ކޮންމެ މީހެއްގެ ވެސް ޙައްޤުތަކެއް އޮންނާނެއެވެ. ނަމަވެސް "އަޑުގަދަ މީހާގެ ރުއް ގިނަވާނެ" ކަމަށް ބުނާ ބީދައިން އަޑު މިއިވެނީ "އަޑު ގަދަ މީހާގެ" ޙައްޤުގެ ވާހަކައެވެ. ސިޔާސީ ހަނލަބޮލިކަމުގައި ވެރިކަން ބޭނުން ވެގެން އިދިކޮޅު ފަރާތްތަކުން ލޮލުފިޔަ ނުޖަހައި އުޅޭއިރު ހިތައް އަރަނީ ޙައްޤަކީ ހަމައެކަނި އިދިކޮޅުގައި މިތިބި މީހުންގެ އެއްޗެއް ހެއްޔެވެ؟ އެހެން ރައްޔިތެއްގެ ޙައްޤެއް މިގައުމުގައި ނެތީ ހެއްޔެވެ؟

ރައީސް މުހައްމަދު ނަޝީދުގެ ވާހަކައިން ފަށަން ހިނގާށެވެ. ރައީސް ނަޝީދު ދިވެހިރާއްޖޭގެ ވަލިއްޔުލް އަމްރުގެ މަގާމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެގިއެވެ. އެއީ ސިއްރުން ކުރި ކަމެއް ނޫނެވެ. ރައީސް ނަޝީދު ސިފައިންގެ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ސިފައިންނަށް އަމުރު ކުރައްވައިގެން އަބްދުﷲ ގާޒީ ވަގަށް ނެގިއެވެ. ރާއްޖޭގެ ހުރިހާ ކޯޓަކުން އަބްދުﷲ ގާޒީ ދޫކޮށްލަން ތަކުރާރުކޮށް ކުރި އަމުރުތަކަށް ފާޅުގައި ގޮންޖެއްސެވިއެވެ.

ނަމަވެސް މިއަދު އަބްދުﷲ ގާޒީ ޤާނޫނާއި ހިލާފަށް ވަގަށް ނަގައިގެން ގެންގުޅުމުން ގެއްލުނު އޭނާގެ ޙައްޤެއް ނެތެވެ. އެވާހަކަ ދައްކާނެ މީހަކު ވެސް ނުފެނެއެވެ. މިއަދު އޮތީ ރައީސް ނަޝީދުގެ ޙައްޤުގެ ވާހަކައެވެ. ރައީސް ނަޝީދު ކުށެއް ނުކުރާ ވާހަކައާއި ރައީސް ނަޝީދު މިނިވަންކޮށް ދޫކޮށްލާ، އަނެއްކާވެސް ފަނޑިޔާރުން ވަގަށް ނެގުމުގެ ފުރުސަތު ފަހި ކުރުމަށް ރައީސް ނަޝީދު ވެރިކަމަށް ގެންނަން ޖެހޭ ވާހަކައެވެ.

ރައީސް ޔާމީންގެ ވާހަކަ ދައްކަން ހިނގާށެވެ. ރައީސް ޔާމީން ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ވޯޓަކުންނެވެ. ދިވެހި ރައްޔިތުންގެ މެޖޯރިޓީ ރައްޔިތުން ވަނީ އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ކުރަން ވޯޓް ދީފައެވެ. ދިވެހި ރައްޔިތުން ރާއްޖޭގެ ވެރިކަން އަބްދުﷲ ޔާމީން އާއި ހަވާލު ކުރީ ފަސް އަހަރު ދުވަހަށެވެ. މިއަދު އިދިކޮޅު މީހުން ބަޣާވާތް ކޮށްގެންނާއި، މުޒާހަރާ ކޮށްގެން އަބްދުﷲ ޔާމީން މަގާމުން ދުރުކުރަން އުޅޭއިރު އެމަނިކުފާނަށް ވޯޓް ދެއްވި އާންމު ރައްޔިތުންގެ ޙައްޤު ކޮބައި ހެއްޔެވެ؟

ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރި މެޖޯރިޓީ ރައްޔިތުންގެ ޙައްޤުގެ ވާހަކަ މިއަދު ނުދައްކައެވެ. މިއަދު ޑިމޮކްރަޓިކް ނިޒާމޭ ބުނެ އިދިކޮޅު މީހުން އަޑުއުފުލާއިރު ޑިމޮކްރަސީގެ އެންމެ ބޮޑު އަސާސަކީ ރައްޔިތުން ނިންމާ ގޮތެއް ގަބޫލު ކުރުމެވެ. ރައްޔިތުން ނިންމާފައި ވަނީ އަބްދުﷲ ޔާމީން އަށް ރާއްޖޭގެ ވެރިކަން ހަވާލު ކުރާށެވެ. ޑިމޮކްރަސީގެ އެއަސާސު ނޭނގޭ މީހުން ނުވަތަ ގަބޫލު ނުކުރެވޭ މީހުން މިއަދު ޑިމޮކްރަސީގެ ވާހަކަ ނުދައްކާށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވާހަކަ ވެސް ދައްކަން އެބަޖެހެއެވެ. ރައްޔިތުން މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން އެތައް މެންބަރުންނެއް ޖަލްސާތަކަށް ހާޒިރެއް ނުވެއެވެ. ނަމަވެސް ބަރާބަރަށް މުސާރަ ނަންގަވައެވެ. އަދި މިއީ "ރައްޔިތުންގެ" މެންބަރުން ކަމަށް ވެސް ވިދާޅުވެއެވެ.

ރައްޔިތުން ވޯޓް ދީގެން އެމެންބަރުން އިންތިޚާބު ކުރީ ފަސް އަހަރު ދުވަސް ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާށެވެ. އެބޭފުޅުން އިންތިޚާބު ކުރީ ޓީވީ ތަކަށާއި ނޫސްތަކަށް އިންޓަވިއު ދެއްވާކަށް ނޫނެވެ. އެބޭފުޅުން އިންތިޚާބު ކުރީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުގައި ވާހަކަދައްކާ ސިޔާސީ ޕާޓީތަކުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަދައްކާކަށް ވެސް ނޫނެވެ.

މިއަދު އެމެންބަރުން ރައްޔިތުންގެ އަޑުއުފުލަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވެ މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނޭ ވިދާޅުވާއިރު އެމެންބަރުންނަށް ވޯޓް ދެއްވި ރައްޔިތުންގެ ޙައްޤު ކޮބައި ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންކަމާއި ދެކޮޅު ހަދަން އެންމެ ވޯޓެއް ދެއްވަން ވެސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެން ރައްޔިތުންގެ ޙައްޤޭ ވިދާޅުވާއިރު ރައްޔިތުންގެ ފައިސާ އިން ތިބޭފުޅުން މުސާރަ ނެގުން މިއަދު ހަލާލު ވާނެތޯ ވެސް ސުވާލު ކުރަން އެބަޖެހެއެވެ.

މުޒާހަރާ ކުރުމަށް ނަޒަރު ހިންގާ ބަލާއިރު ވެސް މިފެންނަނީ އިދިކޮޅު މީހުންގެ ޙައްޤުތައް އެކަނި ފެންނަން އޮންނަ މަންޒަރެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އަމަލު ކުރަމުން އަންނަ ޤާނޫނެއްގެ ދަށުން މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް އިދިކޮޅު މީހުން މުޒާހަރާ ކުރަން ބޭނުން ވުމުން އެމީހުން ޤާނޫނަކަށް ބޯލަނބާކަށް ނުޖެހެއެވެ.

މުޒާހަރާ އަށް ނިކުންނަ ދެތިން ސަތޭކަ މީހުން ބޭނުން ވުމުން މާލޭގައި ބާކީ މިތިބި ލައްކަ އަކަށް ވުރެ ގިނަ މީހުންގެ ޙައްޤުތަކެއް ނުފެނެއެވެ. މުޅި މާލެ ހުއްޓުމަކަށް ގެނެސްގެން ވެސް އެދެތިން ސަތޭކަ މީހުން ބޭނުން ކަމެއް ކުރުމުގެ ހުއްދަ ދޭން އެބަޖެހެއެވެ.

ޤާނޫނުގެ ވާހަކަ ވެސް ދައްކަން އެބަޖެހެއެވެ. ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ އެއް ޙައްޤަކީ ޤާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤެވެ. މާނަ އަކީ ޤާނޫނަކުން މަނާ ކޮށްފައިވާ ކުށެއް ކޮށްފި ކޮންމެ މީހެއްގެ މައްޗަށް ވެސް އަދަބު ލިބޭނެއެވެ.

ޝަރުޢީ ކޯޓަކުން ނިންމާ ކޮންމެ ނިންމުމެއް އެއީ ހިތްރުހޭ ނިންމުމަކަށް ނުވި ނަމަވެސް އެނިންމުމެއް ތަންފީޒު ވެގެން ދިއުން އެއީ ކުށް ނުކުރާ މީހުންގެ ޙައްޤުގައި ވެސް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މިއަދު އިދިކޮޅު މީހުންގެ މައްޗަށް ކުރާ އަމުރެއް، ކުރާ ޙުކުމެއް އެއީ ތަންފީޒު ކުރަން ޖެހޭ އެއްޗެއް ކަމަށް އެމީހުން ނުދެކެއެވެ.

މިއަދު އިދިކޮޅުގައި ތިބި މީހުން ގަބޫލުކުރާ ހަމައަކީ "އަޑުގަދަ މީހާގެ ރުއް ގިނަވާނެ" ކަމެވެ. އަޑު ގަދައީ އެމީހުން ކަމާއި އެހެންކަމުން އެމީހުން ބޭނުންވާ ކަންތައްތައް ވާން ޖެހޭނެ ކަމަށް އެމީހުން އެބަ ގަބޫލު ކުރެއެވެ. ނަމަވެސް މިއީ ހަމައާއި އިންސާފުގެ ތިލަފަތުން ކިރާއިރު އެއްބަސް ވެވޭނެ ކަމެއް ނޫނެވެ. ޙައްޤަކީ އެންމެންގެ މައްޗަށް ހަމަހަމަ އަށް ލިބެންޖެހޭ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސައިދު

    ކަލޯމެންކޮ ގޮލައެގެއް ހައްގުބޮޑި ގެއްލުނީތަ؟

  2. ލައިސާޓު

    ކިހާވަރެއް ލިބިގެން ތިއުޅެނީ

  3. ތިބެބަލަ

    މަޖިލިހުގެ އިމްތިޔާޒް ގާނޫނުގެ 16 މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފިނަމަ ދެން ނޯންނާނެ މަޖްލީހުގެ އިމްތިޔާޒު ތަކާއި ބެހޭ ގަވާއިދުގެ ދަށުން މަޖްލީސް މެމްބަރުން ކުށެއްގެ ތުހުމަތުގައި ބަންދުކޮށް ފިނަމަ އެމެން މަޖްލީހުގެ ޖަލްސާ ތަކަށް ހާޒިރު ކުރާނެ އެއްވެސް ގޮތެއް. އެއީ ނޯންނާނެ ގޮތެކެވެ. ކަން މިހެން ހުރުމުން މިކަން އޮޅުވާލަން ވެގެން ކިއްލި ތަޅާއިން ދަ ގާނޫނު ކިޔަވައިގެން ތިބޭ އެމްޑީޕީގެ ލޯޔަރޭ މެން އީގޯ ސިންޑްރޯމް ގެ ދަށުން ދައްކާ ވާހަކަ ތަކަކީ އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އެމެން އެއުޅެނީ ސަރުކާރު ނުވެއްޓިގެން ކަޓް ސަރުކާރުން ނުކެވިގެން ކުރާނެ ކަމެއް ނޭގިގެންނޭ އެއީ އަޅައެއް ލާ އެއްޗެއ ނޫނޭ. އެމެން މިހާރު އެތިބީ ސަސްޕެންޑް އަރުވާލާފައި ދޯ. ދެން ވެސް ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ގޭގައި ތިބެބަލަ މަަޑުމަޑުން މީ މަމެން ޖެންޓުލްމެނުން ކުރަން ޖެހޭ ކަމެކޭ ތަމެން ނާއި ބެހޭ ކަމެއް ނޫނޭ މިކަމަކީ.

    • ކާ

      ތަ ތަ ތަތަތަތަތަަތަތޔަތަޔަތަތަތަތަތަޔޔަޔަތަމެން ތަމެން. ޢިޓްސް ވޮނަބީ މައި ލަވް އަ ޑާޑާޑާޑާ އަވަރ ރަންރީދުލޭ މެން ސިންގިން އެންޑް ޑާންސިން ޔާޔާޔާޔާ

  4. މާވަހަރު އަލީ

    ހައްޤު އޮތީ ހަމައެކަނި ސަރުކާރުގެތަ؟ ނިކަމެތި ރައްޔިތުންގެ ހައްޤުތަކޯ؟

  5. ހުސޭނުބެ

    ވަރަށް ފުރިހަމަ ލިއުމެއް.

  6. ޢަބްދުލްޣަފޫރު އަޙުމަދު

    ވަރަށް ޢިލްމީ އާޓިކަލް އެކެވެ. ޖާހިލުކަމުން ގޮސް ތިމަތިމާމެންގެ ސިކުނޑިއަށް އެއްވެސް އެއްޗެއް ނުވިސްނޭވަރު ވީމާ ވާ ގޮތެވެ. ޢުމަރުގެ ފާނަށް ތެދުމަގު ދެއްކެވިޔަސް އަބޫޖަހުލަށް ތެދުމަގު ނުފެނުނީ ޙަސަދައާއި ތަޢައްޞުބުގެ ސަބަބުންނެވެ. އިބްލީސުއްލަޢީން ސުވަރުގެއިން ނުކުންނަށް ޖެހުނީވެސް ޙަސަދައާއި ކިބުރުގެ ސަބަބުންނެވެ. އެހެންވީމާ، މައުމޫނު ދުނިޔޭގައި ހުއްޓައި ފާރިސަށް ވެރިކަން ހޯދަދޭން ކުރެވުނު މަސައްކަތާއި، އަނބިދަރީންނާއި ޖާނާއި މާލު ވިއްކައިގެންގެން ވެރިކަން ހޯދާން ޤާސިމުކުރި މަސައްކަތާއި، ލާދީނީ ޝިޢާރާއި ވަކި ކަރައެއްގެ މަޞްލަޙަތު މިތާގައި އުސްކުރާން އަންނިއަށް ވެރިކަން ހޯދާން އެމްޑީޕީއާއި ޣައިރު މުސްލިމުން ކުޅަ މަސައްކަތާއި، އެމްޑީޕީ ރިޔާސީ ޓިކެޓް ހޯދާން ޝާހިދު ކުރި މަސައްކަތާއި ޖޭޕީގެ ރިޔާސީ ޓިކެޓް ހޯދާން ޢަބްދުﷲ ރިޔާޒް ކުޅަ މަސއްކަތާއި ވެރިކަމަށް ފުރުޞަތެއް ހޯދާން "ބޮނޑިބަތް" ކުޅަ މަސައްކަތާއި މި ހުރިހާ ތަފާތު ފިކުރުތައް އެކުވެ، ކޯޅޭޝަނެއް އުފައްދައި ކޯޅޭޝަން ރޫޅި، އެންމެންވެގެން ރޭވި ހުރިހާ ބަޣާވާތެއް ނާކާމިޔާބުވީމާ، ދެން ސިކުންޑިޔަށް ލިބުނު މާޔޫސީއާއި ޑިޕްރެސްކަން ފިލުވައިލެވޭތޯ ގްރާސްރޫޓް ލެވެލްގެ އެކްޓިވިސްޓުން ހިފަހައްޓަން ތެޅި ބާލަނީއެވެ. ދާނީ ހުޅުނބެވެ. އިބޫ ޖަލަށް ވަންނަން ޖެހުނީ އޭނާއަށް ޓިކެޓް ލިބިދާނެތީ ޝާހިދާއި ޖޭޕީގެ ތެރެއިން ރޭވި ރޭވުމެއްގެ ތެރެއިންނެވެ.

  7. ޔާމީން

    ޢަޅުގަޑަކީ އެވެސް ކޮޅެގެ މީހެއްނޫ އަޅުގަޑައްވެސް އިގޭ މިހާރު މިގައުމުގެ ހާލަތު އަދި މުޅިދުނިޔެ ގޮވަމުންދަނީ ރާއްޖޭގެ ހާލަތު ރަގަޅުނޫކަމައްށެވެ. ތިބޭފުޅުންނައް މިގައުމު ހާލަތު ދެނެނުގަނެވެނީ ކީވެތަ ސިޔާސީ ބޭނުމަކަށް މުޅި ރާއްޖެ ހަލާކުވެގެންދާތަން ބަލަން ތިބެންވީތަ ކޯޓު ތަކުން ސިޔާސީ މީހުންނަ ހުކުން ކޮށް މުޅިއަހަރު ނިމާލާއިރުގަ ކޯޓުގާއި އަހަރެންގެ މަސްސަލައެން އޮންނަތާ ހަތަރުއަހަރުވީ ކޮބާތޯ އަޅުގަނޑުގެހައްގު !

  8. އެމެންނޭ

    އިދިކޮޅު އެމްޑީޕީން ހައްގޭ ކިޔާ ފެލެނީ އެއީ ކޮރަޕްޓް ބޮޑެތި ވަގުން ކަމުގައިވާ ރަންރީނދޫ ޓްވިޓަރޭ މެން ސަރުކާރުގެ މާލިއްޔާ އިން ވަގަށް ފައިސާ ނަގައިގެން ރާއްޖޭން ބޭރަށް ދަތުރު ކޮށް ހަދާ ބޭކާރު ފްލޮޕް ފިލްމް ކަމުގައިވާ ދަަ ކަނޑުފައްތާ ފިލްމް ކުޅެގެން އެމެންނަށް އުނގު ވިއްކަން ރަނުގެ ފުރުސަތު ލިބުމުން އެކަން ނުކުރެވިގެން ރަައްޔިތުން އެމެންނަށް ރާއްޖޭގެ ވެެރިކަން ހަވާލު ނުކުރީމާ ޖޭވެގެން ގާނޫނުގެ ބޭރުން ވެރިކަން ވައްޓާލަން ވެގެން ހައްގޭ ކިޔާ ފެލެނީއެެވެ. އެމެންގެ ނެތް އެއްވެސް ހައްގެއް ގެއްލިފައި. އެއީ ބޮޑެތި ފަސް މާމުލު ފަސް ވަގުންގެ ދަރިން ތަކެއް ސަރުކާރުގެ މާލިއްޔާ މައްޗަށް ވެރިވެގަންނަން ވެގެން އުޅެނީ. އެއީ އެ ގެއްލިގެން އުޅޭ ހައްގަކީ. ވައްކަން ކުރަން ވެގެން ނިކުމެ އުޅޭ ވަގު އަންހެން ވެރިން ތަކެއް ރަންރީނދޫ ނަމުގައި މުޒާހަރާ ކުރަން ވެސް ނިކުންނަނީ.

  9. ތަރޮށިއޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ބަންދުގައި ތިބޭ އެމްޕީން މަޖްލީހަށް ހާޒިރު ކުރެވުނުތޭ. ނޫން ނުކުރެވުނު ދޯ. ކުރެވުނުތޭ ނޫން ނުކުރެވުނުދޯ. ކުރެވުނުތޭ ނޫން ނުކުރެވުނުދޯ. ކުރެވުނުތޭ ނޫން ނުކުރެވުނުދޯ. ދެން ހުރޭ ބޮލުން ދުން އަރާލަ އަރާލަ އިނގޭތޭ. ތަރޮށި.

  10. މޫސާބެއްޔާ

    އަހުރެމެންވެސް ހެޔޮޙާލުގައި އެބަތިބިން! ސަރުކާރުން ގޮވލައިފިނަމަ ނުކުންނާނަށް! އެއް އިދިކޮޅޭއަކަށް ހަ އެއްކޮޅޭ ނެރޭނަށް!

  11. ބްރީދް

    ރަހްމެއް ކުލުނެއް އިންސާނިއްޔަތެއް ހުރެގެން ތޭ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެއް ވެލަ އެއް ރާއްޖެތެރޭ މީހުން ފަޅު ރަށްރަށަށް އަރާ އޮތްވާ ފުރަގަހަތުން ގޮސް އެސޮރު ފުރޮޅާލާ އެސޮރު މަރާލައިގެން އޭގެ މަސް ކާ ގޮތަށް ތަމެން މަމެންގެ ވެރިކަން ވައްޓާލަން ޖުޑިޝަރީ ތެރޭން ކޫ އެއް ގެންނާން އުޅުނީ. އެކަން ތަމެން ބަލަން ޖެހޭނެ އެއް ނޫންތޭ. އެކަން ތަމެންނަށް ނުވުމުން އޭގެ އާރފްޓަރ މާތް ގައި އަންނާނެ އިމްޕެކްޓް ތިޔާ އަންނަނީ. ދެން ރަނޑު އަނގަ ތަޅާނެ ކަމެއް ނެތް މީގައި. ލެޓްސް ބްރީދް އިޓް. ބްރީދް ބްރީދް ބްރީދް..