޒާހަރާ އަށް އައި މީހުންނެވެ.

ރޭގެ މުޒާހަރާ އިން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނެއް ވެސް ނުފެނެއެވެ.

ހުއްޓުވާ ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ މާލެގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން – ވަގުތު އިމޭޖްސް: އަމީން ފަހުމީ

ޖަލުގައި ތިއްބެވި ބައެއް ބޭފުޅުންގެ އަނބިން ވެސް މުޒާހަރާގައި ބައިވެރިވަމުންދާ ކަމަށް މީސް މީޑިއާގައި ދިޔައީ ބުނަމުންނެވެ. އެބޭފުޅުން އަމިއްލަފުޅަށް ވެސް މުޒާހަރާގެ ބައެއް މަންޒަރުތައް ޓްވީޓް ކުރެއްވެވިއެވެ. މުޒާހަރާގައި ބައިވެރިވަމުންދާ ކަމަށް ވިދާޅުވި ބޭފުޅުންގެ ތެރޭގައި ޝައިހް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް އާއި އަހްމަދު މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ހިމެނިވަޑައިގަންނަވަައެވެ. އަދި ރައީސް މައުމޫންގެ އަރިސް ބޭކަނބަލެއް ކަމަށްވާ ނާދިރާ ވެސް މުޒާހަރާގައި ބައިވެރިވަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެބޭފުޅުން މުޒާހަރާގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެބޭފުޅުން ތިއްބެވީ އަތަމާ ޕެލަސް ކައިރީގައި ހުރި ގެއެއްގައެވެ.

ދޮގު ހަދައިގެން ވެސް މުޒާހަރާ އަށް މީހުން ނެރެން އިދިކޮޅު ލީޑަރުން ރޭ ވަރަށް މަސައްކަތް ކުރެއްވިއެވެ. ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނާއި ސިފައިން ތިބީ ރައްޔިތުންނާއި އެކުގައި (އިދިކޮޅަށް ތާއިދު ކޮށްގެން) ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބޭފުޅުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ގާސިމް އިބްރާހިމް ރޭ ވިދާޅުވީ ސިފައިން ތިބީ ޤައުމާއި ރައްޔިތުންނަށްޓަކައި (އިދިކޮޅަށް ތާއިދު ކޮށްގެން) ކަމަށާއި ފުލުހުންގެ ތެރެއިން 60 މީހުން ފިޔަވައި ދެން ތިބި ހުރިހާ ފުލުހުން ވެސް ތިބީ (އިދިކޮޅަށް ތާއިދު ކޮށްގެން) ކަމަށެވެ.

ނަމަވެސް ފެނިގެން ދިޔަ މަންޒަރަކީ ފުލުހުންނާއި ސިފައިންގެ ތެރެއިން އެންމެ މީހަކު ވެސް އިދިކޮޅު ސިޔާސީ ހަރަކާތާއި ނުގުޅި އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދާކުރައްވަން ތިއްބެވި މަންޒަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޕޮގުބާ

    އަންނި ހުވާ ކޮއްފި ރޭގަ

  2. ޔޫސުބު

    ބޮޑެތި މީހުންތިބީ 17 ވަނަ ދުވަހު ހެނދުނު ވެރިކަމުގެ މަތީ މަގާމުތަކާއި ހަވާލުވާން ފަތިހު ހޭލާން އިރާކޮޅު ނިދާފަ. އަދި އެވެރިންގެ އަނބީން ތިބީ ގޭގައި ހުވާކުރަން ދާންވާއިރަށް ފިރިމީހާ ލާނެ އެއްޗެތި އިސްތިރި ކުރާށާއި މޭކަޕް ކުރުމުގައި..

  3. އަބޭ

    އިންތިއޭ؟ އޭނާގެ ވާހަކަ ނުދައްކާ. މައިދާން ދޫކޮށް އެންމެ ފުރަތަމަ ފިލައިގެން ރައްކާވޫމުގެ ރެކޯޑް އޮންނަނީ އޭނާގެ އަތުގައި. ދެން ގޮސް އިންނަނީ ޓީވީއަށް އަރާ. އެވެސް ފުލުހުން އެތަނަށް ނުވަންނާނެކަން ޔަގީންވީމާ. މީއީ އޭނާގެ ހާލަތު އަބަދުވެސް. ތާރީޙް ތަކަށް ބަލާލީމާ މިކަން އެނގިގެންދާނެ. އަމިއްލަ މީހުންނަށް މަކަރު ހެދުމުގެ ލާމަސީލު. ޢިންތި އަކީ. ނަށީދުވެސް އޭނާގެ ސަޕޯޓަރުންނައްޓަކައި އެތަކެއް ފަހަރު ގާނޫނާ ހިލާފްވެގެން ވިޔަސް ހައްޔަރުވެ ޖަލައްދޭ ދޯ. މީގެއިން ވެސް އެނގެނީ މިކަލޭގެ ހުރި ލުއްޗާކަން. ޕިސް ޕިސް.

  4. ބުއްޅަަބޭ

    މިހާރުނޫހުގައި ލިޔަނީ އެހެންގޮތަކަށް! އެނޫސް ކިޔާލިއިރު ހީވަނީ ވެއްޓިއްޖެހެން!

  5. ޕަކަޕަކާސް.

    .ހަހަހާހަހަހާހަހަހާހަހަހާ. ނަޝީދު ކަލޭ ވިސްނާލާ މަތިވެރި ފަރާތެއް ވާކަން. އަދި އާޚިރަތެއް ވާކަންވެސް. ތި ގަދަފަދަ ކަން މަތީ އަބަދު ހުރެވޭނެތަ؟

  6. ނަސޭހަތް

    ދޮގުވާހަކަ ދެއްކުމާއި ދޮގުޚަބަރު ފެތުރުމަކީ ނިފާގުގެ އަމަލެކެވެ. އަދި އެއީ ފާސިޤުންގެ އަމަލެއްވެސްމެއެވެ.

    • ހުޅު ޕާޓީ

      ނަޝީދުއަށް ބުނި އެއްޗެއް ދޯތީ؟

  7. އަބްދުއްލާ

    ނިލަންދޫމީހުނަށް ބައުންސް ޗެކް ދިންމީހާއަށް ވަޑާންގެއާ ކުންފުނި ބަގުރޫޓްވެ ލެޕްޓޮޕަކާ 2 ރިސޯޓުން ގައުމުހިންގަން ހަވާލުވެ އަތަށްގޮވީމާ އިސްތިއުފާދީފަ މައިބަދާގަ ރިއްސާތީ ދިޔައިމާ މަޑުން ހުންނަންވީ އެއްނު . އިއްޒަތް އެބައޮތް .މައިބަދަ ރަނގަޅުވެއްޖެ ކިހާބޮޑު ނިއުމަތެއް ތިޔައީ ވީމާމަޑުންހުރެ ވިސްނަންވެއްޖެ ނުންތަ ؟

  8. ނައިންޓީ

    އިންތި ރޭ ހަތަރުދަމު އިނީ ތައީއަޅާލައިން އޮފްކޮށްގެން ރާާއްޖެޓީވީގަ. ނުނިކުމޭ މުޒާހަރާއަކަށް. މަގުމަތީ ތެޅުވީ ޢާންމުން. މީ ވަރަށްދެރަކަމެއް. މުޒާހަރާ ގެ ލީޑަރޝިޕެއް ނެތް. މިހާރު އިދިކޮޅުގެ ލީޑަރޝިޕް ފެންނަނީ ރާއއްޖެޓީވީގެ ޕްރޮގްރާމްތަކުން. މީގެން އެނގެނީ އިދިކޮޅު ފެއިލްވެއްޖެކަން.

  9. ހުސޭނުބެ

    ރޭގައި އިދިކޮޅު ލީޑްކުރާ މީހުން ތިބީ ޢާންމު ބައެއް ރައްޔިތުން ގުނބޯ ހައްދާ އަދި ބުހުތާން ދޮގު ހަދައިގެން މާލެގެނަސް އަދި މާލޭގައިވެސް އަބަދު ހަމައިން ނެއްޓިގެން ރީނދޫ ޖޫސް ބޮޔެގެން އުޅޭ މީހުންނާއެކު ޖުމްލަ 200 އެއްހާ މީހުން މަގުމައްޗަށް ނެރެފަ ޓީވީ ޗެނަލްތަކަށް އަރާ އިތުރަށް ދޮގުހަދަން!!! އެއީ މުޒާހަރާއަށް ނުނިކުންނަންވެގެން ލީޑްކުރާ މީހުން ހެދި ބޮލުގެ އެއްޗެއް!!! މާރިޔާ، އިންތި، އަމީތު، މިމީހުން ތިބީ ޓީވީ ޗެނަލްތަކަށްވަދެ ފިލާ!! ދެން ތިބި އިސް މީހުންތިބީ ގުރޫޕް ހަދައިގެން ގޭގެއަށްވަދެ ފިލާ!!! އަނެއްކާވެސް ގިނަ ނިކަމެތި ރައްޔިތުންނަށް ލަނޑު ދިނީ!! މިމީހުންގެ ސިޔާސީ މަގުސަދު ހާސިލްކުރުމުގެ ބޭނުމުގައި ފިލާތިބެ މަގުމައްޗަށް ރައްޔިތުންނެރެ އެމީހުން ލައްވާ އަތުންފައިން ގޯސް ހައްދުވާ ހައްޔަރުކުރުވީ!!!

  10. މުސްލިމެއް

    ސިޔާސީ މީހުން ޓީވީއަށް އަރާތިބެ ނޫސްވެރިން ލައްވާ މުޒާހަރާ ކުރުވަައިފިއެވެ. މިހާރު މުޒާހަރާ ތައް ރާވާ ހިންގަނީ އެއވެސް ކަހަލަ ނޫސްވެރިކަމުގެ ތައުލީމެއް އުނގެނިފައިނުވާ އަމިއްލައަށް ނޫސްވެރިންނަށް ހެދިގެން އުޅޭ ޕާޓޭތަކެކެވެ.

  11. ނަސީދު

    އޮޅުވާނުލާ ވެރިކަން ވައްޓާލާކައް ބަޔަކު ނުރާވާ އެކަމަކު ދައުލަތުން ވައްކަން ނުކުރާށޭ ކިޔާ އަޑުއުފުލަން ނުކުމެތިބީ

    • ޔޫސުބު

      ހަމަ ވައްޓަން ނުކުތީ....ތިހުރީ ކަޑަވެފަ ނުވެއްޓުނީމަ....ދެރަވެގެން ބޮލަށް އެނބުރުން އަރައިގެން ކަލޭ ނުވެއްޓޭތި.

  12. މީއަސްލު

    އެމީހުން ތޮބޭނީ ކޮމާންޑްދޭން ނޫނީ ދުރުގަ ބަލަހަށްޓައިގެން ދެން ކާމިޔާބުވެއްޖެހާ ހުރިހާފޮނި ކޮޅެއްބޯލާނެ. ގުރުބާންވީ މީހުނަށް އެއްޗެއްލިބޭނަމަތާދޯ އެކަމަކު ލިބޭނީ އޭނާބޭނުންވާ ނޫނީ ހިތްހަމަޖެހޭ މީހަކު މަގާމުގައި ހުރުން ދެންއެމީހުން ހުރިހާ ފައިދާއެއްނަގާނީ. ރަތްޔިތުމީހާ ފެންނާނީ ވޯޓްކާރިވީމަ ނޫނީ މަގާމްގެއްލި މަގުމަތިވީމަ

  13. ލާދީނިއަންސް

    މުޒާހަރާއިން 141 މީހަކު ހައްޔަރުކުރީތޭ. އެހެންތޭ. ހައްޔަރު ކުރީ ކީއްކުރަނި ކޮށްތޭ. މުޒާހަރާ ކުރަނި ކޮށޭ. އެހެންތޭ. ދެން ތިޔާ ލާދީނީ ޕްރޫޕް ޗެކް ކުރަން ބޭއްވި މުޒާހަރާ މާލޭގެ މަގުމަތީގައި ކުރުމަކީ އެއީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫންތޭ. ލައްބައޭ މަނާ ކަމެކޭ އެކަމަކު މަމެން ވެރިކަން ބޭނުން ވާވަރު ބޮޑު ކަމުން ކެތް ނުކުރެވިގެން ވެރިކަމުގެ ދަހިވެތި ކަމުގައި ކަހާތީވެ މުޒާހަރާ ކުރީއޭ. އެހެން ވެއްޖެނަމަ ހައްޔަރު ކުރާނެއޭ އެއީ 141 ނޫން 1000 މީހުން ވިނަމަވެސް. އެއީ އޭ ޕޮލިޓިކަލް ސައެންސް ގައި އޮންނަ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިކިޔާ ބައި މަސައްކަތް ކުރާ ގޮތަކީ. ހައްޔަރު ކުރާނެއޭ މުޒާހަރާ މާލޭގައި ކުރާނަމަ. ދަގަ އައްޑޫ އަށް މުޒާހަރާ ކުރަން. އެއިރުން އެކަން ފެންނާނީ ހަންޑިންނަށާއި ސަންތި މަރީ މެންނަށޭ މަމެން ބުނަން ނެތީމު ދޯ.

  14. ހާޖަރާ

    އަސްލުވީގޮތް... މި ވާހަކައިގެ ނަމަކީ

    ހުއްޓިއްޖެ، ވެއްޓިއްޖެ

    ދެންފަހެ ދަންވަރު ވެރިކަން ވެއްޓި ނިމިއްޖެއެވެ. އެކަމާއި ދެން އިތުރަށް ދައްކާނެ ވާހަކއެއް ނެތެވެ. އިންތި ބުނިހެން ރަށްޔިތުންގެ ބާރު ދައްކާލައިފިއެވެ. ހަމަ އެއާއިއެކު ނަޝީދު ވެރިކަމާއި ހަވާލު ވެއްޖެވެ. ޤާސިމްވެސް ބަޑިބަޑި އަޅާފައި އަތުވެއްޖެއެވެ. ނަޝީދު ހުވާ ކުރުމާއިއެކު އިންޑިޔާގެ ބޮޑުވަޒީރު މޯޑީ އިސްލާމީ މަރުކަޒުގައި ބަންގި ގޮވިއެވެ. ހާހާހާހާ

  15. ރަށުމީހާ

    ބައިވެރިން ނުފެންނާނެ ބާރުގެ ބޭނުންކޮށް ހުރިހާ އެންމެން ޖަލަށްލާ ނެއްހާ އަނިޔާ ކުރަންވީމާ