1 ފެބުރުއަރީގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއެކީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ފޯރިގަދަވެ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މަސައްކަތް ވަރަށް ބާރަށް ވަނީ ފެށިފައެވެ. ފެބްރުއަރީ 1 ގެ ފަހުން ކޮންމެ ދުވަހަކީ އިދިކޮޅު މީހުންނަށް ސަރުކާރު ބަދަލު ކޮށްލުމުގެ އުންމީދު ކުރަމުން ދިޔަ ދުވަސްތަކެވެ. ޤާނޫނީ ސަރުކާރު ބަދަލުކޮށް ވެރިކަމުގެ ނިޒާމުގެ ތެރެއަށް ގެނުވަން މަސައްކަތްކުރި އިންގިލާބީ ބޮޑު ބަދަލަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ނޫނެކޭ ބުނެ ޤާނޫނީ ސަރުކާރު ނަގަހައްޓައި ދެމެހެއްޓުމުގައި ވަނީ ސާބިތުވެ ތިއްބަވާފައެވެ.

1 ފެބުރުއަރީގައި ސްޕްރީމް ކޯޓުން ކުރި ހުކުމާއިއެކީ ވެރިކަން ނިމުނީކަމަށް އުންމީދުކޮށް ބޮޑުބެރުޖަހައި ނަށައި ހަމްދު އެޅި އިދިކޮޅު ފަރާތްތައްވެސް މަދެއްނޫނެވެ. ނަމަވެސް އެރޭ އެކަންނުވެ މާޔޫސްވި ކަމުގައި ވީނަމަވެސް އިދިކޮޅުން ވަނީ ވަކި ތާރީޚު ތަކެއް ކަނޑައަޅައި ސަރުކާރު ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހާއި 16 ވަނަ ދުވަހަކީ މިގޮތަށް ތާރީޚު ކަޑައަޅައި އަތޮޅު ތެރެއިން މީހުން ގެނެސްގެން ސަރުކާރު ބަދަލުކުރުމަށް މާލޭގައި މުޒާހަރާތަކެއް ކުރި ދުވަސްތަކެވެ.

ތާރީޚްތަކެއް ކަނޑައަޅައި އެރުނު ގޮތަކަށް މާލެ އެރުމަށް ގޮވާލައި، އެފަރާތްތަކަށް މާލީގޮތުން އެހީތެރި ވެދޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ވިދާޅުވަމުންނެވެ. މުޒާހަރާތަކުގައި ބައިވެރިވާ އެއްވެސް ފަރާތެއް ޤާނޫނީގޮތުން ކުއްވެރި ނުވާނެކަމަށް ދިޔައީ ބުނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެވެސް ވަރަކަށް އަތޮޅުތެރެއިންވެސް މީހުން ގެނެސްގެން ސަރުކާރު ނިމުމަކަށް ގެންނަންކަމަށްބުނެ ކުރި މުޒާހަރާތައް ނިމިގެން ދިޔައީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި މަނާ ތަންތަނަށް އެއްވުމުގެ ސަބަބުން އެތައް ބަޔަކު ފުލުހުންގެ ބަންދުގައި ބަންދު ވެގެންނެވެ. ހަމަ އެހެންމެ މުޒާހަރާއަށް މާލެ އައި އެތައް ބައިވެރިންނެއް ކުޑަ ކޮޓަރިއެއްގައި ނިދަން ޖެހުންފަދަ އެތައް ކަމަކާއެކު މުޒާހަރާގެ ބައިވެރިން މާޔޫސްވިކަން ހާމަވިއެވެ.

ވެރިކަން ނިމުމަކަށް ގެންނާނެކަމަށްބުނި ފެބުރުވަރީ ފަހަކަށް އިރުއަރާ އޮއްސިގެން ދިޔައީ އާދައިގެ ދުވަހެއް ފަދައިންނެވެ. އިދިކޮޅު ސިޔާސީ ލަޝްކަރުން ވެރިކަން ބަދަލުކުރަން ނިކުތް "ބޮޑު ސޯޅަ" ފެނުނެވެ. އެތައް ބަޔަކު މަގު މައްޗަށް ނިކުތެވެ. ބައިވެރިން ލީޑުކުރާނެ ސިޔާސީ ވެރިންތަކެއް ނެތިއެވެ. އިސް އެކްޓިވިސްޓުންވެސް މުޒާހަރާގެ ތެރެއިން ނުފެނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ މަގު މައްޗަށް ނިކުތް މުޒާހަރާގެ ބައިވެރިން އަމާޒެއް ނެތި ވިއްސި ވިހާލިވެ، މުޒާހަރާތަކުގެ އަމާޒު ހާސިލުނުވެ ހުރިހާ މުޒާހަރާއެއްވެސް ނިމިގެންދިއުމެވެ.

ބޮޑު މުޒާހަރާތަކުގައި އިދިކޮޅު ލީޑަރުން އަމަލުކުރި ގޮތުން މުޒާހަރާ ކޮށްގެން ސަރުކާރު ވައްޓާލަން ކުރި މަސައްކަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން އެއީ ދެބަސްވެވެން ނެތް ހަޤީގަތެވެ. ބޮޑު ސޯޅަ އަށްފަހު ސަތާރަ ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއަށް ނިކުންނާނެ މީހަކު ނުވިއިރު، 18 ވަނަ ދުވަހުގެ ރޭގެ މުޒާހަރާއަށްވެސް އެއްވާނެ ބަޔަކު ނުވެ މުޒާހަރާތައް ހުއްޓުމަކަށްއައެވެ. ސަބަބެއް އޮންނާނެތާއެވެ. އިދިކޮޅުން "މިރޭ ހުއްޓުވަން" ނިކުންނަނީއޭ ބުނާއިރު، އެއްވެސް ލީޑަރެއް ނެތި މަގު މައްޗަށް ނިކުމެ ރައީސްގެ އިސްތިއުފާއަށް ގޮވާލާފައި އެނބުރި ގެއަށް ވަންނަން މަގު މައްޗަށް ނިކުންނާނެ ބައިވެރިން ހުސްވީއެވެ.

ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން މޮޅެތި ރޭވުންތައް ރޭވިކަމީ ލޮލު ކުރިމަތިން ފެނުނު މަންޒަރުތަކެވެ. ޝަރުއީ ދާއިރާގެ އިސް ވެރިންތަކަކަށް ރިޝްވަތު ދީގެން ޣައިރު ޤާނޫނީ ހުކުމެއް ނެތި ސަރުކާރު ފުރުޅާލަން މަސައްކަތް ކުރި މަންޒަރު ފެނުނެވެ. މިކަންކަމާ ގުޅިގެން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، މި ހިންގި ޖަރީމާއަކީ ރިޝްވަތުގެ ހުތުރު އަމަލުގެ ސަބަބުން ހިނގާދިޔަ ކަމެއްކަން އެނގުނު ހިސާބުން ސަރުކާރަށް ޕްރެޝަރެއް ނެތްކަމަށާއި، އެކަން ހާމަވި ހިސާބުން ސަރުކާރަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބި އެ ޖަރީމާތައް ހުއްޓުވާފައިވާ ކަމަށެވެ.

ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގި ޖަރީމާތަކާއި ގުޅިގެން ދިވެހި ސަރުކާރުން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އުވާލާފައިވާއިރު ހޯމް މިނިސްޓަރު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވި ކަމެއް، ދެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންވެސް ނުވާނެކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ޤައުމު ހަމަމަގަށް އަޅުވާފައިވާއިރު، އިދިކޮޅު ފަރާތްތަކުގެ އަޑުތައް ބޮޑުތަނުން މިވަނީ ފަނޑުވެފައެވެ. ސަރުކާރު ހުއްޓުވަން ނިކުން ޓީމްތައް މިއަދު ނުފެނެއެވެ. މަޝްވަރާގެ މޭޒަށް ނާންނަން ދައްކަނީ ބަހަނާއެވެ. ކުރެވެނީ ޝަރުތުގެ މައްޗަށް ޝަރުތެވެ. ސަރުކާރުން ތަރައްޤީގެ ދުވެލި އިހުނަށްވުރެ ބާރުކޮށް "މެކުހަށް" ޖެހިއިރު، އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތުގެ ދުވެހި ހުއްޓި މިވަނީ ބުރެކި ޖެހިފައެވެ. އިދިކޮޅުން އަމަލުކުރިގޮތުން އިދިކޮޅުގެ ހަރަކާތްތަކުގައި އިހްލާސްތެރިކަމެއް ނެތްކަން މިވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސުލްހަ

    ޖަވާބު: އިދިކޮޅު ލީޑަރުންނާ، ދަޢުލަތުގެ އުއްތަމަ ފަނޑިޔާރު ވީ ނުހައްގުން ޖަލުގަ ރަހީނު ކޮށްފަ! މި ކޮމެންޓު ޖަހާލަން ކެރޭނެތަ؟

    • އެއްމެން

      ކޮށި ވިސްނުންތަކަށް ފެންނަ ޖަވާބު ތީ!

      • ކޮށި

        ލޮލައް މިރުހު ދުން އެޅިފަ ހުރީމަތާ ތި ނުފެންނަނީ ހަގީގަތް.. އެންމެން ޖަލުގަ ވީކަން ނޭނގެނީ ކަލޭގެ މައުލޫމާތު ނެތީމަތާ

    • ސުވާލު

      ކޮބާ މަރިޔަންމާ ވެސް ހުންނާނެ އެއްނު

  2. Anonymous

    ދިވެހި ސިފައިން ވިސްނުންތެރިކަމާއި އެކު ގައުމުގެ އަަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކޮށްދެއްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ރާއްޖޭގެ ރައީސް ކަން ކޮށްފަ ތިބިމީހުން، މެދުކެނޑުމެއް ނެތި، ރާއްޖޭގެ ހަމަޖެހުން ނަގާލާ ބާޢާވާތް ކުރަން މަސަތްކަތް ކުރާއިރު، އެއަށްވުރެ މަގާމުގެ ގޮތުން ދަށުގާތިބި ފަނޑިޔާރުން ތަކެއް ރާއްޖޭގެ ހަމަޖެހުން ނަގާލާ ބަޢާވާތް ކޮށްފާނެ ކަމަށް ގަބޫލުކުރުމަކީ އުނދަގޫވެގެން އުޅެންޖެހޭ ކަމެއްނޫން. ދިވެހި ސްޕްރީމް ކޯޓުގެ ގާޒީން ފެބްރުއަރީ އެކެއްގަ ނެރުނު އަމުރަކީ، އެމީހުންގެ އަމިއްލަ ރައުޔަށް ނެރުނު އަމުރެްނޫން ކަން ގަބޫލު ކުރެވޭނެ ހެކިތަށް ބަލާލި ކޮންމެ މީހަކަށް ފެންނާނެ އެވެ. އެއަމުރަކީ ވަކިމީހަކަށް ވެރިކަން ހޯދަދޭން ރޭވިބަޢާވާތުގެ ބޮޑު ހަމަލާއެވެ. އެހަމަލާ ނާކާމިޔާބު ކުރެވުނީ މާތް ﷲ ގެ ރަޙްމަތާއި އެކު ރައީސް ޔާމީނުގެ ހިކުމަތުންނެވެ. އލްޙަމްދުލިﷲ

  3. މާމޮޅޭ ހަޖާމް

    އުއްތަމަ ފަނޑިިޔާ ރުންވެސް އެއްވެސް ކަމެއް ނުކުރޭ އިދިކޮޅު ލީޑަރުން ވެސް އެއްވެސް ކަމެއް ނުކުރޭ އެއީ ސާފު ހުދުފޮތި ކޮޅެއްފަދަބައެއް ވަރައް ދަންނަ މޮޅެތި މީހުން ނިކުމެ ސުލްހަ އޭކިޔާގެން މިއުޅެނީ

  4. އަމްނާ ޢަޒީޒް / މާލެ

    ވީ ޓީވީގައި ވަންމޭންޝޯވް ކުޅެމުން އަންނަ ފުވައްމުލަށް އަންހެން އެނައުންސަރ ، މިއަދު ފޯރީގައި 24 ގަޑީއިރު އަގަ ހާވަމުން ދިޔަޔަސް ވީޓީވީގައި އިނދެ ލައިވްކޮށް ރޮއިހޭރުނު މަންޒަރުވެސް ދުށީމުއެވެ. އެމްޑީޕީގެ މީހުން ނުކުމެ ވީޓީވީއަށް ހަމަލަދީ ތަޅާލި ރޭގައި އެމަންޖެ އަޑުން އަޑުނަގަރޮއިހޭރި އުޅުނުތަން ދުށީމުއެވެ. މިހާރުވެސް ދޮގުން ފުރިގެންވާ ވާހަކަތައް އެ ކިޔަނީ ވީޓީވީގައި އިނދެ އެކަމަނާއެވެ.

  5. ހިކަަ

    ޙަންގުން ބަންދުކޮންފަ ތިބި

  6. ހުސޭނު

    ޔާމީނު ވެރިކަމުން ވައްޓާލާފާ އަމީތު މިހާރު ރަޢީސްކަމުގައި ހުރެގެން އެންމެން ގެއަށްވަދެހިމޭނުންތިބީ.

  7. ހަސަން

    ކޮބާތަ 16 ގަ ހުއްޓުވާފަ ނުވަތަ ވައްޓާލާފަނޫނީ ގެއަށް ނުވަންނާނަމޭ ކިޔައިގެން ހުވަފެން ދެއްކި ބައިގަޑު ފިލާ ރައްކާވީތަ ބަލަ މިހާރުހުރީކީ ގަންޖާބޯކަހަލަ ގަޅި ވެރިއެއްނޫނޭ މައިމަރުކަޒަށްވަދެ ކޮޅުކޮޅަށް ދުވައެއް ނުހައްދަވާނެ ދެން ލަލަލާ

  8. ގ

    އެމްޑީޕީ އަކީ މިހާރުން މިހާރަށް
    އުވާލަންޖެހެއެ ެ އެޕާޓީއިން ސިޔާސީ ޕާޓީއެއްގެ
    ދައުރު އެއްއިރެއްގައިވެސް އަދައެއްނުކުރެއެވެ
    އޭގެބަދަލުގައި އެޕާޓީ ހިސޯރުކޮށްގެން އުޅޭ
    ނަޝީދު ގެންގުޅޭ ފަރަންޖީންގެ އެޖެންޑާ
    ތަންފީޒްކުރުމަށް އެޕާޓީގެ ހުރިހާ ވަސީލަތެއް
    ބޭނުންކުރަމުންގެންދެއެވެ އެހެންވީމާ އެޕާޓީ އުވާލުމަށް ގޮވާލަމެވެ

  9. ސަތަރި

    ޖަވާބު. ހަޖަމްކުރެއްވުން އެދެން. އިދިކޮޅުމީހުން މީޑިޔާއަށް ދައްކަން ކުޅުނު ޝޯތަކުގެ މޮޅުކަމުން އިންޑިޔާއިން އެމީހުންވަނީ ބޮޑުއަގުގަ ހިންދީ ޑްރާމާކުޅެން ގެންގޮސްފައި. ހަހަހަ