މިމަހުގެ 06 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ ވަރަށް ގިނަ ސިޔާސީ ހަޤީޤަތް ގަބޫލު ކުރަން މަޖުބޫރު ކުރުވި އިންތިޚާބެކެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ނެގީ ކީވެއްތޯ އާއި، މަޖިލީހުން ޖާގަ ކަށަވަރު ކުރައްވާނެ ކަމަށް ލަފާކުރެވުނު އެތައް ބޭފުޅުންނަކަށް މަޖިލީހުގެ އިންތިޚާބު ކާމިޔާބު ނުކުރެވުނު ސަބަބާއި ބެހޭ ގޮތުން ވިސްނާ، ދިރާސާތައްކޮށް، ހޯދައި ބެލުމަކީ ސިޔާސީ ކުރިމަގަށްޓަކައި ކުރަން ޖެހިފައި އޮތް ކަމެކެވެ.

މަޖިލިސް އިންތިޚާބުން ކަޓައިގެން ދިޔަ އެންމެ ހާއްސަ ބޭފުޅުންގެ ލިސްޓެއް ތައްޔާރު ކުރާނަމަ އެލިސްޓްގެ އެންމެ ކުރިން ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ޖާގަ ހޯއްދަވާނެ ކަމާއި މެދު ޝައްކެތް ނެތެވެ.

ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ކަމަށް ފާރިސް މައުމޫން ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކެމްޕޭން ގައި ވަރަށް ބުރަކޮށް ބައިވެރިވެ ވަޑައިގެންނެވި އެވެ. ފާރިސް އިންތިޚާބު ކާމިޔާބު ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ހަފޮޅުން އެތެރެވެ ވަޑައިގެންނެވި އިރު އޭނާ އަކީ ޔާމީންގެ ސަރުކާރު ގުޑުވާލާ، ނޭވާ ހާސްކޮށްލާ، މަރުފަލި ޖަހަން ސަރުކާރަށް މަޖުބޫރު ކުރުވާނެ ބޭފުޅާ ކަމަށް ޔާމީން ވެސް އަދި އެހެން އެއްވެސް މީހަކު ވެސް ހީކޮށްފައި އޮތުން އެއީ ނާދިރު ކަމެކެވެ.

ޕީޕީއެމްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ގެނެސްފައި ހުރި އަހްމަދު މަސީހް މުހައްމަދު މަގާމުން ދުރުކުރަން އިސްވެ ހަރަކާތްތެރިވީ ފާރިސް އެވެ. ފާރިސް މެދުވެރިވެގެން ބައެއް މެންބަރުންނަށް ފައިސާގެ ބޮޑެތި އަދަދުތައް ހަވާލު ކޮށްފައިވާ ކަމަށް ފުލުހުންގެ ތަޙްޤީޤުގައި ބަޔާން ދިން މީހުން އެއޮތީ ބުނެފައެވެ. ބާރު އޮތް ބަޔަކު މައްސަލަ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ތަޙްޤީޤު ރިޕޯޓްތަކާއި ބަޔާންތައް ދިވެހި ތާރީޚްގެ ވަރަށް ކަޅު ޞަފްހާތަކެއްގެ ގޮތުގައި ރާއްޖެ ދެމިއޮތްހާ ދުވަހަކު ރައްކާ ކުރެވިފައި ހުންނާނެއެވެ.

މެންބަރުން "ގަނެގެން" ނަމަވެސް މަސީހާއި ދެކޮޅަށް އެބޭފުޅުންގެ ސޮއި ހޯދުން އެއް ބަޔަކަށް ފެނުނީ ފާރިސްގެ ލީޑާޝިޕްގެ ކުޅާދާނަ ކަމެއްގެ ގޮތުގައެވެ. ފާރިސްގެ ހުރި ގާބިލް ކަމުގެ ގޮތުގައެވެ. ފާރިސްގެ ހުރި ދުރު ވިސްނުމުގެ ގޮތުގައެވެ.

ނަމަވެސް ގަބޫލު ކުރަން މިއަދު މަޖުބޫރު ވެފައިވާ ސިޔާސީ ހަޤީޤަތަކީ ކޮރަޕްޝަނާއި ވައްކަމަށް ދިވެހި ރައްޔިތުންގެ މެޖޯރިޓީ ތާއިދު ނުކުރާ ކަމަށެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ސީނިއާ މެންބަރަކު ނަން ހާމަނުކުރައްވާ ގޮތައް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފާރިސް އަކީ ވަރަށް ގާބިލް ބޭފުޅެއްގެ ގޮތުގައި ކުރިން ލަފާކުރެވުނު ނަމަވެސް ހަޤީޤަތުގައި ސިޔާސީ ހަޔާތް ވަރަށް ޅަފަތުގައި ވަނިކޮށް ފާރިސް ވަނީ އޭނާގެ ސިޔާސީ ހަޔާތް މަރާލާފައި ކަމަށެވެ.

"ފާރިސް އަކީ އެމްޑީޕީ އަށް ވެސް ހުރި ޗެލެންޖަކަށް ވެދާނެ ކަމަށް ކުރިން ލަފާ ކުރެވުނު. ނަމަވެސް ހަޤީޤަތަކީ ފާރިސް އަށް ދަސްވެފައި އޮތީ ގަދީމީ އުސޫލު. އެއީ ފައިސާ ދީގެން ބަޔަކު ގަނެގެން ބޭނުންވާ ގޮތައް ކަމެއް ނިންމުން. އެއީ އަދިވެސް ވޯކް ކުރާނެ އެއްޗެއް. ނަމަވެސް އެއީ ރައްޔިތުންގެ ތާއީދު ހޯދޭނެ ފޯމިއުލާއެއް ނޫން. ފާރިސް ޕީޕީއެމްގައި ހުރެގެން މަސައްކަތް ކުރި ނަމަ ޔާމީންގެ ވެރިކަން ވެއްޓުމުން ޕީޕީއެމްގެ ލީޑަރު ކަމަށް ފާރިސް އައީސް ދެއްތޯ؟ މިއަދު ޕީޕީއެމް ފިކުރުގެ ބޭފުޅުން ވެސް އެމްޑީޕީ ފިކުރުގެ ބޭފުޅުން ވެސް ފާރިސް ބަލައެއް ނުގަނޭ. އެއީ ސިޔާސީ ހަޤީޤަތް." އޭނާ ވިދާޅުވިއެވެ.

ފާރިސް އާއި އެކު ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ހާމަނުކުރާ ގޮތައް ވިދާޅުވީ ޔާމީންގެ ސަރުކާރާއި ދެކޮޅަށް ފާރިސް ނިކުތީ ކޮރަޕްޝަނާއި، އަނިޔާވެރިކަން ބޮޑުވެގެން ނޫން ކަމަށެވެ.

"ފާރިސް ވެސް މައުމޫން ވެސް ބޭނުންވީ ބާރާއި އިހްތިޔާރު. ކޮރަޕްޝަނާއި އަނިޔާވެރިކަން ބޮޑުވެގެން ސަރުކާރާއި ދެކޮޅު ވާނަމަ ކީއްވެތޯ ފާރިސް އޭނާގެ ބައްޕާފުޅުގެ ވެރިކަމާއި ދެކޮޅަށް ނުނިކުތީ. އޭރުވެސް އިދިކޮޅު މީހުން ތިބި. އޭރު ރާއްޖޭގައި އޮތީ މާއަނިޔާވެރި، މާބޮޑަށް ބޭއިންސާފުން ކަންކަން ކުރަމުން އައި ސަރުކާރެއް. ނަމަވެސް އޭރު ފާރިސް މެން ބޭނުންފުޅުވި ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން އައީ ކުރެވެމުން. ޔާމީން ވެސް އެފުރުސަތު ދެއްވި ނަމަ ފާރިސް ހުންނަވާނެ ޔާމީންގެ ވެރިކަން ދިފާޢު ކުރައްވަން." އޭނާ ވިދާޅުވިއެވެ.

ކުރިން ވާހަކަދެއްކެވި އެމްޑީޕީގެ މެންބަރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ މައިދާނުން އަދިވެސް ކުރިއަށް ދިއުމުގެ ފުރުސަތެއް އޮތީ އެމްޑީޕީގެ ފިކުރު ނުވަތަ އެމްޑީޕީ އާއި ދެކޮޅު ފިކުރުގައި ހުރެގެން ކަމަށެވެ. ނަމަވެސް ފާރިސް އަށް އެއިން އެއްވެސް ކޮޅެއް ނެގިފައި ނެތުން އެއީ ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު އެއް ސަބަބު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"އެމްޑީޕީ މެންބަރުންނަށް އެނގޭ ފާރިސް އަކީ އެމްޑީޕީ މެންބަރެއް ނޫންކަން. ޔާމީންގެ ތަރައްޤީގެ މަސައްކަތައް ވޯޓް ދެއްވި ބޭފުޅުންނަށް އެނގޭ ފާރިސް އަކީ ޔާމީންގެ ވެރިކަން ވައްޓަލުމަށް ކޮންކަންތައްތަކެއް ކުރި ބޭފުޅެއްކަން. އެހެންކަމުން އެބޭފުޅުންގެ ތާއިދު ވެސް ފާރިސް އަކަށް ނެތް. ދެކޮޅުން ކުރެ އެއްވެސް ކޮޅެއްގައި ފާރިސް އަށް ޖާގައެއް ނެތް. އެހެންކަމުން ގަބޫލު ކުރެވެނީ ފާރިސްގެ ސިޔާސީ ހަޔާތް ދެން މިހާރު ނިމުނީ ކަމަށް. އެއްކޮޅެއްގައި ހިފަހައްޓައިގެން ހުރުމުން ކާމިޔާބު ލިބޭނެ ކަން ޣައްސާން އެވަނީ ސާބިތު ކޮށްދެއްވާފައި. މިއީ ޙަޤީޤަތް." އޭނާ ވިދާޅުވިއެވެ.

ފާރިސް ވަނީ ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ކާމިޔާބީތަކެއް ވެސް އެކަމުގައި އޭނާ ހޯދިއެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައި އޮތީ ކިތަންމެ ހުތުރު ކަންތައްތަކެއް ނަމަވެސް އެކަންކަމުން މިއަދު ފާރިސް އެހުރީ ސަލާމަތްވެ ވަޑައިގެންފައެވެ. ނަމަވެސް އޭނާގެ ސިޔާސީ ހަޔާތުގެ ކުރިމަގަށް އެޅުނު އެންމެ ކަޅު ހިޔަންޏަކީ އެހުތުރު އަމަލުތަކެވެ.

ފާރިސްގެ ނާކާމިޔާބުން ދަސްކުރަން ޖެހޭ އެއް ހަޤީޤަތަކީ ރައްޔިތުން އިންތިޚާބު ކުރާ ފިކުރު ދޫކޮށްލައިފިނަމަ ސިޔާސީ މައިދާނުން ޖާގަ ކަށަވަރު ކުރުން އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. 2014 ވަނަ އަހަރު އަލްހާން ފަހްމީ އާއި އަލީ ވަހީދާއި އަދި މިފަހަރު ކަޓައިގެން ދިޔަ 11 މެންބަރުންނަށް ވެސް މަޖިލިސް އިންތިޚާބު ނާކާމިޔާބު ވެގެން ދިޔައީ ރައްޔިތުން އިންތިޚާބު ކުރި ފިކުރު ދޫކޮށްލުމަށް ފަހު އަމިއްލަ އެދުން އިސްކުރުމުންނެވެ.

ފާރިސްގެ ނާކާމިޔާބުން ދަސްކުރަން ޖެހޭ ދެވަނަ ކަމަކީ ފައިސާ އާއި ކޮރަޕްޝަންގެ ތެރެއަށް ވަދެގެން ސިޔާސީ މައިދާނުގެ އެންމެ މަތީގައި މަގާމު ކަށަވަރުކޮށް، ރައްޔިތުންގެ ލޯތްބެއް ނުހޯދޭނެއެވެ. ފައިސާ އިން ވަގުތީ އުފަލެއް ލިބިދާނެއެވެ. ސިޔާސީ ދާއިރާ އިން ވަގުތީ ކާމިޔާބެއް ވެސް ލިބިދާނެއެވެ. ނަމަވެސް ފައިސާ އަކީ ރައްޔިތުންގެ ތާއިދު ދަމަހައްޓަން އޮތް ހަތިޔާރަކަށް ނުހެދޭނެއެވެ.

ކޮންމެ ކަމަކީ ކުރިމަގަށް ލިބޭ އިބުރަތެއް ކަމުގައި ބަލައިގެން ނޫނީ އެއްވެސް ކަމެއްގައި ކާމިޔާބެއް ނުހޯދޭނެއެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ފެނުނު ސިޔާސީ ހަޤީޤަތް ގަބޫލުނުކުރާ މެންބަރުން ދެން އަންނަ މަޖިލިސް އިންތިޚާބުން ވެސް ކަޓައިގެން ދާނެއެވެ. ފާއިތުވި ތަނުން ފެނުނު މަންޒަރަކީ އެއީ އެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. މާޒިން

  ފާރިސްއަކީ ވަރަށް ކާމިޔާބު ހިންގުންތެރި ހިތް ހެޔޮ މީހެކެވެ. އަބަދުވެސް ކަންކަމުގައި ޒާތީ ވެގެން މީހުންގެ ނެގެޓިވް ސައިޑުން ވިސްނާ މީހުންނަށް ދިމާ ޮށް ހެދުމަކީ ރަނގަޅު ކަމެއް ކަމުގައި ގަބޫލު ނުކުރެވެއެވެ.

  37
  128
 2. ޖީނަޔަހާމަރުނާޖަހާ

  މި ކަލޭގެ މީ މީނަގެ އައްޕަގެ ހަލާކު، ވެރިކަންކުރަން އުޅެނިކޮށް މިޔަރުމަސް ކެވިއްޖެނުން

  114
  16
 3. ބުއްޅަބޭ

  މީދާމަރަން ބޭސްލުމުން އެބޭހަށް މީދާތަށްހޭނި ކުރާ އަސަރު ކުޑަކަން އެންމެ ފުރަތަމަ ތަހުލީލުތަކުން ހޯދައިގަތީ ޖުއިޝް ސައިންޓިސްޓުން، 'މައުސްޕޮކްސް' މީދާތަކަށް އިންޖެކްޓްކުރީމަ އެހެން މީދާތަކަށް އެބަލި ފެތުރިގަނޭ. މިފޯރމިއުލާ އަންނި ބޭނުންކުރީ ފާރިސްމެން، މައުމޫނުމެން ބޭނުންކޮށްގެން، އެވާހަކަ ނަޝީދު އެއޮތީ ސާފުކޮށް ވިދާޅުވެފަަ، އަދީބް ބުރޯއަކީ ތިމަންމެން އެޅުވި ފަންޏެކޭ! ޔާމީނުގެ އެއްމެ އަރިސްމީހުންނާއި، އާއިލާމީހުންނަށް ވައިރަސް އިންޖެކްޓް ކޮށްގެން ޔާމީނު އެއޮތީ ވަރުބަލި ކޮށްލާފަ! ރާއްޖެ ތަރަށްގީގެ ހަލުވި ސްޕީޑް އިންޑިޔާއިން އެއޮތީ އަތުލާފަ، ރާއްޖޭގެ މިނިވަންކަމުގެ ބަސްބުނާބަޔަކަށް އިންޑިޔާ އެއޮތީވެފަ، ރާއްޖޭގެ ވެރިކަން އިންޑިޔާގެ ބާރުގައި އެއޮތީ ހޯދާދީފަ، އަދި ނުވީތާކަށް މަޖިލިސްވެސް އެއޮތީ ފައިސާގެ ބާރުގަ ނަގާފަ! ދެންއޮތީ ގާނޫނީ ގޮތުން އިންޑިޔާއަށް އެމީހުންގެ ބިލިޔަންޑޮލަރު އަނބުރާ ދެވޭނެ ގޮތްހެދުން އެކަންވެސް ކުރާނެ!

  115
  12
 4. ސޮފްއަތު

  ޢަސްލު ފާރިސް ޔާމީނުއާއި އިދިކޮޅުވުމުގެ ނަތީޖާއަކީ މިއަދުގެ މިވެރިކަން. މިއަދު ވެރިކަމުގައި ތިބިމީހުންގެ އަޑުކެޑިފައި ވަނިކޮށް އަޑު އިއްވަދިނީ ފާރިސް. މިއަދު އެހެންނޫންނަމަ ވެރިކަމުގައި ތިބޭނެ ބައެއް އެއީ.

  103
  6
 5. ކާފަބޭ2019

  މިޙަޤީގަތް ޤަބޫލުކުރަން ފައިސާގެހިޔަނިއެޅިފަތިބި ބޭފުޅުންނަކަށް ފަސޭހައެއްނުވާނެއެވެ. ޔާމީނަށް ލަނޑުދޭންނުކުތްގިނަމީހުން އެވަނީބާކީވެފައެވެ. މިއަދު މައުމޫނާއެކު ޔާމީނުވެރިކަންކޮންމެގޮތަކުން ކޮންމެގޮތެއްހަދައިގެންވެސް ބަދަލުކުރަންމަސައްކަތް ކުރިމީހުންނަށް މިހާރުކަރުބުޑުގައިހިތިރަހަލާނެކަން ޔަޤީނެވެ. މަޖިލިސްގެހުވާކުރުމާއެކު އަދި ލާހިތިރަހަގަދަވާނެކަން ޔަޤީނެވެ. މައުމޫނަށްސަލާމް

  111
  6
 6. ކޭ ބީ

  މަޖިލިސް އިންތިޚާބުން ކަޓައިގެން ދިޔަ އެންމެ ހާއްސަ ބޭފުޅުންގެ ލިސްޓެއް ތައްޔާރު ކުރާނަމަ އެލިސްޓްގެ އެންމެ ކުރިން ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ޖާގަ ހޯއްދަވާނެ ކަމާއި މެދު ޝައްކެތް ނެތެވެ..... އެއްމެން ހަމަހަމަ... ވަކިމީހަކު ކާއްޞަ ނޫންކަން އިގެއްޖެއެއްނު

  56
  4
  • ފެތޭއޮޑި

   ހާއްސަ ވަނީ ބޮޑާ ކަމާއި ކިބުރުވެރިކަމަށް

   11
  • no go ތ

   thanks

 7. ެިބުރަތުގެ ނަޒާހަތު

  މިގައުމުގެ މުސްތަގުބަލުގެ ލީޑަރަކަށްވާނެކަމަށް ލަފާކުރެވެނީ ޢައްސާނު. ފާރިސް އަކީ ލީޑަރެނޫން. ފާރިސްލީޑަރަކަށްވަންޏާ ވަސަންތީއީ ހުމާމާ މިފަދަމީހުންނަކީވެސް ލީޑަރުން. މައުމޫނުގެ 2020ގެ ތަސައްވަރު ހަގީގަތަކަށް ހެދުމައްޓަކާ އެއްބަފާ ކޮއްކޮ ގަތުލުކޮއްލަން ކަނޑިދީފަ ދަރިނެރުނީ. މައުމޫނުގެ އަމިއްލައެދުން ކުރިޔަށްނެރުމުން މައުމޫނަކަށް ނުފެނުނު މިކަނޑި މައުމޫނަށް ހަދިޔާކުރިމީހުން ކަނޑީގެ މިޔައަށް ވިހަލާފަހުރިކަން ނުވިސްނުނު. މަޖުލިސް އިންތިހާބުގަވެސް މައުމޫނު ހަމަލާދިނީ ރޔާމީނަށް ތިމާގެ އިދިކޮޅަކީ ކޮބައިކަން ރަގަޅަށް އިގޭއިރު އެމީހުންނަ ބަހުގެ ހަމަލާއެދޭން ނުކެރުނުއިރު އަމިއްލަ ނަފްސަށް އެހީތެރިކަމެދޭންހުރި މީހުންނަކީ ދުޝްމަނުންކަމަށް ރައްޔިތުންނަ ކިޔާދިނީ. 2020ގެ ތަސައްވަރުގަ މައުމޫނުގެ ދަރިޔަކު ވެރިކަމުގަ ހުރުމަކީ މައުމޫނުގެ ތަސައްވަރު. ޢައްސާނާދެކޮޅަށް މައުމޫނު ކެންޑިޑޭޓެނެރުމުގެ މާނަކުރަންވީ ކިހިނެއްކަމެނޭގޭ. ދެން ކޮއްމެއަކަސް ވިސްނުމުގެގޮތުން ބުއްދިވެރިވެފަ ކެތްތެރިވެފަ ކަންކަމުގެ ގާބިލްކަމަށް ބަލާފަ ބުނެވޭނީ ޢައްސާނަކީ ލީޑަރެކޭ. ރިޝްވަތުދީގެން ލީޑަރަކަށް ފާރިސްއަށް ވެވޭނަމަ އެއީވެސް ލީޑަރެ ފައިސާގެ ލީޑަރެ.

  73
  8
 8. ނަސީމާ ޢަލީ

  މައުމޫނު ހީކުރީ ރައީސް ޔާމީންގެ ވެރިކަން އިދިކޮޅާގުޅިގެން ވައްޓާލީމާ މައުމޫނަށާއި އޭނަގެ ދަރިންނަށް މާބޮޑު ފައިދާ ވާނޭކަމަށެވެ. އެކަމަކު އެކަން އޮތީ އެހެން ނޫންކަމާއި ، ޙާޤީޤަތުގައި އެ އެރުނީ އަމިއްލަ ނޭފަތަށް ފައިންކަން މައުމޫނަށްވެސް މައުމޫނުގެ ޢާއިލާއަށްވެސް މިހާރު ވާނީ އެގިފައެވެ. ތިމާގެ ޢާއިލާ ތިމާދެކެ ނުވާ ލޯތްބެއް އެހެންބަޔަކު ނުވާނެއެވެ. އަންނިމެން މައުމޫނުގެ ނަން ބޭނުންކޮށް "ތިޔައީ ޒަޢީމޭ" ކިޔައި ގަޅަހެއްދިއިރު މައުމޫނު ހުރީ ހެވި ދިލިފައެވެ. ރީދޫ ޖަގަހަޔަށް ވައްދައިފިއެވެ، ރީދޫ ޕޯޑިޔަމަށް އަރުވައިފިއެވެ. މިއަދު މައުމޫނުގެ ބުރަދަނެއް ނެތްކަން ވަރަށް ސާފެވެ. އަދި ބޭރުކޮށްލާތަންވެސް ފެންނާނެއެވެ. އެދުވަހަކީީ އަހުރެމެންގެ ޢީދު ދުވަހަކަށް ހަދާނަމެވެ.

  91
  9
 9. ޓޮމް

  ފާރިސް އަކީ އެއްވެސް ކަމެއް ގައުމަށް ކޮށްދިން ބޭކަލެއް ނޫނެވެ. ރައްޔިތުންގެ ފައިސާ އިން އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކޮށް ގޭގައި އޮވެ މައުމޫނުގެ ދިގު 30 އަހަރު ހޭދަ ކުރި ކުއްޖެކެވެ. ހިތުހުރި ކަމެއް ހުތުހިރި ގޮތަކަށް ކުރަމުން ދިޔަ ރައްޔިތުންނާ މުޅިން ދުރުގައި އަބުއިކަންމަތީ ގައި ދުވަސްތަކެއް ހޭދަ ކުރި ގޮލައެކެވެ. ސިޔާސީ މައިދާނަށް ނުކުމެ ކުޑަ ދުވަސްކޮޅަކު ޖަލުގައި މަޑު ކޮށްލުމަކީ ފާރިސްގެ މާޒީ ފޮހެވޭނެ ކަމެއް ނޫނެވެ. މައުމޫނަކީ ކާކުކަން މިއަދުގެ ޒުވާނުންނަށް ނޭންގުނަސް މައުމޫނަކީ ކާކުކަން އެނގޭ ވަރަށް ގިނަ ދިވެހިން މިބުމުގައި އަދި ވެސް އެބަތިއްބެވެ. މައުމޫނު މިގައުމަށް ދީފައި މިއޮތް "ލަނޑަކީ" މައުމޫނުގެ ދަރިންގެ ސިޔާސީ މުސްތަގްބަލު އުޖާލާ ކުރަން ދީފައިވާ ލަނޑެކެވެ. އެކަން އަހަރުމެނަށް އެނގެއެވެ. މައުމޫނާ މައުމޫނުގެ އާއިލާ ސިޔާސީ ކަންކަމުން ދުރުގައި ތިބެންވެއްޖެއެވެ. އަހަރު މެނަށް ފާރިސް އަކީ އެއްވެސް މީހެއް ނޫނެވެ. އެއީ ހަމަ އެއްކަލަ މައުމޫނުގެ ދޮށީ ފިރިހެން ސޮރެވެ.

  73
  3
 10. އަހްމަދު

  އެމްޑީޕީން ގިނަގޮނޑިތަކެއްނެގުނު އެންމެބޮޑުސަބަކީ ރައީސް ޔާމީން ހައްޔަރުކޮށް ކެމްޕޭންނައް ޚަރަދުކުރަންހުރިލާރި ސަރުކާރުން ހިފަހައްޓައި ޕީޕީއެމްއާ ޕީއެންސީ ފިޔަކޮށާލުން އެހެންނޫންނަމަ އެމްޑީޕީއައް މަޖިސް ޢަގުލަބުއްޔަތެއއނުލިބޭނެ އެއީޔަގީންކަމެއް އެކަންއެނގިހުރެސަރުކާރުން އެގޮތައްއެކަންކުރީ

  68
  9
 11. މާޔޫސް

  ފާރިސްއަކީ މައުމޫނާ ޖެހުނު ދެވަނަ ގައްދާރު. ފާރިސްއަކީ ދިވެހި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލި ޖާހިލެއް. މެމްވަރުންނަށް ރިިޝަވަތުދީ މެމްބަރުންގެ ދުވަސް ދުއްވާލި އިބުލީސް. ޢެދުވަހު ފާރިސް މެމްބަރުންނަށް ރިޝްވަތު ނުދިންނަމަ، މިފަހަރުވެސް އެ މެމްވަރުންތައް ހޮވި ތިބޭނީ މަޖިލިސްގެ ގޮޑީގައި.ލަޑަޔާވާނީ ލަޑަޔާ މިއީ ހުދުމުހުތާރު ބަފާގެ ފަރާތުން ދަސްވެ ކަށީގައި ހިފާފައި ހުރި ކަންކަން. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް.

  54
  5
 12. ޖާޞިރު

  ކާށިދޫ ދާއިރާ އިން ފެނުނީ ކޯންޗެއް. ޢެއްވެސް އޮއްޓަރެއް ނެތް ލިޔުމެއް.

  34
  11
 13. ނުރަބޯ

  ފާރިސް ގޯސް މީހަކަށް ހެދީ އޭނާގެ އަމިއްލަ އެދުންބޮޑު ބައްޕަ މައުމޫނެވެ. އޭނާ ކުރިހާކަމެއް ކުރީ މައުމޫނުގެ އިރުޝާދާ އެއްގޮތަށެވެ.

  61
  4
 14. ސިކުނޑި

  ނަވާޒަށް އަދި ނޫސްވެރިކަން ދަސްނުވާކަމަށްފެނޭ! މިއީ، ހަމަ ހަގީގަތުގައިވެސް މީހެއްގެ އަބުރު ކަތިލުން!! ލިޔުމުގެ އެއްބައިން އަނެއްބައި ނަފީކުރޭ!
  ލިޔުމެއް ލިޔާއިރު ތިމާގެ ޚިޔާލު އެނބުރޭ ގޮތަށްވުރެ ކިޔާ މީހުންގެ ޚިޔާލާތާއި ފިކުރަށް ވިސްނައިގެން ލިޔުން ބުއްދިވެރި!!
  ސިޔަސީ ވުމަކީ ޒާތީ ހަސަދައެއް ނޫނެވެ. މައުމޫނުގެ 2020 ގެ ތަސައްވުރަކީ ސިޔާސީގޮތުން ރާއްޖޭގައި އުފެދުނު ބައިބައިވުން ނެތިކޮށްލުމެވެ. (މިވެސް ތިއަރީއެކެވެ.) އެކަން ކާމިޔާބު ކުރެވުނެވެ. އެހެނަސް އެމްޑީޕީއަކީ އަޚްލާގެއް އޮންނަ ޕާޓީއަކަށް ނުވާތީ އަނެއްކާވެސް ވައްކަމޭ ކޮރަޕްޝަނޭ ކިޔައިގެން ބައިބައި ކުރުވަނީއެވެ. ނަޝީދަކީ ހަމަހަގީގަތުގައިވެސް އަމިއްލަ އެދުންބޮޑު ވެރިކަމަށް ދަހިވެތިވެތި، ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކާއި ބީރައްޓެހި ސިޔާސަތުތަކާއި ގޮތްތަކެއް ގެންގުޅޭ ބޭފުޅެކެވެ. ކުރިންވެސް ބޮނޑިއެއް ބޮއިފިއެވެ. އަދިވެސް ބޯނެއެވެ. ތިމާގެ ބަހާއި އަމަލާއި ދިމާނުވާ އެއްވެސް މީހަކަށް ހަގީގީ ކުރިއެރުމެއް ނުލިބޭނެއެވެ. (މިވެސް ތިއަރީއެކެވެ.)

  40
  32
 15. އަހްމަދު

  އަސްލު މައުމޫނަކީ މިހާރު އެއްވެސް ސިޔާސީ ވެއިޓެއްހުރި މީހެއްނުން.... އެކަން ޔަގީންވޭ މަޖްލިސް އިންތިހާބުގެ ނަތީޖާތަކަށް ބެލީމަވެސް..... މައުމޫނަށް މާކުރިންވެސް އިނގޭނެ އޭނަ ސިޔާސީ ސައިކލް އިން ފެއިލްވަމުންދާކަން... އެހެންވެގެން ބޭނުންވީ ފާރިސް ގުރުބާން ކޮށްގެނަމަންވެސް އެނެއްކާވެސް މަުމޫނުގެ ސިޔާސީ ހަޔާތް އަލުން ކޮޅަށްޖަހަން... މޑޕ އަށްވެސް މިކަން އިނގޭ.... އެއްފަހުން އަތަށް ގޮވާ ފާރިސްގެ އަގުވެސް ވެއްޓުނީ.

  58
  2
 16. ޞާދު

  ރައީސް ޔާމީންގެ އަރިހުގައި ހުރިނަމަ 2023 ގައި މިއީ ރައީސުލްޖުމްހޫރިއްޔާ ފާރިޝް ޢަބްދުލްޤައްޔޫމު! މާތްﷲ ކަންކަން ބަދަލުކުރައްވަން އިރާދަކުރައްވައިފިނަމަ އެއީ އެސްފިޔާޖަހައިލުންފަދަ އަވަސް ކަމެކެވެ. އެމީހެއްގެ ސީދާ ޢަމަލުތަކުގެސަބަބުން އެމީހަކު ބަލިކުރައްވާ ޢަދާވާތްތެރިންގެ މުށުގައިލައްވަތެވެ.

  43
  5
  • Anonymous

   ކީއްވެ ގައްޔޫމް އަކަށް ވާންވީ އެއީ ވެރިކަމުގެ ތަޅުދަނޑިތަ

 17. ޛސ

  ފާރިށް ވެރިކަމަށް ގެންނަން ބޭނުން

  1
  44
 18. ހިތާމަ

  ފާރިސްމެންލައްވާ ބަޔަކު ކުރުވި ނުރަނގަޅު ކަމެއްގެ ހިތި ނަތީޖާ އެންމެފަހުން މިފެނުނީ ފާރިސްއަށް. ވަރަށް ދެރަވޭ. އެއީ މިބުނާ ނުވިސްނުނު ތަންކޮޅު. އެކަން ކުރުވީ އެބަޔަކު ބޭނުންވާ މިސްރާބަށް ދަތުރުކުރަން. ފާރިސްއާއެއްކޮށް އެކަމުގައި ބައިވެރިވި ހުރިޙާ މީހުންނަށް އެންމެފަހުން ލަނޑުވެސްދިނީ ހަމަ އެމީހުން. ނުވިސްނުނީތީ ދެރަވަން. ވަގުތު ފާއިތުވެއްޖެ. އަދި ގޮތްހުސްވީކީނޫން. އެކަމަކު ފެންނަ ފެނުމަށްވެސް ކުރިއަށް ދިޔުމުގެ ރޫހު ކުޑަކަމަށް ފެނޭ

  22
 19. ރަނާ

  ވަރަށް ފުރިހަމަ ލިޔުމެއް،

  11
  2
 20. ހުރާގަނޑު

  ކިތަންމެ ބޮޑު ސުޕަސުޓަރ މެޖޯރިޓީއެއް އެމްޑީޕީ ހޯދިނަމަވެސް ރައްޔަތުންގެ މަޖުލީހުގެ މެންބަރުން އެމްޑީޕީ ދޫކޮށް އެހެންޕާޓީ ތަކަށް ބަދަލުވުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި މަޖުލިސް ހުޅުވުމާއި އެކު ކުރިޔަށް ދާނެ ކަމީ ޝައްކެއް ވަސްވާހެއް އޮތްކަމެއްނޫނެވެ ދުރާލާ އެމްޑީޕީ މިކަމަށް ކިތަންމެވަރަކަށް ވިސްނިޔަސް މިކަމަށް ކުރާނެ މާކަބޮޑު އަސަރެއްނޯންނާނެ ސަބަބަކީ މަޖިލީހަކީ ރާއްޖޭގެ ގަނެވިއްކުމުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުރާތަނެވެ މިކަމުގެ ފޯރި ފަހުންބޮޑުވާނެ.

  14
  1
 21. ބުރޯ

  ޔާމީނަށް ސިޔާސީ ކާމިޔާބު ހޯއްދަވައި ދެއްވީކީ ޔާމީނުގެ އަންހެނުން ފާތުމަ އެއްނޫން . ޔާމީނު ވެރިކަމަށް އައުމުގެ ކުރިޔަކުން ފާތުމަ ދަންނަބަޔަކު މިގައުމަކުނެތް. ޔާމީނު ވެރިކަމަށް ގެނައީ މައުމުނާ ގާސިމާ މައުމޫނުގެ ދަރިންގެ މަސައްކަތުން ނޫންކަމަކަށް ނުވާނެ. ޔާމީނަށް ވެރިކަން ލިބުމުން ޔާމީން އަންހެނުން މެޑަމް އޮފީސް ކިޔާ އޮފީހެއްހަދާ މައުމޫނަާ މައުމޫނުގެދަރިން ޕާޓީން ބޭރުކޮށްލީ އަދި އޭގެ އިތުރުން ޕީޕީއެމް ތަޅުއެޅުވީ .ގާސީމް ހޫރާލީ . ޔާމީން އަންހެނުން މިކަންކުރުމުގެ ސަބަބުން ސިޔާސީ ކެރިއަރު ގެއްލުނީ މައުމޫނާ މައުމޫނުގެ ދަރިންނެއްނޫން ހޮދު ޔާމީނާ ޔާމީނުގެ އަންހެނުން ހިތުލައިގެންއުޅުނު ހުރިހާކަމެއްވީ ފެއިލް. ކުރިޔަކަށް ޔާމީނުގެ ސުިޔާސީ ކެރިއަރެއްނެތް. އެކަމަކު މައުމޫނާ މައުމޫނުގެ ދަރިންނާ ގާސިމަގެ ކެރިއަރު އަދި ވެސް އޮތީ ކުރިޔަށް. ޔާމީނުގެ ސަރުކާރުތެރޭގެ މައްސަލަތައްހުރިގޮތުންނާ މެޑަމް އިންވޯލްވެގެން ހިންގާފަ ހުރިކަންކަން މަޖިލިސް ފެށުމުން ބަލާ ޔާމީނާ މެޑަމްވެސް މިހާރު މިއައި ވެރިކަމުގެ ފަރާތުން ދޫކޮށެއްނުލާނެ .މި ހުރިމަގެއްކޮށައިދީ އިދިކޮޅުމީހުންވެރިކަމަށްގެންއުމަށް ހުރިހާ މަގެއްކޮށާ އަލިކޮށްދިނީ މެޑަމް ފާތުން ނޫންކަމަކަށް ނުވާނެ. މައުމޫނާ މައުމޫނުގެދަރިންނާ ގާސިމް އިދޮޅަށް މަސައްކަތް ކުރުމަށް ހުރިހާމަގެއް އަލިކުރުވީ މެޑަމް ފާތުންނޫންކަމަކަށްނުވާނެ. ދިވެހިރައްޔިތުންނަށް ވަރަށްދެރަ. ޔާމީނުގެވެރިކަމަކީ ފާގަތި ވެރިކަމެއް ތަރައްގީގެ ވެރިކަމެއް އެވެރިކަން ހަލާކު ކޮށްލީހަމަ މެޑަމް ފާތުން. އިހްލާސްތެރިން މަގާމުންބޭރުކޮށް ރީނދޫ މީހުން މަގާމްތަކަށް ހަމަޖެއްސީވެސް ހަމަ މެޑަމް. ރިޔާސީ އިންތިހާބުގާ 96000 ވޯޓް ޔާމީނަށް ދިނީ އެމްޑީޕީ ވެރެިކަމަށް އައުންބޭނުންނުވާމީހުން ޔާމީނުގެ ސަޕޯޓަރުންނެއްނޫން. އެކަން މަޖިލީހުގެ އިންތިހާބުން ސާފުވިކަމަށް ދެކެން. އިދިކޮޅަށް ބައިވެފައިވާ ހުރިހާ ލީޑަރުން އެއްޕާޓީއަކަށް ޖޮއިން ނުވާހާ ދުވަހަކު ގައުމަށް ހަމަޖެހުމެއްނާންނާނެ.

  5
  15
  • ތަގަރި

   ކަލޭ މެޑަމްއާ ހިތާވީތަ ނާދިރާ؟! ބުރޯޔޯ..!

   9
   2
 22. ހެލެމެޓޭ

  މަވަރަށް އުފާވޭ މީނައަށް ބޮޑު ނާކާމިޔާބެއް ވީމަ. ސަބަބަކީ މީ ވަރަށް ފޮނިގޮލައެއް

  10
  1
 23. ތުއްތު ދީދީ

  މިގޮލާ އަދި ޔާމީނަށްވުރެ ނުބައިވާނެ

  8
  3
  • Anonymous

   ހޫނ. ކީއްވެޔޯ ޔާމީން ނުބައިވީ؟ އަންނި ބުނީމަ ދޯ؟ މޮޔަ ގޮވާ އަދިވެސް

   8
   2
 24. މިލީ

  ވަގުތު ނޫހަކީ އަބަދުވެސް ޔާމީނަށް ސަނާ ކިޔާ މީހުން އުޅޭ ނޫހެއް

  2
  4
 25. ފަންސާސް ގުނަ ހަތަރެއް ދެލައްކަ

  އަދުރޭ ނޫނީ ނިހާންމެން މާ ކުރީގަ ދޯ އުޅުނީ ސިޔާސީ ގޮތުން.. ނިކަން އެމީހުނަށް ލިބުނު ނާކާމިޔާބީގެ ވާހަކަ ޖަހާލަން ކެރޭނެތަ!.. ނުވިތާކަށް މި ކޮމެންޓްވެސް ޖަހާލަދޭން ކެރޭނެހެން ހިޔެއް ނުވޭ...

  4
  5
 26. ވާނުވާ

  ކާމިޔާބު ގިނަ ކެންޑީޑޭޓުންނަށް ގޮނޑި ކާމިޔާބުނުވި ސަބަބަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ފައިސާ ކަން ކަށަވަރު