ބުރިޖު އަޅާ ވާހަކައާއި، އެއާޕޯޓްތައް ތަރައްޤީ ކުރާ ވާހަކައާއި މަގުތައް ހަދާ ވާހަކައާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކައަށް ވުރެ ގިނައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި މިސަރުކާރުގެ ވެރިންނަށް ދެއްކުނީ ކުރީގެ ސަރުކާރުން ކަންތައް ކޮށްފައި އޮތްގޮތް ކަމަށް އެބޭފުޅުން ގަބޫލުކުރައްވާ ގޮތްތަކުގެ ވާހަކަފުޅެވެ. ކުރީ ސަރުކާރުގެ ވެރިން ޖަލަށް ލައިގެން "އިންސާފު ގާއިމް ކުރާ ވާހަކައެވެ." ކޮންމެއަކަސް މިއަދު ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޖޭއެސްސީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތުމުން ސަރުކާރާއި އިދިކޮޅު ކޮންމެ ބޭފުޅަކު ޖަލަށް ލުމަކީ މިސަރުކާރަށް ނިކަން ފަސޭހައިން ކުރެވިދާނެ، އަދި ކޮށްފާނެ ކަމެއް ކަމަށް ވެސް ސަރުކާރާއި އެއްކޮޅު މީހުންނާއި އިދިކޮޅު މީހުން ވެސް ގަބޫލު ކުރެއެވެ.

މިސަރުކާރު ފެށިގެން އައީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތަޙްޤީޤު ފަށައިގަތުމާއި އެކު އެކީގައެވެ. އެމައްސަލައިގައި ޔާމީންގެ މައްޗަށް ތަޙްޤީޤު ހިންގާ ދައުވާކޮށް އިއްޔެ ވަނީ އިބްތިދާޢީ އަޑުއެހުންތައް ނިންމާލާފައެވެ. އިއްޔެ އިބްތިދާޢީ އަޑުއެހުން ނިންމާލާ މައްސަލައިގެ ޝަރީޢަތް ފެށިއިރު އިއްޔެ ބޭއްވި ޝަރީޢަތުގެ އަޑުއެހުން ވަނީ ވަގުތުން ޓީވީ މެދުވެރިކޮށް މުޅި ރާއްޖެއަށް ދުރަށް ދައްކާފައެވެ.

ޔާމީންގެ ޝަރީޢަތް ޓީވީ މެދުވެރިކޮށް ދެއްކުމަށް ނިންމުމާއި އެކު ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނީ މިއީ ޔާމީން ފަޟީހަތްވެ، ލަދު ގަންނަން ޖެހޭ ފަހަރު ކަމަށެވެ. ސުވާލަކީ ޔާމީންގެ ޝަރީޢަތް ޓީވީ އިން ދައްކައިގެން ސަރުކާރުން ބޭނުންވާ ގޮތައް ޔާމީން ފަޟީހަތް ކޮށްލެވިދާނެ ހެއްޔެވެ؟ ޓީވީ އިން ދައްކާ ޝަރީޢަތަކީ ޔާމީންގެ ސިޔާސީ ކުރިމަގު ބަނަކޮށްލާނެ ވާހަކަތަކެއް ފެތުރިގެން ހިނގައިދާނެ ޝަރީޢަތަކަށް ވެގެން ހިނގައިދާނެ ހެއްޔެވެ؟

އިއްޔެގެ ޝަރީޢަތައް ފަހު ކޮންމެ ފަޅިއަކުން ވެސް ގެންދަނީ މީސް މީޑިއާގައި "ކާމިޔާބީ" ފާހަގަ ކުރަމުންނެވެ. އެއްބަޔަކު ބުނާ ގޮތުގައި ޔާމީންގެ ފަރާތުން ބާރުގަދަ ނުކުތާތަކެއް ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް އަނެއްބަޔަކު ބުނާ ގޮތުގައި އިއްޔެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކައަށް އެކަނި ބެލި ނަމަވެސް ޔާމީންގެ މައްޗަށް ހުރި ހެކިތައް ބަލިކަށިކަމާއި، މައްސަލައިގެ އިޖުރާޢަތުތައް އޮޅުންބޮޅުން ވެފައި އޮތް މިންވަރު ފެންނަން އެބައޮތެވެ.

ސަރުކާރަށް ތާއިދު ކުރާ ޤާނޫނީ ވަކީލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ މައްސަލަ ތަޙްޤީޤުކޮށް ދައުވާކުރުމުގައި ވެސް ހަމަނުޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑަކީ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަޙްޤީޤުކޮށް، ޝަރީޢަތް ހިންގުމަށް ވަކާލާތު ކުރާ މީހެއް. ނަމަވެސް އެސްއޯއެފް އިން ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވި މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ ކުރުމަކީ ވަރަށް ހަމަނުޖެހޭ ކަމެއް. އެސްއޯއެފް އިން އެބައޮތް 150 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި. މިނިސްޓަރ މަހްލޫފް ވެސް ހިމެނޭ ގޮތައް މިސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އެގޭތެރޭގައި އެބަތިބި. އެއިން އެއްވެސް ބޭފުޅަކު ކުށްވެރިނުވެ ޔާމީން ކުށްވެރި ކުރަން އުޅުމަކީ އިންސާފާއި މެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ތުހުމަތެއް ކުރަނީ އޭސީސީ އާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު އެހެން އެއްމިލިއަން ޑޮލަރެއް އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވާތީ ކަމަށް ބުނުމަކީ ވެސް ޤާނޫނީ ގޮތުން ކުށެއް ކަމަށް އަދި މައްސަލަ އިން ފެންނަން ނެތް ކަމަށެވެ.

"ޔާމީންގެ މައްޗަށް ކުރާ ދައުވާ ބިނާކޮށްފައި މިއޮތީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި މުދަލެއް ބަދަލުކޮށްފައިވާ ކަމަށް ބުނެ. މަހްލޫފްގެ އެކައުންޓަށް އެސްއޯއެފް އިން ފައިސާ ޖަމާކުރިއިރު ވެސް އެއީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ކުންފުންޏެއް ކަން އެނގޭ. ނަމަވެސް މަހްލޫފްގެ މައްޗަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތެއް ނައި. އެހާލަތު މިއީ ޔާމީންގެ މައްޗަށް އެކަނި. މިވާހަކަތައް ޝަރީޢަތުގައި ޔާމީނާއި، ވަކީލުން ދައްކާނެ. މިއީ ސިޔާސީ ގޮތުން ސަރުކާރަށް ލިބޭނެ ގެއްލުމެއް. އަދި އިންސާފުވެރިކަމާއި މެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް." ވަކީލް ވިދާޅުވިއެވެ.

ޔާމީނަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިއްޔެގެ ޝަރީޢަތުގައި ޔާމީން ވާހަކަފުޅު ދެއްކެވި ގޮތުން އަނެއްކާވެސް ސަރުކާރުން ލަދުވެތި ކަންތައްތަކާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

"ވަކީލުންނަށް ވުރެ ވެސް ވަރުގަދައަށް އަދި މާތިލަކޮށް ހަޤީޤީ މައްސަލަ އަށް ރައީސް ޔާމީން ވަރަށް ފުރިހަމައަށް ޖަވާބުދާރީވި. ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތައް ޖަވާބުދީރީ ވުމުގެ ފުރުސަތު ޔާމީނަށް ލިބުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު "ސާފުކޮށްލަން" ލިބޭ ފުރުސަތެއް." ޔާމީންގެ ސަޕޯޓަރަކު ބުންޏެވެ.

ޔާމީން ޖަލަށް ލުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަން ފާއިތުވި ތަނުން ފެނުނު މަންޒަރުން ޔަގީންވި ނަމަވެސް އަދި ފެންނަ މަންޒަރުތަކަށް ބަލާއިރު އެވައުދު ވެސް ފުދުން އޮތީ ވަރަށް ދުރުގައި ކަން އެބައެނގޭ ކަމުގައި ޔާމީންގެ ސަޕޯޓަރުން ގަބޫލު ކުރެއެވެ.

ކޮންމެއަކަސް ޔާމީންގެ ޝަރީޢަތް ވެގެން ދާނީ ރާއްޖޭގައި އިންސާފު ގާއިމް ކުރާނެ ކަމަށް ސަރުކާރުން ދައްކާ ވާހަކަ ހަޤީޤީ މާނައިގައި ސާބިތުވާ މިންވަރު ދެނެގަނެވޭނެ ޝަރީޢަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ޢާލިމް

    މަޖްލިސް އަހުރެންގެ ބާރުގެ ދަށުގައި، ކޯޓްތައް އަހުރެންގެ ބާރުގެ ދަށުގައި، ދިފާޢީ ބާރުތައް އަހުރެންގެ ބާރުގެ ދަށުގައި، ވީއިރު އަހުރެން ބޭނުން މީހަކު ބޭނުން ތުހުމަތެއްގައި ޖަލަށް ނުލެވެންވީ އެއްވެސް ސަބަބެއް އެބައޮތްބާ؟

    94
    9
    • Anonymous

      ނަޝީދު މަޖިލިސް ކުރާ ގޭގެ ގޮނޑީގަ ހުންނައިރު ވަރަށް ތުރުތުރު އަޅާ ކަމަށް ވަނީ، ގޮނޑިން ވެއްޓެން ކާރިވަނީކަންނޭގެ

      95
      4
    • ދޮގެއް؟

      ގައުމު ހިންގަން ކުރާނީ ކީއްކަން ނޭނގޭތީ ކޮންމެސް ކަމެއްގެ ތެރޭ މީސްތަކުން ޣާފިލު ކުރެވޭތޯ ބެލުން ނޫން މާބޮޑު މަގްސަދެއް ސަރުކާރުގެ އޮތް ކަމަކަށް ނުބެލެވޭ. އެބުނާހެން ރީލޯޑު "އަމީރު މަގު" މެންނަކީ އެސްއޯއެފްގެ ފައިސާ ކައިފަ އެއިން މަންފާ ހޯދައިގެން ތިބި ހަމަ ފައްކާ ރަތްލާޖެހި ވަގުން

      26
      1
  2. ކުޑަބަޖަރާ

    މިރާއްޖޭގައި މިހާރުމިއޮތް ޑިމޮކްރަސީގައި އިންސާފުގެ މިންގަނޑުއޮތީ ވަރަށް ރަނގަޅަށް ކަނޑައެޅި ނިމިފައި. އެގޮތަކީ އެމްޑީޕީގެ މީހުން (ޔަޢުނީ އަންނި) ބޭނުންވާގޮތަށް (އެބަހީ ރުހޭގޮތަށް) ޝަރީއަތެއްވިއަސް އަދި އެހެން ކަމެއްވިސް ނިމިއްޖިއްޔާ އެއީ ވަރަށް ފުރިހަމައިންސާފު. އެމީހުން އެދޭގޮތް ނޫން އެހެން ގޮތަކަށް ނިމިއްޖެނަމަ އެއީ ބޭއިންސާފު.

    117
    2
  3. ސީނާ

    ދިވެހި ޤަވްމު އެދި ގޮވަނީ ރައީސް ޔާމީންއަށް! އިންތިޚާބުގައި ބޮޑަތި މަކަރުތަކާ އޮޅުވާލުންތަކާ ވިޔަފާރީގެ އުޞޫލުން ވޯޓުގަނެގެންވެސް ނުކިޔަވާއިބޫ އަށް ފަސްމީހުންގެ ބުރަ މަސައްކަތުން ބިލިޔަނުން ޚަރަދުކޮށްގެންވެސް ހޯދުނީ 138000ވޯޓު! އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ދާދި އަވަހަށް ވެރިކަމަށް ވަޑައިގަންނަވާނެ! މިކަން އެނގޭތީ މަކުނު ބުޅަލުގެމައްޗަށް ޝަރީޢަތްކުރިގޮތަށް ޝަރީޢަތްކޮށްގެންވެސް ބޮނޑިއެއް އެޅޭތޯ އެ ބަލަނީ! އެހެނަސް އަޅުތަކުންގެ ތަދުބީރަށްވުރެ ﷲ ގެ ތަޤުދީރު ގަދަފަދަވާނެ!

    122
    7
  4. ރައްޔިތުމީހާ

    އިޖްރާއާތުގެ ޤާނޫނާއި ޚިލާފަށް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ޝަރީޢަތް ކުރިއަށް ގެންދިޔައީ. އިންސާފަށް ލޯބިކުރައްވާ އަދި ޖިނާއީ އިޖްރާއާތު އެނގޭ އެންމެ ހާ ވަކީލުން އެކަމަށް ހެކިވާނެ

    99
    2
  5. އިހުސާނާ

    ފެންނަ ހުރި ހެކި ތަކަށް ބަލާއިރު، މީ ޔާމީނަކީ ހަމަ ފަސާދައިން ފައިސާ ހޯދާފަ ހުރި މީހެއް ކަމަށް ބެލެވޭ! ރާއްުޖެ ޕަކަޅާ ކޮށް ރައްޔިތުން ދަރުވާލާފަ ވާތީ، ހަމަ ދޭން ޖެހޭ އެންމެ ބޮނޑު އަނދަބެއް ދީފަ ޖަލު ގޮޅީގަ ބާއްވަންވީ! އެހެންނޫނީ ހަމަ ދުއްޕާން ކުރަމުން ދުވާނީ ތި އަނދުރޭ އަކާ ނިހާނަކާ މީސްމީހުން ގޮވައިގެން!

    9
    167
    • Anonymous

      މިހާރު މަޖިލިސް ގޮނޑީގަ ހުންނަ އިބްލީސްގެ ބަލާވެރިކަމާހެދި ގައުމު ހިންގުމަށް ދަތިވި ދުވަސްތަކެއް މާޒީވެގޮއްސި، ޔާމީނާ ކުޅެން ނަހަދާތި، ކަލޭމެންގެ ބަލާވެރިކަން އިންތިހާއަށް ބޮޑުވެއްޖެ.

      87
      6
      • ގާސިމު

        ޔާގުންޑާ މިސްކިތު ސަޖިދާގަ އޮވެގެނެއް ނޫނޭ އޭނާގެމައްޗަށް ދައުވާކުރީ. ރައްޔިތުންގެ ފާސާގަ ޖެހުނީމަ. އެހެންވީމަ އެބެހެނީ އަދިވެސް ބެހޭނެ. ކޮއްކޮޔަށް ތިއުޅެވެނީ ގަޔަށް ބާރު ޖަންގިޔަލެއް ލެވިގެން އެކަމުގެ އުދަގުލުގަ. އެހެންވެ އެވަރުވެސް ނޭގެނީ.

        4
        102
        • Anonymous

          ގަންޖާބޯވެސް މިސްކިތުގަ އޮއްވަދޯ ހުކުމް ކުރީ. މިހާރު ސާފު ހުދު ފޮތިކޮޅަކަށް ހެދިގެން އުޅުނަސް. ރީދޫ ލާދީނީ ބައިގަނޑަށް ހެޔޮވާނެ އިންޑިޔާގެ ގެރިމޯދީގެ ތޮއްވަރިގަ އޮވެވެނިކޮށް ޤައުމު އެއްކޮށް ދަރުވާލާފަ އެމީހުންނަށް ސަނާ ކިޔެނިކޮށް

          33
          2
        • Anonymous

          ރައްތިތުންގެ ފާސާ ކިޔާނެކަމެއްނެތް، ކަލޭމެން ކޭވަރު ނެތް އެނގޭކަށްވެސް، އެހާ ގިނައިން ބޮއެފި.

          34
    • ޢަލީ

      ކޮބާ އަންނިވެރިކަމުގަ މިނިސްޓަރުންތަކާ އޭނަގެ ބައިވެރިން ކާލިހާލާރިތަށް؟ އޮޑިޓް ރިޕޯޓުން އެނގުނުދޯ ކޮންބައެއް ކިހާވަރެއްކަން ކާލައިގެންތިބީ ފޯނުބިލު އެއްޗިހިފެނުނަސް ދަނީ ކަނިކަނޑައިގެން..ކުރިންކުރިކަންތަކަށް ހުކުންކޮއްފަ އެއަށްފަހުގެ ކަންތަށް..ވަރަށްސަލާން ތިބޭފުޅާޔަށް

      41
      1
  6. Anonymous

    ސަރުކާރުގެ މަގްޞަދަކީ، އެމީހުން ހެދި ޑީލްގެ ދަށުން ރައީސް ޔާމީން ޖަލަށްލުން. އިންޑިޔާ މީހުން ވަޒީފާތަކަށް އައުމަށް ދަތި ކުރުމާއި، އިންޑިޔާގެ ކުންފުނިތަކަށް މިގައުމުގެ ޕްރޮޖެކްޓްތައް ނުދިނުމުން އެމީހުން ބޭނުންވާނެ، ބަދަލުހިފަން.

    86
    1
  7. ނިކަމެތިމީހާ

    ވާނެކަމެއް ނޭންގެ ކުރުން މުހިއްމު ވާނީ!

    43
  8. ޢަހުމަދު

    ގިނައިން އެބޭފޫޅާ ޓީވީ އަށް އަރުވާ. ގޮންޖެހުން ގިނަވި ވަރަކަށް އެބޭފުޅާވާނީ ވަރުގަދަ. މިހާރުވެސް މި ސަރުކާރަށް ނުހިންގޭ ކަންތައް ވާނީ އެބޭފުޅާއަށް.

    83
    1
  9. Yeah މެރީނާ

    ޥައްކަންކުރި ބޮޑުވަގެއް ބަރުމަސައްކަތާއެކު އުމުރަށް ޖަލަށްލާންޖެހޭ!! މުޅިގައުމުހުސްކޮށްލި މުލިވަގު

    7
    100
    • ފީ ދޮންކެޔޮ

      ބާކީތިބި ވަގުން މިސަރުކާރުގެ މަގާމުތަދޫފަ ފިނިކޮޓަރީގަ ކޯޓުފަޓުލޫނުގަ... އިންސާފު ކޯދުލާ އަރަނީ މިއޮއްގެން... ޔާމީނަކީ ވަގަކަށް ވަންޏާ ބޮޑުވަގު އަދީބު މިނިވަންކުރީ ކީއްވެ؟ޒިޔަތު ގޭގަ ބާއްވާފައޮތީ ކީއްވެ؟މޑޕއަށް ނިސްބަތްވާ އެތައް ބަޔަކުގެ އެކައުންޓަ މިކުންފުނިން ޖަމާވި ލާރި ހަލާލުވީ ކޮންގޮތަކުން؟ވަގުން އަރާ ކުރާ ވެރިކަމެއްގަ ހުކުމް ކުރާނީ ވަގުން އެދޭގޮތަށް ބޮޑުވަގުން..

      49
      • ކިނބޫ

        އަދި މާވަރުގަދަ ވަގެއް އެބަހުއްޓޭ. ވައްކަން ސާބިތުވެ ހުކުމް ތަންފީޒު ކޮށްފަ ހުރި ބޮޑު ވަގެއް ކާކުތޯތޯ... ދިމާކުރި ކުއްޖަކަށް ހަދިޔާއެއް.

        • ބިންކޮޅު

          އެއީ ކެނެރީ ރަތްލާޖެހި ލާދީނީ ގަންޖާބޯ!!ސަމްޖޭ!!

  10. ފަހުދާ

    ޔާމީނު ގެ މައްޗަށް ދަޔުވާ ކުރާނަމަ މަހުލޫފު އަދި އެސް އޯ އެފުން ލާރި ޖަމާ ކުރި އެއްމެންނަށް ދައުވާ ކުރަން ޖެހޭ.

    101
    1
  11. މާވަޑި ފަލާހް

    ތަރައްޤީއަށްވުރެއް މުހިންމީ ވައްކަމާ ކޮރަޕްޝަން ހުއްޓުވުން. ނިކަމެތި ރައްޔިތުންގެ ޓެކުސް ފައިސާކޮޅު ބަނޑުއަޅާލައިގެން ތަރައްޤީއެއް ބޭނުމެއްނޫން. ނިމިދިޔަ 5އަހަރު ތަރައްޤީ ދައްކައިގެން ދެގުނަ ތިންގުނަ ބޮޑުކޮށް ކަންތައްކޮށްފަ ފައިސާތައް ބަނޑުއަޅާލި މީހުންގެ އަތުން އެފައިސާތައް ހޯދުންމުހިއްމު. އޭރުންދެއްތޯ މިހާރުމިތިބި މީހުންވެސް އެގޮތައްކަންތައްނުކުރާނީ.

    5
    72
  12. އ. ޖ. އ

    ސަރުކާރުގެ މަގުސަދަކީ ކުއްވެރިންނަށް އަދަބު ދިނުން

    5
    66
    • Anonymous

      މިސަރުކާރުގެ ތިބި ހުރިހާ އެންމެން ތިބީ ޢާފިލުވެފަ،

      61
      2
  13. ވަގުތު ހޭޓަރ

    ޔާމީން ގޭގަ ފިލާ އޮތުމުން ވަގަކަށް ނުވާނެތަ.. މީހުން އެހެން ކިޔުން ހުއްޓާނެތަ

    3
    74
  14. މުގުރި

    ސަރުކާރުގެ ކޮންކޯޓަކުންތޯ ނިންމީ އެސްއޯއެޕް އިން ރައީސް ޔާމީނުގެ އެކައުންޓަށް ވަތް އެއްމިލިޔަންޑޮަލަރަކީ ވަގުފައިސާކަމެއް. އެސްއޯއެމްގެ މައްސަލައެއް އަދި ނުބަލާ. ޔާމީނުގެ އެކައުންޓަންވަތްފައިސާއަކީ ވަގުފައިސާ ކަންސާބިތުވާނީ އެސްއެފްގެ ސަރިޔަށް ކޮށްގެން . ޔާމީނުގެ ސަރިޔަތަކުންނެއްނޫ. ސަރިޔަތް ތިކުރަނީ އިދިކޮޅަށް . އެފައިސާ ދިންމީހާ ކުއްވެރި ނުވެ ޔާމީނު ކުއްވެރިވާންޖެހޭ ސަބަބެއްނެތް

    62
  15. ވަކީލު

    ވަރަށްބޮޑަށް ބަޔަސް ( އެއްކޮޅަށް ބުރަވެފައި) ވާ ލިޔުމެއް. ޙަޤީޤަތް ހާމަކުރުމަށްވުރެ ބޮޑަށް ލިޔުންތެރިޔާ ބޭނުންވާގޮތް ހާމަކުރުމަށް ލިޔެފައިވާ ލިޔުމެއްކަމަށް ޤަބޫލުކުރަމެވެ.

    5
    55
  16. ދިސްވޭ

    ކެނެރީގެ ނަޝީދާއި އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޓިވެޓް ހަދައިގެން އެމެން ކަމަކީ ޒުވާން ކުދިންނަށް ދެނަރު ގުޅައިގެން ބޮއްކެއް ގުޅަންއޭ އެކަމަކު އެމެން ޓިވެޓް އިން ހަދާ ކޯހުގެ ސެރޓިފިކެޓް ވެސް ނުލިބެއޭ ކޯސް ނިންމާތާ ދެ އަހަރު ދުވަސް ނުވަނީސް ދެން އެމެންނަށް އެސެރޓިފިކެޓް ހިފައިގެން ގޮސް ވަޒީފާ އެއް އަދާ ކުރެވޭ ގޮތް ވަނީ ނުވެފައޭ އެމަގާމް ތަކަށް ރިސޯރޓްސް ތަކުން އިންޑިއާ އަދި ލަންކާ މީހުން ދަނީ ފްލަޑް ކުރަމުންނޭ އެކަމަށް ވެސް ސަރުކާރުން އެކަމަށް އެއްވެސް ސަަމާލު ކަމެއް ނުދެއޭ ޓޫރިޒަމް މިނިސްޓަރު އެއީ މިރާއްޖޭގައި އެންމެ ބޮޑަށް އަމާބުނީތީ ފަރަށްދާ އުސޫލުން މިނިސްޓްރީ ހިންގާ ބަޔަކީ ޓޫރިޒަމް މިނިސްޓަރަށް ނެތޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ރާއްޖޭގެ އެއްވެސް ރިސޯރޓެއްގައި މަސައްކަތް ކޮށްގެން ކުރުވައިގެން ނުވާނެ ކަމަށް އެންމެ ސާރކިއުލަރ އެއް ރިސޯރޓްސް ތަކަށް ފޮނުވާލާ އެފަދަ ސާރިކއުލާރ އެއް މީޑިއާގައި ހިއްސާ ކޮށްލަން މީ ބަތާހަރާމީ ދަ ހަރާމްކޯރު އުސޫލުން ހިންގާ ސަރުކާރެކޭ...

    23
  17. ހޯލްޑްއޮން

    ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮންނާނެ ކަމަށް ރާއްޖޭގެ ފޮރިންގް މިނިސްޓަރު ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބު ގައި ބަހައްޓަން ބޭނުން ނަމަ ޗައިނާގެ އިންވެސްޓްމެންޓްސް ތައް މާލެ ސަރަހައްދުގައި އިތުރު ކުރަމުން ދާންވީއޭ އޮފް ކީޕިންގް ދިސް އިން ދަ ރައިޓް ޑިރެކްޝަން އެނުޖެހޭނެއޭ ބަލަން ވެސް މާލެ ސަރަހައްދު ތަރައްްގީ ކުރަން މ.

    13
    1
  18. އަލްޖިބްރާ

    މަޤްސަދު ހާސިލުވިއަސް ނުވިއަސް ޤައުމު ބޭރުމީހުނަށް ދިވެހިޤައުމު ވިއްކާ ޤައުމުން ވައްކަން ކޮށް ހިތައްއެރިމީހަކު ހިފާ ހައްޔަރު ކޮށް ބޮޑެތިހެން ހީވާ ޖަރީމާތައް ހިންގާފާތިބި މީހުނަށް އެމީހުން ކުރިކަންތަކުގެ އަދަބު ނުދެވެންޏާ ދެން ކޮން ސަރުކާރެއް ؟ މިއީ ތަރައްޤީ އާއި ގުޅުން ހުރި ކަންތަކެއް ނޫން ! އެބައިމީހުން ހިންގި ޖަރީމާތަކަށް އަދަބު ލިބެން ޖެހޭނެ !

    3
    26
  19. ބަލާތި

    ވަޒީފާ ނެތި، މައިންބަފައިންގެ އެހީގައި އުޅޭ ޒުވާނުން މަދުކުރުމަށް ޓަކައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަ ކުރަން ޖެހޭނެއޭ އެގޮތުން ބަލާއިރު މިހާރު ކަރަންޓް ސަބްސިޑީ އަށް އަހަރަކު 1 ބިލިއަން ރުފިޔާ ސަރުކާރުން އެބަ އިސްރާފް ކުރެއޭ އެކަމަކީ ދާއިމަށް ކުރެވޭނެ ކަމެއް ނޫނޭ އެކަން ކުޑަ ކުރުމަށް ޓަކައި ރާއްޖޭގެ އާބާދީގައި 15 ހާހަށް ވުރެން ދަށުން މީހުން އުޅޭ ރަށްތަކުގެ އެންމެންނަށް އަމާޒު ކޮށް ސަރުކާރުން ބިންތައް ދޫކުރަންވީއޭ މާލެ ސަރަހައްދުން އެއިރުން މިޚަރަދު ކުޑަވާނެއޭ އެހެން ވުމުން ދެން އެފައިސާ މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ބިން ހިއްކަން ހުންނާނެ ނޫންތޭ..

    12
    1
  20. ޒަމީން

    ކޮންޝަރީޢަތެއްކުރަންތަ؟ އެމްޑީޕީ ގެ ހިތުގެ ހަސަދަ ފިލުވާލުމަށް ކުރަންފަށައިގެން އުޅޭ ބޮޑު ޖަރީމާއެއްކަން އިއްޔެ ލައިވްކޮށްޓީވީ ބެލި މީހުންނަށް އެނގެއެވެ. ޓީވީ ލައިވްކުރަނީ ހިތުން ޔާމީން ފަޟީޙަތް ކުރަންބޭނުންވެގެން ވިޔަސް މިސަރުކާރުގެ ނާޤާބީލް ކަމާއި އެއްކޮޅަކަށް ޖެހިގެން ހުރެ ހިންގި ޝަރީޢަތެއްކަން ޝަރީޢަތް ފަށައިގަތް އިރުވެސް އެނގެއެވެ. ތިޔަ ވިދާޅުވާ އެކައުންޓަކަށް ޖަމާވި ރުފިޔާގެ އިތުރުން އެމްއެމް ޕީ އާރު ސީގެ ރުފިޔާ 150އެކައުންޓަކަށް ވަތްއިރު އެއިން އެއްވެސް ފަރާތަކާއި ސުވާލުނުކޮށް ވަކި މީހެއްގެ ފަހަތުން ނުނެއްޓިގެން މިސަރުކާރުން އުޅުމުންވެސް އެނގެނީ ވަކިމީހަކާ ޖައްސާލައިގެން އުޅޭކަމެވެ.ތިމާމެން ސަރުކާރު ގެނައީ އިންސާފާ ހަމަހަމަކަން ގެނެސް އިންސާފުވެރިކަމާ އަދުލުވެރިކަމާ އޯގާތެރި ސަރުކާރެއް ޤާއިމުކުރަން ކަމަށް އިއްޔެ ބުނިމީހުން އެއްމެ ކުޑަމިނުން ޔާމީން ދެއްކި އެއްވެސް ވާހަކައެއް ޤަބޫލު ނުކޮށް ފަޓާސް ބަރިއެއްހެން ޝަރީޢަތް ކޮށް ޔާމީން ޖަލަށް ލާންއުޅުމަކީ ދިވެހިރައްޔިތުން ޤަބޫލުކަމެއްނޫނެވެ.ޔާމީނަކީ ދިވެހިރާއްޖެއަށް އެތަކެއް ޚިދުމަތް ކުރައްވާފައި ހުރި ބޭފުޅެކެވެ. މިރާއްޖޭގެ އިޤުތިޞާދުކުރިއެރުމަށް 1993 އިން ފެށިގެން ސަރުކާރުގެ ތަފާތު ވުޒާރާ ތަކުގައި މަސައްކަތް ކޮށް އެމަނިކްފާނުގެ ޚިދުމަތް ދިވެހިރާއްޖޭގެ ހަތަރުލައްކަ ރައްޔިތުންނަށް ފޯރާފައި ހުރި ރައީސެކެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އެމަނިކްފާނާ ސަރުކާރު ޙަވާލުކުރީ ތަބަކަށް ލާފައެއްނޫނެވެ. އެމަނިކްފާނު ކޮށްދެއްވި ބުރަ މަސައްކަތަށް ބަލާފައެވެ. އައްނިއާ އިބްރާހީމް މުޙައްމދު ޞާލިޙު ދިވެހީންނަށްޓަކައި ކޮށްދެއްވީ ކޮންކަމެއްތޯއެވެ. ފެށުނީސުރެ އިނގިރޭސި ވިލާތުގައި ދިވެހީންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމަށާ ދިވެހި ޓުއަރިޒަމް ބޮއިކޮޓް ކުރުމަށާ ފިތުނަ ފަސާދަ ހަދަން އުޅުނު ބޭފުޅެކެވެ. އިބްރާހީމް މުޙައްމދު ޞާލިޙުއަކީވެސް މަގުމަތީގައި ވެރިކަން ވައްޓަން ތެޅި ތެޅި ހުންނެވި ބޭފުޅެކެވެ.ދެން މިސަރުކާރު ދޮގުބުހުތާން ހަދައިގެން ރައްޔިތުން ބޮލަށް ސަވާރުވެގެން ވެރިކަން ހޯދިޔަސް ކަހިރުވަކެކޭވެސް އަހަރެމެން ހިތަކަށް ނައަރައެެވެ. ނާޤާބިލް ސަރުކާރެކެވެ.

    27
    1
  21. ނައިބު

    ޔާމީނު މިފަހަރު ވަރަށް ރީތިކޮށް ބަރަހަނާވާނެ

    2
    36
    • Anonymous

      ކަލޭމެންނަށް ވުރެ ރީތިކޮށް ބަރަހަނާވި ބައެއްނެތް، އަތުން ފައިން ކޮސް ހެދޭއިރު ތިތިބެނީ ބުރާންތިވެފަ.

      28
  22. ނުރަބޯ

    ފައިސާދިންމީހާ ކުށްވެރިނުވެ ޔާމީން ކުއްވެރިވާސަބަބަކީ ކޮބާ؟އެކޮޅުކޮޅު ން ޝަރީޢަތް ނުކުރޭ. މިފަހަރު ރަނގަޅަށް ހަސަދަ ބާލަން ދޯ ތިއުޅެނީ.އައްނިއާ އޭނާގެ އައްވާނުންކުރި ވައްކަން ކޮބާ؟ ހިނގި ކަރަޕްޝަން ބަލަނީ ކޮންދުވަހަކުން. އެއްމެ ފުރަތަމަ އެކަން ބަލާ ދާން ޖެހެނީ ތަރުތީބުން.ތިމާމެންނަށް އިންސާފާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވޭނީ ކިހިނެއް އެއްމެ ފުރަތަމަ ރައްޔިތުންގެ މަޖްލީސް ގަނެގެން އައީ.ދެން ހުރިހާކަމެއް އެގޮތަށްކޮށް މުށުތެރއަށް ލައިގެން ތިމާމެންގެ ބޭނުން ގޮތަކަށް ކޯޓްތަކަށާ ފަނޑޔާރުގެތަކަށާ ކަމިޝަން ތަކަށް މީހުންލައިގެން ތިބެ ތިޔަހިންގަނީ ބޮޑެ ޖަރީމާ . އެއަށްވުރެ. ތިމާމެން ރުޅިއަންނަ މީހަކުގެ ބޮލަށް ކަންތައް ނުކަނޑާ ފުލުހުންނަށް އަންގައިގެން ގޮސް ޖަލަށް ލީމަ ނިމުނީއެއްނު.ނަމެއްގަ ޝަރީޢަތް ކުރަނީ ކީއްކުރަން.ވަރަށް ހެއްވާ ސަރުކާރެއް.

    27
  23. އަލިބެއްޔާ

    ޢަބްދުﷲ ޔާމީން ޖަލަށް ލައިގެން މި ސަރުކާރު ހިންގުމަކީ ވާނެ ކަމެއް ނޫން.. އެމް.ޑީ.ޕީ ތެރެއިން މުޙައްމަދު ނަޝީދު ނޫނީ އިބްރާހީމް މުޙައްމަދު ޞާލިޙް ދެމީހުން ކުރެ އެކަކު ޔާމީން އާއި ބައިޔަތު ހިފާނެ. އެދުވަސް ދިވެހި ރައްޔަތުންނަށް ފެންނާނެ..

    24
  24. މޫސުން

    އާލިމާ އެއްވެސްބާރެއނެތް! ބާރުއޮތީ އެންމެފަރާތަކު އެއީ ތިބާއާ އެހެންހުރިހާ މަޚޫލުޤުންނާ ކާއިނާތުގެ ވެރިރަސްކަލާންގެ !ޤާރޫނުހަދާންވޭތަ!ފިރުއައުނު ހަދާންވޭތަ!އަންނީގެ 2 އަހަރުގެ ވެރިކަން ވެއްޓުނުގޮތް ހަދާންވޭތަ! މިހާރު ބާރުއޮތީ ކޮންފާރާތެއްގައިކަން ތިޔަކޮށި ސިކުޑިއަށް ވިސްނިދާނެކަމަށް އުއްމީދުކުރަން!

    23
  25. އަލީރާޖާ

    ޝަރީއަތަކީ މިހާރު ސަރުކާރުން ހިންގާ އެއްޗެއްތަ؟ ޔާމީނު ވެރިކަމުގައި އެއީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ނިކަން ހަރުއަޑުން ވިދާޅުވޭ.

    11
    1
  26. ހެދެނީދޯ

    އިންޑިއާ އިން ޓޫރިސްޓުން އައި އަދަދު މަތިވެއޭ އަލީ ވަހީދު ބުނާނަމަ އިންޑިއާ ގެސްޓުން ރިސޯރޓްސް ތަަކަށް އައި އަދަދު އަލީ ވަހީދު ބުނަންވީ މިހާރުގެ ޓްރެންޑެކޭ އިންޑިއާ މީހުން ގެސްޓުންގެ ނަމުގައި ރިސޯރޓްސް ތަކުގެ ވަޒީފާ އަށް އަންނަން ވެގެން އިންޓަރވިއު އަށް ރިސޯރޓަށް އައުން އެއީ ވެސް ލަންކާ އަދި އިންޑިއާ މީހުންނާއި ގުޅިގެން ރިސޯރޓްގެ އެޗްއާރުގެ ބޮޑުން ނަށް ތިބޭ އިންޑިއާ މީހުން ކުރާ ކަމެކޭ މިކަން އިނގޭބާ ޓޫރިޒަމް މިނިސްޓަރަށް އިނގޭދޯ ނޭގޭ ކަމަށް

    16
  27. ކޯއްޗެއްތޭ

    ޓޫރިޒަމް މިނިސްޓްރީން ކަންކަން ކުރަނީ އެއީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންނޭ ގާނޫނު ތަކާައި ގަވާއިދާްއި ޚިލާފަށް އަލަށް ހަދަމުންދާ އަދި އަލަށް ހުޅުވަމުން ދާ ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގެންގުޅުން އެއީ ޒީރޯ ޓޮލެރެންސްގެ ދަށުން މުއްދަތެއް ދެވޭނެ ކަމެއް ނޫނޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ ރިސޯރޓްސް ތަކުގެ މަސައްކަތް ނުކުރެވޭނެއޭނީ...

  28. އޮފްކީޕިންގް

    މައިންބަފައިންގެ އެހީގައި ފުރަ މާލޭގަައި ދިވެހި ޒުވާނުންގެ ބޮޑު އާބާދީ އެއް އޮތް އިރު މިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރާއި އަދި ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އަޑު އަހަނީ ...

  29. ހޯލްޑްއޮން

    ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދިވެސް ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ސީދާ ދިވެހިންނާއި ގުޅިފައިވާ ކަންކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ކުރާ ތަން ފެނިގެން ނުދެއޭ ރިސޯރޓްސް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ %45 އެއީ ދިވެހިން ކަމަށް ބުނުން އެއީ ދަށް ފަންތީގެ މަގާމް ތައް އެކަނި ނޫނޭ ދިވެހިންނަށް ދޭންވީ މާލޭގެ ބުޑުގައި އޮތް އެނބޫދޫފަޅު ގައި މަހަކު 1 ހާސް ޑޮލަރުން ފެށިގެން މަތީ ހުރިހާ މަގާމް ތަކެއް ދިވެހިންނަށް ނުދީ އިއުލާން ނުކޮށް ބޭރުމީހުންނަށޭ ދިނީ ޔަގީނުން ވެސް މިކަމަކީ އެއީ ސަރުކާރުން ދާއިމީ ވާރކް ވިސާ ދިނީމާ ނޫންތޭ މީ...

  30. ހޯލްޑްއޮން

    ވުޖޫދުގައި ނެތް ކުންފުންޏަކަށް ފަޅެއް ދިން މައްސަލަ ބަލަނީއޭ ބުނެ އަލީ ވަހީދު މެން ތަންދޮރު ބަލަން ޖެހޭ މިންގަޑަށް ކަންކަން ނުބަލާ މީޑިއާގެ ފަލަ ސުރުޚީ އިން ޖާގަ ހޯދައިގެން ކުރީ ސަރުކާރާއި މެދު ނަފްރަތު އުފައްދާނެ ކަމަށް ހީކޮށް އީގޯ ސިންޑްރޯމް ކުރިއަށް ނެރެގެން ތިޔާ ކުރާ ކަންކަމުން މާލެ ސަރަހައްދުގައި ފަޅު ތައް ހިއްކައިގެން އިންވެސްޓް ކުރަން ތިބި ހުރިހާ އިންވެސްޓަރުން އިންވެސްޓްމެންޓްސް ތައް މަޑުޖައްސާލާ އެމެން ދަނީއޭ އެނބުރި ގައުމަށް ތަމެން އަލީވަހީދު މެން ވާނުވާ ނޭގި ތިބެ ސަރުކާރުން ބޮޑެތި މުސާރަ އާއި ކާރު ބަނޑު އަޅާލައިގެން ތިބެ ރާއްޖޭގެ އިގްތިސާދުގެ ހިތް ކަމުގައިވާ މާލޭގެ އިގްތިސާދު ފުނޑާލަނީ ...

  31. ހޯލްޑްއޮން

    ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ޗައިނާ އޮންނާނެ ކަމަށް ރާއްޖޭގެ ފޮރިންގް މިނިސްޓަރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އޮފް ކީޕިންގް ޗައިނާ އިން ދަ ރައިޓް ޑިރެކްޝަން އެގޮތަށް ރައީސް އިބޫގެ ސަރުކާރުގެ ފޮރިންގް ޕޮލިސީ ޑްރައިވް ކޮށްފިނަމަ ޔަގީނޭ މަމެންނަށް ދެން ރައީސް އިބޫގެ އިގްތިސާދީ އެޖެންޑާ ކާމިޔާބުވާނެ ކަން މާލެ އާއި ގުޅިފަޅާއި ތިލަފުއްޓާއި ދެމެދު ބްރިޖް އަޅާނެ ފައިސާ ލިބޭނެ ކަން އެއީ ޔަގީން ކަމެކޭ ...

  32. ނާދިރާ

    ސަރުކާރުން ބޭނުންވަނީ އެންމެކަމެއް. ޔާމީން ޖަލަށްލުން. އެކަންކުރާނެ

    9
    6
  33. ގޭސްދޯ

    އިންޑިއާ އާއި ރާއްޖެއާދ ދެމެދު ކަރަންސީ ސްވެޕް އެއްބަސްވުމެއް ހަދައިފި ނަމަވެސް ތިޔާއިން ރާއްޖޭގެ އިގްތިސާދަށް އެއްވެސް ފައިދާ އެއް ނުކުރާނެއޭ އަދި ރާއްޖޭގެ ރުފިޔާ ބަދަލުގައި އިންޑިއާ އަށް ދެނީ ވެސް ދޭން ޖެހޭނީ ވެސް ޔޫއެސްޑޮލަރު އޭ ކުރިން ވެސް 100 މިިލިއަން ޑޮލަރުގެ ސްވެޕްް އެއް ހަދާ ދިނީ ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރޭ އިންޑިއާ ބޭންކަށް ދާ ދިވެހި ފައިސާ އިން ދެން އިންޑިއާ ކިއެއްތޭ ކުރާނީ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ ހަމަ ޖެހޭނީ އެންމެ ފަހުން ޑޮަލަރު ދޭން އޭ ތިޔާއީ ކަރަންސީ ސްވެޕެއް ނޫނޭ ތިޔާއީ މާލެ އާއި ގުޅިފަޅާއި ދެެމެދު އަޅާ ބްރިޖް އަޅަން ޗައިނާ އިން ޝައުގު ވެރިކަން ފާޅު ކުރާތީވެ އެ ބްރިޖް އަޅަން އިންޑިއާގެ ހަނޑޫ ހަކުރު ފުށް ސަަޕްލައި ކުރާ އެމްއެމް އެކްސްޕޯރޓަށް ކޮންޓްރެކްޓް މިނިސްޓަރުން ކަޓް ނަގައިގެން އެމެންނަށް ދޭން ގަންނަ ގަނޑެކޭ ތިޔާގެ އަޑީގައި ތިބީ ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރޭ ތިޔާއީ މަމެން ނުދަންނަ ގޭސް ގަނޑެއް ނޫނޭ އިންޑިއާ އިން އަނބުރަނީ....

  34. އަހުމަދު

    ކޮބާ އަމީރު މަގު އެމަނިކުފާނު ޔޫތު މިނިސްޓަރު ވީމަ ސަލާމަތް ވީދޯ

  35. ޏަމް

    މިފަހަރު ދުނިޔެއިން އެންމެ ސޯލިހު މީހާއާއި ދެދުނިޔޭގެ ދޮގުވެރިޔާ އަންނިގެ ކިބައިން ރައީސްޔާމީން ސަލާމަތްކުރައްވާށިއެވެ އާމީން ޔާރައްބުލް އާލަމީން