ޤާނޫނަކީ އެންމެންގެ މެދުގައި ހަމަހަމަ އެއްޗަކަށް ވާންޖެހެއެވެ.

ކޮންމެ މަޤާމެއްގައިހުރި ކޮންމެ މީހެއް ކަމުގައި ވީނަމަވެސް އެމީހަކީވެސް ޤާނޫނުގެ ކުރިމަތީގައި އެހެން މީހުންނެކޭ ހަމަހަމަ މީހަކަށް ވާންޖެހޭނެއެވެ. ޤާނޫނީ ބާރު ދެމެހެއްޓުމަށްޓަކައި، ކުށެއް ކޮށްފި ކަމުގައިވާނަމަ އެމީހަކާއި ޤާނޫނު އަރާ ހަމަކުރާނެކަމީ މިއަދު ރައްޔިތުންނަށް އޮތް އެންމެ ބޮޑު އިތުބާރެވެ.

ރައީސް ނަޝީދު:
މުހައްމަދު ނަޝީދަކީ 2008 ވަނަ އަހަރުން ފެށިން 2012 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާއި ހަމައަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. ވެރިކަމުގައި ޤާނޫނާއި ޚިލާފް އެތައް އަމަލެއް ހިންގުމާއި އިސްލާމްދީނާއި ޚިލާފް އެތަކެއް ވާހަކަތަކެއް ދައްކަވައި އެކަންކަން ތަންފީޒު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ވެރިކަމުގައި ހުންނަވައިގެން ހިންގެވި މިއަމަލުތަކަކީ ދުވަހަކުވެސް ޤާނޫނު އަރާ ހަމަކުރާނެ ކަންތައްތަކެއް ކަމަށް ނަޝީދު ޤަބޫލުފުޅެއް ނުކުރައްވައެވެ. އަދި އެކަން ކުރެވިދާނެކަމަވެސް ނުދެކެއެވެ. ނަމަވެސް މިއަދު ނަޝީދު ދަނީ އޭނާ ހިންގެވި ޤާނޫނާއި ޚިލާފް އަމަލުތަކަށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މި އަދަބަކީ ނަޝީދު ހިންގެވި ޤާނޫނާއި ޚިލާފް ގިނަ އަމަލުތަކާއި ބަލާއިރު ވަރަށް ކުޑަ އަދަބެއްކަމަށް ދެކޭ ފަރާތްތަށްވެސް މަދެއް ނޫނެވެ.

އަހުމަދު އަދީބް އަބްދުލް ޤަފޫރު:
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ އަވަހަށް ކުރިބޯއްޓާއި ހަމަޔަށް ގޮސް އެންމެ އަވަހަށް ހަމަބިމަށް ވެއްޓުނު އެކަކީ އަހުމަދު އަދީބެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ނުފޫޒު ގަދަ އަދި އެންމެ ބާރުގަދަ ވަޒީރެއްގެ ގޮތުގައި އުޅުއްވުމަށްފަހު ދިވެހި ރާއްޖޭގެ ނައިބް ރައީސްގެ މަޤާމުވެސް އަދީބު ކުރެއްވިއެވެ. އަދީބު މިހިސާބަށް އައުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އެކި ގޮތް ގޮތުން އޭނާ ގެންގުޅުނު ކަޅު ފައިސާ ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނައިބް ރައީސްގެ މަގާމު ލިބުމާއިއެކު ވެރިކަމަށް އަންނަން ކުރެއްވި މަސައްކަތް ނާކާމިޔާބްވެ މިއަދު އަދީބް އޭނާ ހިންގެވި ކޮރަޕްޝަނާއި، ޤާނޫނާއި ޚިލާފް ހުރިހާކަމެއް ތަހައްމަލު ކުރަމުންދަނީ ޖަލުގެ ގޮޅީގައެވެ.

ޤާސިމް އިބްރާހިމް:
ރާއްޖޭގައި ހުރި އެންމެ ފައިސާވެރި ތަނަަވަސް މީހަކީ ޤާސިމް އިބްރާހިމްއެވެ. ފައިސާ ވެރިކަމުގައި ވެރިކަމަށް ވަޑައިގެންނެވުމަށް ތަކުރާރުކޮށް 2 ފަހަރެއްގެ މަތިން ކުރެއްވި ބުރަމަސައްކަތުންވެސް ވެރިކަމާއި ހަމަޔަށް އާދެވުމުގެ ނަސީބެއް ޤާސިމަށް ލިބިފައި ނުވެއެވެ. ޤާސިމް ވެފައިވަނީ ވެރިކަން ހޯއްދެވުމަށް އެންމެ ބޮޑު ހޭދައެއް ކުރައްވައި އަދި ވެރިކަން ވައްޓާލުމަށްވެސް އެންމެ ބޮޑު ހޭދައެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައިކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. މި ވެރިކަން ބަދަލުކުރުމަށްވެސް އެންމެ ބޮޑު ހޭދައެއް ކުރައްވަމުންދަނީ ޤާސިމްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ވެރިކަން ބަދަލުކުުރުމަށް ތަފާތު އެކި ފަރާތްތަކަށް ރިޝްވަތު ދެއްވުމާއި މާލީ ތަނަވަސްކަން ފޯރުކޮށް ދެއްވުމުގެ ކުށްސާބިތުވެ މިއަދު ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޤާސިމްއަކީ މިފަދަ ކަން ކުރެއްވުމަށް ހިއްވަރު ހުންނެވި ބޭފުޅަކަށް ވިޔަސް ކުށެއްގެ އަދަބަށް ކުރިމަތި ލުމަށް ޤާސިމްއަކީ ވަރަށް ފިޑި ބޭފުޅެއްކަމަށް ސިޔާސީ ބޭފުޅުން ބުނެއެވެ.

ރައީސް މައުމޫން:
30 އަހަރުގެ ދިގު މުއްދަތެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫނަކީ ސިޔާސީ މައިދާނުގައި ނުރައްކާތެރި ގޭމް ކުޅުއްވާ ބޭފުޅެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ދެކެއެވެ. އެއްބަފާ ކޮއްކޯފުޅުގެ ވެރިކަމުގެ ތެރޭގައި ބޭނުންފުޅުވާ ނުފޫޒާއި ބާރުވެރިކަން ނުލިބުމުން ތާއީދު އަނބުރައި ގެންދަވާ ވެރިކަމާއި ދެކޮޅަށް މަސައްކަތް ފެއްޓެވިއެވެ. މިގޮތުން ރައީސް ޔާމީން ވިދާޅުވި 1 ފެބުރުއަރީ "ބަޤާވާތް ޕުޅު"ގެ އެންމެ އަޑީގައި ހުންނެވީ ރައީސް މައުމޫންނެވެ. 1 ފެބުރުއަރީގައި ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް ސްޕްރީމް ކޯޓުގެ ފަޑިޔާރުންނާއި ގުޅިގެން ހިންގަން މަސައްކަތް ކުރެއްވި ހުރިހާކަމެއް ފަޅާއަރައި ޤާނޫނާއި ކުރިމަތިލުމަށް މައުމޫނަށްވެސް މިއަދު ވަނީ ޖެހިވަޑައިގެންފައެވެ.

އުއްތަމަ ފަޑީޔާރު އަބްދުއްﷲ ސައީދު އަދި އަލީ ހަމީދު
މައްސަލަ ތަކުގައި އެންމެ ފަހުބަސް ވިދާޅުވާ ގޮތް ނިންމުމުގެ ޒިންމާ އޮތް ފަރާތަކީ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓެވެ. އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީފަރާތަކީ ސްޕްރީމް ކޯޓުކަމާއި، އަދި އެކޯޓުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަޑިޔާރުކަމަށް ޤާނޫނު އަސާސީގައި ވަނީ ކަޑައަޅާފައެވެ. 1 ފެބުރުއަރީގައި ސަރުކާރު ބަދަލުކުރުމަށް ނެރުއްވި ބަޔާން ނެރުއްވުމުގެ މޭސްތިރިއަކީވެސް އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދެވެ. ޤާނޫނީ ގިނަ ސުވާލުތަކެެއް އަދި ގިނަ މައްސަލަތަކެއް ފާހަގަކުރެވުނު މިބަޔާން ނެރުއްވި ގޮތާއި މަގުސަދަކީ ސީދާ ވެރިކަން ބަދަލުކުރުން ކަމުގައި ޤާނޫނީ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. އަދި މިފަދަ އަމުރެއް ނެރުއްވާފައިވަނީ ލިބި ވަޑައިގެންނެވި މާލީ މަންފާތަކުގެ ސަބަބުންކަން ފުލުހުން ކުރަމުންދާ ތަހުގީގް ތަކުން ހާމަވެއެވެ. މިކަމުގައި އަބްދުﷲ ސައީދާއި އެންމެ ބޮޑަށް ބައިއަތު ހިއްޕަވައި މިކަން ކުރުމަށް އުޅުއްވި އަލީ ހަމީދާއިވެސް މިއަދު ވަނީ ޤާނޫނު އަރާ ހަމަކޮށްފައެވެ.

މި ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ބޭފުޅުންނަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ނަންހިނގާ ބޭފުޅުންނެވެ. އަދި ރައްޔިތުންގެ ނުހަނު އިތުބާރާއި އަމާނާތްތެރިކަމާއިކު މަޤާމުގެ މަސްއޫލިއްޔަތު މީގެ ކުރިން ހަވާލުކުރެއްވި ބޭފުޅުންނެވެ.
ނަޒާހާތްތެރި އަބުރުވެރި އަދި ޝަރަފްވެރި ބޭފުޅުންތަކެެއް ކަމަށް ވާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ކޮންމެ ބޭފުޅަކުވެސް ބޭނުންވަނީ ވެރިކަމުގެ އުފަލެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ނަގައިލައިގެންވެސް ވެރިކަން ފުރޮޅާލުމަކީ މިބޭފުުޅުންގެ އަމާޒެވެ. މިއަދު މިބޭފުޅުންނަށްވެސް އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އޮތް އިތުބާރާއި ޔަގީން ކަމަކީ ޤަނޫނީ ހުކޫމަތަކީ ކުޑަ ބޮޑުވެގެން ހިނގާނެ ކަމެެއް ނޫންކަމެވެ.

ޤާނޫނާއި ޚިލާފަށް ކުރާ ކޮންމެ ކަމެެއް އަދި ކޮންމެ އަމަލަކަށް ޤާނޫނީ އިމުގެ ތެރެއިން އޮންނަ އަދަބަކާއި ތިމާ ކުރިމަތިލާން ޖެހޭކަމީ މިއަދު ޤަބޫލު ކުރަންޖެހޭ ހަގީގަތެެވެ. ސިޔާސީ ބާރުވެރިކަމާއި ފައިސާވެރިކަމަކީ ޤާނޫނީ ބާރު ނުހިނގަންވީ ސަބަބެއް ނޫންކަން މިއަދު ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙަފުޞާ/ މާލެ

    ކަންކަން ރޯފިލާތިބެމެ ، ނުބައިކަމާއި ޝައިޠާނީ ޢަމަލުތަކުގައި އަރާހުރި ތިން ޣައްދާރުން!

  2. ޑޭންޖުރެސް

    ގަސްދުގައި ޖަލްސާ އަށް އުޒުރަކާއި ނުލައި ވިދި ވިދިގެން ތިން ޖަލްސާ އަށް ނުދާ ކަމަށްވަނީ ނަމަ ލޯކަލް ކައުންސިލަރުންގެ ގޮނޑި ގެއްލޭ އެހެން ކަމަށްވާނަމަ މަޖްލީހުގެ މެމްބަރުންގެ ގޮނޑި ވެސް ގެއްލެން ޖެހޭނެއޭ. އަދި މަޖްލީހުގެ ޖަލްސާ ބޮއި ކޮޓް ނުވެސް ކުރެވޭނެ އުސޫލުން މަޖްލީހުގެ ޖަލްސާ ތަކާއި އަދި ޖަލްސާ ތަކަށް ހާޒިރު ވާން ޖެހޭ ގޮތާއި އަދި މަޖްލީހުގެ ޖަލްސާ ކުރާ މާލަމުގައި މަޖްލީހުގެ މެމްބަރުން ތިބެން ޖެހޭނެ ސްލޫކީ މިންގަނޑެއް ކަނޑައަޅާ އެކަމަށް ވަކި ގާނޫނެއް އެބަޖެހޭ އުފަން ކުރަން އަވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އުވިގެން ނުދަނީސް. މަޖްލީހުގެ ޖަލްސާ ތަކަށް ނުދާ މީހުން ދޭއާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭނޖުރެސް..

  3. ޑޭންޖުރެސް

    ކޮން ރައީސް ނަޝީދެއްތޭ އޭނާ އަކީ މިގައުމުގެ ރައީސް އެއް ނޫނޭ އޭނާ އަށް ކިޔަން ޖެހޭނީ ކެނެރީގެ ނަޝީދޭ މިހެންނޭ ހީ އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ހީ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  4. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ ދަ އުނގުވިއްކައޭ ދަ ލެސްބިއަނޭ ދަ ސޮމާލިޔަނޭ ދަ ކާޅުހެދުންލައޭ ދަ ލާދީނީއަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  5. ޑޭންޖުރެސް

    ގަސްދުގައި މެމްބަރުން ޖަލްސާ އަށް ނުދިއުމުން ޑެޑްލޮކަކަށް ހިނގައިދާނެ، ގާނޫނީ ހައްލެއް ހޯދަން ޖެހޭ ކަމަށް ދައުލަތުން އޭޖީ ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން ނަށް ހެއި އަރުވާލާނަމޭ މަމެން ދެން ތަމެން ޖަލްސާ އަށް ނުދާނަމަ ރަންރީނދޫ އެމްޕީން ތަކާ. ދިސް އެމްޑީޕީ ކެނޮޓް ބީ ޓްރަސްޓެޑް ދިސް އެމްޑީޕީ އިޒް ބޭޑް ދިސް އެމްޑީޕީ އިޒް ކްރޭޒީ ދިސް އެމްޑީޕީ ދަވޭ ދޭ ކޭމް އިންޓް މަޖީދީމަގު މުޒާހަރާ އައި ފީލް ސަމްތިންގް އިޒް ޑިފެރެންޓް އެބައުޓް އެމެން މުޒާހަރާ ގައި ގޮވާ ރިވެތި ދިވެހި ބަސް ތަކުން އޫއް އިޓްސް ދަ އާރޓް އޮފް ދުނގެތިވަލޭ ދޯ ދިސް އެމްޑީޕީ އިޒް ޑޭންޖުރެެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް. އަވަހަށް ގާނޫނެއް ފާސް ކޮށް އެމެން އެންމެން ގޮނޑި ފޭރިގަނޭ އާއު ޔޫ ނޯ ގޮނޑި ހުސްކުރަންވީއޭ އިނގޭތޭ ޓޭކް އަވޭ ދިސް އެމްޑީޕީ ބޭކާރު އެއްޗެހި ތަކާ ދޭއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  6. ތަފާތު

    ޤާނޫނުގައި އިސްތިސްނާ ކޮށްފައިވާ މީހަކު އިސްތިސްނާ ވާނެއެވެ.

  7. ނެރު

    އެކަމަކު މައްސަލައަކީ ހަމަހަމަ އެއްޗަކަށް ނުވާތީ އެއްނު

  8. ޒަރީނާ

    ފަސާދައިގެތެރެޔަށް ގެނބި ޣަރަޤުވަމުންދާ މައުމޫނު ސަލާމަތްކޮށް އެމަނިކުފާނަށް މަގުދައްކަދީ އިޞްލާޙްކުރުމަށް ނުކުތުމަށް ދިވެހި ރައްޔިތުންނަށް ގޮވާލަން!

  9. އަދުރޭ

    ތި 3 ބޭފުޅުން ދެކެ ޔާމީނު ބިރުގަންނަލެއް ބޮޑުކަމުން އެބޭފުޅުން އެތިއްބެވީ ރަހީން ކޮށްފައ.ި ގާނޫނު އެންމެންގެ މެދުގައި ހަމަހަމަ ވާންޖެހޭ އިރު އަމިއްލަ އިޢުތިރާފުން މަޝްހޫރުވި ފައިސާގޯނި ހުރީ މިނިވަންކޮށް، ދޫކޮށްލާފައި.

  10. ޔާމީން

    ނުބައިކޮށް ކަމެއް ގޮސްފަ އޮތްނަމަ މިދަތުރު ރައީސް ޔާމިން އަަށްވެސް އޮށްނާނެ. އަދި ނުކިއްސަރުކޮށް ކަންތަށް ކުރާ ކޮންމެ މީހަކަށްވެސް

  11. ޟުމީ

    ޢެގިގެންތަ ތިވަރަށް ލޮޔެފަ ތިއޮތީ ހާދަ މޮޅޭ

  12. ޖޖޖ

    ތިޔައީ ފައްކާ ޤައްދާރުން ތަކެއް

  13. މާސްޓަރ

    ތިހެންނަމަ ޖަލުގައި ތިބޭ އެހެންމީހުންނަށްވެސް ލައްވާފައި ތިބޭ ހެދުން ތިމީހުންނަށްވެސް ލައްވާނަމަ. މިވަރުގެ ކުޑަކަމެއްވެސް ހަމަހަމަ ނުކުރެވޭ. އެމީހުން ޓައީއަޅާފަ. އާދައިގެ މީހަކަށް އެމީހަކު އަމިއްލަ ހެދުން އެޅުމުގެ އިޚްތިޔާރެއް ނޯވޭ.

  14. މަރުމޯލު

    ރަގަޅު ރަގަޅު ގާނޫނުއަރާ ހަމަކުރާނެ އެމްމެނާވެސް ވިސްނުންތެރިކަމާއެކު ކުރިޔައް ގެންދަވާ

  15. މަރުމޯލު

    ޤާނޫނަކީ އެންމެންގެ މެދުގައި ހަމަހަމަ އެއްޗަކަށް ވާންޖެހެއެވެ.

  16. ޗީޗީ

    ކޮސް ނުގޮވާ. އެމީހުން ކުރީ މުޅިންވެސް ރަގަޅު ކަންތައް

  17. މމ

    އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި އެންމެއް ޖަލަށް ލޢނިމެނީ ބާކީ3 މީހުން. އެމީހުން ނާޖެހެނީ ކޮން އިރަކުން ބާ.

  18. ސަހަރޯ

    ހަސަނަށް ހީވީ ކެޔޮގަނޑު ކޑާފާނެހެން.