އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ މޭމަހުގެ 31 ވަނަ ދުވަހުގެރޭ ކުރެއްވުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ހޮނިހިރު ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުން އެތައް މިލިއަން ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމަށް ދައުވާ ކުރާ އިންޑިއާ، އަދި ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު، އަދި "ސާރކު"ގެ އެންމެ ބޮޑު ގައުމުގެ ބޮޑުވަޒީރު ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް ވަޑައިގަތުމުންނެވެ.

ކީއްވެގެން މޯދީ އެންމެ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވީ؟

މޯދީ ވިދާޅުވި ގޮތުގައި ބޮޑުވަޒީރުކަމުގެ މަގާމާ ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަންނަވަން ނިންމެވީ ރާއްޖެއަކީ އަވަށްޓެރި ގައުމަކަށް ވާތީއެވެ. އަވަށްޓެރިންނަށް އިސްކަންދެއްވާ ސިޔާސަތެއް ގެންގުޅުއްވާނެކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީގެ ދެވަނަ ދައުރުގެ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގެން މޯދީގެ ފައިންޕުޅުު ރާއްޖޭގައި ބީއްސެވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެކެވެ. އެކަމަކު ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރިއަކަށް ވެގެންނޭ ކިޔައި މޯދީގެ ދެވަނަ ދައުރުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ރާއްޖެއަކަށް ދައުވަތެއް ނުދެއްވައެވެ. އަވަށްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާނަކަށް ވެސް ދަޢުވަތެއް ނުދެއްވައެވެ. އަދިި އަވަށްޓެރިއަކަށް ވެގެންނޭ ކިޔައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ރަނގަޅު ކުރުމުގެ ސިގުނަލެއް ވެސް މިހާތަނަށް ދެއްވާފައެއްނުވެއެވެ.

ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ ރާއްޖެއަށް ވަޑައިގަތުމާ ގުޅޭގޮތުން "ވަގުތު"ގެ ކިއުންތެރިއަކު "މަޒީނާ"ގެ ނަމުގައި ކޮމެންޓުކޮށްފައިވެއެވެ.

"ތިޔަ ހައްދަވަނީ ދޮގު. ރާއްޖެއަކީ އެންމެ އަވައްޓެރި ގައުމު ނަމަ މީގެ ކުރީން ރައީސް ޔާމީންގެ ވެރިކަމުގައިވެސް އިންޑިޔާއިން ރާއްޖެއަށް އައީސް. މިހާރު ތެޅިފޮޅިގެން ބައި ދުވަހުގެ މުއްދަތައް ތިޔަ އަންނަނީ މިތަން ފެލާލާނެ ބޮޑެތި ފުރުސަތުތަކެއް މިރާއްޖޭގައި ވެރިކަންކުރަމުން އަންނަ ފަރާތުން އިންޑިޔާއަށް ތަބަކަކައްލާފަ ދޭތީކަން ހުރިހާ ދިވެހީންނަށް އެނގެއެވެ. ޔޫ އާ ނޮޓް ވެލްކަމް."

"އިސްމާއީލު"ގެ ނަމުގައި އެހެން ކިއުންތެރިޔަކު ކޮމެންޓުކޮށްފައިވެއެވެ. "މިރާއްޖެ މީހުން އިންޑިޔާ މާމޮޅުބަޔަކަށް ވެގެން އުޅެނީ ދުނިޔޭގެ އެއްވެސް ބަޔަކު ގަބޫލުކުރާ ބައެއްނޫން މީ."

ދެނަމާދު ދެމެދު ތަޤުރީރު ކުރައްވާތީ ހިތް ހަމައެއް ނުޖެހޭ

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އަޅައިގަތް ކަމަކީ މޯދީ ރައްޔިތުންގެ މަޖިލީހުގައި ދެނަމާދު ދެމެދު ތަޤުރީރު ކުރެއްވުމެވެ. މޯދީ ދެނަމާދު ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވާތީ ވަރަށް ގިނަ އަދަދެއްގެ ދިވެހީން ވަނީ އެކަމާ ނުރުުހި، ޝުޢޫރު ފާޅުކޮށްފައެވެ.

ދެނަމާދު ދެމެދު މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާތީ "މިހާރު" ނޫހުގެ ކިއުންތެރިއަކު "ރީތި މޫސަ"ގެ ނަމުގައި ކޮމެންޓުކޮށްފައިވެއެވެ.

"ނަމާދު ކުރުމާއި ނުކުރުމެއްނޫން، ކީއްކުރަންހޭ ބުދުފައްޅީގެ މީހުން ތަޤުރީކުރާގަޑީގަ ދިވެހިރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާތަނުގަ ތިމޯޑީޔަކު ތަޤުރީރުކުރަންވީ. ރާއްޖޭގެ އެހެންތަންތަން ހުންނާނެނޫންތޯ. އެހެންނޫނަސް ތިމޯޑިއާ އިޒްރޭލުގެ ބޮޑުވަޒީރާ ޗައިނާގެ ރައީސަކީ މިވަގުތު ދުނިޔާގަ ތިބި އެންމެނުބައި ތިންމީހުން. މިވަރުގެ ނުބައިމީހުން ތިފަދަ މަތިވެރި ޝަރަފު ނުދިނަސް ވެދާނެނޫންތޯ؟"

"ޙަޔާތްކުޑޭ'ގެ ނަމުގައި އެހެން މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

"ދެ ނަމާދު ދޭތެރެއޭ ބުނީީމާ އޮޅުވާލުމަށްޓަކާ ފާޑުފާޑުގެ ޙުއްޖަތް ދައްކާނެ ކަމެއްނެތް. ރާއްޖޭގެ ޒަމާނުއްސުރެން އޮންނަ އާދަޔަކީ ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔަވާ ހެޔޮކަންތައް ކުރުން. މި ދެ ނަމާދު ދޭތެރޭގައި ބޮޑެތި ބިޔަ ޖަލްސާތަކެއް ބޭއްވުމަކީ އެއްއިރެއްގައި ވެސް މީގެ ކުރިންކޮށްފައިވާ ކަމެއްނޫން."

މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މޯދީއަށް ދައުވަތު ދެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ދޫކުރައްވައި ޓޮމް ވަޑައިގެންނެވި

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ޖަލްސާގައި މޯދީ ވާހަކަފުޅު ދެއްކެވުމުގެ ކުރިން ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގަންނަވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވަނީ ވިދާޅުވެފައެވެ.

ޓޮމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯދީ ތަޤުރީރު ކުރައްވާ ޖަލްސާ ދޫކުރައްވާ ނިކުމެވަޑައިގަންނަވަން ނިންމެވީ އިންޑިއާ ގައި މުސްލިމުންނާއި ދޭތެރޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދުއްތުރާތަކަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.

ޠާރިޤު ވަނީ މޯދީ ތަޤުރީރު ކުރައްވާ ޖަލްސާ މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދޭތެރޭގައި ހަމަޖެއްސުމަކީ ދީނާއި ސިޔާސަތު ވަކިކުރާ ސެކިއުލާ ވިސްނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ރާއްޖެ ސެކިއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް ވިދާޅުވެފައެވެ.

މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ކުރިން ޠާރިޤް މަޖިލީހުން ނިކުމެވަޑައިގަތެވެ.

"މޯދީ އިސްވެ ހުންނަވާ ބީޖޭޕީ އިންޑިއާގެ ވެރިކަމަށް އައި ފަހުން އެ ގައުމުގެ މުސްލިމުން މެރުމާއި އަނިޔާ ކުރުން ވަނީ އާއްމު ވެފައި. އެކަންތައް ހުއްޓުވަން އެ ސަރުކާރަކުން ނޫޅޭ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. އެހެންވީމާ މުސްލިމުންނަށް ކުރާ އެ އަނިޔާއާ މެދު ނުރުހުން ފާޅުކުރުމުގެ މެސެޖް އެންމެ ކުޑަމިނުން ކޮންމެވެސް އެކަކު ޖެހޭ ފޯރުކޮށްދޭން. އެއީ އަޅުގަނޑު މިކުރި ކަމަކީ،" ޠާރިޤް ވިދާޅުވިއެވެ.

"ޢިއްޒަތްތެރި މެމްބަރު ޠާރިޤް އެ ދެއްކެވީ ވަރަށް ހިތްރުގަދަ މިސާލެއް. އޭނާއަށް ނިޝާން ޢިއްޒުއްދީންގެ ލަޤަބު ހައްގު." ޠާރިޤްގެ ހިތްވަރުގަދަ ފިޔަވަޅަށް ތާރީފުކޮށް މަޖިލީހުގެ އެހެން މެމްބަރަކު ވިދާޅުވިއެވެ.

ހަ އެއްބަސްވުން އާދަޔާ ޚިލާފު އެއްބަސްވުންތަކެއް ނޫން!

ބޮޑުވަޒީރު މޯދީ ރާއްޖެވަޑައިގެން ފަސް ދާއިރާއަކުން މުހިއްމު ހަ އެއްބަސްވުމެއްގައި ސޮއިކުރެވޭނޭކަމުގެ އަޑުތައް އޮތީ ވަރަށް ގަދައަށް ފެތުރިފައެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކަށް ބަލާއިރު އާދަޔާ ޚިލާފު ބޮޑު އަދި ރާއްޖެއަށް އިންތިހާއަށް ފައިދާ ކުރާ އެއްބަސްވުންތަކެއް އޭގެތެރޭގައި ހިމެނިފައެއްނެތެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ބޮޑުވަޒީރު ނަރެންދަރު މޯދީގެ ހާޒިރުގައި ބަދަލު ކުރެވުުނު އެއްބަސްވުންތަކުގެ ތެރޭގައި ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ، އެއްބަސްވުމާއި މޯލްޑިވްސް ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެންދިއުމާ ގުޅޭ އެއްބަސްވުމާއި ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް އެއްބަސް ވެފައިވެއެވެ. އަދި އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުށި ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެއްވެސް ބަދަލު ކުރެވުނު އެއްބަސްވުން ތަކުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެއާއި އިންޑިއާގެ ޞިއްޙީ ދާއިރާއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތު ފަހިކޮށް ދިނުން ހިމެނެއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާގެ ދިރާސާތައް ކުރުމާއި އެ ދާއިރާއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނިފައި ވެއެވެ. އަދި ދެޤައުމުގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން އިންޑިއަން ނޭވީ އެންޑް ދަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އޮން ވައިޓް ޝިޕިންގ" ގެ ނަމުގައި ވެވުނު އެއްބަސްވުން ވެސް ހިމެނެއެވެ.

މޯދީ ރާއްޖެވަޑައިގެން އެއްބަސްވެވުނުކަމަށް ސަރުކާރުން އަޑުފަތުރަމުންދާ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންތައްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު މިހާރުވެސް ކުރެވެމުންދާ ކަންތައްތަކެވެ.

މޯދީގެ އަރިހުގައި ބޮޑު "ލަޝްކަރެއް"

ހަނގުރާމަވެރި ހަތިޔާރާއެކު 1988ގެ ނޮވެމްބަރ 3 ގައި ރާއްޖެ އައި ތަމަޅަ ހަނގުރާމަވެރިންނަށްވުރެ، ބޮޑުވަޒީރު މޯދީ އަރިހުގައި މި މަހު 8 ގައި ވަޑައިގެންނެވި "ލަޝްކަރު" މާބޮޑެވެ.

މޯދީ ރާއްޖެއަށް ވަޑައިިގަތުމުގެ ކުރިން ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޚަލީލު ވިދާޅުވީ، މޯދީގެ ދަތުރުފުޅުގައި ރަސްމީ ހައިސިއްޔަތުން 10 ބޭފުޅުން އަދި ނުރަސްމީ ހައިސިއްޔަތުން 100 ވަރަކަށް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މޯދީ ރާއްޖެވަޑައިގަތުމަށް ފަހު ފުރާވަޑައިގެންނެވިއިރު ވެސް އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ކުރެއްވި ކަމެއް ސަރުކާރުން ހާމައެއްނުކުރައްވައެވެ.

ލޯނުގެ ވާހަކަ މޯދީ އިއުލާނެއް ނުކުރައްވާ

ރާއްޖެއަށް 21 ބިލިއަން ރުފިޔާގެ ލޯނެއްދޭން ނިންމާފައިވާކަން މޯދީ އިއުލާންކުރައްވާނެ ކަމަށް މީޑިއާގައި ދައުރުވަމުން ދިޔައެވެ. އެކަމަކު ދަތުރުފުޅު ނިިންމަވާލައްވާފައި ފުރާވަޑައިގެންނެވި އިރުވެސް އެ ލޯނުގެ ހިލަމެއް ވެސް ނުވެއެވެ. އަދި މޯދީގެ ދަތުރުފުޅުގައި އިންޑިއާ އެމްބަސީގެ ބިންގާ އަޅާގޮތަށް ހަމަޖެހިފައިވާ ކަމަށް ވާހަކަދެކެވުނަސް ފަހުން ވަނީ އެއީ ހަމަޖެހިފައި ނުވާކަމެއްކަމަށް ޚަބަރު ލިބިފައިވެއެވެ.

އިންޑިއަން ހައިކޮމިޝަންގެ އިމާރާތެއް އެޅުމަށް ސޯސަން މަގުން ބިމެއް ކަނޑައަޅާފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. މިހާރު އަޑު އިވެނީ އެތަން އަޅާނީ ހުޅުމާލޭގައިކަމަށެވެ.

މޯދީގެ ސަރުކާރުން ރާއްޖެއަށް ވާނެ ބައެއް އެހީގެ ވާހަކަ

ތިރީގައި އެ ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކެވެ.

އިންޑިއާގެ އެހީގައި ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް

ސިޓީކައުންސިލާއި ކަރެކްޝަންސްއަށް ބޭނުންވާ ވެހިކަލްސް ވެސް ހޯދަނީ އިންޑިއާގެ އެހީގައި

ރާއްޖެއާއި އިންޑިއާއިން ޖިނާޢި ކުށްތަކުގެ މައުލޫމާތު ހިއްސާކުރަން އެއްބަސްވަނީ

ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ

ފެހެންދޫ ސްކޫލް ދަރިވަރުންގެ ފެރީ ވެސް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި

އިންޑިއާއިން ޑީޓޮކްސިފިކޭޝަން ސެންޓަރެއް އަޅަނީ

އިންޑިއާ ސަރުކާރުގެ އެހީގައި ރަސްދޫގެ ގޮނޑުދޮށް ހިމާޔަތްކޮށްދޭ މަޝްރޫޢެއް ފަށަނީ.

އުކުޅަހުގައި ސައްލާ ކުރާ މަރުކަޒެއް އަޅައިދެނީ

އައްޑޫގެ ތަރައްގީއަށް ހިންގާ މަޝްރޫޢަށް އިންޑިއާގެ އެހީ

މޯދީ ސަރުކާރުން ރާއްޖެއަށް ދިނީ ވެހިކަލް އަދި މެޝިނަރީ: ފޮރިން މިނިސްޓްރީ

މިނޫންވެސް މިފަދަ އެތައް ސުރުޚީތަކެއް މޯދީގެ ދަތުރުފުޅުގެ ކުރިން ރާއްޖޭގެ އޮންލައިން ނޫސްތަކުން ފެންނަމުން ދިޔައެވެ.

މޯދީއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު

ދިވެހި ދައުލަތުން ބޭރުގެ ޢިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަރުވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޢިއްޒަތް އެރުވުމަށް ނިންމެވީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި ދިވެހި ޤައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.

މޯދީއަށް ނިޝާން ޢިއްޒުއްދީންގެ ލަޤަބް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަރުވާ ވާހަކަ ނޫހުގައި ލިއުމުން ކިއުންތެރިއަކު "ގައުމީދޫ"ގެ ނަމުގައި ކޮމެންޓުކޮށްފައިވެއެވެ.

"އިންޑިއާގެ މުސްލިމުން މޫނުމަތީގައި މި މުސްލިމް ގައުމުން ޖަހާ ތަފާލެއްތަ؟!!"

"ހަސަންބޭ"ގެ ނަމުގައި އެހެން ކިއުންތެރިއަކު ކުރި ކޮމެންޓެއްގައިވެއެވެ.

"ދިވެހި ގައުމު ލަދުގަންނަވާލި ދުވަހެއް، އިންޑިޔާ މީނުންގެ އަޅުވެތިކަމުން މިގަމު ސަލާމަތްކޮށްދެއްވި، އައްސުލްތާނު ހަސަން އިއްޒަތްދީނުގެ ނަމަށް ނިސްބަތްވާ އެ ލަގަބު މިއަދު ތިދިނީ، އިހަކަށްދުވަހު އިންޑިޔާ ސިފައިން އަރާ އަނެއްފަހަރު މިގައުމު އަޅުވެތި ކުރުމަށް ގޮވާލި، ބީޖޭޕީ ގެ ވެރިއަކަށް! އަދި ހަމަ އެއާއެކު، އެތަކެއް މުސްލިމުން މަރާލިކަމުގެ ތުހުމަތު އެމީހެއްގެ ބޮލުގަ މިއަދުވެސް މުޅިދުނިޔެ އަޅުވާ މީހަކަށް. ގައުމުގެ ހުރުމަތް ކަޑާލީ."

ރާޑަރު ސިސްޓަމްތައް، އިސްތިގުލާލު ވަޅުލުން

އިންޑިއާގެ ރާޑަރު ސިސްޓަމްތަކެއް ރާއްޖޭގައި ހަރުކޮށް އެސިސްޓަމްތައް މިދަތުގައި ވަނީ އިފްތިތާހް ކޮށްފައެވެ. މިރާޑަރު ސިސްޓަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނޑުތަކުގެ މައުލޫމާތު އަބަދާއި އަބަދު، ވަގުތުން ވަގުތައް އިންޑިއާ އަށް ލިބެމުންދާނެއެވެ.

މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިރިއޮއްވާ ވަޅުލުމަށް ފަހު، ހުރިހާ އާރަކާއި ބާރެއް އިންޑިއާ އަށް ދިން ދިނުމެކެވެ. މިނިވަން ގައުމެއްގެ ނަމުގައި އޮވެ، ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާ ކުރިމަތި ކުރުވާފާނެ ކަމެއް އިންޑިއާ އަށް ދިވެހި ސަރުކާރުން މިވަނީ ފަހިކޮށްދީފައެވެ. މިކަމުގެ ނުރައްކާ މާދަމާ އެތައް ގުނައަކަށް ބޮޑުވެގެން ދާނެއެވެ. އިންޑިއާ އިން ބޭނުންވާ މަޤުޞަދުތަކެއް ރާއްޖެ މެދުވެރިކޮށް ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެން މިވަނީ ގޮސްފައެވެ.

ބޮޑު ވަޒީރު މޯދީ ރާއްޖެއިން ފުރާވަޑައިގަތުމުން

މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ފުރާވަޑައިގަތް ޚަބަރު "މިހާރު" ނޫހުގައި ލިއުމުން އެޚަބަރަށް ކޮމެންޓު ކުރެއްވި ބޭފުޅަކު "ރަޓުޚަބަރެ" މި ނަމުގައި ލިއުއްވާފައި ވެއެވެ.

"އެއަރޕޯޓްގެ ފްލައިޓް ޝެޑިއުލްއަށް ބަދަލު ގެނެސް، ފެރީ ނިޒާމަށް ބަދަލު ގެނެސް، ހުޅުމާލޭއާ ހުޅުލެއިން ބައެއް ބަންދުކޮށް، މާލޭ ގްރީންޒޯން ކިޔުނު ސަރަހައްދު ބަންދުކޮށް، އެސަރަހައްދު ވަށައިގެން ވަކި ދާއިރާއެއްގަ ހަރަކާތްތެރިވާ އެންމެން ފާސްކޮށް އެސަރަހައްދުގެ ބެލްކަނި ތަކުގަ ފޯރިމަރަން ސިފައިން ބައިތިއްބައިގެން ޖެހި ހުރިހާ ސަކަރާތެއްގެ ނަތީޖާއަކީ ކްރިކެޓް ބެޓަކާ ފެހެންދޫ ކުދިންނަށް ފެރީ ދޯންޏެކޭ ކިޔާއަޑު އިވޭ. ބޫޓާނުގެ ބޮޑުމީހާ ގެނަޔަސް ތިވަރު ވެދާނެ."

"އެމްއެމް އެކްސްޕޯޓް"ގެ ނަމުގައި ކިއުންތެރިއަކު ކުރި ކޮމެންޓެއްގައިވެއެވެ.

"ފޮނިކަނޑާފަ އައިސް އާރުލާއެއް އެއްކަމެއްވެސް އިއުލާނެއް ނުކުރެވުނު ދޯ؟ ރާއްޖޭގެ ކަނޑުގެއަޑިއާއި ޖައްވު އެމީހުނަށް ހިތުހުރިހާ ގޮތަކަށް ބޭނުންކުރަންދިނީމަވެސް އަހަރުމެންނަށް ލިބުނު އާރުލާހަރުދަނާ އެއްޗެއް ކަމެއްނެތް. އެއްބަސްވި އެއްބަސްވުންތައްވެސްހުރީ 1960އަހަރުތަކުގައި ބޭނުންވާ ކަހަލަ ކަންކަން، މިސާލަކަށް ކަނޑުމަގުން ފެރީ ނިޒާމް އިންޑިއާއިން ރާއްޖެއަށް. މިއީ މިޒަމާނާއި ގުޅޭ ކަންކަމެއްނޫން. މިދަތުރުގެ ސަބަބުން އަހަރުމެންގެ އަމިއްލަވަންތަކަން ނެތިދިޔައީ."

އިންޑިއާގެ ބަދަލުވަމުންދާ ސިޔާސަތު

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ އެއާޕޯޓު ފަދަ ތަންތަން ކުއްޔަށް ދީގެން އެދުވަސްވަރު އިންޑިއާ ސަރުކާރުގެ ލޯބި ރާއްޖޭގެ ވެރިކަމަށް ލިބުނެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ސަރުކާރުން އެ އެއްބަސްވުން އުވާލުމުން އިންޑިއާއިން ރާއްޖޭގެ "ކަރުގޮހޮރު" ދަމައިގަތްކަހަލައެވެ. ދީފައިވާ ލޯނުފައިސާ ޖަހައިގަތެވެ. ބަލިމީހުންނަށް ވިސާދިނުން ދަތިކޮށް އެމީހުން އިންޑިއަން ހައިކޮމިޝަނންގެ ބޭރުގައި "ހަތަރުކަކޫ ޖައްސައި" ކިއު ހައްދައި ކިއުގައި ބޭތިއްބިއެވެ.

އިންޑިއާއަކީ އިންޑިއާ!

އިންޑިއާއަކީ އިންޑިއާއެވެ! އިންޑިއާގެ ބަނޑުން އުފަންވި ޕާކިސްތާނާއެކު ބޭނުމެއް ފައިދާއެއް ނެތް އެތައް ހަނގުރާމައެއް އިންޑިއާއިން ކޮށްފިއެވެ. އަދި މިހާރު ވެސް ދެ ގައުމު ވަނީ ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ. ދެގައުމު މިނިވަންވީ ފަހުން ސަރަހައްދީ ރޮނގުގައި ދެ ގައުމުން އެތައް ހާސް ހަމަލާއެއް ބަދަލުކޮށް އެތައް ސަތޭކަ ބަޔަކު ވަނީ މަރާލާފައެވެ. އަވަށްޓެރި ޗައިިނާއާއި އިންޑިއާއާ ދެމެދު ސަރަހައްދީ ހަނގުރާމަ ވަނީ ހިނގާފައެވެ.

އިންޑިއާގެ ސްޓޭޓުތަކުގެ މެދުގައި އިންތިހާއަށް ހަމަނުޖެހުން ބޮޑެވެ. ކަރުނާޓަކާ ސްޓޭޓާއި ޓެމިލްނާޑޫ ސްޓޭޓުގެ މެދުގައި ފެން ބަހާނެ ގޮތުގެ ހައްލެއް ނުހޯދިގެން ހިނގާ ހަނގުރާމައިގެ ނަތީޖާ ވަށް ހިއްޗެވެ.

އިންޑިއާގެ ބައިމަދު މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނަށް ހައްދުފަހަނަޅާފައިވާ ހިންދޫންގެ އަނިޔާއާއި ދުއްތުރާ އިންތިހާއަށް ބޮޑެވެ.

ހިންދޫން މުސްލިމުންނަށް އަނިޔާ ނުކުރާ ދުވަހެއް ނުދޭ

އިންޑިއާގެ ނޫސްވެރިއެއްކަމުގައިވާ ސީޖޭ ވާރލެމަން ބުނާ ގޮތުގައި މޯދީ ވެރިކަމަށް ވަޑައިގަތްފަހުން ހިންދޫން މުސްލިމުންނަށް އަނިޔާ ނުކުރާ ދުވަހެއް ނުދެއެވެ.

ވާރލެމަންގެ ލިއުމެއްގެ ތަރުޖަމާ "ވޮއިސް.އެމްވީ"ގައި ދާދިފަހުން ޝާއިޢު ކޮށްފައިވެއެވެ. އެ ލިއުމުގައިވެއެވެ.

"އިންޑިއާގެ މުސްލިމް ޖަމްއިއްޔާތަކުން ބުނާ ގޮތުގައި އާރް.އެސް.އެސް ގެ މެންބަރުން އަބަދުވެސް މުސްލިމުންނަށް އަނިޔާ ކުރެއެވެ. އެހެން ނަމަވެސް ކުރިން ކުރަނީ ސިއްރުންނެވެ. މޯދީ ވެރިކަމަށް އައި ހިސާބުން ބިރެއް ނެތި ނިކުމެ ފާޅުގައި މިފަދަ އަމަލުތައް ކުރަން ފެށީއެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެހެން ހިންދޫންނަށް ހިއްވަރުވެސް ދޭން ފެށީއެވެ. މޯދީ ދުނިޔެއާއި އިންޑިއާގެ ގިނަ މީހުންނަށް ފުރަތަމަ އެނގިގެން ދިޔައީވެސް މިކަހަލަ ކަމެއްގެ ތެރެއިންނެވެ.

ފާއިތުވި އަހަރުތަކުގައި ހިންދުވްތާ ފިކުރުގެ ހަރުކަށި ހިންދޫން ގެ މިފަދަ އަމަލުތައް އިންޑިއާގައި ވަނީ ވަރަށް ގިނަ ވެފައެވެ. އާރް.އެސް.އެސް ގެ މެންބަރުން މިހާރު ދަނީ ބިރަކާއި ނުލައި މުސްލިމުންނާއި ނަސޯރާއިންނާއި އަދި ބުދިސްޓުންނަށް ވެސް އަނިޔާ ދެމުންނެވެ. މިކަން ބިރެއް ނެތި ގައުމީ ފެންވަރުގައި ކުރަން ފެށުނީ މޯދީ އިންޑިއާގެ ވަރިކަމަށް އައި ހިސާބުންނެވެ. މޯދީ އަކީވެސް ހިންދުވްތާ ފިކުރުގެ އާރް.އެސް.އެސް މެންބަރެކެވެ."

އޯގާތެރި މޯދީއޭ ހާދަ އޯގާތެރިއޭ ގޮވާވަރެއް އަދި ނުވޭ!

ހިލޭއެހީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ދީފައިވާ ދީލަތި އަދި އޯގާތެރި ގައުމަކީ ޖަޕާނެވެ. ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތަކާއި ޗައިނާއިން ދީފައިވާ އެހީތައް ހަނދާންނައްތާލައި އިންޑިއާއަށް ޝުކުރު އަދާކޮށްކޮށް، އިންޑިއާއަށް ބަރޯސާކޮށްގެން ތިބުމަކީ ބުއްދިވެރިގޮތެއް ނޫނެވެ. ތެދެކެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ. ދަރަންޏަށް 1.4 ބިލިއަން ރުފިޔާ ލިބޭނޭ މަގު ތަނަވަސްކޮށްދީފިއެވެ. އެކަމަކު އޯގާތެރި މޯދީއޭ ހާދަ ހެއުުފުޅޭ ހާދަ އޯގާތެރިއޭ ގޮވަގޮވާ ތިބޭވަރެއް އަދި ނުވެއެވެ.

އިންޑިއާއިން، އިންޑިއާގެ ނިކަމެތި ފަގީރު ރައްޔިތުންނަށް ނުވާ އެހީ ދިވެހި ރައްޔިތުންނަށް ދޭންއުޅެނީ ކީއްވެގެންބާވައެވެ! އިންޑިއާގެ އެހީ ރާއްޖޭގެ އެންމެ ދެކުނުން އައްޑުއަށް، އުތުރުން ބޮޑު ތިލަދުންމައްޗަށް ފޯރުކޮށްދޭން މިއުޅެނީ ކީއްވެގެންބާވައެވެ!

މިހާރު އުފެދޭ ސުއާލަކީ ހަމަކުއްލިއަކަށް ފާއިތުވި އަށެއްކަ މަސްދުވަހުން ފެށިގެން ރާއްޖެއާމެދު އިންޑިއާއިން ގެންގުޅެންފެށި "ލޯބީގެ އެޖެންޑާ"ގައި ވަނީ ކޮން ކަންތައްތަކެއް ބާވައެވެ! މިއީ ޖަވާބުދޭން އަދި ދަތި ސުއާލެކެވެ. ނަމަވެސް މި ސުއާލުގެ ޖަވާބު ދާދި އަވަހަށް ބޭޒާރުވެ، އާއްމުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޒާ

    މޯދީގެ ދަތުރަކީ ގޮތް ދެއްކުމުގެ ދަތުރެއް. ނަމަވެސް ޗައިނާއިން މިގައުމަށް ވީވަރުގެ އެހީއާއި ގާތްކުރާވަރުގެ އެހީތެރިކަމެއްވެސް އަދި ތަރައްގީއެއްގެނައުމަށްވެސް އިންޑިއާއިން އެހީތެރިކަމެއް ދީފައިނެތް. ރައީސް އޮފީހުގައި މޯދީ ދެއްކި ވާހަކައިގާ ފެހެންދޫ ސްކޫލް ކުދީންގެ ފެރީގެ ވާހަކަ ފާހަގަ ކުރިއިރު އެއީ ގައުމެއްގެ ރައީސަކު ގައުމަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރާވަރުގެ ބޮޑު ބިޔަ ނުވަތަ އެހާ މުހިއްމު ދިވެހިން އަމިއްލައަށްވެސް ނުކުރެވިގެން އުޅޭވަރުގެ ކަމެއްތޯ؟

    74
  2. ހޯރަ އިއްބެ

    އަހަރެން ހީކުރީ ވިލިނގިލި - މާލެ ބްރިޖްގެ ބިންގާ އަޅައި ދޭނެކަމަށް.

    68
  3. މުހުންމަދު

    ޖަވާބަކީމޮޔަބޯހަމަނުޖެހޭކުއްޖެއްގެ އަތުގައި އޮތްކިތަންމެ އަގުބޮޑުއެއްޗެއްވެސްމަކަރާއި ހީލަތުން ދަމައިގަނެވިދާނެ.

    71
    1
  4. ސަލީމް

    " ....... ތެދެކެވެ. އިންޑިއާއިން ދިވެހިރާއްޖެއަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ......" މިއީ އަދި ޙަގީގަތުގަ ދިންއެއްޗެއް ނޫން، ދީފީމޭ ބުނާއެއްޗެހި. މިސާލަކަށް ޢަރަބިގައުމުތައް ކޮންމެ ފަހަރަކު ސުންނާފަތި ކޮށްލާފަ ހުޅަނގުން އެއްވެގެން ފަންޑު އެއްކުރާގޮތަށް.!! ...... އެއީ ކިޔާ ޢަދަދުތަކެއް! ދުވަހަކު ލިބޭ އެއްޗެއްނޫން! ރާއްޖެއިން އިންޑިޔާ ހޯދިއެއްޗެއްސަކީ ޙަގީގަތުގަ އެމީހުންނަށް މިހާރުވެސް ލިބިފަހުރި އެއްޗެހި/ކަންކަން . މިސަރުކާރާދޭތެރޭ ވަރަށް ކަންބޮޑުވޭ. އެއްގޮތަކީ ވަރަށްނުބައި އެޖެންޑާއެއް، އަނެއްގޮތަކީ ހޭވެރިކަން ނުވާ، ސިޔާސީގޮތުން ތަޝައްރަފު ނުފުދޭ، މޮޔަ ބަޔަކީ!

    58
    1
  5. ލައިލާ މެ ލައިލާ

    21 ބިލިއަންގެ އެހީ ނުދިނީ އަންނި އަޑީގަ ހުރެގެން....އެއީ މި ސަރުކާރު ދެ އަހަރު ބައިގެ ތެރޭގައި އިސްތިއުފާދޭންޖެހޭ .... ތަރައްޤީގެ މަޝްރޫއުތައްވެސް ކުރިއަށް ނުގެންދެވިގެން އެ އުޅެނީ އަންނިގެ ނުހުރުއްޕާނާހެދި... އިބޫ ބޭނުން އެއްވެސް ކަމެއް ނުކުރެވޭ... އިބޫ ހުންނެވީ ޕަޕެޓްހެދިފަ... މި ހުރިހާ ކަމަކީ ރާއްޖެއަށް ފާވެފައި މި ހުރި ކެނެރީގޭ ނަޝީދުގެ ނުބައިކަން.

    63
    1
  6. ރިޕޯޓްސް

    ސަރުކާރާ މޯދީޔާ ބޭއްވި ރަސްމީ މަޝްވަރާ

    އިބޫ: މޯދީ މޯދީ

    މޯދީ: ޔެސް ބޭޓާ

    އިބޫ: ޕްލޭއިން ކްރިކެޓް

    މޯދީ: ޔެސް ބޭޓާ

    އިބޫ: ބެޓް އެންޑް ބޯލް

    މޯދީ: ހިޔަރ ބޭޓާ

    އިބޫ: ހައް ހައް ހާ

    56
    3
  7. އަހްމަދު

    ހުރިހާ ލިޔުންތަކުގައިވެސް " 100 މިލިއަން ރުފިޔާ" މިޖަހަނީ ސައިކޮލޮޖިކަލީ މީހުންނަށް މާ ބޮޑު އަދަދެއްކަމަށް ހީކުރުވަންވެގެން... އަނެއްހެން ބަލާއިރު މީ ގާތްގަޑަކަށް އެންމެ 6 މިލިއަން ޑޮލަރު...

    46
    3
  8. ނަސީދު

    މާތާހިރުވާނެ އިންޑިޔާ އިންތިދިން އެހީ ރައްޖެއައް ނުދީ އިންޑިޔާގައި އެކިހިސާބުތަކުގައި ސާފު ފާހާނަބަރިކޮޅެއް އެޅިއްޔާ

    38
    1
  9. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ގެރިބެ ތީ އެހެންމީހުނަށް ހެޔޮއެދިގެން ކަންތައްކުރާމީހެއްނޫން.. އަމިއްލަ ގައުމު އޮތް ހާލަތުބަލާ.. އޭނަގެ ބާރުގެދަށުގައޮތް މަލިކުގެ ހާލަތުބަލާ.. މިހުރިހާކަމެއް ބާއްވާފަ ދިވެހިރާއްޖެޔާހެދި ތެޅިބާލަނީ ކޮންމެސް އަމިއްލަ ފައިގާގަނޑަކާ، މި ސަރަހައްދަށް އަތްގަދަކުތުމުގެ ސިޔާސަތެއްގެ އަމިއްލަ ފައިދާގަނޑެއް ނަގަން.. އެހެންނޫންނަމަ ދެން ކޮންކަމެއްމީ.. މިސަރަހަށްދަށްޖެހިފައޮތް ހަމަ ބޮޑުވެގެންވާ މުސީބާތެއްމީ.. ދެންވެސް އެމްޑީޕީން އަތާފަޔާ ބާރަށްޖަހާ..

    25
    2
  10. ދޮންބެ

    ހުރިހާއެންމެންވެސް މޯދީ ގޯސްކޮށް ވާހަކަދައްކަނީ ކީއްވެ؟؟ މުސްލިމުންނޭ ކިޔާ އަގަފުޅާކޮށްވާހަކަދައްކާ "އިއްޒަތްތެރި މެމްބަރުން" 18 ގަޑި ސުމްމިނެޓަށް އެތަނަށް ވަތްގޮތަށް އިޝާނަމާދަށް ގޮވިއިރުވެސް ތިބީ އެތާ ޖަލްސާގަ. މަޣްރިބުނަމާދެއް ނުކުރޭ. މުސްލިމަކަށްވީތީ ފަރުޟުފަސްނަމާދު ވަގުތުގަ ކުރުން އެއީ ވާޖިބެއް. ނަމާދު އަޅާމީހާއީ ކާފަރެއް. ނަމާދުއަޅާފަ އެއްވެސް ކަމެއްކުރުން ހުއްދަނުވާނެ މުސްލިމަކަށް. އެހެންވީމަ މޯދީގެ ވާހަކަދެއްކުމެއްނެތް މިތާކު.

    19
    8
  11. ދޮގެއް؟

    އެއީ ދިވެހި ރައްޔިތުން ރުޅި އަންނަ މީހަކަށް ވާތީ ރައްޔިތުންނަށް ޖެއްސުމަށް ކުރި ކަމެއް. ދެން ގެންނާނީ އިޒްރޭލުގެ ބޮޑުވަޒީރު. ގައުމެއްގެ ވެރިކަމުގަ ތިބެ އެ ގައުމުގެ ރައްޔިތުން ހާރުވާ ބަޔަކު މި ނޫނީ ނޫޅޭނެ.

    32
  12. ރިހާބް

    ރާޑަރ ތައް ދޯ ..ހަލާކުވެސް ވެދާނެ ކަރަންޓް ކެނޑެން ވެސްދިމާވެދާނެ ދޯ

    25
    1
  13. އަލީ ބަލީ

    އަމައްޔާއި އިބޫވެސް އުުޅޭވައްތަރެއް.. އިސްލާމުންގެ ބިޑު ހަތުރަކީ ރަހުމަތްތެރިޔަކައް ހަދައިގެން ބައްދަ ބައްދާފަ.. އެއީ ގެރިޔައް އަޅުކަން ކުރާ ބަޔެކޭ.. އެއީ ޔަހޫދީން ނަގާފަ މުސަލިމުންގެ ދެވަނައައް އެންމެ ބޮޑު ހަތުރުން.. ގުރުއާނުގެ ތަފްސީރު ކިޔާބަލަ.

    33
    1
  14. ފޯކައިދޫ ރައްޔިތެއް

    'ހަކުރު ދެންޏާ ބޮޑުބޭބެ'، މިއުސޫލުން ކޮންމެހެން ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އަޅަދީފައި ޤައުމު ހިސާރު ކުޅެން އުޅޭާނެ ކަމެއްނެތް، ފޯކައިދޫ ކައުންސިލާއި ރައްޔިތުނަ ގުޅިގެން އެއޮތީ ޕާކެއްވެސް އަޅަދީފައި، މަމެން ހަމައިގަ ތިއްބަ ލާހިކެއް ނޫން މޯދީގެ ކެހިވެރި މަޅީގަ ތިޔަ ސެންޓަރގެ ބިންގާ އެަަަަޅިޔަދޭކަށް
    ތިހާ ހެޔޮ އެދޭނަމަ ފެހެންދޫ، ގޮއިދޫ، ހިސާބު ފަޅުގަ ބްރިޖެއް އަޅާދޭނީ، ކަން ފެރީއެއްތަ، އާދައިގެ ރައްޔިތަކުވެސް ފެރީއެއް ހަމަޖައްސަދިނީސް. ޢަޖާއިބެއް ފެރީއަކަށް އަހަރެމެންގެ ކަނޑު ފާރަވެރިންނަށް ދީފަ، މިއީ ރާއްޖެ ހިސާރު ކުރުމުގެ ދަޅަމަތި

    25
    2
  15. މިއަދު

    މޯދީއަށް މިގައުމުގެ އެއްމެމަތީ ޝަރަފް ހައްގެއްނޫން ރައިސްބޭނުންވެއްޖެނަމަ އަންނިޔައްވެސް ދެވިދާނެ

  16. ވާނުވާ.

    އަހަރެމެން ވެރިކަމަށް އަރާފަ ތިސަރަފް އަބުރާ އަތުލާނަށް ހަދާންކުރާތި...

  17. ސވ

    މޯދީގެ ދަތުރަކީ ރާއްޖެއަށް ވުރެބޮޑަށް ވަކިމީހަކު
    ބޭނުންވާ ކަންކަން ކަށަވަރުކުރުމަށް ހިންގާފައިވާ
    ބޮޑު ޖަރީމާއެކެވެ މިދަރުގެ ތެރެއިން ރާއްޖެއަށް
    ލިބޭނެ ގެއްލުމާއި ހަލާކު ފެންމަތިވާ އަދި ދުވަސް
    ނަގާފާނެއެވެ

    11
  18. Blue?

    ޖޭ ވާ މީހުން ވެސް އުޅޭތަ؟ މަ ހީކުރީ ނޫޅޭ ކަމަށް!!

  19. މޯދީ

    މާތްﷲގެ ވާގިފުޅާއި އެކު އަހަރެމެން މި ރާއްޖެ އިންޑިޔާ އަދި އެމްޑީޕީގެ ކިބައިން ސަލާމަތް ކުރާނަން. ތިޔަ ގޮތަށް ފިރުއައުނާއި، ހާމާނު ވެސް އުޅުނު.

    10
  20. ރަންނަމާރި

    ޔާމީނުގެ ވެރިކަމުގައި އެޅި ޓާފް ފުޓްސަލް ދަނޑުތަކުގެ އަގު އެކަނިވެސް ތިޔަ ގެރިމޯދީ ތިއިޢުލާނު ކުރި އެހީތަކަށްވުރެ ބޮޑުވާނެ. ރީދޫ ބަލިޖެހުނީމާ މިކަހަލަ ހިސާބުތަކެއް ނުފެންނާނެ

    10
  21. ދެކުނު ތަރި

    މޯދީ އަރިހުގައި ގެންނެވި "ލަޝްކަރު"ގައި ޖީއެމްއާރުގެ "ހަނގުރާމަވެރިން" ނޫޅޭބާ! އެމީހުން ހަނިމާދޫ އެއާޕޯޓުގައި ދާއިމީ ގޮތެއްގައި ތިބެން ބޭނުންވެގެން އުޅޭ ވާހަކަ އަޑުއިވޭ.

  22. ސަމާން

    އެމްޑީޕީ: މޮދީ ޒިންދާ ބާތު.. މޮދީ ޒިންދާ ބާތު.. މޮދީ ޒިންދާ ބާތު..

    މޮދީ: ޔޭލޯގް އުލޫކާ ޕައްޓާހޭ.. ހަމް އިސް އުއްލޫކާ ދޭޝް ލުޓުވާނގޭ.. ހައް ހައް ހައް.. ޖައޭ ހިންދު..

  23. ޑެރަވެއްޖެ

    ޙިޔަޅުވެސް ފުރަތަމަ ވަރަށް އޯގާތެރިކޮށް ބަލަން އޮނާނީ އިރުކޮޅަކުން ހަމަލާދޭނީ

  24. ނުރަބޯ

    އިންޑިއާ އަކީ މީގެކުރިންވެސް އޮންނަ ގައުމެކެވެ. ނަމަވެސް މިގައުމަށް ނުފޫޫޒު ފޯރުވާ، މިގައުމު ފެލައިގެން ފައިދާ ހޯދާކަށް ނޫޅެއެވެ. މިހާރު އެހެން އެ އުޅެނީ މިހާރު ވެރިކަމުގައި އޮތް ޕާޓީ އަށް އެގޮތް ރަގަޅުވެ. އެމީހުންގެ އަމިއްލައެދުމަށް ޓަކައި އިންޑިއާ އަށް ނުފޫޒު ފަތުރަން ފުޅާ ދާއިރާއެއްގައި ހުޅުވާލި ހިސާބުންނެވެ. މިގޮތަށް އިންޑިއާ އަށް ފުރުޞަތު ހުޅުވާލި މީހަކީ އެމްޑީޕީގެ ރޫހާނީ ޑީލަރު ކެރަފާ ނަޝީދެވެ. މިއަދުވެސް ރައީސް ޞޯލިޙު ވެރިކަމުގައި ހުއްޓަކަސް އިންޑިއާއަށް މިގައުމު ވިއްކުމުގެ ޣަދަރުވެރި މަސައްކަތް އެކުރަނީ ހަމަ ޣައްދާރު ޚާއިނު ނަޝީދެވެ. އެހެންކަމުން އިންޑިއާދެކެ ރުޅިއައުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ގައުމެއްވެސް އެގައުމެއްގެ މައްޗަށް ގަދަވެ ގަންނަން އެހެންގައުމަކަށް ފުރުސަތުދީފިނަމަ އެކަން އެގައުމަކުން ކުރާނެ އެވެ. އިންޑިއާގައި މޯދީގެ ސަރުކާރު ނޫން ސަރުކާރެއް އޮތަސް ހަމަ މިގޮތަށް ކަންތަށް ދިމާވާނެ އެވެ. އެންމެންނަށްވެސް އެގޭނޭ ފަދައިން ނަޝީދު އިންޑިއާ އަށް މިގައުމު ވިއްކަންފެށީ މޯދީގެ ބީޖޭޕީ ސަރުކާރު އައުމުގެވެސް ކުރިން ކޮންގްރެސް ސަރުކާރުގެ ދުވަސްވަރު އެވެ.

  25. ޥޭނީ

    ފުލެޓް ކޮމެޓީގެ އެންމެ ފަހުގެ ހަބަރެއް ގެނެސްދީބަލަ

  26. ސަލާމް

    މޯދީ އެއްނޫން މައްސަލަ އަކީ. މައްސަލަ އުޅެނީ އަދި އިސްލާހުވެ ދީނުގަ އަންގަވާފައިވާ ގޮތަށް އެނބުރެން ޖެހެނީ އަހަރުމެން މުސްލިމުން ދެއްތޯ.