މަޖިލިސް އިންތިޚާބު މިއަދު މިވަނީ ކުޑަތަން ވެފައެވެ. މިއާއެކު، މަޖިލިސް އިންތިޚާބުގައި ވާދަ ކުރާ ކެނޑިޑޭޓުންދަނީ ކެންޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ކުރަމުންނެވެ. ގޭގެއަށް ހިނގުމާއި ކުލަ ލުމާއި، ބެނަރ ފަދަ ތަކެތި ހަރު ކުރުމެވެ. ނަމަވެސް ކެންޕެއިން ހަރަކާތްތަކުން އަަޅުގަނޑަށް ފަހުމް ނުވި އެއް ކަމެއް އެބަ އޮތެވެ. އެއީ، ޖަގަހަ ތަކުން އެޖަހާ ލަވައިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ދުވަސްވަރު، އޭރު އަޅުގަނޑު ތައްޔާރުވަމުން ދިޔައީ އޯ ލެވެލް އިމްތިޙާނަށެވެ. ކޮންމެ ރެޔަކު 8 ޖަހާއިރު ފޮތް ނަގާ ކިޔަވަން ހަމަ ހަދާއިރަށް އިވެނީ، އަމާޒެއްގެ ވާހަކައެވެ. ނުވަތަ ބާރަށް ކުރިޔަށްދާ ވާހައެވެ. ހަމައެކަނި އަޑެއް ނޫނެވެ. މިއުޒިކެކެވެ. މިގޮތަށް ކަންތައް ދިމާވުމުން، ކިޔެވުމަށް ލައްކަ ބުރު އެރިއެވެ. މިއަދުވެސް ހާލަތު ހަމަ އެއްގޮތެވެ. ސުކޫލު މަދަރުސާތަކުގެ ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރުން މިއަދު ވެފައިމިވަނީ ބޮޑު "ތުރާ" އަކަށެވެ.

ޖަހާ ލަވަ ބާރުކަމުން، ލައިގެ އަޑު މަޑު ކޮށްދިނުމަށް އެދުމުން، ޖަގަހައިގައި ތިބޭ މީހުން ބުނަނީ،"ކޮއްކޯ، ކޮންމެހެން ވަޒީފާއެއް ހޯދާކަށް ކިޔަވާކަށް ނުޖެހޭ. ބޭބެމެންވެސް މިއުޅެނީއެއްނު ހަމަ. ހުރިހާ އެއްޗެއް ބޭބެމެން އަތުގުގައިވެސް އެބަހުރި"، މިހެންނެވެ.

ރަނގަޅެވެ. ބޭބެމެންވެސް އެބައުޅެމުތާއެވެ. ނަމަވެސް މަހުޖަނެއްގެ ނުވަތަ މެންބަރެއްގެ ތައްޕާހުގައި އުޅެން ކޮންމެ ކޮންމެ މީހަކު ބޭނުމެއް ނުވާނެތާއެވެ. ކިޔަވާއިގެން އަމިއްލަ ފައި މައްޗަށް ތެދުވަނީ މިހެންވެއެވެ.

ކޮންމެޔަކަސް ޖަގަތަކުން ހުއްޓާ ނުލާ ލަވަތައް މިހާރު އެދަނީ ޖަހަމުންނެވެ. އެއް ކެނޑިޑޭޓެއްގެ ލަވައަށްވުރެ އަނެއް ކެނޑިޑޭޓްގެ ލަވަ ބާރުކޮށެވެ. މަތި މައްޗަށް މެގަ ފޯނާއި ލައުޑް ސްޕީކަރތައް ގުޅާ، ހީވަނީ ވާދައަށް އުޅޭ ބައެއް ހެންނެވެ. ކުޑަ ކުދިން ނުނިންދިގެން އުޅޭ މައިންގެ މަތިން މިމީހުނެއް ހަނދާނެއް ނުވެއެވެ. ބަލިވެ އެދުމަތި ވެފައިވާ މުސްކުޅިންނަށް ވާނެ އުނދުލަކަށް ފަރުވާލެއް ނުބަހައްޓައެވެ.

ހަމަގައިމުވެސް ކިތަންމެބާރަށް ލަވަ ޖެހިޔަސް އިތުރުވާނެ ވޯޓެއް ނޯންނާނެއެވެ. ރައްޔިތުން ރުޅި އަރުވައިގެން، ރައްޔިތުންގެ ފަރާތުން ވޯޓް ލިބޭނެ ކަމަށް ތި ހީކުރާ ހީކުރުމަކީ ބިލާހެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއައިޝާ

    މަވެސް ހިތަށް އަރާ ތިހެން. މި އީ ވާ ބޮޑުވެއްޖެ ކަމެއް. ދަރިންވެސް އަބަދު ކިޔަނީ އެތަންތަނުން ޖަހާ ލަވަ.

    39
    3
  2. ކަމަނަ

    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.
    އެޖެންޑާ-19 އަކަށް އިންޝާﷲ ކާމިޔާބެއް ނުވާނެ.

    42
    3
  3. އަލިބިޔާއްލޯ

    އެޖެންޑާ 19 ފެއިލްވާނެ އިންޟާﷲ ލާދީނީ 19
    އެޖެންޑާ 19 ކާމިޔާބު ނުވާނެ ލާދީނީ އެޖެންޑާ 19 ﷲގެ އިރާދަފުޅާއި މިންވަރުފުޅުން ފެއިލްވާނެ
    އިންޟާﷲ އިންޟާﷲ އިންޟާﷲ

    18
    5
  4. އާމިނަތު

    ލަވަޖަހާތީ ފޮތްކިޔާލާ ޤުރުއާން ކިޔަވާލަން އިންނަން ވަރަށް އުނދަގޫ. ގޭގެއަށް އަޑު ނީވޭވަރަށް އެހެން މީހުންނަށް އުނދަގު ނުވާގޮތަށް ކޮންމެ ކަމެއްވެސް ކުރަންވީ. ލަވަޔާ މިއުޒިކު އެއީ ހަރާމް އެއްޗެއް އެކަމަކު މުސްލިމުންނޯ ކޮންމެ ޖަގަހައެއްގަ. ﷲ ލައުނަތް ލައްވާފަވާ ކަމެއް ކުރާއިރު ކިހާ ރީތި މި ދިވެހިން. އަހަރެމެން ބޭނުމީ 100 އިސްލާމީ ވަންތަ ގައުމެއް. އެހެންކަމަށް ވާނަމަ މި ގައުމުގައި ﷲ ހަރާމް ކުރެއްވި ކަންކަން ވެވުނަދީގެނެއް ނުވާނެ. މުސްލިމް ގައުމެއްކަމަށް ގާނޫނު އަސާސީގަ ބަޔާންކޮށްފަ އެއޮތީ ނަމަކަށްތަ؟

    11
    1
  5. މަ

    މަވެސް ހިތައްއަރާ ތިހެން. ހާދަހާ ބޮލަށް އުދަގޫވެޔޭ ތިޔަޖަހާ ލަވަތަކަކުން. ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭބައެއް ނޫނޭއެއީ ބުނެވުނީ އެހެންވެ.

    6
    1
  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މާލޭގަ ސޯސަންމަގު ކޮޅުގަ އިންނާނެ ތީގެ ޖަގަހައެއް.. ހިސާބުގަނޑު މީހުނަށް ޖެއްސުމަށްކުރާކަމެއްހެން ހީވަނީ.. މަހިތައްއަރާ އެވަރުކުރާއިރު އެހިސާބުގަ އުޅޭ ގޭގެ ސްކޫލުކުދިންނަށް ފިލާވަޅު ދަސްކުރަން ނުވަތަ ނިފޭބާވައޭ.. ހަމަ މީހަކު މައްސަލަވެސް ނުޖައްސަނީބާ؟ ނޫނީ ގައްޑާކަމުގަ އަވައްޓރިންގެ އަޑު ނާހަނީބާ؟

    2
    1
  7. މީހުން

    މަ ހިތައްއަރާ ލަވަޔާއި މިއުޒިކު އެކަނިތޯއޭ ޙަރާމްވަނީ އިންތިޚާބެއް ކުރިމަތިވެ ކެނޑި ޑޭޓުން ކެމްޕެއި ހަމަ ފަށާ މީހުން ކައިރީ ވޯޓެއްގެ ވާހަކަ ހަމަ ދައްކާ ލާއިރަށް ބުނާނެ ވޯޓް ދޭނީ 5000 ރުފިޔާ ދިނީމައޭ ބަލަ ވޯޓް ދޭމަތިން ދޭ ރުފިޔާ ވާނީ ހަމަ ރިސްވަތަށް އަރީޙުވެސް ކިއްޔާ އަރީޙުވެސް އޮޅެނޫ ކޮންމެވެސް މީހަކު-/25000ރ ދީގެންނޭ.