ރާއްޖޭގެ އިޤްތިސޯދުގެ މައި ލޭނާރަކީ ފަތުރުވެރިކަމެވެ. ކުދި ޖަޒީރާތަކަށް އެކުލެވިފައިވާ މި ކުޑަ ދިވެހިރާއްޖެ ބޭރުގެ ފަރާތްތަކަށް އެގެނީވެސް ރާއްޖޭގައި އޮތް އަމާން ރައްކާތެރި ފަތުރުވެރިކަމެއްގެ ސަބަބުންނެވެ. ރައްކާތެރިކަމާއި އަމާންކަމާއިއެކު ޗުއްޓީ ހޭދަކޮށްލައި ފުރިހަމަ މެހުމާންދާރީ އަކާއިއެކު ޤުދުރަތީ ހިތްގައިމު މަންޒަރުތައް ކައިރިން ބަލައިލުމަށް ފަތުރުވެރިން ރާއްޖެ ހިޔާރު ކުރާކަމީ ރާއްޖޭގެ އިޤްތިސޯދަށް އޮތް ނުހަނު ބޮޑު އުފަލެވެ.

ޤައުމުގެ އިޤްތިސޯދާއި ގުޅިފައިވާ ފަތުރުވެރިކަން ހަލާކުކޮށް ނެތިކޮށްލުމަށް އެއްވެސް ފަރާތަކުން ކުރާކަމަކީ، ދިވެހި އެއްވެސް ރައްޔިތަކު ބަލައި ގަންނާނެ ކަމެއް ނޫންނެވެ. އަދި މިކަމަކީ ސިޔާސީ ގޮތުން ތިމާ ތާއީދު ކުރާ ފަރާތުން ހިންގާ އަމަލަކަށްވިޔަސް އެކަން ބަލައި ގަންނާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމީ ހަޤީޤަތެވެ. ރާއްޖޭގެ ސިިޔާސީ މަސްރަހުގައި އެކި ދުވަސް ވަރުތަކުގައި ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ޤައުމުގެ ފަތުރުވެރިކަން ފުނޑުފުނޑުކޮށް ނެތިކޮށްލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއްފަރާތަކީ 2012 ވަނަ އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައި، ޤައުމުން ބޭރަށް އަރުވާލެއްވިގެން ހުންނެވި މުހައްމަދު ނަޝީދެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްލުމަށް ރާއްޖޭގެ ސުޕްރީމް ކޯޓާއި ސިޔާސީ ބައެއް ފަރާތްތަކުން ގުޅިގެން 1 ފެބުރުއަރީގައި ނެރުއްވި އަމުރު ތަންފީޒު ނުވުމަކީ ނަޝީދާއި އިދިކޮޅު ފަރާތްތަކަށް ނުހަނު ބޮޑު އަސަރުތަކެއް ކުރި ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މި ރުޅިވެރި ކަމުގައި ނަޝީދު ވަނީ ތަފާތު އެތަކެއް ވާހަކަތަކެއް އެކި ރާގު ރާގަށް، އެކި ގޮތްގޮތަށް މީޑިޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ދައްކާފައެވެ. ނަމަވެސް ނަޝީދުގެ ވާހަކައަށް އިޖާބަދިން އެއްވެސް ފަރާތެއް އަދާއި ހަމަޔަށްވެސް ފެންނާކަށްނެތެވެ.

ދާދިފަހުން ރާއްޖޭގެ ފަތުރުވެރިކަން ނެތިލުމަށް އަދި ފަތުރުވެރިކަން އިނދަޖައްސާލުމަށް ނަޝީދު ގޮވާލި ގޮވާލުމަކީ، ނަޝީދުގެ އެއްވެސް އަރިސްބޭފުޅަކުވެސް އަދި ބައިއަތު ހިއްޕަވައިގެން ތިއްބެވި ބޭފުޅުންވެސް ބަލައިގަތް ކަމެއް ނޫންކަން މިއަދު އެނގެއެވެ.

ނަޝީދު ވަނީ ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ އެކްޓިވިސްޓުންނަށް ވުމަށް ގޮވާލާފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ސަރުކާރާއި މެދު ނުރުހޭކަން ދެއްކުމަށް ބިލްބޯޑާއި ޓީޝާޓް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ނަޝީދު ދެއްކެވި މިވާހަކަތަކަކީ އެމަނިކުފާނުގެ އެއްވެސް ބައިވެރިއަކުވެސް އަދި އެއްވެސް ސަޕޯޓަރަކުވެސް ބަލައިގަތް ވާހަކަތަކަކަށް ނުވީ ސަބަބުތަކެއް ހުރުމުންނެވެ. މިވާހަކަތަކުގެ ސަބަބުން ނަޝީދަށް ކުރިމަތިވި ޕްރެޝަރު އަދި މާބޮޑެވެ.

އިސްތިއުފާ ދެއްވުމަށްފަހުވެސް ވެރިކަން އަލުން އަނބުރާ ހޯދުމަށް ނަޝީދު ކުރައްވަމުންދާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން، އެމަނިކުފާނަށް ޤައުމަކީ މުހިންމު އެއްޗެއް ނޫންކަން އެމަނިކުފާނުގެ ބަސްމަގާއި އަމަލުން ދައްކުވައިދިނެވެ. ނަޝީދު މިއަދު މިފަދަ ވާހަކަތައް ދެއްކުމުން ހައިރާންކަން ލިބޭ މީހުން މަދު ވެދާނެވެ. ސަބަބަކީ ނަޝީދަކީ ވެރިކަމުގައި ހުންނަވައިގެންވެސް ރާއްޖޭގެ ފަތުރުވެރިކަން ފުނޑުފުނޑު ކޮށްލުމަށް ގިނަ މަސައްކަތްތަކެެއް ކުރެއްވި ބޭފުޅަކަށް ވާތީއެވެ. ނަޝީދު ވަނީ ވެރިކަމުގައި ހުންނަވައިގެން މިއަދުުގެ އެކުވެރިޔާ، ޤާސިމް އިބްރާހިމްގެ ރިސޯޓްތަކުގެ ސްޕާތައް ބަންދުކޮށް ރިސޯޓްތަކަށް ސަލާމަތީ ބާރުތައް އަރުވައި ޤާނޫނާއި ޚިލާފަށް އެތަކެެއް އަމަލެއް ހިންގަވާފައެވެ. ޤާނޫނާއި ޚިލާފުވާ ވާހަކަތައް ދެކެވެމުންދާ މި ދުވަސްވަރުގައި، އެއީ މާޒީ ކަމުގައި ވުމުން އެ ވާހަކަތަކަކީ ހަނދާނުން ކައްސާލައިގެންގޮސްފައިވާ ވާހަކަތަކަށް ވެދާނެއެވެ.

ވެރިކަމުގައި ހުންނަވައިގެންވެސް މިފަދަ އަމަލުތައް ހިންގެވި ބޭފުޅަކަށް މިއަދު ވެރިކަން ހޯދުމަށް ކުރައްވާ މަސައްކަތުގައި މިފަދަ ވާހަކަތައް ދެއްކުމުން ހައިރާން ވާނެ މީހަކު މިޤައުމަކު ނެތެވެ. ނަމަވެސް ނަޝީދުގެ މިފަދަ ވާހަކަތަކަށް ތާއީދު ކުރާނެ އަދި ޤަބޫލު ކުރާނެ އެއްވެސް ރައްޔިތަކު ނަޝީދުގެ ކައިރީގައިވެސް އަދި ދުރުގައިވެސް ނެތްކަމީ ފެންނާން އޮތް ހަޤީޤަތެވެ.

ފަތުރުވެރިން ރާއްޖެ އަންނަނީ އެމީހުންގެ ހިންހަމަ ޖެހުމާއި އުފަލައްޓަކައެވެ. ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރު ބަލާލުމަށެވެ. ސިޔާސީ ފަރާތްތައް ވިދާޅުވެގެން ބޮލުގައި ފޮތިބަދެ، ބިލްބޯޑް ހިފައިގެން މުޒާހަރާ ކުރާކޮށް ޝުޢޫރު ފާޅުކުރާކަށް ނޫނެވެ. ކަމާއިކަން ފަށައި ވަކި ބަޔަކަށް ތާޢީދުކޮށް ވެރިކަން ހޯދައިދޭކަށްވެސް ނޫނެވެ. ނަޝީދުގެ މިއަދުގެ އެކުވެރިން ވިދާޅުވި ފަދައިން "ހިނދުކޮޅުގައި" ހުންނަވައިގެން ނަޝީދު ދައްކަވާ ވާހަކަތަކަކީ އެއްވެސް ބުރަދަނެތް ނެތް ތާކުން ތާކު ނުޖެހޭ ހުސް ވާހަކަތަކެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއަރޕޯޓްގެ އާރަންވޭއެއް އަޅައި ރާއްޖޭގައި އިތުރު ރިސޯޓްތައް ހުޅުވަމުންދާކަމީ ނަޝީދުމެންފަދަ ބޭފުޅުންނަށް ހަމަ ޔަޤީނުންވެސް ހަމަ ނިދި ލިބުމަށް އުނދަގޫވާނެ ކަންކަމެވެ. ނަޝީދާއި ނަޝީދުގެ ބައިވެރިންނަށް "ހުއްޓުވަން" ބުނި އެއްވެސް ކަމެއް ނުހުއްޓުވި އިދިކޮޅު "ފެއިލްވީ" ވެސް ރައްޔިތުން އެކަންކަން ބަލައިގަންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކެތްތެރިވޭ

    މުޅި ރާއްޖެ ފުޑްފުޑް ކޮށްލުން މީ ކެނެރީގޭ ކަޅުމުހައްމަދު މިކަލޭގެ އަސްލު އަންހެނުން މާރީ އަކީ ބުރެކި ރަނިން

  2. އީބޫ

    ރަގަޅު ވާހަކަތަކެއް ތީ މީނަމީ ރާއްޖެޭގެ ރަތްއިތު ބަޑައް ޖައްސަން އުޅޭމީހެއް . ރަތްޔިތުން ގުބޯހައްދައިގެން. ހާއްސަކޮން ނަސީދުގެ ސަޕޯޓަރުން. އެމީހުންއެބައިތިއްބަނީ އަވާމެން ދުރު ދައްކައިގެން. ފުރަތަމާނުންވެސް ޓުއަރިޒަމް ބޮއިކޯޓް ކުރަން ބޭރުގެ ޓީވީ ޗެނަލްއެއްގަ ގޮވިމީހަކީ ތިކެނި ރީގޭ ނަސީދު ނަސޯރާއިންނާ ގުޅިގެންއުޅޭ. ތިވާނީީ ތިޔަތް. ތީއަމިއްލަ ކުންފުނި ނުހިންގުނުމީހެއް ދެންވާނީީ ކިހިނެއް ދެންމިހަވާލު ކުރީ މިގައުމުގެ ވެރިކަން ހަވާލުކުރީމަ ހުރިހާ މުހިމްމު ތަންތަން ވިއްކާލީ. އެމްމެފަހުންގޮސް ވެރިކަން އަތައްގޮވީ. ދެންމިދައްކަނީ ދެފަހަރު ދެގޮތައްވާހަކަ. ވެރިކަމުން ބޭލީ މިހެންހަދާފައޭ. އެމްމެފަހުން މިބުނީ އަމިއްލަޔަތް ދިނީއޭ. ދެން ލަލަލާ.

  3. ދުމައިން

    ބަލަމާހިނގާ އެކީއްވެތޯ؟ ނަޝީދުގެބޭނުމަކީ އަދި ހުޅަނގާއެކުހެދިފައިވާ އެއްބަސްވުމަކީ ކޮންމެގޮތަކަށްވެސް ރާއްޖޭގައޮތްދީނީ އެއްބައިވަންތަކަންނަގަލުން. މިކަން ޙާސިލިކުރަން އުޅެ މިކަންނުވެގެން އުޅެސަބަބުބެލުމުން އެނގިހާމަވީ އިގުތިސާދީގޮތުން އަޅުވެތިނުވެ މިކަންވާން ނެތްކަން. ދިވެހީންގެ އަގީދާ ބަލިކަށިނޫންކަން. އެހެންކަމުން މިހާރު އިގުތިސާދީގޮތުން ރާއްޖެ މިހޯދާ ކުރިއެރުމާ ސަރަހައްދީ ބާރަކަށްވަމުންދާތީ ރާއްޖެ އިގްތިސާދީވަޅުގަނޑަކަށް ވައްޓާލައިގެން ހުޅަނގުގެ ތައްޕާހަށް ވެއްޓެން މަޖުބޫރުކުރުމަކީ އޭނާގެ ބޭނުން. އެނާ ވެރިކަމުގައި އިންޑިއާގެ ތައްޕާހަށް ވެއްޓި އެތަނުގެ ސްޓޭޓަކަށް ރާއްޖެހަދަންވެސް ރޭވުނު.

    • ްއައިށާ

      ތިއީ ހުސް ދޮގު

  4. އަބްދުއްލާ

    މީނަޔަކީ އެއްވެސް ކަމެއް ދަންނަ މީހެއްނޫން .ވިޔަފާރި ކުންފުންޏެއް ހިނަގަންހަވާލުވި އިރު އެތައްރިސޯޓެއް ހިިންގަމުންގެންދިޔަ ކުޑަދުވަސް ކޮޅެއްގެތެރޭ ކުންފުނި ބަގުރޫޓް ވެ ބޭރުފަރާތްތަކަށް ރެސޯޓްތައް ދޫކޮށްލައިފި މިހާރުވެސް އެ ރެސޯޓް ތައް ހިންގަނީ ބޭރު މީހުން. ދެން އޮތީ ވަޑާންގެ ހަވާލުވެގެން ގެނައި ރުއްގުޅިތަކާ މެސިންތައްވެސް ފީވެ އޮޔާދިޔައީ މިކަލޭގެ ހަވާލު ވުމުގެ ކުރިން ދިވެހި މޭސްތިރި ވަޑާންގެއަކީ ރާއްޖޭގެ އެއްވަނަ. މިކަލޭގަ ހަވާލުވުމާއެކު ހުލި . ގައުމު ހިންގަން ހަވާލުވި އިރު ދަވްލަތުގެ އާމްދަނީ 7 ބިލިން ލިބޭތީ ބުނީ ހާދަ ލާރިއެކޭ ލިބެނީ ހާދަ ކުޑަ މުސާރައެކޭދެނީ މުސާރަ ބޮޑުކޮށް 16 ބިލިއަންދަރަނި ނެގި ފަހުން އެގުނީ ގައުމުބަގުރޫޓް ވެއްޖެކަން އަވަހަށް މުސާރަ ކުޑަކުރީ އެއާޕޯޓް ވެސް ވިއްކާލީ މިފަދަމީހަކު ވެރިކަމާ ތޮޅޭތީ އަޖާއިބު\ވޭ ދިވެހި ގައުމު ދެކެ ލޯޞިގެ ކުޑަ ކަންފުޅެއް ހުރިމީހަކު ނަމަވެސް މިކަމާ ނޫޅުނީސް.

  5. ފްރީޑަމް މޫވްމެންޓް

    ކެނެރީގޭ މުހައްމަދު ނަޝީދު އަދި ކާމިނީގޭ އަބުދުﷲ ޔާމީން އަކީ މި ދިވެހި ގައުމަށް ޖެހިފައިވާ އުދަގުލެއް. މި ދެމީހުން މިކުރާ ކަމަކީ މިގައުމުގެ ގައުމީ މަސްލަހތު ނަގާލާ ރާއްޖޭގެ އިގްތިސާދު ހަލާކުކުރުން.

  6. ޅިޔަނު

    ރާއްޖޭގެ ޓޫރިޒަމަށް އަޅައިގަތް ކަނޑުމަތި.

  7. ދަވޭ

    ދުނިޔޭގެ ބަޔެއް ތިމާވެށި މާހިރުން ކަމަށް ހެދިގެން އުޅޭ މީހުންނާއި ގުޅިގެން ރާއްޖޭގައި ތިބި ކިއްލި ތަޅާ އިން އެންވަޔަރުމެންޓް ކިޔަވައިގެން ތިބި މީހުން ބުނަނީ އެއީ ރާއްޖޭގެ ފަރުތަކުގައި މުރަކަ މަރުވަނީއޭ އެއީ އިރުގެ ހޫނު ގަދަ ކަމުންނޭ. އެއީ ސައެންޓިފިކަލީ ޕްރޫވެން ކަމެއް ނޫނެވެ. ސަބަބަކީ ކަނޑުގެ ލޮނުގަނޑުގެ ސާރފޭސް ޓެމްޕްރޭޗަރ އެންމެ މަތިވިނަމަވެސް މަތިވާނީ 40 ޑިގްރީ ސެންޓިގްރޭޑް އަށެވެ. ކަނޑުގައި ހުންނާނެ ވައިރޯޅި އަބަދުވެސް ކިތަންމެ ވައި މަޑުނަމަވެސް. ދެން ކަނޑުގެ ލޮނު ގަނޑަކީ އެއީ ފެން ސާރކިއުލޭޓް ވަމުން ދާ ފެންގަނޑެއް އެހެންވެ އެ ބްލޫ ކުލަ އަދި ލައިޓް ބްލޫ ކުލައިގައި އަޑި ފެންނަ ތަންތަން ހުންނަނީ. ފެން ގަނޑު ސާރކިއުލޭޓް ވާއިރު މުރަކަ ތައް ހުންނަނީ 3 މީޓަރު ފުންމިނުގައި. އެހެން ކަމަށްވާނަމަ ކަނޑުގެ ސާރފޭސްގެ ޓެމްޕްރޭޗަރ 40 ޑިގްރީ ގައި ހުރެ ކަނޑުގެ ލޮނުގަނޑު ސާރކިއުލޭޓް ވާނަމަ ފަރުތަކުގެ ފެން ހޫނު ނުވާނެ އެއީ ސައެންސް ބުނެދޭ ގޮތް. ފަރުތަކުގެ މުރަކަ މަރުވަނީ ހޫނުވެގެން ނޫން އެއީ އަދި މުރަކަ މަރުވަނީ ވެސް ނުބުނެވޭނެއޭ މުރަކައިގެ ކުލަ ބަދަލުވުމުން. މަމެން ނުކުރާނަން ރާއްޖޭގެ ޑައިވަރުން ދައްކާ ވާހަކަ ވެސް އަދި އެންވަޔަރުމެންޓަލިސްޓުން ދައްކާވާހަކަ ވެސް. ޕްލާސްޓިކް ފުޅި އަށް ވުރެން ބިއްލޫރި ތިމާވެއްޓަށް މާ ބޮޑަށް ގެއްލުން ވާނެއޭ. ޕްލާސްޓިކް ފުޅި ކަނޑުގެ އަޑިއަށް ނުދާނެ އެކަމަކު ބިއްލޫރި ފުޅި ކަނޑުގެ އަޑިއަށް ދާނެ އަދި އެފުޅި ފަރުގައި އޮންނާނެ ހަލާކު ނުވެ 100 އަހަރު ވިނަމަވެސް.

  8. އަސްލުހާލަތު

    ފަތުރުވެރިކަމުގެ ސިނާއަތުގަ އެންމެ ގިނައިން އުޅެނީ ނަޝީދުގެ އާއިލާގެ މީހުންނާ އޭނާގެ ގާތް މީހުން.. ޔާނީނުގެ އެކަކުވެސް ނޫޅޭ ފަތުރުވެރިކަމުގެ ސިނާއަތަކު.. ނަޝީދަށް ތީގެ ގެއްލުން އާހިރުގަ އޮތީ އަނބިކަނބަލުންގެ އާއިލާ މީހުންވެސް ރުޅި އަންނާނި ތިޔަހެން އުޅެންޏާ.

  9. ދަގަނޑޭ

    މިގައުމުގެފަތުރުވެރިކަމާގައުމާފުނޑާލަންއުޅެނީކެނެރީގޭނަޝީދެއްނޫން ކާމިނީގޭޔާމީނު އެއީމިގައުމައްޖެހިފަހުރި ވަބާޔަކީމުޅިގައުމުނޮޅާހުސްކޮއްވީދައިގެންކައިފިއޭޔާމީނުކިހާދެރަކަމެއްދެން