ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ޤާނޫނީ އިމުން ބޭރުން ބަދަލުކުރުމަށް ވެރިކަމުގެ ދަހިވެތި ކަމުގައި ކެޑިނޭޅި މަސައްކަތް ކުރައްވާ ބޭފުޅުން އަޑީގައި ތިއްބަވައިގެން ވަނީ ތަފާތު އެކި މުޒާހަރާތައް ކޮށްފައެވެ.

މިމަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަމުގެ ތާޖާއި ތަހުތުގެ ލައްޒަތާއި އަރާމާއި އުފާ ހޯދުމަށް ހުވަފެން ބަލަމުންދާ މީހުން ކަން ގިނަބަޔަކު ފާހަގަކުރެއެވެ. މިބޭފުޅުން އިސްވެ ތިއްބަވައިގެން ޤާނޫނީ އިމުން ބޭރުން ސަރުކާރު ބަދަލުކުރުމަށް ކުރައްވާ މަސައްކަތްތަކުގައި ރިޔާސީ ކެމްޕެއިނަކަށްވެސް ޚަރަދު ނުކުރާ ވަރަށް ފައިސާވެސް ޚަރަދު ކޮށްފައިވާކަމަށް ސަރުކާރު ހިންގާ ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އިދިކޮޅުން މިހާތަނަށް ސަރުކާރު ބަދަލުކުރުމަށް ގިނަ ތާރީޚު ތަކެއް ވަނީ ދީފައެވެ. މި ގޮތުން 2015 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަސް "މޭޑޭ" އަކީ ޤާނޫނީ ވެރިކަމުގައި ސިއްކަ ޖެހުމަށް އެންމެ ޔަގީން ކަމާއިއެކު ނުކުތް ދުވަހެއެވެ. ނަމަވެސް ޤާނޫނު އަސާސީން ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއާއި މަސްއޫލިއްޔަތާއި އަދި އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވައާއި އެއްގޮތަށް ޤާނޫނާއި ޚީލާފަށް އެދުވަހު ހިންގި ހުރިހާ ހަރަކާތެއް ވަނީ ހުއްޓުވާފައެވެ.

16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މޭޑޭ" ގެ ފަހުން 2016، 2017 އަދި މި ހިނގާ 2018 ވަނަ އަހަރުގައިވެސް ވެރިކަން ބަދަލުކޮށްލާނެ ގިނަ ތާރީޚު ތަކެއް އިދިކޮޅުން ވަނީ ދީފައެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް މި ހުރިހާ ޤާނޫނާއި ޚިލާފް އަމަލުތަކެއް ޤައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ.

"މޭޑޭ" ގެ ފަހުން އިކޮޅުން ސަރުކާރު ބަދަލުކުރުމަަށް ރޭވި އެންމެ ނުރައްކާތެރި ރޭވުން ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި "ބަޤާވާތްފުޅު" 1 ފެބުރުއަރީ 2018 ވެސް ވަނީ ހުއްޓުވާފައެވެ. ބައެއް ކަހަލަ މަންފާތަކާއި އިނާޔަތްތަކާއި ހަދިޔާތަކާއިއެކު އުއްތަމަ ފަޑިޔާރާއި އިދިކޮޅު ލީޑަރުން ގުޅިގެން މި ހިންގަން އުޅުނު ޤާނޫނާއި ޚިލާފް "ބަޤާވާތްފުޅު" ވެސް ގޮސްފައިވަނީ "ތޮޅި" އަށް ކަމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް ވަނީ ވިދާޅުވެފައެވެ.

16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

1 ފެބުރުއަރީގެ ފަހުން އިދިކޮޅު ފަރާތްތަކުން މަގުތަކުގައި އެކި ހަރަކާތްތައް ހިންގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ސަރުކާރު ބަދަލުކުރުމަށް ވަނީ މުޒާހަރާކޮށްފައެވެ. މި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިމަހުގެ 16 ވަނަ ދުވަހަކީ ސަރުކާރަށް ނުވަތަ ރައީސް ޔަމީނަށް ވެރިކަމުގައި ހުންނެވުމުގެ އެންމެ ފަހު ތާރީޚު ކަމުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ޔަޤީން ކަމާއިމެދު ދިޔައީ ބުނަމުންނެވެ.

ބޮޑު ޚަރަދު ކޮށްގެން އަތޮޅު ތެރެއިން މީހުން ގެނެސް މިރުސްޕެކެޓްކާއި، ލަޓިބުރިއާއި މިނޫންވެސް ނުރައްކާތެރި އާލާތްތަކާއިއެކު ރޭވި ހުރިހާ ރޭވުމަކާއި ކުރި ހުރިހާ ޚަރަދެއް ބޭކަރުވެ މުޒާހަރާ ވަނީ "ސައިބޯނި ބޮތްކަކަށް" ބަދަލުވެފައެވެ. މުޒާހަރާގައި ލީޑަރުން ކަމަށް ވަކާލާތު ކުރި އެއްވެސް ފަރާތެއްގެ އަޑެއްނީވޭ އިރު އެއިން މީހަކު ވީތަނެއްވެސް އަދާއި ހަމަޔަށްވެސް އިދިކޮޅު ފަރާތްތަކަށްވެސް ނޭގެއެވެ.

މުޒާހަރާގައި ހައްޔަރު ކުރި ބައެއް މީހުން -- ވަގުތު އިމޭޖެސް: އަމީން ފަހްމީ

ޤާނޫނީ އިމުން ބޭރުން ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި ހުރިހާކަމެއް ނާކާމިޔާބްވެ "ހުއްޓުވާ" ފައި ވާކަމަށް އެފަރާތްތަކުންވެސް މިއަދު ޤަބޫލުކުރެއެވެ. މިފަދަ ބޮޑެތި ހޭދަތަކެއްކޮށް އެދެވޭ ނަތީޖާއެއް ނުނިކުންނަނަމަ އެކަމުގެ ރުޅި ވެރިކަމާއި މާޔޫސްކަން އެބޭފުޅުންގެ ތެރެއިންވެސް މިއަދު ފެންނަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިއަދު މިހޭދަތައް ކުރައްވާ ބޭފުޅުންނާއި މިކަމަށް ނިކުންނަ ފަރާތްތަކަށްވެސް އޮތް އިތުބާރާއި ޔަޤީންކަމަކީ ޤާނޫނާއި ޚިލާފަށް ހިންގާ ހަރަކާތްތަކަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ޖާގަ ނުދޭނެކަމެވެ. ޤައުމުގެ އަމަން އަމާކަން ނަގާލައި މަގުތަކުގެ އަމާންކަން ގެއްލުވާލައި އާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމުގެ އެއްވެސް ފުރުސަތެއް ސަލާމަތީ ބާރުތަކުން ނުދޭނެ ކަމެވެ. ޤާނޫނާއި ޚިލާފަށް "ހުއްޓުވަން" ނިކުންނަ ކޮންމެ ކަމެއް ޤާނޫނީ އިމުގެ ތެރެއިން "ހުއްޓުވާނެ" ކަން މިއަދު މިދަނީ ފެންނަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަލާތި

    އެސްއޯއީ އުވާލަން އެއްގޮތަކަށް ވެސް ސަރުކާރުން ނޫޅެއެވެ. ސަރުކާރުން ނޯންނާނެ ބުނެފައި އެސްއޯއީ އުވާލާނެ ކަމަށް. ތަމެން ދައްކަގަ ސަރުކާރުން އެހެން ބަޔާން ކޮށް ނެރެފައިވާ އިއުލާން އެއް. ނުދެއްކޭނެއޭ. ދެން ކޯއްޗެކޭ ކިޔަންތޭ. އެސްއޯއީ އުވާލަން ސަރުކާރަކުން ނޫޅެ އެއީ ޕްރޮޕެގެންޑާ އިނގޭތޭ.

  2. ގުޑްގުޑް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކާޅު ހެދުން ލާ ދަ ލާދީނީ ފިކުރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  3. ނަޢީމާ

    ޒުވާންކުދިންނާ ، ތުބުޅިލީ ފައިކުރިކުރު މީހުންނާ ، ހަރު މީހުންނާ ، ކަނބަލުންވެސް އެބަ އުޅޭދޯ ބާޠިލް ގަދަކުރަން! އެކަމެއްނުވާނެ ދޫނިތަކާ!

  4. ގ

    ގާސިމްގެ މިލކިއްޔާތު ސަރުކާރަށް ހިފުމަށް
    ގޮވާލަން ގާސިމަކީ ރާއްޖޭގެ އަމަންއަމާންކަމަށާއި މިނިވަންކަށް ކަމަށްއޮތް
    ނުރައްކަލެކެވެ.