ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ދުނިޔޭގައި ނެތް ވަރުގެ ކުށްވެރިއެއް ކަމަށް ނިޔާ ކަނޑައަޅައިގެން ތިބީ އެމްޑީޕީ އިންނެވެ. މިއަދު އެމްޑީޕީގެ ވެރިކަމުގައި އަދީބު އެވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ބާރު ނުހިނގާ ގައުމަކުން ސިޔާސީ ހިމާޔަތައް އަދީބު ވަނީ އެދިވަޑައިގެންފައެވެ. މިއާއި އެކު ކުރަން ޖެހޭ ވަރަށް ގިނަ ސުވާލާއި، ސަމާލުކަން ދޭން ޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ.

އަދީބުގެ މައްޗަށް ބަޔަކު ތުހުމަތު ކުރާ ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. އެފަދަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އަދި ދިވެހި ފުލުހުން 24/7 ގައި ބަލަހައްޓަމުން އައީ "ބޮޑު ކުށްވެރިޔަކު" މިހާ ފަސޭހައިން ފިލައިގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ އަދީބު މިނިވަންކޮށްފިނަމަ ކުރިމަތިވާނެ ޕްރެޝަރުން ސަލާމަތްވުމަށް ސަރުކާރުގެ ހުއްދަ އޮވެގެން، ސަރުކާރަށް އެނގިގެން އަދީބު ރާއްޖެ އިން ފުރައިގެން ދިޔައީ ހެއްޔެވެ؟ އަދީބަށް ރާއްޖެ އިން ފުރައިގެން ދެވުނީ ހަޤީޤަތުގައި ވެސް އެއްވެސް ރަސްމީ އިދާރާއަކަށް ނޭނގި ކަމަށްވާނަމަ، ރާއްޖޭގެ ގައުމީ ސަލާމަތައް މިއަދު އޮތް ޔަގީންކަމަކީ ކޮބައި ހެއްޔެވެ؟

މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު އިންޑިއާ އިން އަދީބު ހައްޔަރު ކޮށްފައި ވަނީ އަދީބު ދަތުރުކުރި ޓަގް ބޯޓްގައި ހުރި ފަޅުވެރިޔަކު ދިން މައުލޫމާތެއްގެ މައްޗަށް ބިނާ ކޮށެވެ. މާނައަކީ ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކަކުން، ދިވެހިރާއްޖޭގެ އިންޓެލިޖެންސަކުން އަދީބު ހައްޔަރު ކުރަން އިންޑިއާ އަށް އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

ބުނެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ގެނައުމަށް އަދީބު ނުވަތަ އަދީބުގެ ގާތް ބަޔަކު ޚަރަދުތަކެއް ކޮށްފައިވެއެވެ. އެއީ އުމުރު ދުވަހުގެ ޖަލު ޙުކުމުން އަދީބު ސަލާމަތްވުމަށްޓަކައި ކުރި ޚަރަދުތަކެކެވެ. އެފަދަ ޚަރަދުތަކެއް އަދީބު ކޮށްފައިވާނަމަ އޭގެ ބަދަލު ހޯދަން އަދީބު ވެސް ޑިމާންޑްތަކެއް ކުރާނެއެވެ. އަދީބުގެ ޑިމާންޑަކަށް ވާނީ ޖަލު ޙުކުމުން ސަލާމަތްވުމެވެ.

އަދީބު މިނިވަން ކުރަން ސަރުކާރުން އަދީބާއި އެކު ޑީލެއް ހަދާފައި ވީނަމަވެސް އަދީބު މިނިވަން ކުރުން އެއީ ސިޔާސީ ގޮތުން ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދީބު މިނިވަންކޮށް ދޫކޮށްލުމަށް ފަހު ކުރީ ސަރުކާރުގެ އެހެން ވެރިން ޖަލަށް ލުން އެއީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ސަރުކާރަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ އަދި ސަރުކާރަށް ނަން ނުވެ، ކަންކޮށް ނިންމާލެވެން އޮތީ އަދީބު ސިއްރުން ރާއްޖެ އިން ފުރުވާލައިގެންނެވެ. މިތިއަރީ އަށް ބުރަވެ ވާހަކަދައްކާނަމަ އަދީބު ރާއްޖެ އިން ފުރައިގެން ގޮސްފައި ވާނީ ސަރުކާރަށް އެނގިގެން، ސަރުކާރުގެ ވެރިންގެ "ހުއްދަ" އޮވެގެން ކަމަށް ވުން ވަރަށް ގާތެވެ.

އަދީބު ދިޔައީ އިއްޔެގެ ކުރީ ދުވަހު ވެސް ފުލުހުންނާއި ފޯނުން މުއާމަލާތު ކުރަމުން ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމުން ފޯންގެ ލޮކޭޝަން ބަލައިގެން ވެސް އަދީބު ހުރިތަން ފުލުހުންނަށް ފާހަގަ ކުރެވެން ވާނެއެވެ. އެކަން ފުލުހުން ނުކުރީ އަދީބު "ރައްކާތެރިކަމާއި އެކު" ބޭރަށް ފޮނުވާލުމަކީ ސަރުކާރުގެ މަޤުޞަދު ކަމަށް ވާތީ ކަމުގައި ބުނުމުގެ ފުރުސަތު އެބައޮތެވެ.

އަދީބަށް ފުލުހުން 24 ގަޑިއިރު ފާރަލަމުން އައި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. އެހެންކަމަށް ވާނަމަ އަދީބު ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް އެނގެން ވާނީކީ މީސް މީޑިއާކުން ނޫނެވެ. ބޮޑެތި ކުށްވެރިންގެ މައުލޫމާތު ފުލުހުން ހޯދަނީ މީސް މީޑިއާ އިން ކަމުގައި ވާނަމަ އޭގެ މާނައަކީ ފުލުހުންގެ ވެރިންގެ ކިބައިގައި މަގާމުގެ ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލްކަމެއް ނެތެވެ.

އަދީބު ރާއްޖެ އިން ފުރައިގެން ދިޔައިރު ރާއްޖޭގެ އިންޓެލިޖެންސަށް އެމައުލޫމާތު ނޭނގި އޮތްނަމަ އެއީ އަދި މާބިރުވެރި ކަމެކެވެ. އަދީބަށް ވުރެ މާ ނުރައްކާތެރި ވިސްނުން ގެންގުޅޭ އެތައް ބަޔަކު ވެސް ރާއްޖޭގައި އުޅޭނެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކަށް ހަނގުރާމައަށް ގޮސްފައި އެނބުރި އައިސް ރާއްޖޭގައި ދިރިއުޅޭ ދިވެހިން އެބަތިއްބެވެ. ހަރުކަށި ދީނީ ފިކުރުތަކާއި، ދީން ގަބޫލު ނުކުރާ އެތައް ބަޔަކު އެބަތިއްބެވެ.

އެފަދަ މީހުން ކޮށްފާނެ ކަމަކަށް ގައުމުގެ ސަލާމަތީ ބާރުތަކުން ތައްޔާރަށް ތިބެން ޖެހެއެވެ. އެމީހުންނަށް ފާރަލާން ޖެހެއެވެ. ނަމަވެސް އެގާބިލްކަން ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި އެބަހުރިތޯ މިހާރު ސުވާލު އުފައްދަން އެބަޖެހެއެވެ.

އަދީބު ސަލާމަތީ ބާރުތަކުގެ އަތްދަށުން ދެމިގަނެގެން ދިޔައިރު، އަދީބަށް ވުރެ ނުރައްކާތެރި އެހެން ކުށްވެރިންތަކެއް ވެސް މިގޮތައް ފިލައިގެން ނުދާނެ ކަމުގެ މިހާރު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ އެފަދަ ކުށްވެރިންތަކެއް ކޮށްފާނެ ކަމެއް، ކުރުމަށް ރާވަމުން ދަނިކޮށް އަތުލައިގަތުމުގެ ގާބިލްކަން ސަލާމަތީ ބާރުތަކުގައ ހުރީ ކިހައި މިންވަރަކަށް ހެއްޔެވެ؟ ކުށްވެރިންނަށް ފާރަލުމުގެ ގާބިލްކަން ރާއްޖޭގެ އިންޓެލިޖެންސްގައި ނެތީ ހެއްޔެވެ؟

އަދީބު ރާއްޖެ އިން ފުރައިގެން ދިއުމަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެކެވެ. އަދީބު ރާއްޖެ އިން ފުރައިގެން ދިޔައީ ދިވެހި ސަރުކާރަށް އެނގިގެން ކަމަށް ވީނަމަވެސް ނުވަތަ ނޭނގި ކަމަށް ވީނަމަވެސް އެއީ ސަލާމަތީ ބާރުތަކުގެ ވެރިން ފުރިހަމަ އަށް ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. އަދި ސަލާމަތީ ބާރުތަކުގެ ވެރިންނާއި ވަލިއްޔުލް އަމްރު ފެއިލްވެފައިވާ ކަމުގެ ހެއްކަކަށް މިކަން ފުދެއެވެ.

އެންމެ ކުށްވެރިޔަކު ނުބެލެހެއްޓުނު ބަޔަކަށް ހަތަރު ފަރާތުން ނުރައްކާ ބޮޑުވެފައިވާ ގައުމު ބެލެހެއްޓިދާނެ ކަމާއި މެދު ދެން އިތުރަށް ޝައްކު ކުރާނެ ޖާގައެއް ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. ހަޤީޤަށް ބެލުމަށް

  ކަސްޓަމްގެ އިހުމާލު ތިކަމުގައި ވަރަށް ބޮޑުކަމަށް ބެލެވޭ އެއީ ރާއްޖޭން ބޭރަށް ތިޔަކަހަލަ ޓަގް ބޯޓެއް ފުރާނަމަ ކުލިޔަރެންސް ދިނުމަކީ ކަސްޓަމްގެ މޭންޑޭންޓްގައިވާކަމަށް ވާތީ

  139
  8
 2. ޕިޔޯނު

  ވައްތަރީ ފިލީކީ ނޫން ކަމައް ފިލުވީ ކަމައް ތީ ސަރުކާރުގެ ރޭވުމެއް ތީ

  ޖަޒީރާ ރާޢްޖެ

  200
  9
 3. ރައްޔިތުން

  އެއްގޮތަކުން ވިސްނާއިރު، އަދީބު ފިލަން އުޅުމުން ދޭހަވަނީ ޝަރުޢީދާއިރާ ހަރުދަނާ ވަމުން އަންނަކަމެވެ. މިހާރު މިކަހަލަ ނުފޫޒުގަދަ މީހުންނަށް ސިސްޓަމުތެރެއިން ކުޅެވޭނެ ގޮތްތަށް މަދުވަމުން އަންނަކަމުގެ ހެއްކެކެވެ. އަދި ކުރީގެ ރައީސް ޔާމީނުވެސް ކުރިން އުޅުއްވިގޮތަށް އެތެރެއިން ނުކުޅެވޭތީ ސަޕޯޓަރުންގެ ތާއީދު އިތުރުކުރުވޭތޯ އެކްޓިވްކޮށް އުޅުމުންވަމުންދާދިއުމުން ދޭހަވަނީ މިހާރު ޝަރުޢީދާއިރާ އަދި އަދުލުއިންސާފުގެ މިސްރާބުހުރީ ރަނގަޅުދިމާލަށޭ.

  22
  188
  • ޭއއއ

   ގައިމު މަޖިލީހުގެ ރައީސް އެއިނީ އަރާ ތިބުނާ ސިސްޓަމުގެ ތެރެއިން ކުޅެލައިގެންނެއް ނޫންތަ އަޅެ. ތިޔަސިސްޓަމާ މިހާރުވެސް ކުޅެވޭ ބަރާބަރަށް އެއުޅޭ ހުދުކާފޫރު ބައިގަނޑަށް.

   128
   3
 4. ކާފަބޭ2019

  އުފެދުމުގައިވެސް ވައްކަމާޚިޔާނާތުވެތެރެއިން އައިސަރުކާރަކުން މުޅިންވެސްފެންނާނީތިޔަކަހަލަ ކަންތައް އެހެންމީހުނަށްވަގަށްގޮވާއިރު މިސަރުކާރުގައިތިބިގިނަމީހުނަކީ އެގޮވާވައްކަންތަކާ ގުޅިފަތިބިމީހުންކަމަށްވާތީ 152 ފަރާތުގެމައުލޫމާތު ހާމަކުރަންނުކެރި އެންމެމީހެއްގެދުވަސްދުއްވާލުމަށް ފޫގަޅައިގެން އުޅެނީއެހެންވެގެން 0 ޓޮލަރެންސޭ ނުގޮވާ ހުރިހާފަރާތެއްގެނަންތައްހާމަކޮށްބަލަ ސަރުކާރުގެގަޓެއްހުރިއްޔާ!

  154
  9
 5. ޢަލީ

  ތިޔައީ މަގާމާ ހަވާލުވީއިރުވެސް ފެއިލްވެފަ ތިބިބައެއް މަށަށްދެރައީ ބަޔަކު ހޭބަލިވެގެން ވޯޓުލީމަ ތިޔަަސޯލިހަށް..ދެންތިބޭ އަތްޖަހަން ދެން އަތްޖަހާ..ކޮއްލާކަންތަކުން ތިޔާދަނީ ސިއްސައިގެން ފުރަތަމަ ލުތުފީ ދެންއަދީބު ދެންކާކުބާ ކޮންކަމެއްބާ؟ ތިހެންތިކަން ކުރަންވެގެން ފާޑެއްގެ މުންޖެކޭކިޔާމީހަކަު ގެނެސްގެން ކޮއްމެބެސް އެއްޗެއްހަދާފަ ސޮއިކުރީ ތިކުޅިކުޅެއްވެގެން ކުރިކަމެއް އެއީ..ތާހިރެއްނު ކޮބާއަދީބުކޭކަމަށް ތިޔަބުނާލާރިތައް ހޭބަލިވެގެން އަދިވެސް ޔާމީނުފަހަތުން..ޔާމީނު ގިރައގެން ބޮއެބަލަ

  146
  7
  • ލޮލް

   ކަލެއަށް ދެރަވީމާ އެއީ މިގައުމުގެ މެޖޯރިޓީއާބެހެން ޖެހޭ ކަމެއްނޫން. ކަލޭކަހަލަ ދެތިން މޮޔައިންނަށް ދެރަވިއަސް އަހަރުމެން ހާހެއްނުވޭ. ޙަމަގައިމުވެސް ރައީސް ސޯލިހަކީ މިގައުމު މިހާތަނަށްދުއް އެންމެ ހެޔޮ ރަނގަޅު ރައީސް.

   5
   132
   • ގަބީލާ

    ތީތާ މައްސަލައަކީ ކަލޭމެން ދެރަވާ ކަމަކަށް އޮންނާނީ ދެކަމެ. އެއީ މޑޕ ނޫންބަޔަކު މިގައުމުގަ ވެރިކަންކޮއްފިނަ ދެން ކަލޭމެން ނޫންބަޔަކަ ރަގަޅުކަމެ މޮޅެލިބިއްޖެނަމަ.. ބޮޑުވާންޖެހޭ ކަމަށް ތިގޮވާ ޖީބަކީ ކަލޭމެންގެ ޖީބު.. ރައްޔިތުންކަމަށްވަނީ ކަލޭމެންގެ އައުވާނުނ. ރައްޔިތުންގެ އަޑު ކަމުގަ ކަލޭމެން ގަބޫލު ކުރަނީ ކަލޭމެންގެ އަޑު.. ތިއީ ދުނިޔޭގަވާ އެއްމެ ނުރައްކާތެރި ވަގުންގެ ވަތައްރު. ބޭރުފުށުން ސޯލުހު އެތެރެ ފުށުން ބާޢީ..

    91
    2
   • ....

    މެޖޯރިޓީ ވޯޓްދިނީ މިކަހަލަބަޔަކަށް ކަމެއް އޭރަކު ނޭގެ.

    26
    1
   • ޢަލީ

    ކަލޭކިތައްމެ އަސަރެއްކުރިޔަސް މީހަގީގަތޭ ނޭގެދޯ ގިނަފަހަރު ހަމަޔަކު ނުހުންނާނެ..އަންނިބުންޏެއްނު އަބަދަކުހަމައިގެ ތިބޭނެކަމެއްނެތޭ އެބަސް އަހައިގެން އެގުރޫޕުގަ ތިއުޅެނީ ހަޖަމުކޮއްލާ...މިވެރިކަންވެސް ވެއްޓޭތޯ އަހަރެމެންގެ ދުވާއަކީ މިހާ ހަރާންކޯރު ކަމެއްނުކޮއް އެހެންމީހުންގެ ބޮލަށް ކަނޑާމީހުން ތިބޭނެކަމެއްނެތް..ވ ވެދުން ހަހަހަހަ

    25
    1
 6. ޙަމުނިއަ

  ޢިބޫ ހިންގި ޖަރީމަ ތަކައް އާ ބޮޅެއް.

  103
  3
 7. ވަތަނީ

  އަދީބު ފިލައިގެން އިންޑިއާއަށް ދިއުމަކީ ރާއްޖޭގެ
  ސަރކާރު ރީއްޗަށް ފޭލްވެއްޖެކަމުގެ ސާފުސީދާ ހެއްކެކެވެ އެހެކަމުންމިހާރުން މިހާރަށްސަރުކާރާއި ކެބިނެޓް އިސްތިއުފާ ދިނުމަށް ގޮވާލަމެވެ ހަމަ އެއާއިއެކު ރާއްޖޭގައި ވަގުތީ ސަރުކާރެއް އެކުލަވާލައިރިޔާސީ އިންތިޚާބެއް ބޭއްވުމަށް ގޮވާލަމެވެ އަދިމިކަން ލަސް ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

  103
  2
 8. އަންތަރީސް

  ޢިބޫއަށް ޖަލުގޮޅި ހައްގުވެއްޖެ

  97
  1
 9. Anonymous

  ފުރްތައިން އަދީބަކީ މިހާރު ކުށްވެރިއެއް ނޫން. ދެވަނައީ ޢާއްމު ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް ފާރަލުމަކީ ދައުލަރުގެ އެއްވެސް ބާރަކަށް ލިބިގެންވާ ހައްގެއް ނޫން. ތިންވަނައީ ސަރުކާރުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފަވާތީ އޭނާއަށް އަދި ނުފިލިފަ އެހުރީ. އެހެންނޫންނަމަ މިއަދު ފިލައިގެންނެއް ނޫން، ފާޅުގަވެސް ދެވުނީސް.

  7
  60
 10. Anonymous

  މިމީހުންނަށް ފުލް މެޖޯރިޓީ ދިނީ ލައްކަ މޮޅެއްވާނެކަމަށް، ވާނެ ހައެތި ވެފަ މިއޮތީ، ކުރީ ޒަމާނު ހަރު މީހުން ބުނާނެ، ފަހުޒަމާނަށް އައިސް ވެރިންގެ ބަލާވެރިކަން ބޮޑުވެގެން މީހުން ކަނޑަށް އެރޭނެ ވާހަކަ،

  85
  1
 11. މަކޯނީ

  ލޮލް ވަގުން އަބަދުވެސް ފިލާނެ ދެންފިލާނީ ކާކުކަމެއް ނޭގޭ އެކަމަކު ކޮންމެ ވަގަކުނަމަވެސް ފިލާހުރިތަނަކުން ހޯދާނަން

  10
  50
 12. ފަހަރި ދައިތަ

  މަރުކޮމިޝަނައްވެސް ވީވަރަކީ 24 ގަޑިއިރުން ހޯދަން އުޅުނު ރިލްވާންގެ މަރުގެ ބަދަލްލުގަ ޖަލުގޮޅީގަ މަރުވި މީހެއްގެ މައްސަލަ ހޯދުނީ.. ކޮމަންޓް ކުރާ ކުދިންނޭ ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ....

  72
  1
 13. ސަޅިބައިސާ.

  ފޮޓޯ އައް 5 ބޭފުލުންވެސް ވަރައް ފުރިހަމަ..

  59
  3
  • އައްލެއިކަލޯ

   ފެންނާން އޮތް ހަގީގަތް: ފިލައިފި. މިހާރުހުރީ ބޭރު ގައުމެއްގަ. ދެން ކުރަންވީ ކަމަކީ ގައުމާއި ވަޠަނުގެ ހައްގުގައި އެންމެން މަޝްވަރާކުރުން. އެއްކޮޅު މީހުންނާއި އިދިކޮޅު މީހުން. ގައުމާއި ވަޠަނުގެ ހިމާޔަތަށްޓަކައި. ކޮންމެއަކަސް ދޫވެގެން ތިޔައުޅެނީ ވަރަށްވެސް ނުރައްކާތެރި މުޖުރިމެއް، ޓެރަރިސްޓެއް. މޮޔަވެފަހުރި މީހެއް.

 14. ސަންތިމަރިޔަބު

  ސަފީހުން (ދެއުޅިއެއް ނުވާ މީހުން) ބަސްބުނެ ސިޔާސަތު ކަނޑައަޅާ ހިސާބުގާތިބުމުން ނުވެނުދާނެ ގޮތް މިވަނީ ހަމަ ހިނިއަންނަނީ

  60
  1
 15. ޙާލަތު

  ރާއްޖެ އުފެދިފައި އޮތްގޮތުން ސަރުކާރަށް ނޭނގި ކަނޑުމަގުން ފުރައިގެން ދިއުމަކީ އުނދަގޫ ކަމެއް ނޫން. ކޮންމެ ދިމާލަކުންވެސް އުޅަނދު ފަހަރު ކައިރި ކުރެވޭގޮތައް މިގައުމް މިއޮންނަނީ.

  4
  53
  • ޝާހް، ރ.ވާދޫ

   ކަލޯ ހޭބައްޔާ، ރީންދޫނޫން ވެރިކަމެއް މިތާ އޮތްނަމަ، ރީންދޫ ނޫން ވެރިޔަކު މިތާހުރިނަމަ ކަލޭގެ ތިކޮމެންޓް އަންނާނީ ތިއާ ދިމާ އިދިކޮޅަށް ކަން ހަމަ ޔަގީން ކަށަވަރު.

   29
 16. ފޮނުވާލާ

  ރައީސް އިބޫގެ ސަރުކާރުގެ ކެބިނެޓް މެމްބަރުން އެއީ ސިމިލަރ ޓައިޕް އޮފް އެކްސްޕީރިއެންސް އެއް ނެތް މީހުން ކަން ރައީސް އިބޫ ދަންނަން އެބަޖެހެއޭ ...

  57
 17. ދިސްވޭ

  ރައީސް އިބޫގެ ސަރުކާރަށް ފުރަތަމަ 9 މަސް ދުވަހު ބޭސިކް ޑިޒަައިން ސްޓަޑީ އެއް ނެހެދުނޭ ...

  52
 18. ދޭބަލަ

  ރައީސް އިބޫގެ ސަރުކާރުން ސީދާ ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ކަމެއް ގައި ރައްޔިތުން އެދޭ މިންވަރަށް ކިއެއްކުރަން އެއިން އެއްވެސް ކަމެއްގައި އަތް ވެސް ނުލައޭ ...

  57
 19. މަބޭ

  މިސަރުކާރުން ފެށުނިއްސުރެ މަސައަކަތް ކުރަމުން ގެންދަނީ އިންޑިޔާސިފައިން މިގައުމައް އިތުރުކުރެވޭތޯ މިކަމާގުޅުވާފަ ރާއްޖެ ބެލެހެއްޓުމުގެ ނަމުގަ އިތުރު އިންޑިޔާސިފައިން ރާއްޖެއައުމައް ހުއްދަ ދިނުމަކީ ޕްލޭން އެއްކަމުގަ ވެދާނެ.

  55
 20. އަހުމަދު އަދީބު

  އަދީބު އަކީ އަދި ކުއްވެރިއެއްނޫން. ތުހުމަތު ކުރަނީ. ފިލުވީ ޔާމީން ގެ ލަފަޔަށް.. އިންސާފު އަރާހަމަކުރަން ވަރަށް ގާތްވެއްޖެ. ރޭގަ ނުވިއެއްނު އަތަށް ގޮވީ،، ޕުލޭން ފެއިލް ވީ... ދީދީ ވެސް މިކަމުގަ ފެއިލް ވެއްޖެ. ކޯޓުތައް އިސްލާހުވާތަން ފެނި ސަލާމަތްނުވާނެކަން ކަށަވަރު ވީމަ ވާނެ ގޮތް. އަދީބު ޔާމީން އަދަބު ލިބޭނެ.

  3
  51
  • ޒުންބާ

   މޑޕގެ މީހެއް ވިއްޔާ ވިސްނުން ހުންނާނީ ތިހެން. ރޭގަ އަތަށްގޮވީ ކޮންކަމެއްބާ؟ އަދީބު ފިލުވީ ރޔާމީން ކަމަށްވަންޏާ އަހަރެން ބުނަންއޮތީ ސާބަހޭ ރައީސޭ ތިއީ ގަޓް ރައީސެކޭ.މިސަރުކާރު ހުރިހާ ބާރަކާ އާރެއޮވެ ވެރިކަމުގެ އެއްވެސް ބާރެނެތް އާއްމު ފަރުދަކަށް ގައުމަކަށްވުރެ ބާރުގަދަވީ.. ދެރަކަމެއްގެ ޒިންމާ ނަގަން ކެރޭހާ ހިއްވަރެ މޑޕގަ ނުހުންނާނެ.. ރޔާމީންގެ ތަފާތަކީ ކުށެއް ކުރެވިނަސް މައާފަށް އެދޭހާ ހިއްވަރު ހުންނަކަން.. ކުއް ގަބޫލުކުރާކަން.. މޑޕގެ ދެ ވެރިންގެވެސް ކުއް ގަބޫލު ކުރުމުގެ ހިއްވަރެނެތް.. ވަގަށް ކޮއްމެ ކަމެކުރާނީ އެހެންމީހުންގެ ބޮލުގަ އިލްޒާމުއަޅުވާނީ.. ބުދު ބަހައްޓާފަ އިލްޒާމު އެޅުވީ އައްޑޫ މޭޔަރުގެ ބޮލުގަ..

   28
   2
 21. ޒާ

  އަޑުއެއްސެވިންތޯ ގެއްލިގެން ފުލުހުން ހޯދަމުންދިޔަ ފްރާންސްގެ އަންހެނަކު އެއްވެސް އިދާރާއަކަށް އެނގިނުލާ ރާއްޖެއައި ބޭރުގެޔޮޓަކަށް އަރައިގެން ފިލައިގެން ދިޔަކަން. އެއީވެސް މަރުގެމައްސަލައެއްގައި ދައުވާ އުފުލިފައިވާ މީހެއް. އެކަންވެސްޒިންމާވާނެ އެއްވެސްފަރާތެއް އަދާހަމައަށްވެސް ނެތް.

  33
  3
 22. ވިސްނާ ގައުމާމެދު

  ލިޔުންތެރިންނާ ކިޔުންތެރިންނާ ބެލުންތެރިން ނިކަން ރަގަޅަށް ވިސްނާ... މިއީ ދެވަނަ ނޮވެމްބަރު3 އަތުވެދާނެ ކަމުގެ އިންޒާރެ.. ބޭރު ކުލީ ޖަމާއަތަކުން މިގައުމާ ދިމާކުރިމުން މިގައުމުގެ ސަރުކާރުން އެހީއަށް ގޮވާނީ އިންޑިޔާއަށް އެމީހުން އެހީވުމުގެ ނަމުގަ އަންނާނެ މައްސަލަ އަޅުވާނީ އަދީބު ފޮނުވި ޖަމާއަތަކާ.. އަދީބަކީ ނުރައްކާ މާފިޔާގެ މީހެއް އޭނަ ހަމަ ހަގީގަތުގަވެސް މިފަދަ ކަމެކުރުމަކީ އެކަށީގެންވާ ކަމެއް އަދި ނުކުރިނަމަވެސް އޭނަޔާ ގުޅުވުމަކީވެސް އެކަށީގެންވާކަމެ.. އިންޑިޔާއިން ގަދަކަމުން މިތަނަށް އެރީއޭ ނުބުނެވޭގޮތަށް އަހަރެމެން އެދިގިން އެމީހުން އައިކަށް ތާރީހު ލިޔެލުމަށް އެމީހުން އަބުރާ ފޮނުވާލުމަކީ ވާނެކެނޫން މިފަހަރު.. ވިސްނާ މިއީ ނުވެ ނުދާނެކަމެ.. ސިޔާސީ ކަންތަކާ ވިސްނާމީހަކުނަމަ ވިސްނާ މިކަން ވުމަކީ ގާތްކަމެ.. ރޔާމީނާ މިސަރުކާރުން މިހެން ހިފަހިފާ ތިބެ މިގޮތަށް ކަންވުމަކީ ނުވާނެކަމެނޫން.. މޑޕ500އަހަރަށް ވެރިކުގަ ތިބުމުގެ ބޮޑު ޕްލޭން ވަރަށް ނުރައްކާ.. އިސްލާމުން ނައްތާލަން ޔަހޫދީ ފައްޅިތަކުން ވިސްނާ ވިސްނުމާ އެއްގޮތް މޑޕ ގެ ވުސްނުން..

  49
  3
 23. ރަނޭ

  ރިސްވަތޭ... ގަންޖާތައް އަތްޖަހޭ އޮހޭ ހޮއް ހޮއް ބަލަ ދެން އަތްޖަހާ

  15
 24. ހަލާކު

  ނުވިއެއްނު ދެންއިސްތިއުފާދީ

  23
 25. ދިސްވޭ

  ރައީސް އިބޫގެ ސަރުކާރު ނުހިނގައޭ ނުހިނގައޭ ނުހުންނާނެއޭ...

  21
  1
 26. ބޭރި

  އެއޮތީ މެޖޯރިޓީދީފަ. ޜެޔާދުވާލު ނުނިދާ ދޭހާ އަތްވެއްގާ ވޯޓްލާ ހިތުންތިބެ.އެވަރުންނުވެގެން ވޯޓުން މަކަރު. ދެންއޮތީ ދަސްހުރި އެއްޗެއް ކިޔަވަގެން ތިބުން. ޕޯޗުގީޒުންވެސް މިގައުމުގަ ވެރިކަން ކުރި. ކަރަށް ރާއަޅަން އުޅުނުހިސާބުން ހޭވެރިކަންވީ. ޜާއަޅަންޏާ އެބޯހިތުން ގިނަމީހުން މިހާރު ތިބީ. ގައުމުގައި ހުރި މައްސަލަތަށް ހައްލު ކުރަން ވެރޔަކު އުޅެން ފެށީމާ އެކަމެއްވެސް ކަމަކު ނުދިޔަ. އަހަރުމެންނަށް ކޮން އިރަކުން ހެޔޮވިސްނޭނީ

  24
 27. ހިނގަނީއޭ

  ރައީސް އިބޫ އިސްވެ ހުރެ ރައީސް އޮފީހުން ކުުރާ ކަމަކީ އެއީ ގެނެސްފާނެ ރާއްޖެތެރޭ ކައުންސިލަރުން ތައް ބޮޑެތި ޚަރަދުކޮށްގެން ރައީސް އޮފީހަށް ދެން އެމެންނާއި އެކު ފޮޓޯ ޝޫޓް އައުޓެއް ހަދާ ފައި އެމެން ފޮނުވާލާނެއޭ ރައީސް

  24
 28. ރަދީފް

  ކީރިތި ރަސޫލާ ދުޢާދެއްވިފަދަ ބޭފުޅުން ވެރިކަމުގައި ތިބޭއިރު މިކަހަލަ ނޭއްގާނީ ކަންތައް ހިނގާނޭހެއްޔެވެ؟ އިލްޔާސް ޙުސައިން މި ސުވާލަށް ޖަވާބު ދީބަލާށެވެ. ސަރުކާރުން ހިންގާ އެންމެހައި ޖަރީމާތަކަށް ދީނީގޮތުންނާ ޤަވްމީގޮތުން ފާޑުކިޔާ ތިބީ ބުނާއަޑު އިވެނީ ދެމީހެކެވެ. އެއީ އިލްޔާސްހުސައިންއާ ޢިމްރާން ޢަބްދުﷲއެވެ. މިއަދު މި ދެމީހުންވެސް އެތިބީ ރުފިޔާ ބަންޑަލިތަކުން އަނގަފަހަފައެވެ.. ހެޔޮ ވެރިކަމެއް ގެންނާށޭކިޔައި އެއްބަފާ ކޮއްކޮގެ ވެރިކަން ޢަދުއްވުންނަށް ފޭރިގަނެދިން މައުމޫނާއި އޭނާގެ އައުވާނުން ކޮބައި ހެއްޔެވެ؟

  27
 29. ލަކީ

  ޙެހެ ކިޔާ ކިޔާ ބުނަން އުޅޭ އެއްޗެއް ސާފެއް ނުވި
  ދަންނަވަން މި އުޅެނީ ކޮން އެއާލައިނަކުން ތޯ އަދީބު ފުރީ
  ޙަމަ ގައިމް ޕާސްޕޯޓެއް އަދީބު އަތަކު ނޯން ނާނެ
  ބުނެލަން ބޭނުން ވަނީ އެއީ ސަލާމަތީ މައްސަލައެއް
  ނޫން މަތިން ދާ ބޯޓްގެ ފޮރުޅު ލާ ތަނުތެރޭގަވެސް މީހުން ވަދެގެން އެބަ ދަތުރު ކުރޭ

  2
  10
 30. ނޯޓީ

  އެއީ މައްސައެއް ނޫން.ރާއްޖޭގަ މައްސަލަޔަކީ ޓެކްސީ މައްސަލަ.އަދި ރާއްޖޭގަ އޮންނާނީ ޓްރާންސްޕަޯރޓް މިނިސްޓްރީ އެކަނި.

  16
  1
 31. ގެރި

  ރައީސް ސޯލިހު ހަމަމިހާރު ހައްޔަރުކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލަން ކުއްވެރިޔަކު ޓަގެއގައި ފިލާއިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.

  17
 32. މަނޭސް

  އަދީބުގެ މައްސަލަ ދެން ކުރިޔަށްދާނީ އިންޑިޔާގަ އަދި އެމައްސަލައިގެ ތެރެއިން ކުރީގެ ރައީސް ޔާމީނުވެސް އިންޑިޔާއަށް ގެންދާނެ.މިފަހުން ދެގައުމުންވި އެއްބަސްވުމުގެ ދަށުން މީކީ ނުކުރެވޭނެ ކަމެއްނޫން.ކަންނެލި އޮޑީގެ ލާރިކޮޅު ހިފައިގެން އެކަކު މިހާރުއެހުރީ ހައްޖައްގޮސް އަނެކަކު އަމާކިއްލިތެޅި ލާރިކޮޅުން އެހުރީ ހައްޖައްގޮސް އެހެންވީމަ މިދެމީހުން މިތިބީ މިކަންރާވާފަ ފިލައިގެންގޮސްފަ.

  8
  4
 33. މަޒް

  މުޅި ސަލާމަތީ ހިދުމަތްތައް އޮތީ ޔާމީނު ފެލްކޮއްލާފައި.. މުޅި ގައުމުގެ މާލިއްޔަތު ދިރުވާލާފައި.. މުއައްސަސާތައް ހަމައަކަށް އަޅުވަން ދުވަސްކޮޅެއް ނަގާނެ.. އަދީބު ހައްޔަރު ކުރާއިރަށްވެސް ފޭސްބުކް ޕްރޮފައިލް ޕިކް ކަޅު ކުރާ ފުލުހުން އުޅޭނެ.. އެބައިގަނޑު ބޭރުކޮއްގެން ރައްޔިތުން ހޮވި ސަރުކާރަށް ހިންދަމާލެވޭނީ

 34. Anonymous

  ތިޔައީ މަގާމާ ހަވާލުވީއިރުވެސް ފެއިލްވެފަ ތިބިބައެއް މަށަށްދެރައީ ބަޔަކު ހޭބަލިވެގެން ވޯޓުލީމަ ތިޔަަސޯލިހަށް..ދެންތިބޭ އަތްޖަހަން ދެން އަތްޖަހާ..ކޮއްލާކަންތަކުން ތިޔާދަނީ ސިއްސައިގެން ފުރަތަމަ ލުތުފީ ދެންއަދީބު ދެންކާކުބާ ކޮންކަމެއްބާ؟ ތިހެންތިކަން ކުރަންވެގެން ފާޑެއްގެ އެއްޗެކޭކިޔާމީހަކަު ގެނެސްގެން ކޮއްމެބެސް އެއްޗެއްހަދާފަ ސޮއިކުރީ ތިކުޅިކުޅެއްވެގެން ކުރިކަމެއް އެއީ..ތާހިރެއްނު ކޮބާއަދީބުކޭކަމަށް ތިޔަބުނާލާރިތައް ހޭބަލިވެގެން އަދިވެސް ޔާމީނުފަހަތުން..ޔާމީނު ގިރައގެން ބޮއެބަލަ