ނިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގައި އެންމެ ނަން ހިނގާ އަދި އެ މެންބަރެއްގެ ވާހަކަތައް އެންމެންވެސް އަޑު އަހާލަން ބޭނުންވާ އެއް މެންބަރަކަށް ވާނީ 2014 ވަނަ އަހަރު ސިޔާސީ ހަޔާތް ފެއްޓެވި އޭރު ފަރެސްމާތޮޑާ ދާއިރާ ތަމްސީލްކުރަމުން އައި މަޝްހޫރު ސިޔާސީ ބޭފުޅުންނާއި ވާދަކޮށް ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޒުވާން ސިޔާސީ ލީޑަރ ހުސައިން މުޙައްމަދު ލަތީފްގެ ވާހަކައެވެ.

2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިއަށް ޙުސައިން މުޙައްމަދު ލަތީފް ހޮއްވަވާފައިވަނީ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. ފަރެސްމާތޮޑާ ދާއިރާ ދާއިރާއެއްގެ ގޮތުގައި ދިވެހިންނަށް އެނގިފައިވަނީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޙުސައިން މުޙައްމަދު ލަޠީފު ހޮއްވެވުމާއި ގުޅިގެން ދާއިރާ އަށްޓަކައި ކުރަމުން ގެންދިޔަ ބުރަ މަސައްކަތުންކަން ޔަޤީނެވެ. ޙަޤީގަތުގައި މަޖިލީހުގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާ ކުރިއަރުވަން ޖުމްލަކޮށް ދިވެހިރާއްޖެއަށް ފައިދާ ހުރި އެކިކަންކަމުގައި އަޑު އުފުލި މެންބަރެއްގެ ގޮތުގައި ހުސައިން މުހައްމަދު ލަތީފްވެފައިވުމެވެ.

ހުސައިން މުޙައްމަދު ލަތީފް މަޖިލީހުގެ އެހެން މެންބަރުންނާއެކު

އަލް އަޒްހަރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ޙާސިލްކޮށް ވިޔަފާރީގެ ދާއިރާއިން މާސްޓަރސް ހައްދަވައިގެން ހުންނެވި މި ޒުވާނާ އަނެއްކާވެސް އަމާޒު ހިފާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ފަސް އަހަރުވެސް ފަރެސްމާތޮޑާ ދާއިރާ ތަމްސީލްކޮށް އެ ދާއިރާއަކީ މުޅި ހުވަދު އަތޮޅުގައި އޮތް އެންމެ ތަރައްޤީވެފައިވާ ދާއިރާއަށް ހެދުމަށެވެ.

ޙުސައިން މީގެކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނަށް ބަލާއިރު ހުޅުމާލޭ ހޮސްޕިޓަލް، ޖެންޑަރ މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަން ހިމެނެއެވެ. މީގެ އިތުރުން އާއިލާއާއި ބެހޭ ކޯޓުގައި ހުސައިންވަނީ ކައިވެނި ކުރާ ފަރާތްތަކަށް ނަގައިދޭ ސެޝަންތަށް ވެސް ނަންގަވައިދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޒިންމާތައް ނަންގަވަމުން ކުޅިވަރަށް ހުންނަވާ ލޯތްބެއްގެ ސަބަބުން ޙުސައިންވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤާމްވެސް ފުރުއްވާފައެވެ. ޙުސައިންގެ އާމާޒަށް ވާސިލްވުމަށް ފާއިތުވި ހަތަރު އަހަރުތެރޭގައި ޙުސައިން ކުރި މަސައްކަތުން ފަރެސްމާތޮޑާ ދާއިރާގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްފެށި ފަތުވެރިކަމުން ދާއިރާއަށް ނަފާ ލިބިގަތުމުގެ ސިގްނަލްވަނީ ދީފައެވެ. އަދި މިއާއިއެކު ދާއިރާގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްވަނީ ކޮށްދެއްވާފައެވެ.

ހުސައިން މުޙައްމަދު ލަތީފް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި

ސިޔާސީ ހަޔާތަށް ބަލާއިރު 2014 ވަނަ އަހަރުން ފެށިގެން މިދިޔަ ކުރު މުއްދަތުގައި ސިޔާސީގޮތުން އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރުންގެ ލިސްޓުން ހުސައިން މިވަނީ ޖާގަ ހޯދާފައެވެ. މިކަން ސާބިތުވަނީ މިއަދު ސޯޝަލް މީޑިއާގެ އެކި ވަޞީލަތްތަކުން ޙުސައިން މުޙައްމަދު ލަތީފާ ދެކޮޅަށް ބުނަމުންދާ ސިޔާސީ ވާހަކަތަކުންނެވެ. ހަގީގަތުގައިވެސް މި ޒުވާނާއަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ވިދާލާނެ އަދި ނަން މަޝްހޫރު ސިޔާސީ ލީޑަރަކަށްވެދާނެކަމުގެ ސިފަތަކެއް ހުރި ޒުވާނެކެވެ. އެންމެ ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ޙުސައިން ކުރިމަތިލާފައިވަނީ ވަރަށް ކެތްތެރިކަމާއި ސާބިތުކަންމަތީގައެވެ. މި ޒުވާނާ ސިޔާސީގޮތުން ދައްކަމުން ދަނީ ސިޔާސީ އެހެން ހުރިހާފަރާތްތަކަށްވެސް ނަމޫނާއެކެވެ. އިވެމުންދާ އަޑުތަކަށާއި ދިމާވާ ގޮންޖެހުންތަކަކަށް ބަލާލުމެއް ނެތި މަސައްކަތްކޮށްފައިވަނީ ދާއިރާގެ ރައްޔިތުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައެވެ.

ހުސައިން މުޙައްމަދު ލަތީފް ރައްޔިތުންނާއި ގާތަށް

ހަގީގަތުގައިވެސް ފަރެސްމާތޮޑާ ދާއިރާއަށް ނިމިދިޔަ ފަސް އަހަރު އެކިގޮތްގޮތުން ވަނީ ކުރިއެރުންތައް އައިސްފައެވެ. އެ ދާއިރާގައި ހިމެނޭ ތިން ރަށުގެ ގިނަ އާންމުން ގަބޫލުކުރަނީވެސް މިތަރައްގީގެ ބާނީއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލްކުރަމުން އަންނަ ހުސައިން މުހައްމަދު ލަތީފެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އާންމު ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވި މި ޒުވާން މެންބަރު ދެކެ އެ ދާއިރާގެ ޒުވާނުން ލޯބިވާ މިންވަރު ހާމަވަނީ ސޯޝަލް މީޑިއާގައި އެ ދާއިރާގެ ޒުވާނުން ހާމަކުރަމުންދާ ޝުޢޫރުތަކުންނެވެ.

ހުސައިން މުޙައްމަދު ލަތީފަށް ތާއިދު ކުރާ ބައެއް ޒުވާނުންގެ ޝުއޫރުތައް

2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު 91 ބިލަކަށް ތާއީދުކޮށް ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ޙުސައިން ވަނީ ވޯޓް ދެއްވާފައެވެ. މީގެ އިތުރުން ނިމިގެން މިދާ ރައްޔިތުން މަޖިލީހުގެ ތަޅުމަށް މުޅިން އަލަށް ބިލްތަކެއް ވަނީ ހުށަހަޅުއްވާފައެވެ. މަޖިލީހަށް ހުށަހެޅުނު ގިނަ ބިލްތަކަކަށް ބަޙުޘްކުރުމުގައި ޙުސައިން އިސްކޮށްފައިވަނީ ރައްޔިތުން ލާބަޔާއި މަންފާ އަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީ، މިނިވަން މުޢައްސަސާއި ބެހޭ ކޮމިޓީގެ އިތުރުން ޤައުމީ ތަރައްޤީ އާއި ބެހޭ ކޮމިޓީ އާއި ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމިޓީގެ އިތުރުން އެހެނިހެން ކޮމިޓީތަކުގެ މެމްބަރެއްގެގޮތުގައިވެސް ވަނީ ޙަރަކާތްތެރިވެފައެވެ.

ހުސައިން މުޙައްމަދު ލަތީފް މަޖިލީހުގެ ކޮމެޓީއެއްގެ ބައްދަލުވުމެއްގަައި

ފަރެސްމާތޮޑާ ދާއިރާއަކީ މިހާރު ފަޚުރުވެރި ދާއިރާއެއްގެ ގޮތުގައި މަޖިލީހުގަޔާއި ޤައުމުގައި ވަނީ އަޑު ގުގުމާލާފައެވެ.