5 އަހަރުގެ ދައުރަކަށް އިންތިޚާބްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއިކު މަޖިލިސް ފަށާފައިވަނީ 2014 ވަނަ އަހަރުގެ މާރޗްމަހުގެ 3 ވަނަ ދުވަހުގައެވެ. މަޖިލިސް މެމްބަރުންގެ ހުވާގައި ވަނީ "އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ޚައްްޤުތައް ދެމެހެއްޓުމަށާއި، ދިވެހި ޤައުމަށް އިޚުލާސްތެރި ވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބްތަކާއި މަސްއޫލިއްޔަތުތައް، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއިކު އަދާކުރުންމަތީ ދެމިތިބުމަށް މާތް ﷲ ގަންދީ ހުވާކޮށްގެންނެވެ".

މިފަދަ މާތް އަދި މަސްއޫލިއްޔަތު ބޮޑު ހުވައެއް ކުރައްވައިގެން ރައްޔިތުުންގެ ހައްޤުގައި ވަކާލާތު ކުރައްވަން މަޖިލީހަށް އިންތިޚާބް ކުރައްވާފައިވާ މެމްބަރުން މަޖިލީހަށް ހާޒިރުވެ ވަޑައި ނުގަންނަވާ ކަމީ އެމެމްބަރަކު އިންތިޚާބް ކުރެއްވި ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. 5 އަހަރުގެ ދައުރަކަށް އިންތިޚާބު ވެފައިވާ މެމްބަރުންގެ ހުވާގައި ޤަނޫނީ ސަރުކާރު ބަދަލުކުރުމަށާއި، ރައީސުލް ޖުމްހޫރިއްޔާއަކީ ތިމާ ތާއީދު ކުރަންޖެހޭ މީހަކަށް ވާންޖެހޭކަމަށް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ސަރުކާރުންގެ ވަޒީރުން، ކުންފުނިތަކުގެ ވެރިން، މިނިވަން މުވައްސަސާތަކުގެ ބޭފުޅުން މަޖިލިސް މެމްބަރުން ޤަބޫލު ނުކުރައްވާ ކަމެއް ނުވަތަ އެއްޗެއް އޮޅުން ފިލުވަން ބޭނުންވާނަމަ އެފުރުސަތު މެމްބަރުންނަށް ލިބިދީފައިވެއެވެ. ޒިންމާދާރު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެ މަޖިލީހަށް ވަަނުން މަނާވެގެން ތިއްބެވި މެމްބަރުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފީ މަޖިލިސް ތެރެއިން ކިތައްފަހަރު ކަމާއިމެދު ރައްޔިތުން ސުވާލު އުފައްދައެވެ.

ނަމަވެސް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރާއި އިދިކޮޅު ޚިޔާލުގެ މެމްބަރުން ފެނިގެން މިދަނީ މިފަދަ އެއްވެސް ޒިންމާއެއް އަދާނުކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރުމަކީ ހަމައެކަނި ތިމަންނާމެންނަށް އޮތް ޒިންމާ ކަމުގައި ދެކިގެން އުޅޭ މަންޒަރެެވެ. ހަމަ އެހެންމެ މަޖިލިސް ތެރެއިން ސަރުކާރު ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ނަގަންޖެހޭ ވޯޓުތައް ވަގުތުން ވަގުތަށް ނުނެގޭ ކަމުގައި ވާނަމަ އެތާގައި ކުރަންޖެހޭ ރައްޔިތުންގެ މަސައްކަތެއް އޮތްކަމަށް އެ މެމްބަރުން ޤަބޫލެއް ނުކުރެއެވެ.

ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި މެމްބަރުންގެ މަސައްކަތުގައި ރިޢާޔަތް ކުރަންވީ ކަންކަން ވަނީ ކަޑައަޅުއްވާފައެވެ. އެގޮތުން "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޢަމަކުކުރަންވާނީ، ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެމީހަކާއި ހާއްސަ ގުޅުމެއް އޮންނަ އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކޮށްގެން ނުވާނެއެވެ. އަދި އެބައިމީހުން، އެބަައިމީހުން އިންތިޚާބްވި ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތް ކުރަންވާނެއެވެ."

މިފަދަ ސާފު އިބާރާތަކުން މެމްބަރުން މަސައްކަތް ކުރަންވީ ގޮތް ކަޑައަޅައި ބަޔާންކޮށްފައިވާ އިރު ވެސް މިއަދު މަޖިލީހަށް ވަޑައިނުގެން ބޮޑުމުސާރަ ނަންގަވައި ކުރައްވާ މަސައްކަތްތަކާއިމެދު ރައްޔިތުން ސުވާލު އުފައްދައެވެ. ރާއްޖޭގެ އެކި ދާއިރާތަކުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުުރުމަށް އިންތިޚާބް ކޮށްފައިވާ 35 ވަރަކަށް މެމްބަރުން މަޖިލީހަށް ވަޑަައި ނުގެން ބޮޑު މުސާރަ ނަންގަވައި، އަރާމާއި އުފަލުގަ ތިބިކަމީ މިއަދު ފެންނަމުންދާ ހަގީގަތެވެ.

މީގެ ތެރެއިން ބައެއް މެމްބަރުން ތިމާ ތާއީދުކުރާ މީހާ ވެރިކަމަށް ގެނައުމަކީ އިންތިޚާބްވި މަސްއޫލިއްޔަތުކަމަށް ދެކެއެވެ. އަދި ބައެއް އިކޮޅު މެމްބަރުން ދެކޭ ގޮތުގައި މަޖިލިސް ތެރެއިން ސަރުކާރު ބަދަލު ނުކުރެވޭކަމަށްވާނަމަ މަޖިލީހަށް ދިއުމުގެ އެއްވެސް މާނައެއް ނެތވެ. މަޖިލީހަކީ ޤާނޫނު ހަދައި ޤާނޫނުތައް އެކަށައަޅައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ނުހަނު މަތީ ޒިންމާއެއް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މުވައްސަސާއަކަށްވާއިރު އެތަނުގެ ހައިބަތާއި ގަދަރު ގެއްލުވާލުމަކީ އެއްވެސް ފަރާތަކަށް ކުރެވިގެން ވާނެކަމެއް ނޫނެވެ.

މިއަދު މަޖިލީހަށް ވަޑައިނުގެތް އަމިއްލަ އެޖެންޑާގައި އުޅުއްވާ މެމްބަރުންނާއިމެދު އެދާއިރާގެ ރައްޔިތުން ތިބީ ނިކަންސާފު ޖަވާބެއް ދިނުމަށް 2019 އަށް ތައްޔާރު ވެގެންނެވެ. މި ދައުރުގެ ތެރޭގައި ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތެއް އަދި އިންތިޚާބް ކުރެއްވި ރައްޔިތަކު ލޮލަށް ނުފެންނަ މެމްބަރުން ތިއްބެވި އިރު މިބޭފުޅަށް މިއަދު ކުރައްވާ މަސައްކަތް ކުރެއްވުން ނޫން ގޮތެއް ނެތްކަމަށް އެރައްޔިތުންވެސް ޤަބޫލުކުރެއެވެ.

2009 ވަނަ އަހަރު އިންތިޚާބްވި މިފަދަ މެމްބަރުންނަށްވެސް ރައްޔިތުން ވަނީ ނުހަނު ސާފު ޖަވާބެއް 2014 ވަނަ އަހަރު ދީފައެވެ. ހަމަ އެފަދައިން 2019 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައިވެސް މި ޖަވާބު ތަކުރާރު ކުރުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ ކާޅު ބޮއްބޮއްޔާ ފެންނަ ހެދުން ލައޭ ދަ ބޮޑު ކުބުހާ ދަ ސޮމާލިޔަނޭ ދަ ލާދީނީއަނޭ ދަ އުނގު ވިއްކައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ނަޖްވާ

    ބަލަގަ ބްރޫޓަލް ޑިކްޓޭޓަރަކު ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަކީ ލާޒިމް ކަމެއް ކަން ނުދެނެ ހުރިންތަ ބޭފުޅާ!

    • ޖޮއްބެ

      ތިޔަބުނާ ޑިކްޓޭޓަރު ގެ ނަން ދިނުން އެންމެ ޙައްގު ދެމީހުންގެ ފަހަތުގަ ތިޔަ ހުރެވެނީދޯ. އެކަކީ 30 އަހަރުގެ ޑިކްޓޭޓަރު މާނު، އަނެކަކީ 3 އަހަރުގެ ފަނާކުރަނިވި ވެރިކަމެއް ކުރި ޑިކްޓޭޓަރު ކެރަފާ ނަޝީދު.

  3. ބުރުމާ

    މިސަރުކާރުން މާބޮޑަށް ތަރައްޤީކުރާތީވެ ކަޑަވެގެން ދާން ބޭނުން ނުވަނީއެވެ. ބޭނުން ވަނީ ސަރުކަރު ހުއްޓުވާފަ ބައްވާށެވެ. އޭރުންތާ އިންތިހާބު އަންނަން ވާއިރަށް ސަރުކާރުގެ ވައުދުތައް މަޑުޖެހޭނީ...އެކަމަކު ކީއްކުރާނީދޯ އެއަށް ވުރެ ސަރުކާރުގެ ވެރިން މާ ވިސްނުންތޫނެވެ. މަސައްކަތްތައް ހަބޭހެވެ.

  4. ކަނަމަނަ

    މަޖިލީހަށް ނުދާބަޔަކު ނުދަނީ ހުށަހެޅޭކަމަކަށް ދެކޮޅަށްވެސް ވޯޓްދޭން ބޭނުންނުވާތީ. އެކަމަކު ލިބޭމުސާރަ ހަމަބަރާބަރުވާނެ. ޙަލާލުވެސްވާނެ.

  5. ޢަސްތާ

    ކީއްވެތޯ މި 38 މެމެބަރުންނައް މަޖްލިހައް ހާޒިރު ނުވާ ދެވަހުގެ މުސާރަ ކަންޑާނެ ކަމައް އިސްލާހެއް ގެންނަން ނުކެރިގެން މި އުޅެނީ

  6. ނުރަބޯ

    އިދިކޮޅަށް ނިސްބަތްވާ ރ. މަޖްލިހުގެ މެންބަރުންނަކީ އެމީސްމީހުން ނިސްބަތްވާ ދާއިރާތަކަށް ސަރުކާރުން މިވެނިއެވެނި ކަންކަން ކޮށްދޭންޖެހޭނެ ކަމަށް ބުނުމުން، ސަރުކާރުން އެކަން ކަން ބަޖެޓްގައި ހިމެނުމުން އެ ބަޖެޓަށްވެސް ވޯޓުނުދީ ފޫބޮޑާހާކާ ހެދި ޖާހިލު ނުކުޅެދޭ ބައިގަނޑެކެވެ. އެހެންވީމާ އެފަދަބަޔަކު މަޖްލިހަށް ހާޒިރު ވުމާ ނުވުމާ އެއްވެސް ތަފާތެއް ނެތެވެ.