ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ އަނިޔާގެ ވާހަކަދައްކައިގެންނެވެ. ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުގެ ވާހަކަ އަކީ އެންމެ ހަރުއަޑުން ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކައެވެ.

"ތަރައްޤީ އޯކޭ" ނަމަވެސް ރައްޔިތުން ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނީ "އަނިޔާވެރިކަން" ގަބޫލު ނުކުރާތީއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރާސްލާފައި އަންނަމުން ދިޔަ ބޮޑު ތަރައްޤީ އާއި "ގޫގުލް ސްޕީޑްގައި" މައްޗަށް އުފުލިގެން ދިޔަ ދަރުމަވަންތަ ހޮސްޕިޓަލާއި "ޔާނު ސްޕީޑްގައި" ނިމިގެން ދިޔަ ސިނަމާލެ ބުރިޖު އެއީ "އަނިޔާވެރިކަމުގެ" ކުރިމަތީގައި މާބޮޑު އަގެއް ހުރި އެއްޗަކަށް ނުވިއެވެ.

ކޮންމެއަކަސް ޔާމީންގެ ސަރުކާރުން ކުރި ކޮންމެ ކަމެއް އެއީ "އަނިޔާއެއް" ކަމަށް ސިޔާސީ ބޭފުޅުން މެޖޯރިޓީ ރައްޔިތުންނަށް ވިސްނައިދީގެން އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ. ނަމަވެސް ސަރުކާރަށް އަނިޔާވެރިކަމުގެ ކުރިމަތީގައި އިންސާނިޔަތުކަން އިސްނުކުރެވި ފުރަތަމަ ޓެސްޓުން ވެސް މިވަނީ ފެއިލް ވެފައެވެ.

ޔާމީންގެ ފަސް އަހަރު ނިމިގެން ދިޔައިރު މާފުށީ ޖަލުގައި މިފަދަ ލާއިންސާނީ އަނިޔާތަކެއް ކުރި ޚަބަރެއްގެ އަޑެއް ނީވެއެވެ. އޭގެ ބަދަލުގައި އިވިގެން ދިޔައީ މާފުށީ ޖަލުގައި ތިބި ގައިދީން ޤާރީ ކޯސް ފުރިހަމަ ކުރާ ޚަބަރާއި އޯލެވެލް ފުރިހަމަ ކުރާ ޚަބަރާއި ތަފާތު މަސައްކަތްތައް ދަސްކޮށް އެމަސައްކަތްތައް ކުރާ ޚަބަރެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީ މާފުށީ ޖަލުގައި ފަހަކަށް އައިސް އެންމެ ބޮޑު ލާއިންސާނީ އަމަލުތައް ހިންގި ދުވަހެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގައިދީންތަކަށް ވަރަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފިއެވެ. އެކަމަށް ސަރުކާރުން ވެސް އިއުތިރާފުވެއެވެ. ގައިދީންނަށް އެކަށީގެންވާ އަވަސް މިނެއްގައި ބޭސްފަރުވާ ވެސް ފޯރުކޮށް ނުދިން ކަމަށް ސަރުކާރުން އިއުތިރާފުވެއެވެ.

"އަނިޔާ އާއި ދެކޮޅު" ސަރުކާރުގައި ޖަލުގައި ހިނގި ފުރަތަމަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި އިންތިހާ ދަރަޖައަށް އަނިޔާވެރިކަން އިސްކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޖަލުގައި އަނިޔާ ކުރުމަކީ ސަގާފީ ކަމެއް ކަމަށާއި ޖަލުގައި އަނިޔާ ކުރުން ބަލައިނުގަންނަ ކަމަށާއި ޖަލުގައި އަނިޔާ ކުރުން ކުރިއަށް އޮތްތަނުގައި ތަކުރާރު ނުވާނެ ކަމަށް ސަރުކާރުން ހަމައެކަނި ބުނުމަކުން މިމައްސަލައެއް ނުނިމޭނެއެވެ.

ބުރާސްފަތި ދުވަހަކީ އަނިޔާ އާއި ދެކޮޅު ސަރުކާރު ވެރިކަމާއި ހަވާލުވިތާ 215 ވަނަ ދުވަހެވެ. ނުވަތަ ހަތް މަހާއި ތިން ވަނަ އަށްވީ ދުވަހެވެ. ސުވާލަކީ އަނިޔާ ކުރުމުގެ ސަގާފަތެއް ޖަލުގައި އޮތް ކަމަށް ސަރުކާރުގެ ވެރިން ގަބޫލު ކުރައްވާއިރު، އެސަގާފަތް ނައްތާލަން ވޭތުވެގެން ދިޔަ ހަތް މަސް ދުވަހު ސަރުކާރަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ހޯމް މިނިސްޓަރަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

ޖަލުގައި ގައިދީނަށް ދިން އަނިޔާތަކުގެ ވާހަކަ ސަރުކާރުން ހާމަ ކުރުން އެއީ ސަރުކާރުގެ ރަނގަޅު ކަން ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ. ޖަލުގައި ގައިދީންނަށް އަނިޔާ ކުރި ވާހަކަ ހާމަ ކުރީ ސަރުކާރުން ނޫންކަމާއި، އެކަން ހާމަވެގެން ދިޔައީ މީސް މީޑިއާ އާއި އެހެން މީޑިއާތަކުގެ ސަބަބުން ކަމަށް މިނިސްޓަރު މަހްލޫފަށް އެނގިވަޑައި ނުގެންނެވީ ކަމަށް ވެދާނެއެވެ. މީޑިއާތަކުން ހާމަކުރި ބައެއް މައުލޫމާތުތައް އެއީ ދޮގު ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން އެތައް ފަހަރެއްގެ މަތިން ދޮގު ހެދިކަން ވެސް މިނިސްޓަރ މަހްލޫފަށް އެނގިވަޑައިނުގެންނެވުން ގާތެވެ.

ޙަޤީޤަތަކީ ޖަލުގައި ގައިދީންތަކަކަށް އަނިޔާ ކޮށް، ލާއިންސާނީ އަމަލުތައް ސިއްރު ކުރުމަކީ މިހާރު މާފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި 2003 ވަނަ އަހަރު ސެޕްޓެމްބަރ މަހު އީވާން ނަސީމް ޖަލުގައި މަރާލާ އަދި ޖެހިގެން އައި ދުވަހު ޖަލުގައި ބަޑި ޖަހާ އެތައް ބަޔަކު މަރާލި ހާދިސާ ވެސް އާއްމުންގެ ތެރެއަށް ފެތުރިގެން ދިޔައީ ސަރުކާރުން އެގޮތް ބޭނުން ވެގެންނެއް ނޫނެވެ. މިދިޔަ ހަފްތާގައި އަނެއްކާ ވެސް މާފުށީ ޖަލުގައި ގައިދީންނަށް ކުރި އަނިޔާތައް އާއްމުންނަށް އެނގުނީ ސަރުކާރުން އެކަން ކޮށްގެންނެއް ނޫނެވެ. އެކަން ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީ އިން ކޮށްފައި ހުރި ޓްވީޓްތަކުން ރަނގަޅަށް ސާބިތުވާނެއެވެ.

މާފުށީ ޖަލުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގައިދީންނަށް ލާއިންސާނީ އަނިޔާތަަކެއް ކޮށްފިއެވެ. ގައިދީންގެ ކުރިމަތިފަރާތަށާއި، ފުރަގަސްފަރާތައް ޕެޕަ ސްޕްރޭ ޖަހައިފިއެވެ. އެއީ ފަހުގެ ތާރީޚެއްގައި އެންމެ ލާއިންސާނީ އަމަލުތައް ހިންގާފައިވާ އިރާޤުގެ އަބޫ ޤުރައިބު ޖަލުގައި އެމެރިކާ ސިފައިން ހިންގި ފަދަ ލާއިންސާނީ އަމަލެކެވެ. އެހެންކަމުން މިއީ މާފުށީ ޖަލު ބެލެހެއްޓުމާއި ހަވާލުވެ ތިބި ވެރިންނާއި، ކަރެކްޝަނަލް ސާވިސްގެ ވެރިން އަދި ކަރެކްޝަނަލް ސާވިސްގެ ބަލަދުވެރި މިނިސްޓަރު މަގާމުން ދުރުކުރަން ޖެހޭ ފަދަ ކަމެކެވެ. ސަރުކާރުން ހަޤީޤަތުގައި ވެސް "އަނިޔާ އާއި ދެކޮޅު" ކަން ސާބިތުވާނީ އޭރުންނެވެ.

އެބޭފުޅުން މަގާމުން ދުރުކުރަން ޖެހޭ ދެވަނަ ސަބަބަކީ މާފުށި ޖަލުގައި ބުރާސްފަތި ދުވަހު ހިންގި އަމަލުތަކަކީ 2003 ވަނަ އަހަރަށް ފަހު އެޖަލުގައި ހިންގި އެންމެ އަނިޔާވެރި އަމަލުތައް ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާތީއެވެ. އެފަދަ ކަމަކަށް ފުރުސަތު ފަހިވެފައި އޮތުން އެއީ މަގާމުގެ ޒިންމާ އަދާނުކުރެވުނު ކަމުގެ ހެއްކެކެވެ. ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ދެވަނަ ފުރުސަތު ދިނުން އެއީ ކަންކަން ގޯހުން ގޯހަށް ދާން މެދުވެރިވާ އެއް ސަބަބެވެ.

އެމްޑީޕީ އިން ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަނީ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލައިގެންނެވެ. ނަމަވެސް 2009 ވަނަ އަހަރު ވެސް އެމްޑީޕީގެ ވެރިކަމުގައި ފުލުހުންގެ ބަންދުގައި ތިބި ބައެއްގެ ބޯ ބާލުވާފައިވެއެވެ. އެމައްސަލަ އަށް ވެސް އިންސާފު ނުލިބި އެމްޑީޕީގެ ވެރިކަން އެފަހަރު ނިމިގެން ދިޔައީ އެވެ.

އެއްވެސް ވެރިކަމެއްގައި ޖަލުގައި ލާއިންސާނީ އަނިޔާ ކުރުން އެއީ ގޯހެކެވެ. އެކަން ކުރި މީހުންނާއި، އެކަމަށް މަގުފަހި ކުރުވި މީހުން ޖަވާބުދާރީ ކުރެވެން ޖެހޭނެއެވެ. އަނިޔާ އާއި ދެކޮޅު ވާހަކަ ހަމައެކަނި ދެއްކުމަކުން ނުފުދެއެވެ. އަނިޔާ އާއި ދެކޮޅު ކަން އަމަލުން ވެސް ދައްކުވައިދޭން އެބަޖެހެއެވެ.

ތާރީޚުން އިބުރަތް ލިބިގަނެ، މިވަގުތު ރައީސް ޞާލިހް މިވަނީ ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ. ދެވަނަ ޓެސްޓެއް ކުރިމަތިވެ، އެޓެސްޓުން ފެއިލްވުމުގެ ކުރިން ފިޔަވަޅު ނާޅައިފިނަމަ ދެރަ ނަތީޖާ އަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މަންޖެ

    އަނިޔާ އާއި ދެކޮޅު ސަރުކާރު ފުރަތަމަ ޓެސްޓުން ވަގު ސޯލިހައް ލިބުނީ ރަންތައްޓެއް ?????

    91
    3
  2. ށިޔާށި

    ޜަގަޅު ވާހަކައެއް ކުރިން އެކަން ކުރީމަ ގޯސް މިހާރު އޯކޭ

    96
    1
  3. މުހައްމަދު

    ޔާމީން ދައުރުގައި ވެސް ޖަލުގައި މިނެއް ނެތް މިންވަރަށް އަނިޔާ ކުރޭ ، ވަރަށް ސިއްރުން ، އެކަން ނުވެސް ބަލާ ، މީހުންނަށް އަނިޔާކޮށް މަރާލަނީ ، ދެން ކޮންވާހަކައެއް ތި ދައްކަނީ ، ޔާނު ސްޕީޑްގައި ދިޔައީ ވައްކަމާއި އަނިޔާވެރިކަން

    16
    126
    • Anonymous

      ތިހިރީ ޢާފިލުކަމުގެ ނިދީގަ، ދުނިޔެ ގިޔާމަތް ވާއިރުވެސް ތިބޭނީ ޢާފިލު ވެފަ، ތަނެއް ދޮރެއް ނޭނގޭނެ.

      67
      2
    • ކަލޭ

      ކަލެއަސް މާބޮޑަށް އެނގެނީ

      12
      8
  4. ބޫ

    މި އަނިޔާ އަކަށް ނުވީ މިވެރިން ކުރި ކަމަކަށް ވީތީ. ތަނެއް ފަޅާލާފަ މަށޭ އެކަންކުރީ ބުނެހާމަ ކޮށްފިނަމަ އެވީ މޮޅުމީހަކަށް މީ މިއަދުގެ މިނިސްޓަރުންގެ ބަސްމަގު ހުރިގޮތް.

    87
    2
  5. ހުސެން

    ކަޑަ ،ކަޑަ ސަރުކާރެއް މިއީ

    92
    4
  6. ޙުސަިއން ޢަލީ

    ކަޑަ ކަޑަ ސަރުކާރެއް މިއީ (ކަމަކުނުދޭ؟)

    72
    3
  7. ސަންތިމަރިޔަބު

    މަމެންނަށް އަނިޔާ އޯކޭ އެކަމަކު ތަރައްގީގެ މަގުގާއި ގާކޮޅެއް ހިއްލާލާތަން ވެސްނުފެނޭ

    59
    3
  8. އިސްތަފާ

    ނަންވާނީ އަހަރެން އެކަމު މިސަރުކާރު އައި ފަހުން ކިތައް މީހުންތޯ ޖަލުގައި މަރުވީ އެމީހުންގެ މައްސަލަ ނުބަލަނީ ކީއްވެ. ޖަލުގައި ފުރަތަމަ ރީ ހެބްލިޓޭޝަން ހިންގަން ފެށީ 2004 މިކަން ކަރެކްޝަންގެ ރެކޯޑް ތަކުން ފެންނާން ހުންނާނެ އަލި ދީދީ، ޕްލޭން ކުރީ އަދި ރާޝިދު ވެރިޔަކަށް ހުރި އިރު އެހިންގަން ފެށީ... ހާދަބޮޑު ދޮގޭ މުނާޒު އެ ހަދަނީ ޑެސިޕްލިން ގޯސް ވެގެން ކިތައްފަހަރު ސިފައިންގޭގައި މުނާޒު ބަންދު ކުރިތަ. ރޭގައި އެބުނީ އެއްކަމެއް ވެސް ކުރީގެ ސަރުކާރުތަކުން ކޮށްފައެއް ނެތޭ ،،،، ދޮގު ހެދިވަރަކަށް ބެދޭނީ

    42
    4
  9. ޒާ

    ނަމުގައި އަނިޔާއާއި ދެކޮޅު. އެކަމަކު ހުރިހާ ކަމަކުންވެސް ވަނީ ފެއިލްވެފައި. އަނިޔާލިބުނު މީހުންގެ ހައްގު ހޯދައިދޭން ވީ ވަޢުދުވެސް ވަނީ ފަނުފުލުން ގޮސްފައި. ޖަލުގައި ތިބި ބޮޑުންގެ އެންމެން ދޫކޮށްފައި ދެންތިބި މީހުންގައިގާ ތަޅާ މަރަނީ.

    29
    2
  10. މަލީހު

    އަނިޔާވެރިކަންވެސް ހުއްޓުވުމަށް އައިސަރުކާރު ފުރަތަމަޓެސްޓުންވެސް ފެއިލްވީމަ ހާދަދެރައޭ
    ތިއީ ބަލައިގަނެވޭނެ ކަމެއްނޫން އެއީ ވެރިކަމަށް ވަޑައިގަތުމުގެކުރިން ދެއްކެވިވާހަކަފުޅުން
    އުފަލާއެކު ވަރަށްބޮޑުއުއްމީދެއްގައިހުއްޓާ ފުރަތަޓެސްޓުންވެސް ފެއިލްވީމަ

    24
    2
  11. ކުމާރިޔާ

    ޖަލުގައި ތިބޭ ކުއްވެރިން ގޯސްހެދީމާވެސް އެމައްސަލަ ދިމާވާނެ ޖަލަށް ދާންޖެހުނު ސަބަބުކޮބާ
    ޙައްޤު އޮންނާނީ ކުއްވެރިޔާގެ ސަލާމަތުން ކުށެއްނެތް މީހެއްގެ އެއްވެސް ޙައްޤެއްމިހާރަކު ނޯވޭ
    ޖަލަކު ރަނގަޅުކަމެއް ނުހިނގާނެ ސަބަބަކީ އެތާތިބޭނީ ކުއްވެރިންކަމަށްވާތީ އެމީހުންރަނގަޅުވެ
    ފަރުޟު ފަސްނަމާދުކޮށް ނުބައިކަން ދޫކޮށްބަލަ އެއްވެސް މައްސަލައެއް ދިމަލެއްނުވާނެ
    ކުއްވެރިންގެ ޙާއްޤުގައި މިންއަޅަންޖެހޭ ތިޔާބޮޑުވަމުން ދާ މިންވަރަށްބަލާނަމަ ސަލާމަތުން ހުންނަ
    މީހާއަށް ދުނިޔެއަކުން އެއްވެސްޖާގައެއް ނޯންނާނެ ކުދިންނޭ ރަނަގަޅަށް ވިސްނަބަލަ

    8
    1
  12. ހަމަޖަލަ

    ފާސްވެއްޖެ..އެކަން ކުރީ ޔާމީނު ދައުރުގަ ހަމައެއް ލަމައެއް ނެތި ވަޒީފާދީފަ ވައްދާފަ ތިބި އެކްޓިވިސްޓުންކަން ފަޅާވެސް އަރައިފި..އެމީހުން ބޭރުކުރަން ޗާންސެއް މި އޮތީ ލިބިފަ..

    1
    16
  13. ނަސީދު

    ޖަލުނުބެލެހެއްޓެބަޔަކައް ދެން ކޮންވެރިކަމެއް ޖުރެވޭނީ

    18
  14. ޙޫން

    ކަލޭތިއީ ޓެސްކުރާމީހާތަ ހާދަމޮޅޭދޯ މީނަހިތުން

    3
    12
  15. ޙ

    ސިފައިންގޭ އުޅުނު އިތު މަޤާމް ދަށްކުރިވާހަކަ މީހަކުބުނި އެއީ ތެދެއްތަ؟

    10
  16. ނަމަ

    ނާގާބިލު ވެރިއެއް ލެވުނީމަ ކަންނޭގެ އެހެންއެވީ

    24
    • ވަލީދު

      ނިމި ދިޔަ ސަރުކާރާ އެއް ގޮތް ދޯ

      3
      7
      • ނަމަ

        ތާއިދު

  17. އައްޓަމަސް

    އެންމެން މާޖަލުވެގެން މިއުޅެނީ ޖަލުގައި ތިބީ މަލާއިކަތުންގެ ދަރަޖައިގެ ބަޔެއްބާ؟! ޔާމީނުއެއް ކާސިމެއް ކިޔާނެކަމެއްނެތް1 ޖަލުމީހުން ހެޔޮދޯ މީހުންގެބޯފެޅިޔަސް ކިޔުންތެރިން ސިޔާސީވިޔަސް މިދެންބޮޑުަވރު ދޯ؟! ކޮމެންޓްތައްހީވަނީ ޖަލުމީހުން ކޮއްފައިހުރި ކޮމެންޓްތަކެއްހެން؟!

    1
    5
  18. ސިކަންދަރު

    އެޗްޑީސީން ހެޔޮ އަގުގައި ބިން ވިއްކަން އުޅުނު މައްސަލައިގައި ޒިންމާ ކުރުވާނެ ފަރާތެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވި މާލޭގެ ރައްޔަތަކައް އަގުހެޔޮކޮއް ގޯއްޗެއް ވިއްކާތީ ކަން ބޮޑުވާއިރު ރަށްރަށުގައި ހިލޭ ބިން ދޫކުރަނީ މީތޯ އިންސާފަކީ ކޮބާތޯ ގާނޫނީ ހަމަހަކަން ކޮން ގާނޫނެއްގަތޯ އޮތީ ހަމަ އެކަނި މާލޭގެ ރައްޔަތުން ޖެހޭނީ ބިންގަންނާށޭ މިކަމާ އިންސާފު ހޯދަން މަސައްކަތް ކުރާ މާލޭގެ މެމްބަރެއް މާލޭގެ ކައުންސަލަރަކު ނެތް އެކަމަކު މާދަމާ އަންނާނެ މާލޭގެ ރަށްޔަތުން ކައިރިޔައް ވޯޓްހޯދަން އަދިވެސް ޓީވީއައް އަރާވާހަކަ ދައްކަވާ އޮޅުވާލައިގެއް މީރައް ޔަތުން ވޯޓްލައގެން ހޮވީމަ ރައްޔަތުން އަޅުވެތި މިިކުރަނީ މިހޮވޭމީހުން އެކަމަކު މިމީހުންނަކީވެސް ހަމަ ދިވެހިން ލަދެއް ނެތީމަ ވާހަކަ ދައްކަނީ މިވެސް އަނިޔާ ވިސް ނަވާ

    2
    1
  19. ނާޒިމް

    ކޮބާތޯ ޝެއިޙް އިމްރާން އަތުގައި ހުރި އަފްތރާޝީމްގެ ހެކިތައް ތަހުގީގު ކޮބާ އިމްރާ މިއުޅޭނީ ކުރަން ނޭންގޭ ކަމަކާ ހަވާޅުވެގެން، މީނާގެ ބޭނުމަކީ ހޯމްމިނިނސްޓްރީގައި އިދެ ފިލާހުރެ ކަންކުރަން ހައްލުހޫދާކަށް ނޭންގޭން، މީނަ މިތަނުން ބަދަލޮކޮށް މިކަން އިންގޭ މީހަކު އައްޔަނު ކުރޭ، ނޫނީ އިބޫ ފެއިލްވެ ނިމޭނެ މިފަހަރު... މޮޅުވާ ހަކަދައްކާފަ އިމްރާން މެން ހަވާޅުވީމަ އިނޣޭނު މިހާރު ތިކަމުގައި ހުރި ފަސޭހަކަން އަތައްގޮވަނީ ތިޔަ ދެން ހުރީ މަހުލޫފް މީނާއަށްވެސް ނޭންގޭ ކުރާނެ ނުކުރާނެ ކަމެއް މުޅިން ޕީއާރު ކެމްޕޭނުގަ މިނާއަކީ ސިޔާސީ މިހެއްނޫން މީއެކްޓިވިސްޓެއް