އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހި ދައުލަތުން ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، މިއަދު އަރުވާނެއެވެ. ނަމަވެސް މިއަދު އިންޑިއާގައި މުސްލިމުންނަށް ދިމާވަމުންދާ ދުއްތުރާތަކާއި އުނދަގޫތަކުގެ އަޑީގައި އޮތީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކަމަށް ގަބޫލު ކުރެވޭ ހަޤީޤަތަކަށް ދިވެހި ދައުލަތުން ދޭ ޝަރަފެއްގެ ސަބަބުން ބަދަލެއް ނާންނާނެއެވެ. އަދި ބީޖޭޕީގެ ލީޑަރަކީ މޯދީ ކަމާއި ޕާޓީގެ ސިޔާސަތުތަކާއި އިސް މެންބަރުންގެ ބަސް މަގާއި އަމަލު ހުންނާނީ ސީދާ މޯދީ ބޭނުންވާ ގޮތައް ކަމަށް ގަބޫލު ކުރެވޭ ކުރެވުމަށް ވެސް ބަދަލެއް ނާންނާނެއެވެ.

އިންޑިއާގެ މަސްރަހު ދިރާސާ ކުރާ ހުރިހާ އެންމެން ވެސް މިއަދު އިއްތިފާގު ވަނީ މިހާރު އިންޑިއާގައި މުސްލިމުންނަށް ދިމާވާ ދަތިތަކަކީ އިންޑިއާ އަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް މީގެ ކުރިން ދިމާވި ފަދަ ދަތިތަކެއް ނޫނެވެ.

އިންޑިއާގެ ތާރީޚްްގައި މުސްލިމުންނަށް އެންމެ އަނިޔާވެރި ސަރުކާރު އިންޑިއާގައި މިއަދު އޮތްއިރު އެސަރުކާރުގެ ވެރިޔާ އަށް ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށް މިބުނާ ދިވެހިރާއްޖެ އިން އެންމެ މަތީ ޝަރަފް އެރުވުމަކީ ހަމައެކަނި ދިވެހި މުސްލިމުން އަހުންނާއި އުހުތުންނަށް ދިވެހި ސަރުކާރުން ކުރާ މަލާމާތެއް ނޫނެވެ. މިއީ އިންޑިއާގައި ތިބި މުސްލިމުންނާއި އަދި މުޅި ދުނިޔޭގައި ތިބި ހުރިހާ މުސްލިމުންނަށް ދިވެހި ސަރުކާރުން ކުރާ މަލާމާތެކެވެ.

ގެރިމަސް ކައިގެން ނުވަތަ ގެންގުޅޭ ކަމަށް ތުހުމަތު ކޮށްގެން މޯދީގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ތެރޭގައި 44 މުސްލިމުން މަރާލާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެފައި ވެއެވެ. އޭގެ ތެރެއިން އެންމެ މުސްލިމެއްގެ އާއިލާ އަށް ވެސް އިންސާފު ހޯދައި ދިނުމުގައި މޯދީގެ ސަރުކާރު ވަނީ ފެއިލްވެފައެވެ. އެހެންކަމުން މިފަދަ ބޭފުޅަކަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ އަތްޕުޅުން، ދިވެހި ދައުލަތުގެ އެންމެ މަތީ އެއް ޝަރަފް އަރުވާއިރު އަޅުގަނޑުމެން ލަދުން އިސްޖާހަލަން ޖެހެއެވެ.

މިއަދު ބީޖޭޕީ އިން ތައްޔާރު ވަމުން އެގެންދަނީ މުސްލިމުންގެ ވަރަށް މުހިއްމު މިސްކިތެއް ހުރި ތަނެއްގައި ހިންދޫ އިންގެ ފައްޅިއެއް އަޅާށެވެ. މިދައުރު ނިމުމުގެ ކުރިން އެވައުދު ފުއްދުމަކީ ބީޖޭޕީގެ ވައުދެކެވެ. އެހެންކަމުން ބީޖީޕީ އިން މިވަނީ އިތުރު ހަމަނުޖެހުންތަކެއް މުސްލިމުންނާއި ދެކޮޅަށް ހިންގުމުގެ ހުޅު ރޯކޮށްފައެވެ. އެހުޅުގަނޑު ނިކަން އަވަހަށް އަނދައިގެން ގޮސް، އެތައް މުސްލިމުންނެއް މަރުވެގެން ދާނެ ކަމުގެ އިންޒާރުގެ ރަނގަބީލް ޖަހަމުންދާ މިވަގުތު އެނުރައްކާ އުފަން ކުރުވި ބޭފުޅާ އަށް މިފަދަ މަތީ ޝަރަފެއް ދިނުމަކީ ވެސް ގޯހެކެވެ. ހިތާމަހުރި ކަމެކެވެ. ކޮޅުނެތްކޮޅަށް ލަދުވެތި ކަމެކެވެ.

ކަޝްމީރުގައި ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދު ކުރަމުން ދާއިރު އިންޑިއާ އިން އެކަމުގެ ޒިންމާ ނަގަން ޖެހެއެވެ. އެތައް މުސްލިމުންނަކަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ލާއިންސާނީ އަނިޔާތައް ދިނުމުގެ ޒިންމާ އިން މައިސަރުކާރު އަދި އެސަރުކާރުގެ އެންމެ މަތީ ވެރިޔާ އަށް ބޯދަމައި ގަނެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އައްސުލްޠާނުލް ޣާޒީ ހަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ގެ ނަންފުޅަށް ނިސްބަތްވާ ޝަރަފެއް މޯދީ އަށް ދިނުމަކީ ވެސް ދިވެހި ރައްޔިތުންނަށް ސަރުކާރުން މިއަދު ކުރާ މަލާމާތެކެވެ.

ދޮންބަންޑާރައިންނަކީ އިންޑިއާގެ މަލާބާރީން (ހޮޅިން)ގެ އަތް ދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި އަޅުގަނޑުމެންގެ ކޮމާންޑަރެވެ. ހުރަވީ ދުވަހުގެ ބަޠަލެވެ.

މިއަދު އެންމެ ގާތް އެކުވެރިޔާގެ ނަމުގައި އޮވެ، އިންޑިއާ އިން ރާއްޖޭގެ ހުރިހާ ސަރަހައްދެއް ބެލެހެއްޓޭނެ އިންޑިއާގެ ރާޑަރުތައް ރާއްޖޭގައި ހަރުކޮށް، އަދި ރާއްޖޭގެ އެންމެ ބޮޑު ދެފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމުކޮށް، އިންޑިއާގެ މުށުތެރެއަށް ރާއްޖެ ލުމުގެ އާއުކުޅުތަކެއް ތަންފީޒު ކުރެވެމުންދާ މިދަނޑިވަޅުގައި ދިވެހި މިނިވަންކަމުގެ ބަޠަލެއްގެ ނަންފުޅުން އިންޑިއާގެ ވެރިޔާ އަށް މިފަދަ ޝަރަފެއް އެރުވުމުން ގައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި ހިތާމައިގެ އިހްސާސްތައް ދައުރު ކުރަމުންދާނެ ކަމާއި މެދު ސުވާލެއް ނެތެވެ.

ތާރީޚީގޮތުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު ބޭރުބައެއްގެ އަތްދަށަށް ދިޔަ ކޮންމެ ހާދިސާއެއްގައިވެސް އެކަމުގެ އަޑީގައި ދިވެހި ޚާއިނުންގެ ބަޔަކު ތިއްބެވެ. ނަމަވެސް ތާރީޚީ ގޮތުން ފެންނަން އޮތް އަނެއް ޙަޤީޤަތަކީ ދިވެހިންގެ ކެރޭކަމާއި ހިތްވަރުގަދަ ކަމެވެ. ކިތަންމެ ވަރުގަދަ ބާރަކަށް ވިޔަސް، އެ ބާރަކުން މިޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާ ކުޅެލައިފިނަމަ، އެބައެއްގެ ވަސް މިފަސްގަނޑުން ފިލުވައި ލުމުގައި ދިވެހި ބަޠަލުން ދައްކައިދީފައިވަނީ ޝުކުރާއި ތަޢުރީފް ޙައްޤު ޖިހާދެކެވެ.

އެހެންކަމުން މިއަދު ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުން މިދާ ހާލަތުން ސަލާމަތްވުމުގައި ދިވެހި ބަޠަލުން ހިތްވަރާއި އެކު ނިކުންނާނެ ކަމާއި މެދު އެއްވެސް ޝައްކެތް ކުރުމުގެ ޖާގައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. މޮހަނު

  މުސްލިމުންނަށް ފާޅުގަ އަނިޔާ ކުރާތީ އަރުވާ ލަގަބެއް އެއީ އަދި އިސްރާއީލްގެ ބޮޑުވަޒީރަށް ވެސް ތިޔަ ލަގަބު އަރުވާނެ

  166
  15
 2. ޒާ

  އިބޫގެ ކޮށިވިސްނުމުން ތިކުރަނީ މިގައުމުގެ ދަރިން ދުވަހަކުވެސް މާފުނުކުރާނެ ކަމެއްކަން ވިސްނާށެ

  169
  14
  • އަޒމީން

   ބޮލުރޮއްޖަކައް ވެރިކަން ހަވާލުކޮއްފަ ދެން ކޮންވާހަކައެއް ދައްކާކައް.. ދިވެހީންނައް ލިބެންވީ އަދި މިޔައްވުރެވެސް ސިކުނޑީގެ ތެތްކަންމަދު ވެރިޔެއް.

   28
   2
 3. ރައްޔިތު މީހާ

  އެއްވަނައިގެ ލިޔުމެއް!!! ވަރަށް ފުރިހަމަ

  144
  14
 4. ސަރިއްކާލު

  މުސްލިމުންމަރާ ދީނުން ބޭރުކުރަން ހިއްވަރުދޭ މީހަކައް އަހަރެމެން ކަންތައް ކުރަންޖެހެނީ ކިހިނެއްތޯ.. މިގޮތައް އިއްޒަތާ ޝަރަފާ ތޯ ދޭންޖެހެނީ..

  126
  14
 5. ބޯދީ

  ނެތްތަ ގެރި އެއް ކުރަހާފައި އުސް އިމާރާތަކަށް ދިދައެއް ނަގާލަން ކެރޭނެ މީހަކު؟

  126
  11
 6. ލަދު

  މޯދި އަށްރާއްޖެހަދިޔާވެސް ކޮއްފާނެ މިމީހުން

  117
  10
 7. ތާޖު

  މިަދުގެ ސަރުކާރަކީ މިގައުމުން އިސްލާމްދީން ފޮހެލަން ތައްޔާރުވެގެންއައި ސަރުކާރެ. ޢެމީހުން އުންވެސްޓްކޮށްގެން. ޢެހެންކަމު ގެރިޔަށް އަޅުކަންކުރާ މުސްލިމުންނަށް އަނިޔާކުރާ މީހަކަށް އެވަރުގެ ލަގަބެއް ދިނުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއްނޫނެވެ.

  100
  8
 8. ހުސައިން މ. މުލި

  ހުރި ހިތާމައެެއްގެ ބޮޑުކަމާއެވެ.

  96
  3
 9. އައިޝާ ސަނާ

  ކުއީން އެލްޒަބަތު މައުމޫނަށް ވެސް ތިކަހަލަ ޝަރަފް އެރުވި .. އެކަމަކާ އިސްލާމުންނަކާ ކީއް.. ނަމާދުނުކޮށް ރޯދަނުހިފާ މުސްލިމުނޭ ކިޔައިގެން ފާފަތައްކުރާ މުސްލިމުންގެ ސަބަބުން މުސްލިމުންނަށް ހުތުރުވަނީ.

  48
  13
  • ޢަލީ

   މުސްލިމުންނަށް އަނިޔާކުރާ މީހުންނަށް މުސްލިމުން މިފަދަ ދަރަޖަ ދޭތީވެސް މުސްލިމުންނަށް ޚުތުރުވޭ

   39
   4
 10. ށާ

  ދާދުފަހުން ރާއްޖެ އިންޑިޔާހެދި މަނީސްވޮޕް އެވެސް އިންޑިޔާގެ އިންތިހާބުގެ އެންމެފޯރިގަދަވި ދުވަސްވަރު ؟

  25
  1
  • ރައްޔިތުން

   މަނީ ސުވޮޕް ކުރީމާ ބައިތުލް މާލުން ލާރިގަނޑެއް މަދުވީ...

   22
   1
 11. ޙާސަރު

  މޯދީއައް ސަރަފު އަރުވާ އަތް ވާކޮއްދެއްވާދޭ

  66
  9
  • ލަޢުންތު މޯދީ އަށް

   އާމީން

   19
   2
 12. ޅުންގީވާލާ

  ބަލައެޝަރަފް އެމީހާއައް އެބަދޭންޖެހެޔޭ އެއީ އެމީހާއެއަންނަނީ އެމީހާގެޤައުމުގެއެއްބަޔައްކަމައްވާތީ މޭޔަރުގެއަތުން ޝަރަފްލިބިގަތުމައް މޭޔަރައްޖެހޭނެޝަރަފުއަރުވަން

  39
  4
 13. މޯދީ

  އިންޑިޔާއިން އެތެރެކުރާ ހަނޑޫކާގެން އިދެ އިންޑިޔާއަށް އެއްޗެހިކިޔާ ލިޔަމުންދާތީ ހިނިއަންނަނީ..

  12
  92
  • ގްލީ

   ހަނޑޫ އެތެރެ ކުރަނީ ހިލޭކަމެއް ނޭނގެ...

   53
   4
  • ކޮމެންޓްކުރާމީހާ

   ބަލަ މިހިރަ އެއްޗެއް ނުވިސްނޭމީހާޔާ....އަހަރުމެން ހަނޑޫކަނީ އަހަރުމެންނަށް ﷲ ދެއްވި ލާރިންގަނެގެން ...އަދި އިންޑިޔާ މީހުންބަށްވެސް ހަނޑޫ ދެއްވަނީ ހަމަ އެއިލާހު...ބައެއްދެކެ ލޯބިވިޔަސް މުރުތައްދުނުވައްޗޭ

   50
   4
  • މޯދީ މާމަ

   ހަނޑޫ،ފުއް، ހަކުރު، އިންޑިޔާއިން ގަންނަނީވެސް ރަލާއި އޫރުމަސް ވިއްކާގެންނާއި ރިސޯޓްތަކުން ކާފަރުންދޭ ފައިސާވެސް ހިމެނިގެން.. ހަމަ ބުނެލީ..

   6
   29
  • ތެއްކަމެއް ނެތް

   ހަނޑުލަކީ ކަލޭގެ ބަފާ ދޭ އެއްޗެއް ނޫނޭ. ﷲ ތަޢާލާ ގެ ރިޒްޤް.

   37
   2
 14. ނަފުރަތު

  އިބޫގެ ސަރުކާރުގައި ތިކުރާ ކަންތަކަށް މާފެއް ނެތް ދުވަހަކުވެސް. އިބޫ އަށް އަހަރެންގެ ވޯޓް ދެންނުލިބޭނެ. ޔާމީނު އަނިޔާވެރި ވިޔަސް ގައުމު ވިއްކާނުލާ

  74
  8
 15. އިސްލާމް

  ވެރިކަމުގަ ތިބީވެސް ދީނަށް ފުރައްސާރަކުރާ ދީނުގެ އަދުއްވުން

  72
  4
 16. ބޯހާޅާކު

  އަސްޅުވެސް

  44
  1
 17. ގެރި

  އިންޑިއާއިން ހަނޑޫ އެތެރެ ކުރަނީ ހިލޭސާބަހަކަށް ނޫނޭ ބަލަގަ

  53
  3
 18. ރިފާ

  ބީޖޭޕީ ވެރިކަމަށް ވަނީ ބާބަރީ މިސްކިތް ތަާޅާލާ އެތަނުގަ ރާމާ ގެ ބުދެއް ބަހައްޓާފަ. އެދުަހު 6 ޑިސެންނަރު 1992، ގައި 2000 މުސްލިމިން މަރާފަ. މިޕާޓީގެ މީހަކަށް ރާއްޖޭގެ ޝަރަފު އެރުވުމަކީ ބޮޑު ޖޯކެއް.

  64
 19. އަހްމަދު ޢަލީ

  ސާބަހޭ ވަގުތު ނޫހަށް. ޙައްޤު ބަސް ބުނުމާއިގެން ކުރިޔަށް ވަޑައިގަންނަވާ.

  61
  4
 20. ޝަހީދު

  ވަރަށް އަސަރުން ފުރިގެންވާ ލިޔުމެކެވެ. ތިމާމީހާގެ ސިޔާސީ ފިކުރަށްވުރެ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތް ކުރުމީ މުހިއްމު ކަމެކެވެ. ޙުއްބުލް ވަޠަނުގެ ލޯބި މިސަރުކާރުގެ ވެރިންގެ ކިބާގައި ނެތުމީ ހިތާމަ ހުރި ކަމެކެވެ.

  39
  3
 21. ސަޓޯ

  މިއިބުރޭއާ އަންނިއަށް ލައުނަތް ހުރި..

  33
  2
 22. ސީނު

  އައިޝާ ނަހުލާ ފާޅުގަ ސަލާންކުރަން އިންކާރު ކުރިތަން ފެނުނު...ޝުކުރިޔާ އައިޝާ

  25
  4
 23. ާAhmed

  ރައީސް އަކަށް ހުންނަ މީހަކު ބޭނުންހާ މީހަކަށް އެޝަރަފު ދެވޭތަ! ޤައުމަށް އެފަދަބޮޑަށް ނިސްބަތްވާ ކަމެެއްގަ މަޖްލިހުގެ ބަހެއް ބޭނުނުމެެއް ނުވޭތަ! ކޮބައިބާ ރައްޔިތުންނާއި ޤައުމުދެކެ ލޯބިވާ މަންދޫބުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން! ލަދުޙަޔާތްހުރި ހަމަ އެކަކުވެސް ނެތް. އެހެންވީމަތާ މިކަން ނިމިގެންދާއިރުވެސް ތައްބައްދައިގެން ތިބެން ކެރުނީ.

  17
  2
 24. އަޙްމަދު

  މިއީ ނަޝީދު އަޑީގައި އޮވެގެން ކުރުވާ ކަމެއްކަމަށްވާނީ. އިބޫ އަކީ ރަމްޒީމީހެއް.

  26
  3
 25. ގުއިރޯނު

  އިންޑިއާއިން ދިވެހިގައުމައް ހެވެއްނޭދޭ. އޭގެއެންމެ ފުރިހަމަ ހެއްކަކީ އައިޖީއެމްއެޗް. އެތަންއަޅައިދިނުމުގެ ފަހަތުަގަ އޮތީވެސްހުސް އިންޑިއާގެ އަމިއްލަފައިދާ. ދިވެހިރައްޔިތުން އިންްޑިއާގެ ޓްވެންޑްރަމްގައި ދިރިއުޅެންފެށުމުގެ ކުރިން ޓްރިވެންޑްރަމް އޮތީރައްފުށުދިރިއުޅުން. ދިވެހިންގެސަބަބުން އިންޑިއާވީފައިދާ. އެހެނެއްކަމަކު އިންޑިއާ އެވަރުވެސް އނގެންބޭނުންނުވިތާ އެކިފަހަރުމަތިން ދިވެހިރައްޔިތުން ނައްވިސާދިނަމުގައާއިއެހެނިހެން ކަންކަމުން ވެސްދިޔައީދަތިކުރަމުން. މިއަދުމިވަނީއާސިލްސިލާ ކުޅިގަނޑެއްފަށާ ދިވެހިން އިންޑިއާގެމުށުތެރެއަށް ލުމުގެ އާބާބެއްފަށާފަ. ދިވެހިންނައްވިސްނޭނީ އަބަދުވެސް ވަގުތު ފާއިތުވާފަހުން. ސަރުކާރު ގެސިޔާސަތުވެސް މިއަދުމިއޮތީ އިންޑިއާއަަށް ދީލާލާފަ.ވާގޮތްމިތިބީބަލަން. ދިވެހިއެންމެހާރައްޔިތުން ކޮންމެކަމެއްކުރާނެހާގޮތަކަށް ކުރާތަން ބަލަން އަބަދަކުނުތިބޭނެ ކަން ހަނދާން ކުރަންޖެހޭނެ.

  23
  1
 26. ދަރިވަރު

  ދޮންބަންޑާރައިންގެ ހަނދާން އަހަރެމެން އާކުރަނީ ހޮޅިންގެ އަތުން ރާއްޖެ ސަލާމަތް ކޮށްދެއްވި ބަތަލުގެ ގޮތުގާ. ހޮޅިންނަކީ އިންޑިއާ މީހުން.

  21
  1
  • މިސް

   ހޮޅިންނަކީ ހޮލެންޑް. ނެދަރލެންޑްސް. ޓެސްޓުން ސީދާ ބޮޅެއް.

   1
   11
 27. ތޯތާ

  ބަލައިބަލަ މޯދީއަކީ މިފަހަކަށް އައިސް އެންމެ ގިނަ މުސްލިމުން މަރަމުންދާ ގާތިލެއް މީނާއަށް
  ހެޔޮއެދޭ ދިވެއްސެއް ނުހުން ނާނެ! ޞާލިޙް ވިސްނާތި!

  24
  2
 28. މާފު

  ނިޝާން ޢިއްޒައްދީން

  ހިޖުރައިން 1166ވަނަ އަހަރުގެ ޞަފަރު މަހު 13 ވިލޭރޭ، އިންޑިޔާގެ މަލާބާރުން އައި ހަނގުރާމަވެރި ބަޔަކު ހަތިޔާރާއެކު މާލެ އެރިއެވެ. ހޮޅީންނޭ ކިޔުނު މި ބައިގަނޑު މާލޭގެ ތިންބައިކުޅަ ދެބައިގައި ހުޅުޖަހާ އަންދައިލިއެވެ. ރަސްކަމުގެ ގަނޑުވަރާއި 3 މިސްކިތް ވެސް މި އަލިފާނުގައި ހުލިކޮށްލިއެވެ. ރާއްޖޭގައި އެ ހިނދަށް ހުންނެވި ރަދުން އަތުލައިގަނެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ރަދުންގެ އެއް ލޯފުޅު ކޮނެލިއެވެ. އަދި ގަދަކަމުން ރަދުން ނަވަކަށް އަރުވައިގެން މަލިކަށް ގެންގޮސް މަލިކުގައި އަވަހާރަކޮށްލިއެވެ. އެ ރަދުންގެ މަހާނަފުޅު ވަރަށް ފަހަކާ ޖެހެންދެން މަލިކު މާ މިސްކިތު ގޯތިތެރެއިން ފެންނާން ހުއްޓެވެ. މިހާރު އެ ނިޝާން ވެސް ފޮހެލައިފިއެވެ. (މަޢުލޫމާތު: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު)
  އިންޑިޔާއިން ރާއްޖެ އަރައިގަތް މުޖުރިމުން ދިވެހިރާއްޖެ އަޅުވެތިކޮށް ދިވެހި ޅަ އަންހެން ކުދީންގެ އިއްފަތް ފޭރި، ބޮޑެތި ފިރިހެނުން މަރައި ހައްދެއް ނެތް އަނިޔާގައި ދިވެހީން ތިއްބައި އެ ބޮޑު މުޞީބާތުން ދިވެހި ޤައުމު ސަލާމަތްކޮށްދެވީ މުލީގެ ދޮން ޙަސަންމަނިކުފާނާއި އޭނާއަށް ވަފާތެރިވި މަދު ދިވެހީންކޮޅެކެވެ. ހިތްވަރާއެކު ކުރެއްވި މަތިވެރި ޖިހާދުންނެވެ. މި މުލީގޭ ދޮން ޙަސަންމަނިކުފާނަކީ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒައްދީނެވެ. ބާބަރީ މިސްކިތް ތަޅާލި، އަދި ކޮންމެ ދުވަހަކު ކަޝްމީރާއި އެ ނޫން އެތައް ތަނެއްގައި މުސްލިމުންގެ ލޭ އޮހޮރުވަމުންދާ، ހަމަ އެހެންމެ މުސްލިމުން އިންޑިޔާ އިން ބޭރުކުރާނެކަމަށް އޭނާގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމަނާ އެ ކަމަށް ގަދަ އަޑު އުފުލަމުންދާ މޯދީއަށް ދިވެހި ސަރުކާރުން މި އަދު އެ ދިނީ މި އިޚްލާޞްތެރި ދިވެހި ރަދުން ޙަސަން ޢިއްޒައްދީނުގެ މަޤާމެވެ. މިއީ އެ އިޚްލާޞްތެރި ޤައުމީ ބަޠަލަށް ކުރެވުނު ކޮން ފަދަ އިހާނެތި މަލާމާތެއްތޯއެވެ؟
  އޭ! ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނަށް ޓަކައި ޝަހީދުވި މާތް ދިވެހި ދަރީންނެވެ! އަޅުގަނޑުމެންނަށް މާފުކުރެއްވުން އެދެމެވެ. ނިހާޔަތަށް މާފަށް އެދެމެވެ. މިއީ ތިޔަ ބޭފުޅުން އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ވާޖިބުގެ އަގުވަޒަންކުރާ މަދު ދިވެހީންކޮޅެއް ތިބި ޒަމާނެކެވެ. އެ މަދު ދިވެހީންކޮޅު އަދުވަނީ ނުކުޅެދިގެންނެވެ. ގިނަ ބަޔަކު ރުހިގެން ތިޔަ އިއްޒަތްތެރީންނަށް އެ ކުރަނީ ޤައުމީ ފެންވަރުގައި ފުރައްސާރައެވެ. ހިތާމަ ހުއްޓެވެ! ކޮޅު ނެތް ކޮޅަށް ހިތާމަ ހުއްޓެވެ!

  25
  1
 29. މޯޑް

  ދެން ޝަރަފު އަރުވަންވީ ކަލޭމެން ކަހަލަ ޓެރަރިސްޓުންނަށްތަ؟

  4
  17
 30. އަހްމަދު

  ޗައިނާ އާއި ޔާމީނު އެހާގާތްކުރީ ޗައިނާމުސްލިމުންނައް ހެޔޮހިތާވަރުންތަ؟

  1
  19
  • ހަންބޯޓޯ

   މުސްލިމުންނަށް ހެޔޮކޮށް ހިތާނެ އެއްވެސް ގައުމެއް މިހާރަކު ދުނިޔެއަކު ނެތް.

   2
   8
 31. މަނީފް

  މިކަލޭގެޔައް މި ޝަރަފު ދިނީމަ އިސްލާމީ ގައުމުތަކުން ދިވެހީންނާއި އަދި ރާއްޖެއާއި ދޭތެރޭ ދެކޭނީ ކިހިނެތް ކަމާއިމެދު ވެރިޔަކައް ހުރި ބޮލުރޮދި ވިސްނި ބާވަޔޭ ހިތައް އަރައެވެ.

  20
  2
 32. އަޙްމަދު

  މިވަރު ވެގެން ދާއިރު ކޮބާތަ ދީނަށްޓަކައި ގައުމަށްޓަކައި މެޑެލް ޖަހައިގެން އުޅޭ އިމްރާނު؟ ކޮބާތަ މި ވެރިކަން ގެންނަން ދަމާ އެއްރޮއްޖަކަށް ފޫގަޅައިގެން އުޅުނު ދީނީ ޢިލްމު ވެރިޔާ ޝޭހު އިލްޔާސް؟ ކޮބާތަ ރާއްޖޭގެ ދީނީ ޕާޓީ، ޢަދާލަތު ޕާޓީ؟؟ މިމީހުންގެ ލަދު ކޮބައި؟؟؟މިމީހުންގެ ހުރި އިޚްލާޞްތެރިކަން އެބަ އެނގެއެންނު. މިއަދު ކީއްވެތަ ޙައްޤުބަސް ބުނަން ނުނިކުންނަނީ؟