އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނާއި ދެކޮޅަށް އެންމެ ބޮޑަށް ފާޅުގައި މަސައްކަތް ކުރަމުންދާ ހުޅަގުގެ އެޖެންޓެއް ކަމުގައި ވިދާޅުވެފައިިވަނީ ނަޝީދުގެ މިއަދުގެ އެންމެގާތް އެކުވެރިންނެވެ.

2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް އޭރު ކުރެއްވި މަސައްކަތްތަކުގައި ވެސް އެންމެބޮޑު އެހީތެރި ކަމެއް ވެފައިވަނީ ހުޅަގުންކަމަށާއި، ނަޝީދަށް މި އެހީތެރިކަން ދީފައިވަނީ ރާއްޖޭގަައި އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ދިނުމަށާއި، ރާއްޖޭގައި ހުޅަގުން ބޭނުންވާ ގިނަ ކަންތައްތަކެއް ހިންގޭނެ ފުރުސަތު ލިބިގެންދާ ގޮތަކަށްކަމަށް އެންމެ އަޑަށް ބާރުލާފައި ވިދާޅުވަމުން ގޮސްފައިވަނީ ނަޝީދުގެ މިއަދުގެ އެކުވެރިންނެވެ.

ސިޔާސީ ޖަލްސާތަކާއި އާންމު ބައްދަލުވުންތަކުގައިވެސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ގޮތާއި ވެރިކަމުގައި ހުންނަވައިގެން ހިންގަވަން މަސައްކަތް ކުރެއްވި ދީނާއި ޚިލާފް ކަންތައްތަކަކީ ނަޝީދު ވެރިކަމަށް ގެނައުމަށް ބާރުދިން ކަމަށް މިބޭފުޅުން ވިދާޅުވާ ހުޅަގުގެ ފަރާތްތަކަށް ވެވަޑައިގެންފައިވާ ވައުދުތަކެވެ.

ނަޝީދުގެ ވެރިކަމުގައި ހިންގެވި ޤާނޫނާއި ޚިލާފް އަމަލުތަކާއި، ޤާނޫނާއި އެއްގޮތަށް ހިންގެވި އަމަލުތަކާއި މެދުވެސް އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ ނަޝީދާއި މިއަދު ބައިއަތު ހިއްޕަވައިގެން އެންމެ އަރިސްކޮށް މަސައްކަތް ކުރާ އަދާލަތު ޕާޓީންނެވެ. ވަކިން ޙާއްސަކޮށް އެޕާޓީގެ ރައީސް ޝައިޚު އިމްރާނެވެ.

ނަޝީދާއި ދެކޮޅަށް އޭރު މާލޭގައި ހިންނެވި ހުރިހާ މުޒާހަރާއެއްގައި ބޮލުގައި ބޭންޑު އަޅުވައިގެން އެންމެ ކުރީސަފުގައި ހުންނެވީވެސް އިމްރާނެވެ. "މަގޭ ޤައުމާއި، މަގޭ ދީނާއި" ނުކުޅޭށޭ ކިޔައި ބޮޑެތި އެއްވުންތައް ބާއްވަައި ދެއަތް މައްޗަށް ނަންނަވައި ނަޝީދުގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާތޯ އެންމެ ގަދަޔަށް ދުޢާކުރެއްވި އެއްބޭފުޅަކީ ވެސް ޝެއިޚު އިމްރާނެވެ.

ނަޝީދާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ "ނަޝީދަކީ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތުގެ އަދުއްވެއް، ދިވެހި ޤައުމިއްޔަތާއި ދެކޮޅު މީހެއް، ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމަށް ފެންބޮވައިގެންފައިވާ މީހެއް، އިސްލާމްދީނާއި ޤައުމިއްޔަތު ނެތިކޮށް، ފަނާކޮށްލުމަށްޓަކައި ނިކަން ރަނގަޅަށް ތައްޔާރުކޮށް ރާއްޖެ ފޮނުވާފައިވާ އެޖެންޓެއް އޭނައަކީ" އިމްރާން ވިދާޅުވިއެވެ.

ޝައިޚު އިމްރާން ވިދާޅުވިފަދައިން ނަޝީދަކީ ހުޅަނގުގެ އެޖެންޓެއްކަން މިއަދުވެސް ނަޝީދު ހިންގަވާ އަމަލުތަކުން ހާމަވެއެވެ. ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ބަދަލުކޮށްލުމަށް ހުޅަގުގެ އެހީތެރިކަމަށް ފާޅުގައި ގޮވާލައި ރާއްޖޭގެ ރައްޔިތުން އެއެއްޗެއްގެ މައްޗަށް ބަރޯސާ ވެފައިވާ ފަތުރުވެރިކަން ބޮއިކޮޓްކުރަން ނަޝީދު ދަނީ ގޮވާލަމުންނެވެ.

ނަޝީދު މިއަދު ރާއްޖޭގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަވާ އަމަލުތަކަކީ މީގެ ކުރިން 2008 ގައި ވެރިކަމަށް ވަޑައިގެންނެވުމަށްވެސް ކުރެއްވި މަސައްކަތުގެ ބޮޅެއް ކަމުގައި ސިޔާސީ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިއަދު ނަޝީދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުޅަގުން ކުރިން ނަޝީދު ދެއްކެވި މިފަދަ ވާހަކަތައް ޤަބޫލުކުރިޔަސް މިއަދު ޤަބޫލު ނުކުރާކަމެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ހުޅަނގުގެ އިސްލާމްދީނާއި ދެކޮޅު ބޮޑެތި ޤައުމު ތަކުގައި ވިދާޅުވިކަމަށް ޝައިޚު އިމްރާންމެން ފަދަ ބޭފުޅުން ވިދާޅުވާ އެއްވެސް ވައުދެއް ނަޝީދަށް ނުފުއްދުމުން އެމީހުންނަށް މިއަދު ނަޝީދާއި މެދު ކުރެވޭ އިތުބާރު ވަނީ ގެއްލިފައެވެ.

ޝައިޚު އިިމްރާން މެން ވިދާޅުވި އެއްވެސް ފައްޅިއެއް ދީނާ ޚިލާފް އެއްވެސް ކަމެެއް ނަޝީދަށް ނުކުރެވި ފެއިލް ވުމުން ނަޝީދު ފެއިލް ވެފައިިވަނީ ރައްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އެކަންޏެއް ނޫނެވެ. އޭނާގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ ހުޅަގުގެ ބޮޑުން ކައިރީގައިވެސް ނަޝީދުގެ އަގެއްނެތެވެ.

ނަޝީދާއި ގުޅޭގޮތުން މިފަދަ އެތައް ވާހަކަތަކެއް ދެއްކެވީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ. އޭރުވެސް މިވާހަކަތައް އެންމެ ތަފްސީލުކޮށް ރައްޔިތުންނާއި ހަމަޔަށް ގެނެސް ދެއްވީ ނަޝީދުގެ މިއަދުގެ އެކުވެރިންނެވެ.

މިހުރިހާ ހަޤީގަތްތަކާއި ކަންތައްތަކެއް އެގިތިބެ ނަޝީދުފަދަ އިސްލާމްދީނާއި އިދިކޮޅު ހުޅަގުގެ އެޖެންޓަކާއި ބައިއަތު ހިފާފައިވާ ފަރާތްތަކަކީ ދީނާއި މެދު ކޮން އިޚުލާސްތެރިކަމެއް އޮތް ފަރާތްތަކެއްކަމާއިމެދު މިއަދު ރައްޔިތުން ސުވާލު އުފައްދައެވެ. އަދި މިފަދަ ބޭފުޅުންނަކީ "ދީން ސިޔާސީ ހަތިޔާރަކަށް" ނަގާ ބޭފުޅުން ކަމުގައި މިއަދު ދިވެހި ރައްޔިތުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުރަސް

    ހަގީގަތުގަ ގަހުގެ ވެރިޔާ ލައްވާ

    ގަސް ކަނޑުވަން ފަސޭހަވާނެ. އެ

    ކަން ހުޅަގައް ވަރަށްރަގަޅައް އެގޭ
    ވީމާ މޮޔައެއް ވިޔަސް އެމީހެއްގެ

    ބޭނުން ހިފުމަށް ހުޅަގުންވިއަސް އަދި
    އިރުމަތިންވިއަސް އޮންނާނީ

    ކެތްމަދުވެފަ

  2. ނާސިރާ

    މި ހަމަ ފައްކާ ލާދީނީ އެޖެންޓެއް މިގައުމަށް ފާވެފަވާ

  3. އަބްދުއްލާ

    ނަސީދު ގެ އެޖެންޓްކަން އެކަންޏަކު ނޫން ހުޅަގަކީ . ނަސީދުގެ ދީން ވެސް ހުޅަނގު ނަސީދު ބުނީ ދިންނަވާނެ މަގު ފެންނާނީ ދޮންމީހުނާއެކު ދޮންމީހުން އުޅޭގޮތަށް އުޅުމުންނޯ .ވިލާތު ސަރުބަތުގެ އެހީގަ

  4. މ

    ޥަރަށް ބޮޑު ތެދެއް...ވަގުތު ކުދިން ތިބުނީ..ސާބަސް ކުދިންނޭ....