ފެބްރުއަރީ އެކެއްގެ ހުކުމަށް ފަހު އިދިކޮޅު އިއްތިހާދުން ވެރިކަން ވެއްޓެން އުޅޭ ވާހަކަ ދެއްކީ އާދައާއި ހިލާފަށެވެ. މަންޒަރު ބަލަން ތިބި މީހުންނަށް ސިފަވީ، އެ ފަރާތްތަކަށް އީދެއް އައިސްގެން އުޅުނުހެންނެވެ. ޕޯޑިއަމްތަކަށް އަރައި ރައްޔިތުންގެ ލޭ ކައްކުކުވައި، ފޮނި ހުވަފެންތަކެއް ދައްކަން ފެށިއެވެ. ފުލުހުން ވެސް ތިބީ "ރައްޔިތުންނާ އެކު" ކަމަށް ބުނެ އިދިކޮޅު ލީޑަރުން އިތުރުފުޅުވެސް ހައްދަވަން ފެއްޓެވިއެވެ. ނަމަވެސް މިއަދު ހާލަކީ ކޮބައިތޯއެވެ؟

މިއަދުގެ ހާލަކީ ރައްޔިތުންނަށް އިދިކޮޅުގެ ކުޅިވަރުތައް އެނގި ވިސްނިފައި އޮތުމެވެ. އިދިކޮޅު ލީޑަރުން ހައްދަވާ އިތުރުފުޅުތަކާއި، ދައްކަވާ ހުވަފެންތަކުގައި ކުލައެއް ނެތްކަން ވިސްނިފައި އޮތުމެވެ. އަމާޒެއް ނެތް މުޒާހަރާތަކެއްގެ ބޭނުމެއް ނެތްކަން ވިސްނިފައި އޮތުމެވެ.

ނަތީޖާ މިއަދު ވަރަށް ސާފެވެ. ކޮންމެ ރެއަކުވެސް އިދިކޮޅު އެމްޑީޕީއިން އެ ޕާޓީގެ ހަރުގެ ކައިރިއަށް އެއްވުމަށް ގޮވާލައި މެސެޖުތަކެއް ފޮނުވައެވެ. އަދިވެސް ހަމަ "ޔާމިން ހުއްޓުވަން" ކަމަށް ބުނެއެވެ. އަނެއްކާވެސް އައު ހިތްވަރަކާއެކު ކަމަށް ބުނެއެވެެ. ނަމަވެސް އެތަަނަށް އެއްވެގެން ކުރާނެ ކަމެއް އެ މެސެޖުތަކުުގައި އެއްވެސް އިރެއްގައި ބުނެފައި ނެތެވެ.

ކޮންމެ ރެޔަކުވެސް ޔާމީން ހުއްޓުވަން އަޑުހަރުކޮށް އިދިކޮޅުން ގޮވާލާއިރު އެ ގޮވާލުމަށް އިޖާބަ ދެނީ ހައެއްކަ މީހުންނެވެ. އާާޓިފިޝަލް ބީޗް ކައިރީ ހުންނަ އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވެ އެމީހުން ކޮޅަށް ތިބޭތަން ފެނެއެވެ. ދުވާރުމަތީގައި ލީޑަރުން ދައްކާ ވަހަކަތައް އަޑުއަހަން އަމާޒެއް ނެތިފައި ތިބޭތަން ފެނެއެވެ. ނަމަވެސް އެއީ މަދުބައެކެވެ.

ގިނަ މީހުންނަށް މިހާރު ވިސްނެނީ ކަމަށް ވެދާނެއެވެ. އިދިކޮޅުގެ ގޮވާލުންތަކަށް އިޖާބަ ދީގެން ލިބޭ ފައިދާއެއް ނެތީކަން ވިސްނެނީ ކަމަށް ވެދާނެއެވެެ. ވޯމް އަޕް މުޒާހަރާއާއި، ވޯމްއަޕްގެ ވޯމްއަޕް މުޒާހަރާާއާއި އަދި އެފަހުން ވޯމްއަޕެއް ބާއްވައިގެން އެވަރުން ނުފުދިގެން "ބޮޑު މުޒާހަރާ" ބާއްވައިގެން ވެސް ވީކަމެއް ނެތީކަން ވިސްނުނީ ކަމަށް ވެދާނެއެވެ. ހަމައެކަނި ނުކުންނަ ނަތީޖާ އަކީ އެތައް ބަޔެއް ބަންދު ކުރެވި އެތަކެއް ދަތިތަކާ ކުރިމަތިލާން ޖެހުންކަން ވިސްނުނީ ކަމަށް ވެދާނެއެވެ.

އިދިކޮޅު ލީޑަރުންނަކީ ސަޕޯޓަަރުންނާއެކު ތިބި ބައެއް ނޫންކަން މީގެ ކުރިން ވެސް ވަނީ ސާބިތުކޮށްދީފައެވެ. ރައްޔިތުން މަގުތަކަށް ނިކުންނަށް ގޮވާލާފައި ޓީވީ ސްޓޭޝަންތަކުގައި ފިލައިތިބޭތަން މީގެ ކުރިންވެސް ވަނީ ފެނިފައެވެ. ފަހަރެއްގައި އެކަންވެސް މިހާރު ސަޕޯޓަރުންނަށް ވިސްނެނީ ކަމަށް ވެދާނެެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ފާތުން

    އެކަމެއްނޭގެ މުޅި އެސްއޯ ސިފައިން އެހިސާބު

  2. އެންމެން

    ހުއްޓުވަން ޖެހޭ މީހަކީ އަންނި. މާތް ﷲ ގެ ހިކުމަތް ވަންތަކަމުން ދިވެހީން އެކަން ދަނެގަނެ، އަންނި ވެރިކަމުން ބޭލި. އަންނި ރޭޑިއޯ ޚިތާބުގާ ތަފާތު ތިންގޮތަކަށް ރާއްޖޭގާ އިސްލާމް ދީން ނޫން އެހެންދީނަކަށް އަޅުކަން ކުރާނެ ތަންތަން ހަދާ އިސްލާމްދީން ނޫން އެހެންދީނަކަށް އަޅުކަން ކުރުމަކީ ދީނީގޮތުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ އިސްލާމީ ޝޭޚުން ކާރިން ސުވާލު ކުރަން ބޭނުން ވާކަމަށް އިއުލާންކުރި. މިވަރުވީމާ ބީތާއަށްގޮވާނެ، ވެރިކަމުން ބާލާނެ، ބީތާއެއްވީމް ހުއްޓުވާނެ. އެހެންވީވެސް.

  3. ޕޮފުބާ

    ަންނި ހުރީ ވެރިކަމުގައެ މިހާރު އެހެން މީހުން މުޒާހަރާ ނުކުރަނީ

  4. ޙަފްޞާ / މާލެ

    ރާއްޖެ ދެކެމުންދާ ކުރިއެރުމާ ތަރައްޤީ ލޮލަށް ނުފެންނަ ، އެވާހަކަތައް އަަޑުނީވޭ މީހުން މިގޮތަށް އުޅޭނެއެވެ. ތިޔަކިޔާ އަންނިގެ ވެރިކަން މާތްﷲގެ ރަޙްމަތްފުޅުން ފުރޮޅިގެންދިޔައިރު ރާއްޖޭގެ ޞިއްޙީޙާލަތާ ތަޢުލީމީޙާލަތާ އިޤްތިޞާދީ އަދި ޢުމްރާނީ ޙާލަތު ނިކަމެތިވެފައޮތް މިންވަރު ތިތާ ތިތިބަ ޢުމުރުފުރާތަކަށް ރަގަޅަށް އެގޭނެއެވެ. ރާއްޖެއަށް އާމުދަނީ ލިބެންހުރި ހުރިހާ ދޮރުތައް ބޭރުމީހުންނަށް ވިއްކާލާ ރުފިޔާތައް ބަނޑުއަޅާލިކަން މިމީހުނވެސް ދަންނާނެއެވެ. ސިޙްރު ބޮޑިބަތް ކެއުމުން ޙައްޤު ލޮލަކަށް ނުފެންނާނެއެވެ. ޙައްޤުގެ އަޑު ކަންފަތަކަށް ނުއިވޭނެއެވެ.

  5. އ މ ރ ބ

    އިދިކޮޅެއް އޮންނަ ކަމަކަށްވެސް އަޅުގަނޑެއް ހަމަގައިމުވެސް ނުބަލަން މިހާރަކު

  6. ހާމް

    ހާ ހާ ހާ ! މި އޮތީވާކަމެއް 6 މީހުންގެ ދިރިއުޅުމުގެ މަސައްކަތަކަށްވަނީ ހަރުގެ ކައިރިއަށް ރޭގަޑު ގޮސްތުބުން ކަންނޭގެ އެއްނު،

  7. ވިލުފުށި

    މި ގައުމުން ރީދޫ ހުން ނައްތާލަނީ ނެތެނީ މިހާރު މި ހުމުގެ ބޭސް ގެނެއްސި ބުއި މީހުން ރަގަޅުވެއްޖޭ ޕޯޑިއްމް ތަކުން ފެންނާނޭ މި ހުމުން ރަގަޅުވާން ވަގުތުނަގާ ބޭސްބުއޭމަ ރަގަޅު

  8. ޙަފްޞާ / މާލެ

    ނޮޅިވަރަމްދައިރާގެ ގޮނޑިގެއްލުނު ރިޝްވަތުބޮޑުބޭ މިތަނުން މި ފެންނަނީ ކީއްވެކަން އެނގޭހެއްޔެވެ؟ އޭނަ އެ ދައްކަނީ ހިތްވަރު ހުރިކަން! އޭނަ ބޭނުންވަނީ ގޮތެއް ހަދައިގެންވޮޔަސް ޖަލަށްގޮސް ދައިރާގެ ރައްޔިތުންގެ ހަމްދަރުދީ ހޯދުން!

  9. އަލީ

    ޔާމީން ހުއްޓުވަން ތިހެންތިއްބާ އިރާދަކުރެއްވިއްޔާ 2018 ރައީސް ޔާމީން ކާމިޔާބު ކުރާނީ.

  10. ސަނދުވާ

    އެތާންގާ އެތިއްބެވީ ރާއްޖޭގެ ރައްޔިތު އެއްމެންތޯ؟ ބިރުވެސްގަނޭ މީހުންގެ ޢަދަދު ގިނަކަމުން. ހެއް ހެއް ހެއް