އިބްރާހިމް އިސްމާއިލް (އިބުރާ) ދިވެހިންގެ ތެރެއަށް މަޝްހޫރުވީ އެމްޑީޕީގެ ރައީސްގެ ގޮތުގައެވެ. ޑިމޮކްރަޓިކް މާހައުލެއް ނެތި، ޑިމޮކްރަސީ ތަޢާރަފް ކުރަން މަސައްކަތް ކުރި ލީޑަރެއްގެ ގޮތުގައެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އިބުރާ އެމްޑީޕީގެ ރައީސް ކަމުން ވަކިވެ ވަޑައިގެންނެވީ އެވެ.

ސިޔާސީ މައިދާނުގައި މާބޮޑަށް ނަން ހިނގާ ބޭފުޅަކަށް ވެގެން އުޅުއްވި ނަމަވެސް އެހައި ހިސާބުން އިބުރާގެ ސިޔާސީ ހަޔާތައް އިރުއޮއްސިއްޖެއެވެ. 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިގެން އިބުރާ ވަޑައިގެންނެވީ އުމަރަށް ވުރެ ވެސް ފަހަތަށެވެ. އިބުރާ އަށް ލިބިވަޑައިގެންނެވީ ވޯޓްލީ މީހުންގެ 0.78 އިންސައްތަ އެވެ. 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައިގެން ވެސް ދިޔައީ ފުލަށެވެ. ނަމަވެސް ސިޔާސީ ވާހަކަދައްކަން އިބުރާ އަދިވެސް ލަދެއް ނުގަނެވެ.

މިއަދު އިބުރާ ވަނީ "ވަގުތު" ބޮއިކޮޓް ކުރުމަށް ހާއްސަ ކެމްޕޭނެއް ފައްޓަވާފައެވެ. މިފަދަ ކެމްޕޭންތައް ދޭތެރެ ދޭތެރެއިން ބައެއް މީހުން މީސް މީޑިއާގައި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ޖެހިލުންވާ ކަމެއް ނޫނެވެ. ނަމަވެސް އިބުރާ މިފަދަ ކެމްޕޭނެއްގައި މާބުރަކޮށް އުޅުއްވާތީ ދެތިން ވާހަކައެއް ދަންނަވާލާ، ބައެއް ސުވާލުތައް ކޮށްލަން އެބަޖެހެއެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ވާހަކަދައްކަނީ ކޮންބައެއް ހެއްޔެވެ؟ ބޭނުން ކޮންމެ ޚިޔާލެއް ކޮންމެ ގޮތަކުން ނަމަވެސް ހާމަ ކުރަން ޖެހޭނެ ކަމަށާއި، އެފުރުސަތު އެންމެންނަށް އޮންނަން ޖެހޭނެ ކަމަށް ބުނަނީ ކޮންބައެއް ހެއްޔެވެ؟ މީހަކު ބުނާ ބަހަކުން، ފާޅުކުރާ ޚިޔާލަކުން އެމީހަކާއި ދެކޮޅަށް ޒާތީ ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނަނީ ކޮން ބައެއް ހެއްޔެވެ؟

ޔަގީނުން ވެސް އެހެން ބުނާ ގުރޫޕްގައި އިސްކޮށް އިބުރާ ހުންނާނެއެވެ. ދެން ފަހަތުގައި ތިބޭނީ ވެސް އިބުރާ އާއި އެކު މިކެމްޕޭންގައި ބައިވެރިވާ މީހުންނެވެ.

މައްސަލައެއް ނެތެވެ. "ވަގުތު" ބްލޮކް ކުރަން ބޭނުން ބަޔަކު އެކަން ކުރަންވީއެވެ. ނަމަވެސް އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އެތައް ވާހަކައެއް ވަރަށް ފާޅުގައި ދައްކަމުން ގެންދާ މުޒައްފަރު މުހައްމަދު ނައީމް (މުޖޫ ނައީމް) ފަދަ ޖާހިލުން ބްލޮކް ކުރަން އެންމެ ފަހަރަކު ވެސް އިބުރާ އާއި އޭނާގެ ބައިވެރިން ކެމްޕޭނެއް ނުފަށަނީ ކީއްވެ ހެއްޔެވެ؟

ސަބަބު ވަރަށް ސާފެވެ. އެސަަބަބު އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިފައެއް ނޯންނާއެވެ. އެހެންކަމުން އެކަމުގެ ތަފްސީލަކަށް ކޮންމެހެން ދާކަށް ނުޖެހެއެވެ.

"ވަގުތު" އާއި މެދު ޒާތީ ހަސަދައެއްގެ ހުޅު ބައެއް މީހުންގެ ހިތުގައި ރޯވެފައި ވަނީ "ވަގުތު" އިން ކޮންމެ މީހެއްގެ ވާހަކަ ވެސް ދައްކާތީއެވެ. ދީން ގަބޫލު ނުކުރާ ޖާހިލުންނާއި ދެކޮޅަށް "ވަގުތު" އިން އަޑުއުފުލާތީއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުން ކުރާތީއެވެ.

ފެންނަ މަންޒަރުތަކުން ގަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އެންމެ ގިނައިން ދައްކާ މީހުންނަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަޖަމް ކުރެވޭ ބައެއް ނޫނެވެ. ނޫސްވެރިން ދައްކާ ވާހަކަ އަޑުއަހާ، ކިޔުމުގެ ގާބިލްކަމެއް އެމީހުގެ ކިބަޔަކު ނެތެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އެމީހުން ދައްކަނީ މަންޒަރު ރީތިކޮށްލާ މެޑެލް ޖަހާށެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. އެދުރުބެ

  އިބުރާ އަކީ ރާއްޖޭ ސިޔާސީ މައިދާނުގައި ޕްރީސްކޫލް ކުއްޖެއް. ފަހަރުގައި ދީނީ މިނިވަންކަމުގެ މައިދާނުގެ ގްރަޖުއޭޓަކަށް ވެދާނެ.

  97
  6
 2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ވަރަށް ބަރާބަރު ވާހަކައެއް.. މިބައިމީހިން ނޭދޭ ވާހަކައެއް ދައްކަންޏާ، ނޫސްވެރިކަން އޮންނަންޖެޖޭނީ ވަކި ހުދޫދެއްގަ.. އެކަމަކު މިބައިމީހުން ބޭނުން ވާހަކައެއް ދައްކަން ބޭނުންވީމަ ނޫސްވެރިކަމުގެ މިނިވަންކަން އޮންނަންޖެހޭ.. މުސީބާތެއްނުމީދެން..

  94
  8
 3. ވިސާމް

  މި ސަރުކާރުގެ ވާހަކަތައް ދައްކާތީ އެމްޑީޕީ މީހުންނަށް ހަޖަމް ނުވަނީ... ދެވަނަ ދެގޮތެއް ނޫން ވަނީކީ... ?

  73
  9
 4. ބޯގަންވިލޯ

  އިބްރާ ކިތަންމެ ވަރަކަށް އުޅުނަސް ވަގުތު ބުކޮކޮށް ނުކުރެވޭނެ. އިބުރާމެން ކަހަލަ ލާދީނީ މީހުންނަށް ޖެހޭނީ ހަމަ ކޮލެޖް ބޭރުގަ ސިނގިރޭޓް ބޯލަން ހުންނަން. އިބުރާމެން ގޭގަ ނޫޅެނެ ދެކަހަލަ މީހެއް. ދީނަށް ލޯބިކުރުމުގެ އެއްވެސް މިންވަރެއް އެމީހުންގެ ކިބައިގަ ނުހުންނާނެ. އެންމެ ރަނގަޅުހެން ހީވި ފައްޔާޒުވެސް އިހަށްދުވަހު ބުނީ "ހުސޭނު"ގަ ތަޅު އަޅުވަން. އެހިސާބުން ފެށިގެން ރިއަލައިޒްވެއްޖެ އެވެސް ނުއަތު ބުރެއްކަން.

  16
  3
 5. ާލައްކަ ޑޮލަރު

  ތިމާގެ އަމިއްލަ ހާލަތު ނުވިސްނޭ މީހެއް

  10
  3
 6. މޯހަން

  ވަގުތު ނޫހަކީ މިހާރު ރާއްޖޭގައި ހިގާ އެންމެ އިތުބާރު ބޮޑު އެންމެ ހަލުއި ނޫސް. އިބުރާ އަށް ވަރަށް ސަލާމޭ..

  19
  5
 7. ޙާމް

  ޢިބުރާ އަށް އަހަރެން ގުދަން ބަލަހައްޓަންވެސް ހަވާލެއްނުކުރާނަން...ލާދީނީއެއް

  16
  3
 8. މީމަ

  ރާއްޖެ ޓީވީއައް ދިނީ ސަތޭކަ؟ މިއޮއްހާ އެތެއްދުވަހު ކުރީ ކޮންކަމެއް؟؟

  5
  2
 9. މިހާރު ނޫސް

  ވަގުތު ނޫހަކީ ހަމަ އެއްވަނަ

  18
  6
 10. އިބުރާ

  ވަގުތު ހަމަ އެއްވަނަ

  16
  5
 11. އަހުމަދު

  ވަގުތު ނޫހުން ތިކުރާ މަސައްކަތަށް އަހަރެން ވަރަށް ތައުރީފުކުރަން.
  އިބުރާ އަކީ ލާދީނީ މީހެއް. މަންދު ކޮލެޖުގަ ދަރިވަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ބުނީ ކިޔަވަާ ގަޑިތަކުގަ ބަންގި ގޮވިޔަސް ނަމާދު ކުރަންނުދާށޭ އެހެން ދިޔުމުން ކިޔެވުމަށް ހުރަސްއެޅޭނޭ.
  ތި އިބުރާއަކީ މުސްލިމުންނާ ދެކޮޅު ބޮޑު މުނާފިގެއް.

  17
  3
 12. މޫސަ

  ޢިބުރާގެ މަންދު ކޮލެޖު ބޮއިކޮޓް ކުރުމަށް ގޮވާލަން. ޢެތަނުގައި ކިޔަވައިދޭނީ ސިޔާސީ ލާދީނީ ކަންތައް. ޢެއީ ސެޓްފިކެޓްގެ ވިޔަފާރި ކުރާ ކުންފުންޏެއް.

  15
  3
 13. ޢިސްމާއީލް

  މިއީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ތެރެއިން ލިޔެފައިވާ ލިޔުމެއްބާ ނޫނީ ހޫނުފެނަށް ވެއްޓުނީމަ ލިޔުނު ލިޔުމެއްބާއޭ ހަމަ ހިތަށްއަރާ ހަޖަމް ނުވީ އިބުރާ އަށް ކަން މި ލިޔުން ކިޔާލީމަ އެނގިގެން ހިނގައްޖެ.

  5
  18
  • ދޮންބެ

   މިއީ ކޮމެންޓް ކުރުމުގެ މިނިވަން ކަމުގެ ތެރެއިން ކޮށްފާއިވާ ކޮމެންޓެއްބާ ނޫނީ "ވަކިފިކުރެއްގެ" ބޭފުޅަކަށްވާތީ ކުރިކޮމެއްޓެއްބާއޭ ހަމަ ހިތަށްއަރާ ހަޖަމް ނުވީ އިބުރާ އަށް، ނޫނީ ލިޔުންތެރިޔާއަށްނޫންކަން ވަރަށް ސާފުކޮން މި ކޮމެންޓް ކިޔާލީމަ އެނގިގެން ހިނގައްޖެ.

   18
   4
 14. ހުވަސި

  އިބްރާ ބްލޮކް ކުރަންވީ އޭގެ ފަހުން ވެލިޒިނީ ސަހިންދާ ކެނެރީގޭ ސޮރުވެސ+ ދޯ

  17
  4
 15. އަމީތާބު

  މިބައިގަނޑު މިގައުމަަށް ހައްގުތައް ގެނައި ފަހުން
  މައިންބަފައިންނަށް ވުރެ މަތީގާ ދަރިން
  ޓީޗަރުންގެ ނަށްވުރެ މަތީގައި ދަރިވަރުން
  ޖަލުތަކަށް ވުރެ މަތީގައި ކުއްވެރިން
  ހައްގުތައް އިންތިހާ އަށް ކުއްކުރާ މީހާ އަށް ވުރެ އަނިޔާ ލިބޭ މީހުންގެ ދަރަޖަ މާ ދަށުގައި.
  ގައުމުގެ އިޖުތިމާއީ ފޭރާން ވީދި އޮރިޔާން ވެއްޖެ ލަދުން މަގުމައްޗައް ނިކުންނަން ނުކެރޭ

  18
  3
 16. ޒާހިރު

  މި އިބުރާ މޮޔަވެއްޖެ. ވަގުތު ނޫސް އިބުރާ ޕްރޮމޯޓް ކުރަނީނުތި! ހަހަހާ!

  8
  3
 17. ކައްޕިތާން

  400 އަންހެނުންނަށް ގަސްފު ކުރިއިރުވެސް އަނގައިންބުނެލާނެ މީހަކުނެއް އެކަމަކު އަންހއނުންނަށް މަޖިލީހަށް ވަދެވެންޖެހޭނޭ މިެނި ޕަސަްޓެއްދޭންވާނޭ ބުނެ ޓީވީތަކާ ރޭޑިއޯތައް އިރާގެންދާވަރަށް އަޑުއެރުވި މީހުންނަށް މިއަންހެނުންތައް ސީރިޔާގައި ހަށިވިއްކާ ވާހަކަދެއްކި އިރު އެބުނާ އަންހެނުނގެ ހައްގުތަކަށް ވަކާލާތު ކުރާމީހުންނަށް ފެންނަކަމަށް ނުހެދީ ދީނުމަނާކަމަކަށް ވެފައި އެވާހަކަ ދެއްކީ އެބާމީހުންގެ ރޫހާނީ ލީޑަރުވީމާ ޗުއްޕުވެސް ބުނަން ނުކެރުނީ

  15
  3
  • ފަތާހުުސެެން

   ހަމަ ރަނގަޅަށް ތިބުނީ.. ކެނެރީގޭ މުޙައްމަދު ނަޝީދު އެއްޗެއްބުނެފިތަ އެހެޔޮ ފާޅުގަފެންނަން ހުރި ހަޤީޤަތެއްވިޔަސް.... ބޯ ހަލާކު....

   15
   3
 18. އެދުރު

  އެއްވެސް ހާލެއްގައި އިބުރާ އާ މުގޫ ނައީމު މެން ފަދަ މީހުންނަށް ދޫނުދޭތި ، މިގައުމުގަ އެމްޑީޕީގެ އުނގަށް ނުވެއްޓި ، ދީނާ ގައުމުގެ ދިފާޢުގައި ވަކާލާތުކުރާ މަދު ނޫސްތަކުގެ އެންމެ ކުރީ ސަފުގައި ވަގުތު ހިމެނޭ ، އެމަސައްކަތުގައި އަހަރެމެން މި ތިބީ ވަގުތާއެކު ، ސެކިއުލާ މީހުންނަށް ދޫނުދޭތި، ވަގުތު ނޫހުންވެސް ރަގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ، އެ ކަންތައްތައް އިސްލާހުކުރާނެކަމަށް ހީކުރަން ،ހާއްސަގޮތެއްގައި ޚަބަރުގެ ސުރުޚީ ލިޔުމުގައި ޒިންމާދާރު ވާންޖެހޭ ،

  11
  2
 19. އުތުރު

  ވަރަށް ސަޅި ލިޔުމެއް

  7
  2
 20. ކައްޓިހިއްވަރު

  ވަގުތުނޫހުންތިކުރާކަމަކުން ތިޔަކަލޭގެމާ މޮޅުމީހަކައްވަނީ އެހެންނަމަވެސް ތިޚަބަރު ވަގުތުނޫހުންގެނަސްދިނީތީ ކުރިޔައްވުރެން ބޮޑައް ދިވެހިންނައްތިޔަކަލޭގެއަކީ ކިހާފެންވަރެއްގެމީހެއްކަން އޮޅުންފިލާނެހެންހީވަނީ ވަގުތުނޫހައް ވަރައްބޮޑައް ޝުކުރިޔާ

  5
  2
 21. ޖަޒީރާވަންތަ

  ޖަޒީރާވަންތަ މީހުން ހަޖަމު ކުރުމުގެބައި ދައްވާނެ. މައްސަލައެއްނޫން އެއީ

  6
  2
 22. ގފިކުރު

  ވަގުތު ނޫހަކީ އިތުބާރުކުރެވޭ ނޫހެކެވެ ކަންކަމުގެ
  ހަގީގަތް ސީދާކޮށް ބަޔާންކޮށްދޭ ނޫހެވެ ރިޝްވަތު
  ފައިސާގައި ނުޖެހި ސާފްތާހިރުކާއިއެކު ޒިއްމާ
  އަދާކުރާނޫހެވެ ވަގުތުނޫހުން ދިވެހިގައުމަށް ތިޔަ
  ކޮށްދެއްވަނީ ވަރަށްއަގުހުރި ޚިދުމަތެވެ އެހެން
  ކަމުން ވަގުތު މެނޭޖްމަންޓަށް ޝުކުރާއި މަރުޙަބާ
  ދަންނަވަމެވެ

  4
  3
 23. ސައިންސް ކޭ

  "ފެންނަ މަންޒަރުތަކުން ގަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އެންމެ ގިނައިން ދައްކާ މީހުންނަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަޖަމް ކުރެވޭ ބައެއް ނޫނެވެ. ނޫސްވެރިން ދައްކާ ވާހަކަ އަޑުއަހާ، ކިޔުމުގެ ގާބިލްކަމެއް އެމީހުގެ ކިބަޔަކު ނެތެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ އެމީހުން ދައްކަނީ މަންޒަރު ރީތިކޮށްލާ މެޑެލް ޖަހާށެވެ."
  މީ ވަރަށް ބޮޑު ތެދެއް... ހަމަޖްނުވެގެން އެއުޅެނީ... ވަގުތު ކީޕް އިޓް އަޕް

  6
  2
 24. ސާބަސް

  ސާބަހޭވަގުތު....އެމްޑީޕީ މީހުންނަށް ކެރޭނެބާ މުގޫ ނަޢީމް ބޮލޮކްކުރަން ނުކެރޭނެ.

  6
  2
 25. ކެނަރީފް

  މި އިބުރާ އަކީ ވެރިކަމަށްވެސް ހުރި ބިރެއްކަމަށް ޚުދު ރައީސް ސޯލިޙްވެސް ޤަބޫލުކުރޭ.. މިވެރިކަމުގަ ކޮންމެވެސް ކިޔެވުމާއި ގުޅެ މިނިސްޓްރީއެއްގެ މިނިސްޓަރ އަކަށް ނުވަތަ އެދާއިރާގެ އިސް މީހަކަށް ގެނައުމަށް އެމް.ޑީ.ޕީ އިން ވަރަށް ބޭނުންވެގެން އެވާހަކަ ދެކެވުނު ނަމަވަސް ރައްޔިތުން ހަބޭހަށް ރުޅިގަދަވެގެން އަޑު އުފުލީމަ އިބޫ ވަނީ ވެރިކަމަށް ލޮޅުން އަރާފާނެތީ އިބުރާ ސައިޑް ކޮށްފަ.

  7
  2
 26. ބޯބުރި

  ސަޅި

  6
  1
 27. އިސްމާލްބޭ

  އިބްރާހިމްބޭ. ހަޖަމް ކުރަން ދަސްކޮއްބަލަ. މިކަލޭގެ މީ ވަރަށް ހިފި ނުހުރެވިގެން އުޅޭ ބައްދޫރެއް. އަމިއްލަ ފައިދާއަށް މީނަ ބޭނުންވާގޮތަށް ހުރިހާ ކަންތައްތަކެއްވެސް ވާންވީ. ކުރާނެކަމެއް ނެތިއްޔާ ދޭބަލަ ބަތް ކާގެން ގުއިރޭން

  6
  1
 28. ރަންޑި

  ވަގުތުގަ އިބްރާ އޭ ކިޔާ އިރު އޭނާގެ ފޮޓޯއެއް ހާ ހަމަ ވެސް ނެތް

  2
  4
 29. ޢަބްދުﷲ

  ވަރަށް ރަނގަޅު ލިޔުމެއް. ތިއީ ހަމަ ހަޤީޤަތުގައިވެސް ބްލޮކް ކުރަން ވެފަ ހުރި މީހެއް. އެކަމަކު މިފެންނަނީ "ސިރޫ އާރޓްސް" ފަދަ އައިޑީތައް ބްލޮކް ކުރުމުގަ މަރުފަލި ޖަހާތަން. ވަގުތު މީހުންނަށްވެސް ދަންނަވާލަން ޖިންސީ ޣަރީޒާ ކައްކުވާލާ ކަހަލަ ވަހުޝީ ރިޕޯޓުތަކާއި ދިރާސާތައް މުޅިން ދޫކޮށްލަން. އޭރުން ވަރަށް ހަބޭސް ވާނެ ވަގުތު

  8
  1
 30. ނާދިރާ

  މި އިބުރާ ބޮއެކޮޓް ކޮށް އިދަޖައްސާލަން ކެމްޕޭން ފަށަމާ

  7
  1
 31. އާމަން

  އިބުރާ ބޮއިކޮޓް ޕްލީޒް

  6
  1
 32. ޚިޔާކް

  އިބުރާ މެދުވެރިކޮށް ތިޔަމކަެއްނުވާނެ އެއީ މުޖޫނައީމުޢާޖެހުނު އެނެކަކު

  6
  1
 33. ނައިންޓީ

  އިބުރާ މަހަށްދޭ. ވަގުތު ބޮލޮކެއް ނުކުރެވޭނެ.

  2
  1
 34. ރުޒާނާ ޗޮއްޕަޓު

  ވަގުތު ބެސްޓް. މަގޭ އެންމެ ފުރަތަމަ ނޫސް.

 35. ނަސް

  ލަންކާގަހިގާހަގުރާމަޔަކީދާހިލީހަގުރާމަޔަކެވެ..............ހަގުރާމަނިމުމަކައްގެންދެވޭނީރާއްޖޭގަތިބިބޭރުސިފައައިންފޮނުވާލައިގެން......އެހެންނޫނީރާއްޖެހަލާކުކޮއްފާނެ

 36. Anonymous

  އެންޑީޙީންރައްޔަތުންނައްކޮއްދިންކަމެއްބުނެދީބަލަ....................

 37. ޛސޖސހ

  ޔާﷲ ދީނަށް ފުރައްސާރަ ކުރާ އަދި ދީނުގެ ހައްދުތަކަށް އިންކާރު ކުރާމީހުންގެ ނިމުން ވަރަށް ހިތިކޮށް ދުނިޔެމަތީ ދައްކަވާން ދޭވެ. އާމީން.

 38. ހަމަ ހަމަ

  ވަގުތު ބެސްޓް އަހަރެން އިބުރާ ކަހަލަ މީހުނާ މެދު ހިތާ މަކުރަން ވެލެ ޒިނޭ ކޮބާ؟ މުލިޔާގެޔައް ވެއްދީ ތޯއްޗެއް އިބުރާ ހައްޔަރު ކުރޭ ވެލެޒިނޭ އާއިބެހޭ މައުލޫމާތު ހާމަކުރޭ މުނާޒާ ނައީމް އާއި އޭނަގެ ދަރިން ގެ ދަރިން ގެ މުދާ ނަގާ މީއީ ހައްދު ފަހަނަޅާ ފަވާ ސަރުކާރެއް ކޮބާ ހޭ މުޅި ދިވެހި ޤަވްމު ރޮއްވާލި ވެލިޒިނީ މުޖުނަޢީމް ކޮރު އިބުރާ ގެ މުޅި އާއިލާ ހައްޔަރުކުރޭ ރަޖަމުވެސް ކުރޭ ހަވަރައް ދީ ނުވާނަމަ މީގެ އަޑީ ގަ ހުންނާނެ ކެނެރީ ވަގު ރޮބަޓް ޖޯންސަން ދޯ