މިހާރު ދިވެހި ސަރުކާރުން އެންމެ ބޮޑަށް ގަޔާވާ ގައުމަކީ އިންޑިއާ އެވެ. އިންޑިއާ އިން އެދޭ ކޮންމެ ގޮތެއް ހެދުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެވެ. އެކަން ފާއިތުވެގެން މިދިޔަ 113 ދުވަހުން އިތުރަށް ކަށަވަރު ވެއްޖެއެވެ. ދިވެހިރާއްޖޭގެ ދިފާއީ ވަޒީރަކީ އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީއެވެ. މާރިޔާ ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފަހުން އެންމެ ގިނަ ދަތުރުފުޅު ކުރެއްވީ އިންޑިއާ އަށް އަށެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން އެކަމަނާ ވަނީ ރަސްމީ ދަތުރުފުޅެއްގައި ވެސް އިންޑިއާ އަށް ވަޑައިގެންފައެވެ.

އިންޑިއާގެ ނޫހަކަށް މިނިސްޓަރ މާރިޔާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އަށް ދިވެހިރާއްޖެ ހިފިދާނެ ކަމަށެވެ. އެމެރިކާ އިންޑިއާ، ޗައިނާ، ފަދަ ގައުމުތަކަކީ އަސްކަރީ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކާއި ވާދަނުކުރެވޭ ވަރުގެ ވަސީލަތްތައް ގިނަ ބާރުގަދަ ގައުމުތަކެވެ. ނަމަވެސް އެއިން ގައުމަކަށް ތިމަންނަމެންގެ ގައުމު ހިފިދާނެ ކަމަށް ވިދާޅުވި އެއްވެސް ދިފާޢީ ވަޒީރަކު ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ ނޫނީ ނެތެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމުކީ ސިފައިންގެ ޤާނޫނުގެ (2) ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގައި ސިފައިން އުފެއްދުމުގެ އެއް މަޤުޞަދެވެ. ނަމަވެސް އެމަޤުޞާދު ހާސިލް ކުރުމަކީ މިއަދު ސިފައިންގެ ސިޔާސަތު ނޫންކަމަށް ދޭހަވާ ގޮތައް ދިފާޢީ ވަޒީރު ވާހަކަފުޅު ދައްކަވައިފިއެވެ.

ގައުމު ދިފާޢު ކުރަން ޖެހޭނީ ހަމައެކަނި ބަލިކަށި މީހުންގެ ހަމަލާއަކުން ނޫނެވެ. ތިމާމެންނަށް ވުރެ އަސްކަރީ ގޮތުން ބާރުގަދަ މީހުންނާއި ހަނގުރާމަ ކުރަން ޖެހުނު ނަމަވެސް ގައުމު ދިފާޢު ކުރުމަކީ ސިފައިންނާއި، އަދި ސިފައިންގެ ވެރިންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެކެވެ. އެޒިންމާ ހަނދާން ނައްތާލާ ވަކި ބައެއްގެ ތާއީދާއި ނާޖާއިޒް ފައިދާތަކެއް އެމީހުންގެ ފަރާތުން ހޯދަން މަސައްކަތް ކުރުމަކީ ގޯހެކެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާގެ މީޑިއާގައި ދެއްކެވިފަދަ ވާހަކަފުޅެއް އެހެން ގައުމެއްގެ ވަޒީރަކު ދެއްކެވި ނަމަ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރު ވާނެއެވެ. ނުވަތަ ޤާނޫނު ހަދާ މަޖިލީހަށް ހާޒިރު ސުވާލުކޮށް، އޭނާ މަގާމުން ދުރުކުރާނެއެވެ. ދުނިޔެ ދައްކާ ޙަޤީޤަތަކީ އެއީ އެވެ. ޑިމޮކްރަސީގެ މިސާލަކީ ވެސް އެއީ އެވެ.

މިނިސްޓަރ މާރިޔާގެ ވަހަކަފުޅަށް ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓްރީން އަނެއްކާ ވެސް މިނިސްޓަރުގެ ވާހަކަފުޅު ދިފާޢު ކުރެއްވީއެވެ. ހުރިހާ މީޑިއާއަކުން އެކަމަނާގެ ވާހަކަފުޅު ފަތުރަމުން ދަނީ އޮޅުވާލައިގެން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ފާޑުކިޔުން އަމާޒުވުމުން އެމަނިކުފާނު ވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ ތިމަން މަނިކުފާނު ދެއްކެވި ވާހަކަފުޅު އޮޅުވާލީއެވެ. ނުބައިކޮށް މާނަ ކުރީއެވެ. ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން އަރަން ނަޝީދު ގޮވާލި ވާހަކަފުޅު ވެސް ގޯހަކަށް ނުވިއެވެ. ގޯސްވީ އެވާހަކަ ދެއްކި މީހުންނާއި އެވާހަކަ ގެނެސްދިން މީޑިއާ ތަކެވެ.

މިއަދު ޑިފެންސް މިނިސްޓަރަކަށް ހުންނެވި މިނިސްޓަރ މާރިޔާ ދެއްކެވި ވާހަކަފުޅަކީ ހަޤީޤަތުގައި ވަރަށް ބޮޑު ވާހަކަފުޅެކެވެ. ގައުމުގެ ސަލާމަތައް ނުރައްކާ ވާވަރުގެ ވާހަކަފުޅެކެވެ. ނަމަވެސް މިފަދަ ކަންކަމުގައި މީގެ ކުރިން އެންމެ ވަރުގަދައަށް އަޑުއުފުލި ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ނޭވާ ފޯރާ ހިސާބުގައި ކަމަށް ވުމުން އެއިން އެއްވެސް ބޭފުޅަކަށް މިނިސްޓަރ މާރިޔާގެ ވާހަކަފުޅު ބޮޑު މައްސަލައަކަށް ނުވިއެވެ.

ވަގުތާއި ހާލަތު ބަދަލު ވުމަކީ ތިމާމެން ތަބާވާން ޖެހޭ އުސޫލުތައް ދޫކޮށްލަން ޖެހޭ ކަމެއް ނޫނެވެ. ފާއިތުވި ދެތިން ހާސް އަހަރު ދިވެހި ރައްޔިތުން އެންމެ ބޮޑު ގުރުބާނީއެއްވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރާށެވެ. ނަމަވެސް އެއްވެސް ދުވަސް ވަރެއްގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އަކީ މިސަރަހައްދުގެ ބާރުގަދަ އަސްކަރިއްޔާ އެއް ނޫނެވެ.

ގިނަ ވަސީލަތްތަކާއި ވަރުގަދަ ތަމްރީނުތަކެއް ލިބިފައި ނެތް ނަމަވެސް ގައުމަށް ޣައްދާރުވި ޚާއިނުން ފިޔަވައި އިތުރު މީހަކު ބޭރުގެ ސިފައިން ގައުމަށް އަރަން ދައުވަތު ދީފައެއް ނުވެއެވެ. ބޭރުގެ އަސްކަރިއްޔާތަކަށް ދިވެހިންގެ ބަލިކަށިކަން ވިސްނައިދޭކަށް މަސައްކަތެއް ނުކުރެއެވެ.

ފަލަސްތީން ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ހަނގުރާމަ ކުރަނީ އޮއްގަލާއި ކުދި ހިލައިންނެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއި، އެންމެ ވަރުގަދަ ހަތިޔާރު އޮތް އިސްރާއީލް ފަލަސްތީންގެ ކުރިމަތީގައި އިސްޖަހާލަން ޖެހެނީ ފަލަސްތީން މީހުންގެ ގަދަ ހިތްވަރާއި ގައުމީ ލޯބީގެ ސަބަބުންނެވެ.

ދިވެހިންގެ އަތުގައި ވަސީލަތްތައް މަދު ވެދާނެއެވެ. ނަމަވެސް ދިވެހިން، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރާނެއެވެ. އެއީ ގައުމު އެހެން ބަޔަކަށް ހިބައިން ދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނެއް ނުދޭނެއެވެ. ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ކަންތައް އޮންނާނީ އެގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޢަލީގެ މަލީ

    ކަމަނާ ދިފާއީ ވަޒީރުކަމުގައި ހުރުމަށް ކުފޫ ހަމަ ނުވާތީ އެހެން ބުނެވުނީ،،، އަދަބު ވެރިކަމާ އެކީ އިސްތިއުފާއަށް އެދެން

  2. އަހްމަދު

    ޝައިތޯނުންނަށް ވަޒީރުކަން ލިބުނީމާ ތިކަހަލަ ވާހަކަ ދައްކާނެ.

  3. ހ

    ބަރާބަރު ވާހަކައެއް.

  4. ޙަގީގަތް

    އިންޑިޔާއަށް ރާއްޖެ ހިފިދާނެކަން ނޭގޭނެ މީހަކު ހުންނާނެބާ. މާރިޢާ އެވާހަކަ ދެއްކުމުން ކަންބޮޑުވާން ޖެހެނީ އިންޑިޔާއަށް އެކަން ނޭގި އޮއްވާ މާރިއާ ދީދީގެ ފަރާތުން އެކަން އިންޑިޔާއށް އެނގި އެސިއްރު ފަޅާއަރުވާލުމުން. އެވަރު ކަމެއް ކުރުމަކީ ގައުމަށާ ދިވެހިންނަށް ވެވޭނެ އެންމެ ބޮޑު ޚިޔާނަކަށް ވާނެ

  5. ބުއްޅަބޭ

    ވެރިކަން ހޯދައިދުން މީހުންނަށް ދެވެން އޮތްހުރިހާ އެއްޗެއް ދީގެންވެސް ވެރިކަމުގައި ތިބެވޭތޯ ބަލަން ޖެހޭނެ!

  6. ޒާ

    މާރިޔާ ޑިފެންސް މިނިސްޓަރު ކަމުގައި ނުހުރެ އިސްތިޢުފާދޭން ގޮވާލަން. އޭނާއަށް ސެލިޓް ކުރުމުން ސިފައިން އެއްކިބާވާންޖެހޭނެ. އޭނާޢަކީ ދިވެހި ގައުމުގެ ފަޚްރާއި ޝަރަފް ގެ އަގު ވައްޓާލި މީހެއް. ދިވެހިންނަކީ އެއްވެސް ބައެއް ނޫންކަމުގެ ވާހަކަ ދެއްކީ ޑިފެންސް މިނިސްޓަރުކަމުގައި ހުރެ ރަސްމީ ދަތުރެއްގައި. މަޖިލީސްތެރެއިންވެސް އަޒުލު ކުރަން ގޮވާލަން.

  7. ޙައްގުބަސް

    ދެރަކަމެއް!! ޑިފެންސް މިނިސްޓަރުގެ ވާހަކަތައް ހުރީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް!! އިންޓަވިއު ދިންއިރު އަޅުގަނޑުމެންގެ ފަޚުރުކަމުގައިވާ ދިވެހިރާއްޖޭގެ މިނިވަންކަން ރަމްޒުކޮށްދޭ ދިވެހި ދިދަ ފުރަގަހުގައި ހުރި!! އިންޓަވިއުގެ ސުވާލުތަކަށް ޖަވާބުދެމުންގެންދިޔައީ ދެއަތް އުއްކަވަމުން ހެމުން!! ހީވާކަހަލަ ދިވެހި ދިދަޔަށް އަދި ގައުމަށް މަލާމާތްކުރަނީހެން!! އަޅުގަނޑުމެންގެ އެންމެ އިސް އެއް މުއައްސަސާގައި މީގެކުރިން އުޅުއްވިއިރުވެސް ފެނުނު މޭޒުމަތީގައި އޮތް ފެހި ގާނޫނު އަސާސީއަށް ފައިން އަރައިގެން ހުންނަވަނިކޮށް!! މިހާރުވެސް އެފޮޓޯތަކާ ވީޑިއޯތައް އެހެރޭ ހާމަޔަށް ފެންނަން!! މިއީ ނޫންތޯ މާޒީވެސް ހުރިގޮތް!! ދެން އެނޫންތޯ ފެންނާނީ!! އަޅުގަނޑު ގަބޫލުކުރާގޮތުން މިފަދަ މަގާމެއްގައި ހުރި މީހަކު ދައްކާ ޒިންމާދާރުކަން ކުޑަ އަދި ގައުމުގެ އިސްތިގުލާލާ މިނިވަންކަން ގެއްލިގެން ހިގައިދާނެ ފަދަ ވާހަކަތައް ދައްކާ ޢަމަލުތައް ބަހައްޓާ ފަރާތްތައް ޒިންމާދާރުކުރެވެންޖެހޭނެ!! ޖަވާބުދާރީވެސް ކުރެވެންވާނެ!! މަޖްލިސްތެރެއިން މިކަންކަން ކުރަންޖެހޭ!! މިހުންނަނީ ސަމާސާ ކަންތައްތަކެއްނޫން!! އިޚްލާސްތެރިކަމާއެކު ގައުމުގެ ސިޔާދަތާ މިނިވަންކަން ދިފާޢުކުރަންޖެހޭ!! އެންމެ ފަހު ލޭތިކި މިފަސްގަނޑަށް އޮހޮރި ފުރާނަ މަސްގަނޑާ ވަކިވެދާންދެން ކުރަންޖެހޭ ގައުމީ އަދި ވަޠަނީ މަސައްކަތެއް މިއީ!!

  8. ކުރޭކުރޭކުރޭ

    ވަކިން ވާދަ ކުރުން ނޫން ގޮތެއް ނެތް ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ އޭނާ އެވަނީ ކޯލިޝަންގެ އަނެއް ހަތަރު ލީޑަރުންނަށް ހަރާމްކޯރު ވެފައޭ ދެން މީގައި ޖޭޕީން ކުރަންވީ ކަމަކީ އެއީ ޕީޕީއެމް އާއި އެކު މަޝްވަރާ ކޮށްގެން ޕީޕީއެމް އާއި ޖޭޕީ އަށް މުޅި ރާއްޖެ ބަހާލަންވީއޭ އައްޑޫ ފިޔަވައި ދެން ހުރި ތަންތަން އެއިރުން މަމެންނަށް ޔަގީނޭ ޕީޕީއެމް ޖޭޕީ ކޯލިޝަނަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަން މިކަން ކުރަންވީ ލަސްނުކޮށް ވަގުތު ފާއިތު ނުވަނީސް ކުރޭ ކުރޭ ކުރޭ އަވަސް

  9. ސަލާހުއްދީނު ތަކުރުފާނު

    “ދިވެހިންގެ އަތުގައި ވަސީލަތްތައް މަދު ވެދާނެއެވެ. ނަމަވެސް ދިވެހިން، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރާނެއެވެ.” މިލއުމުގައި ލިޔުންތެރިޔާ ލިޔުއްވި މި ޖުމުލަ ތެދުކަމަށް ވައްޏާ މިހާރުން މިހާރަށް ދިވެހި ރައްޔިތުން ނިކުމެ މާރިޔާ ދީދީ މަގާމުން ދުރުކުރަން ލާޒިމް ވޭ. ޢެހެން ނޫނީ މާލަސްވެދާނެ.

  10. ސަމަންދަރު

    ދިވެހި ސިފައިންނަށް މަނީ މަނީ މަނީ މަނީ އޭ ގޮވަމުން ދިޔަ މީހެއްގެ ނަން ބުނެދީބަލަ!

  11. އަޙްމަދު

    އިންޑިޔާއަށް ރާއްޖެ ހިފިދާނެކަން ނޭގޭނެ އެކަކުވެސް ނުހުންނާނެ. ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ ދުލުން އިޑިޔާ މީހުން ކާރިގާއި އެވާހަކަ ބުނުމަކީ އެކަމަށް ދައުވަތު ދިނުން. އެމީހުން އަތުން ދަރަންޏަށް ލާރި ކޮޅެއް ލިބުމާކީ އެމީހުން ފައިހައި ދޫ ލާންޖެހޭ ސަބަބެއްނުން!

  12. މޯދީ

    މި ސަރުކާރަކުން އެކަހަލަ އެއްވެސް ވާހަކަ އެއް ކުއްވެރިއެއް ނުކުރާނެ. ސަރުކާރުގައި ތިބީ އިންޑިއާ އަށް ރާއްޖެ ތަބަކަށް ލާފަ ދޭން ތައްޔާރަށް ތިބި ހާއިނުން. އަދި މި އުޅޭ ރީނދޫ ހުން ޖެހިފަ ތިބި ގަމާރުން ވެސް ތިބީ އަޅުވެތިކަމަށް އާއެކޭ ކިޔައިގެން

  13. ަސިލމުރ

    ހަމަ ނޭގެނީ. އެފަދަ މަގާމެއްގައި ހުރެ ޑިޕޮލޮމެޓިކް ކޮށް ސުްވާލުތަކަށް ޖަވާބު ދާރީވުމާއި ހަރުގޭގައި އިނދެ ވާހަކަ ދައްކާގޮތާއި ވަރަށް ތަފާތުވާނެ.

  14. މިވަރު

    ދެން ޑިފެންސް މިނިސްޓަރ ސިފައިންގެ ދަސްވެނިވުން ކަހަލަ، ގައުމީދުވަސް ކަހަލަ ދުވަހެއްގައި ސިފައިންނަށް ހިތްވަރުދީ ސްޕީޗެއް ދެންޏާ ކީކޭ ކިޔާނީ.

  15. ފަތިސް

    ޑިފެންސް މިނިސްޓަރަކަށް ކަމަކުނުދޭ. ނުފުދޭ. ވައްތަރެއްވެސް ނޫން. ކުޑަކުއްޖަކު އުޅޭހެން ތިއުޅެނީ. ތިއްތިދައްކަން އުޅޭހެން ހީވަނީ. ރީތިކަމާއި ތިއްތިކަމަކީ ދައްކަންޖެހޭ ކަންކަމެއްނޫން. އެކަންކަން މީހުންނަށް ފެންނާނެ. ދައްކަންވީ ތިމާގެ ހަރުދަނާކަން. ގާބިލްކަން. ތަޞައްރުފު ފުދޭކަން. އެކަންކަން ދެއްކޭނީ ދައްކާ ވާހަކައިގެ އާރުލާކަމުން، ކުރާ ކަންކަމުގެ ހަރުދަނާ ކަމުން،

  16. މުހައްމަދު ވަޙީދު

    ދިފާޢީވަޒީރު ވަގުތުން އިސްތިޢުފާދެއްވުމަށް ހަރުއަޑުން ގޮވާލަން

  17. އަދިމާދެރަ

    އެހެންވީމަ މި މީހުން ވެރިކަމަށް އެރުމަށް ދެއްކި ވާހަކަތައްވެސް މީހުންނަށް އޮޅިގެން އެއޮތީ ވޯޓްދީގެން ހޮވިފަ.

  18. ހުސޭނުބޭ

    ވެރިކަން ވެއްޓިގެން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އިންޑިޔާގެ މަނަވަރުތައް އައިސް ރާއްޖެ ހިފުމަށް ގޮވާލި މީހާ ޑިފެންސް މިނިސްޓަރަކަށް އެހުރީ! މިއީ ބޮޑު ކަމަކަށްނުވާ ބޮޑު ވާހަކައެއް! ކަނޑައެޅިގެން ޤައުމަށް ޣައްދާރުވެފައި ހުރި އަންހެނެއް ޑިފެންސް މިނިސްޓަރަކަށް މިހާރު އެހުރީ!

  19. އަހުމަދު

    ބަނީއިސްރާއީލް ދަރިކޮޅުންގެ ތެރެއިން ރާއްޖޭގައިތިބި އެމް ޑީޕީ ސައިތާނުންތަށް ދެންނަށަންވީނު

  20. ވަހީދު

    ބޮޑު އަނގައެއް.

  21. ކޮންމޭން

    މާރިޔާ އަދިވެސް ޑިފެންސް މިނިންޓަރު ކަމުގައި ހުރުމާ ރައީސް އިބޫ މިކަމުގައި ހަނުހުރުމުން ދޭހަވަނީ އިބޫއަށް މާރިޔާ އެކުރި ކަންތަށް މައްސަލަ އަކަށް ނުވާކަން ، އިބޫ އިސްތިއުފާ.

  22. ކިމް

    ކީއްކުރާނީދެން، ރާއްޖޭގެ ދެރަނިކަމެތިން ހާލުގަ ޖައްސާފަ އެ ބައިވަރުގަނޑު ފިލާނެ،

  23. ސޫރަ

    މީގެ ކުރިން މަޖިލިސް މެމްބަރުންގެ ގޮތުއި ހުރެ އެހައިސިއްޔަތުން މަޖިލިސް މެމްބަރަކު ގޮވި އަޑުގެ ކޮޅައް. ގދ. ކާޑެއްދޫ އެއަރޕޯޓްގަ ސަލާމަތަށް ނުރަށްކާ އެތަކެއް ކަމެއް އެތަނުގަ ޭއެބަހިގައޭ އެމެމްބަރަކު އެއްތާކަށް ވެސް ހާޟިރެއް ނުކުރޭ އެކޮން ކަމަކުން ނުރައްކަލެއްތޯ އޮޅުން ފިލުވާކަށް

  24. ާއަހްމަދު އަލީ

    ޤާނޫނު އަސާސީއަށް ކޮއްޅައް އެރި މީހަކުގެ އޮންނާނީ ކޮން ޤައުމީ ލޯތްބެއްތޯ؟ މާރިޔާމެން ޤަބޫލު ކުރަނީ މި ރާއްޖެއަކީ އިންޑިޔާގެ ކިބަޅި ފަރާތް ކަމުގަ. އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ދީފިއްޔާ އަދި ކަންތައް އޮތީ ކުރިޔަށް. ޢެމީހުނައް މަޖިލިސްގެ މެޖޯރިޓީ ނުދެއްވާ!

  25. އިދުރީހު

    ދިވެހިން ނަކީ މިގައުމައް ގައްދާރުވާ މީހުންނައް އަދަބުދޭން ފަސްޖެހޭބައެއްނޫން މީގެކުރިންވެސް ވަނީމިކަން ދައްކަދީފަ މިހާރުން މިހާރައް މާރިޔާއައް ހައްގު އަދަބު ދޭންޖެހޭ މިކަން ކުރުމައް ރައްޔިތުން މަޖުލިސްގެ ރައީސަށާއި ރައްޔިތުންހޮވާފަތިބި މެންބަރުން ނައް ވަރައް ހަރުއަޑުން ގޮޥަލަން

  26. ޗިއްލޫ

    މިދައިތަ މިހާރުންމިހާރަށް އިސްތިއުފާދިނުމަށް ގޮވާލަން، މަގުމައްޗައްނިކުމެ ގެރިފެލޭހެން ފެލެން ދަންނަ ކޮންމެ މީހަކަށް މިނިސްޓަރުކަން ދެންޏާމް މިކަހަހަލުގެ ބޯ ހަމަނުޖެހޭ މީހުން ގައުމުގެ ދުވަސް ދުއްވާލާނެ!

  27. sandoah

    February 7 gai Bagaavai kuree thi bunaa sifain... Meehun Rulhi aruvan noolhey

  28. އަފްލާ

    ޑިފެންސް މިނިސްޓަރ ރަންނަމާރި މާރިޔާ