ވެރިކަންކުރާ އެމްޑީޕީ އިން މިއަހަރު ވެސް "ކަޅު ހުކުރު" ފާހަގަ ނުކުރުމުން އެޕާޓީގެ ބައެއް ސަޕޯޓަރުންނާއި، އެހެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް އެމްޑީޕީ އާއި އެމްޑީޕީގެ އިސް ބޭފުޅުންނަށް އަމާޒުވެއްޖެއެވެ.

"ކަޅު ހުކުރަކީ" 2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރާއި ދެކޮޅަށް މާލޭގައި ބޮޑު މުޒާހަރާއެއް ކޮށްފައި ވާތީ އެދުވަހަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ދިން ނަމެކެވެ. 2004 އޮގަސްޓް 12 ވަނަ އަށްވީ ބުރާސްފަތި ދުވަހު އިރުއޮއްސުނު ހާއިރު ޖުމްހޫރީ މައިދާނަށް އެއްވި މީހުން ސިފައިން ނިކުމެ 13 ވަނަ ދުވަހު އަސްރު ފަހުން ހައްޔަރުކޮށް، އެތައް ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބިއެވެ. އޮގަސްޓް 13 ވަނަ ދުވަހު މުޒާހަރާ ރޫޅާލީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ.

މީގެ ކުރިން އެމްޑީޕީން ވަރަށް ކުލަގަދަކޮށް "ކަޅު ހުކުރު" ފާހަގަ ކުރެއެވެ. 2004 ވަނަ އަހަރުގެ "ކަޅު ހުކުރު" މުޒާހަރާ އައިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ރާއްޖެ އިން ބޭރުގައެވެ. ނަމަވެސް 2005 ވަނަ އަހަރު "ކަޅު ހުކުރު" ފާހަގަ ކުރަން އެއަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު އެމަނިކުފާނު ޖުމްހޫރީ މައިދާނުގައި އީށިންދެ ވަޑައިގެންނެވިއެވެ. އެތަނުގައި އިންނަވަނިކޮށް ނަޝީދު ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލިއެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ އެދައުވާ އަނބުރާ ގެންގޮސްފައެވެ.

އޭގެ ފަހުން ވެސް އެމްޑީޕީ އާއި ނަޝީދު "ކަޅު ހުކުރު" ފާހަގަ ކުރަން ޖަލްސާތައް ބާއްވަވާ، ތަފާތު މެސެޖްތައް ދެއްވައެވެ.

ނަމަވެސް މީގެ ދެތިން އަހަރެއް ކުރިން އެމްޑީޕީ އާއި ކުރީގެ ރައީސް މައުމޫންގެ "ސިޔާސީ ފިކުރު އެއްގޮތްވި ފަހުން" އެމްޑީޕީ އިން ވެސް އަދި ނަޝީދު ވެސް "ކަޅު ހުކުރު" ފާހަގައެއް ނުކުރެއެވެ. މިއަހަރުގެ "ކަޅު ހުކުރު" ނިމިގެން ދިޔައިރު ވެސް ނަޝީދާއި އެމްޑީޕީން އަދި އެމްޑީޕީގެ އެންމެ އިސް ބޭފުޅާ ކަމަށް އެޕާޓީގެ އަސާސީ ޤަވައިދު ބުނާ ރައީސް ޞާލިހް ވެސް "ކަޅު ހުކުރާއި" ބެހޭ އެއްވެސް ވާހަކައެއް ވިދާޅެއް ނުވެއެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި "ކަޅު ހުކުރު" ގެ ހަނދާންތަކަކީ ޑިމޮކްރަސީ ރާއްޖޭގައި ދަމަހައްޓާނަމަ އަބަދުވެސް އާކުރަން ޖެހޭ ހަނދާން ތަކެކެވެ. އެމައްސަލައިގައި ހައްޔަރުކުރި އެތައް ބައެއްގެ މައްޗަށް ދައުވާއެއް ކުރުމެއް ނެތި 2005 ވަނަ އަހަރުގެ ޖަނަވަރީ މަސް ފެށެން ދެން ހައްޔަރުކޮށްފައި ބޭތިއްބިއެވެ.

އެހެންކަމުން އެދުވަސް ފާހަގަ ނުކުރަން އެމްޑީޕީން ނިންމުމަކީ ޕާޓީ އަށް ލިބިފައިވާ "ކަޅު ކަމެއް" ކަމަށް އާއްމު މެންބަރުން މީސް މީޑިއާގައި ބުނެފައި ވެއެވެ.

2004 އޮގަސްޓް 13،12 ގައި ހައްޔަރުކުރި މީހުން ދޫކޮށްލަން މައުމޫން ނިންމެވީ ބައިނަލްއަޤުވާމީ ޕްރެޝަރު ބޮޑުވެ، އިތުރު ގޮތެއް ނެތުމުންނެވެ. ނަމަވެސް މައުމޫން ވިދާޅުވީ އެންމެން ދޫކޮށްލަން ނިންމީ ސުނާމީ ކާރިސާ އާއި ގުޅިގެން ގައުމު އެއްބައިވަންތަ ކުރުވަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ވިސްނާ

  "ކަޅު ހުކުރު" މިރާއްޖޭގެ އިޖުތިމާއީ ފޭރާމުގައި ހެދުނު ފުރަތަމަ ބާގަނޑު. ކަޅުހުކުރަށް ފަހު މަޑުމަޑުން މިރާއްޖޭގެ މީހުން ދިޔައީ ރާއްޖޭގެ ވެރިންނަށް ނުކިޔަމަންތެރިކަން ދައްކަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހާއި 8ވަނަ ދުވަސްވީ ވަރަށް ހިތާމަވެރި ކަންތައްތަކެއް ހިނގި ދެދުވަހަކަށެވެ.

  53
  4
 2. ޅަބޭ

  އެމްޑިޕީއައް މިހާރު އެކައްޗެއްވެސް މުހިންމެއް ނުވާނެ. އެބައިގަނޑައް މިހާރު ހަމައެކަނި މުހިންމުވާނީ މިނިވަންކަންމަތީ މަގުމަތީ ގަންޖާ، މަރިޖުއާނާ، ހަކުރު ތެޔޮބިޑި ރަށުތެރޭ އާންމުކޮއް، އާލާކޮއް، ގައުމުގެ ބެއިތުންމާލު ނޮޅާލާ، ޕާޓީގެ ބޮޑުންގެތެރޭ ބަހާލާ، ރާބޮއިގެން ނަށާލާ، އާއިލާގެ މީހުނައް ދައުލަތުގެ ބޮޑުތި މަގާމުތައް ބަހާލާ، ކިޔަވައިގެން ތިބި މީހުން ފޮޅާލާ، ބޮޑު ސިއްކަ ބުނާގޮތައް ގައުމު ހިންގުން.

  69
  6
 3. އ. ޖ. އ

  މީ ސުލްހަވެރިކަމަށް ލޯބި ކުރާ ޕާޓީ

  5
  33
 4. ޏ

  "ކަޅުހުކުރު" އަކީ އެމްޑީޕީ ބޮޑުމީހާ ވެރިކަމަށް
  އަރަން ރޭވި މަޅިފައްޗެކެވެ ރާއްޖެ އެމީހާގެމުށު
  ތެރެއަށް ލެވުނީމާ ކަޅުހުކުރެއް ހުދުހުކުރެއް
  ނޯންނާނެއެވެ ހުރިހާކަމެއް ބަރާބަރުވީއެވެ އޭނާ
  ކުރާހުރިހާ ކަމަކީވެސް ޑިމަކްރަސީއެވެ

  33
  2
 5. ހުސޭނުބޭ

  ފާހަގަކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި! ބާޣީން. ހުދު ޖަނގިޔާ، އަދި އެއްކަލަ ގުޅާބޯ މިވެސް ފާހަގަކުރަންޖެހޭ ކަންކަން! އެކަމަކު މިހާރު ގުޅާބޯވެސް މަރުވީކަން ނޭގެ! ބާޣީން ޣާޒީންނައްވެއްޖެ! ހުދު ޖަނގިޔާ ރަން ޖަގިޔަލަށްވެ ނިމިއްޖެ!

  29
  2
 6. ދދދދދދ

  ޓެރަރިޒަމްގެ ދައުވާއޭ! އަބަދުވެސް ބަޣާވާތް ކުރަމުން ދުވާ ހިމާރެއް ވިއްޔަ. ރަތްލާޖެހި ބާޣީ އާއިލާ ދެގޮތެއް ވާނެ ކަމަށްތަ.

  30
 7. ލޯކަ!

  ހުކުރު ކަޅުހުކުރަކަށްވާނެ ހުޅަނގުގެޑިމޮކްރަސީގެ ބައިވެރިންނަށް! މީކީ ޝައްކެއް ހުރިކަމެއްނޫން! އަދި ހުޅަނގުގެެ ޑިމޮކްރަސީގެ ބައިވެރިންގެ ޢަޒުމަކަށްވެސް، ހިތްވަރަކަށްވެސް ބަދަލެއް ނާންނާނެ! އަދި އިލާހީ ޙުކުމްތަކާ ދެކޮޅުހަދައި، ﷲ އަށް ތަހައްދީ ކުރުމުގައި އެމީހުންގެ ޖޯޝަކަށްވެސް ބަދަލެއް ނާނަނާނެ! ހުކުރަކީ މުއުމިނުންގެ ޢީދު ދުވަހެކެވެ. ހަފުތާގެ އެންމެމާތްދުވަހެވެ. ޑިމޮކްރަސީގެ މީހުންގެ ބޭނުމަކަށް ވާނީ މުސްލިމުން އެދުވަހާ ދުރުހެލި ކުރުވައި ކުޅިވަރާ މަޖަލުގައި ބައިވެރިކޮށް އެދުވަހާމެދު ޣާފިލު ކުރުވުމެވެ. އަސްލު އެޖެންޓާއި އެޖެންޓުގެ ބައިވެރިޔާ ދެމީހުންނަށް އެއްގަލަކަށް އެރެވުނީމާ ކަޅުހުކުރު ފާހަގަކުރުން ހުއްޓައިލީ ދެމީހުންގެ މަޤްޞަދު ޙާޞިލުވީމައެވެ.!!!

  23
 8. ސަމަންދަރު

  ކޮން ކަޅު ހުކުރެއް ފާހަގަ ކުރަންވީ؟ އެ ހުރިހާ ކަމެއް ކުރީ ވެރިކަން ޖަހައިގަތުމުގެ ބޭނުމުގައި. މިހާރު މި އޮތީ އެކަން ކާމިޔާބު ކުރެވިފައި. ދެން ކޮން ކަޅު ހުކުރެއް ފާހަގަކުރަންވީ؟

  26
 9. ލަޔާން

  ފަހަގަ ކުރާނެ ކަމެއްނެތް.

  16
  2
 10. ސީދައިތަ

  ތި ދުވަހަކީ އޭރުހުންނެވި ވެރިމީހާގެ މޮޅު ސްޓަންޓެއް، އެބޭފުޅާގެ ރާވައިގެން ބަޔަކު ލައްވައި ކުރިވިކަމެއް

  6
  2
 11. ހަމަ

  ކޮންބެހޭކަމެއް ނުކުރިޔަސް ކުރިޔަސް

 12. ކެލާ ރަސީދު

  އެމްޑީޕީއަށް މަރު ދިން މީހުން މަތިން އެޕާޓީން ވެރިކަމަށް އައިސްގެން ހަނދާނެއް ނެތް. ވަރަށް އަސަރާ ހިތާމައާއެކު މި ބުނަނބީ. އެ ކަޅު ހުކުރުގައި ސިފާ ހުރީ އިސްލާމީ މަރުކަޒުގެ ކަންމަތީގަ. މި މީހުން މިހާރު ބަސްކިޔަން މިތިބީ.

 13. ސާގު

  ހެހެހެ! ދެން ކީއްކުރަން ފާހަގަ ކުރާ ދުވަހެއްތަ؟ ތިމެންބަރުންތަށް ގުބޯ ހައްދައިގެން ތިބައިގަނޑު ނުވެގެން އުޅުނު ކަންތަށް އެމީހުންނަށް މިހާރު ޙާޞިލް ވެއްޖެ،