ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށަށް ހުށަހަޅާފައިވާ އިސްލާޙުތަކަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި މި ދެ ބިލަށް އާންމުގެ ޚިޔާލު ފޮނުވުއްމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙިދު ހުށަހަޅުއްވާފައިވާ މި ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާފައިވާއިރު މި ދެ ބިލުގެ އިބްތިދާއީ ބަޙުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ވަކި ޔުނިވަރސިޓީއެއް ހުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން މި ހުޅުވާލީ މި ބިލާމެދު އެމް.ޑީ.ޕީގެ މެމްބަރުންގެ ވާހަކަތަކަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔައި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަންޑަހެލު

    ރައީސް އިބޫ ފާސިދުވަރުގެ ހިޔަޅެއް އެބަހުރިތަ ރާއްޖޭގަވެސް... މީސްތަކުން ދީނީ ޢިލްމެއް ހުރި މީހަކު ވިއްޔާ އެގޮވަނީ ގައުމުގެ އިސްލާމިކް ޔުނިވަރސިޓީ އެގޮތުގަ ބަހައްޓާށޭ... ދީނީތައުލީމަށް ކަލޭމެން ލާދީނީމީހުން އަތް ނުބާނާށޭ ބުނީމަ... ހިޔަޅު މިބުނަނީ އެތާނގެ ޚިދުމަތް ކަނޑައެއް ނުލާނަމޭ... ބަލަ ސައުދީން ނުވަތަ މިސްރުން ކިޔަވައިގެން އަނަނަ ޝެއިޚަކާ ލަންޑަނު މަގުމަތީ ދުވާ ވަކަރުގެ އެއްވަރުވާނެތަ ދީނީ ތައުލީމު އުނގަންނައި ދިނުމުގަ.... އަހަރުންނަށްވެސް އެނގޭ އެ ބިލްޑިންގ އަށް މީހުން ވަދެ ނިކުމެ ހަދަންޏާ ހޮޅިބުރި ދިއްލާ ފަންކާޖައްސާ ހަދާނެކަން މި ޚިދުމަތްތަ ތިބުނީ

  2. އާމިން

    ކޮން ޚިޔާލެއް ހޯދާކަށް!
    ޚިޔާލު ހޯދަން ޖެހޭކަމެއް ނޫންތީ! ޢެމްޑީޕީއަށް ވެރިކަން ލިބޭއިރަށް އެހަށްވެސް ދުއްވާލަން އުޅުނު ތަނެއްތީ! މިބިމުން އިސްލާމީ ވަހުދަތު ފޮހެލަން މަސައްކަތް ނުކުރުމަށް ގޮވާލަން.

    17
    1
  3. ބަރުގޮނު

    މަޖްލިސް ގެ ޑިމޮކްރެސީ ފުރިހަމަކަން ދައްކާލަން ޢާންމުންގެ ޚިޔާލަށް ހުޅުވާލީ މީ ކީއްކުރަން ކުރިކަމެއް. އިސްލާމީ ޔްނިވަރސިޓީ ކޮންމެވެސްް އުކުޅަކުން ނެއްތާލުމަކީ އެމް.ޑީ.ޕީ ގެ މަޤްޞަދެއް. އެކަން ރޭވިމީހާ ރިޔާސަތުގައި އިންނާނެ. މެޖޯރިޓީ އޮންނާނެ. ގިނަ ބަޔަކު މީޑިއާގައި މީހުންތައް އެއްޗްހިކިޔާގަތީމާ ޢާންމުން ގެ ޚިޔާލު ހޯދަން. އިންތިމެން ބާރުބާރަށް އެގޮވާ ނަގަނީ ވަކި ނަމެއް ކިޔާފައި ކީއްކުރަން ބަހައްޓާ އިސްލާމީ ޔްނިވަރސިޓީއެއްހޭ....؟؟؟ އެއީ އެމް.ޑީ.ޕީ ހުށަހަޅާގޮތް. އިންތިއާ ބޮޑު މެޖޯރިޓީ އޮންނާނެ. ހުށަހަޅާ ނިންމާލަންވީ. ނަޝީދު ހެވިދިލިފައި އިދެ ވޯޓަށް އަހާތަނުން ފާސްވާނެ.

  4. ދޮންބެ

    މިހާރު މިގައުމުގަ ކައިވެނިން ބޭރުން ގުޅުން ހިންގަން ފެނޭތޯ ޚިޔާލު ހޯދިޔަސް ގިނަ މީހުން ބޭނުންވާނީ އެކަން ކުރެވޭ ގޮތަށް އޮންނާށެވެ. ބުނަން މިއުޅެނީ ގިނަމީހުންނަށް ފެންނަ ގޮތް އެއީ އަދި އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެއެވެ. ތިއުޅެނީ އަތްނުލާ އައްދޮ ކިޔުއްވާށެވެ. ގައުމެއްގައި އެންމެ ފަސޭހަކޮށް އިސްލާމް ދީނުން ބޭރުކުރެވޭނީ އިސްލާމީ ތަޢުލީމާ ދުރުހެލި ކޮށްގެންނެވެ.

    21
  5. އިސްލާމް

    ރާއްޖޭގަ ދީނީތައުލީމުވަޅު ޖައްސާލަންވެގެން ގޮނޑިދުއްވާރައީސް އާޢި ޕަޕެޓު ރައީސް ރާވައިގެން ހިންގާޖަރީމާއެއްތީ.ﷲގެހަޒުރަތުގަ ޖަވާބުދާރީވާން ޖެހޭނެކަން ދަންނާތި އެނގިކަށަވަރު ވާކަމަކީމަހުށަރުދުވަހު ސުވާލުކުރެވޭނެކަން

  6. ގޮރޭ

    ތިޔަށްވުރެ މިހާރު މާރަނގަޅުވާނެ ތިމަންނާމެން އެމްޑީޕީ ން ވެރިކަމުގައި ތިބެންފެނޭތޯ ރައްޔަތުންގާތު ވޯޓަށް އެހުން . އަޅެ އެކަންކޮށްބަލަ!

  7. އަޙްމަދު

    ވަރަށް އިޙްލާސް ތެރިކޮށް ނަޝީދުއާއި ދެންތިބި މަޖްލީސް މެންބަރުންނަށް ގޮވާލާ އިސްލާމީކް ޔުނިވާރސިޓީ އެގޮތުގައި ބާއްވާ އިސްލާމީ ތަޢުލީމް ކުރިއަރުވާދިނުމަށް!

  8. ނަން

    14 ވަނަ އަހާރީ ދުވާހާއި ގުޅުވައިގެން ކޮންޖަރީމާއެއްތޯ ހިންގަން ތިއުޅޭނީ. މާދަމާ ހިޔާލު ހޯދާނީ މިތާ އިސްލާމްދީން އޮންނަން ބޭނުންތޯ ކަންނޭނގޭ!